ހަނދާންތަކުގެތެރެއިން ޕޮމްޕޭ
އެހެންކަމުން އެރަށުގައި ދިރިއުޅޭ ކޮންމެ ފަރުދަކުވެސް އެ ރަށް ދޫކޮށްލާފައި ހިތާއި ދެކޮޅަށް ނަމަވެސް ދާކަށް ބޭނުމެއް ނުވެއެވެ. މީރު ކާތަކެއްޗާއި ތަފާތު ބުއިންތަކުން ބަނޑު ފުރައިހަދަމުން ދިޔައީ އެއްވެސް ދަތި އުނދަގޫކަމެއް ނެތިއެވެ.
މީލާދީގޮތުން ފަނަރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރާއި ހަމައަށްވެސް އެރަށަކީ ދުނިޔޭގެ ޗާޓުތަކުގައި ކުރެހިފައިވާ ރަށެއް ނޫނެވެ.
އާދެ ޕޮމްޕޭ، މިއީ ފަނަރަ ވަރަކަށް ފޫޓު އަޑީގައި ވަޅުލެވިފައިވާ މާސިންގާބޮޑު ރަށެކެވެ. މިއަދު އެތަނަކަށް ކޮންމެ ދުވަހަކު އެތައް ސަތޭކަ މީހުންނެއް ޒިޔާރަތްކުރާ އިޓަލީގެ ޤަދީމީ ރަށެކެވެ. ޕޮމްޕޭގެ ރައްތިތުންނަކީ އިހުގެ ރޯމަނުންގެ ތެރޭގައި އުޅުނު އެންމެ ބޮޑެތި މުއްސަނދިން އުޅެމުންދިޔަ ރަށް ކަމަށްބެލެއެވެ.
މިފަދަ އަރާމާއި ލައްޒަތުގައި ދިރިއުޅެމުންދިޔަ ރައްޔިތުންތަކެއްގެ ދިރިއުޅުމަށް ނިމުންއައީ ބިރުވެރި އެންމެ ދުވަހެއްގެ ތެރޭގައެވެ. އެރަށުގެ ކައިރީގައިވާ އަލިފާން ފަރުބަދަތަކެއް ގޮވުމުގެ ސަބަބުން އެ ރަށުގައިވާ ހުރިހާ ދިރުމެއް މަރުވެގެންދިޔައެވެ. ފަރުބަދަ ގޮވައިފާނެކަމުގެ ތަފާތު އިންޒާރުތަކެއް އެބައިމީހުންނަށް ލިބެމުންދިޔަ ނަމަވެސް ޝަހުވަތާއި އުރެދުމަށް ގެނބިފައިވާލެއް ބޮޑުކަމުން އެއިން އެއްވެސް ކަމަކަށް އެބައިމީހުން ފަރުވާލެއް ނުބެހެއްޓިއެވެ. އެހެނީ އެމީހުންގެ ދިރިއުޅުން ކުރިއަށް ގެންދިޔައީ އެއީ ކުޑަ ދުވަސްކޮޅެއްގެ ކަމަކަށް ދެކިގެންނެވެ.
އެހެނަސް މަތިވެރި ނިއުމަތްތަކުގެވެރި އަހުލުވެރިންކަމުގައި އަމިއްލައަށް ދެކިގެންތިބި ޕޮމްޕޭގެ ރައްޔިތުންގެ ޣާފިލްކަމުގެ ނަތީޖާ ނުކުތީ ވަރަށްވެސް ހިތި ގޮތަކަށެވެ. ވިސްނައިފި މީހަކަށް މިކަމުން އިބްރަތެއް ހާސިލްވާނެކަން ކަށަވަރެވެ.
ޕޮމްޕޭގެ ނިމުމުގެ ސިއްކަޖެހިފައިވަނީ ވާސުވިޔަސް ނަމަކަށްކިޔާ އަލިފާން ފަރުބަދައެއް ގޮވާ އެއިން ބޭރުވި ވިހަ ގޭސްތަކާއި އޭގެ އަޅިތަކުގެ ސަބަބުންނެވެ. ޕޮމްޕޭ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެމީހުން މަރުވެފައިވަނީ އަލިފާން ފަރުބަދަ ގޮވަން ކައިރިވުމާއި ގުޅިގެން އަށް ގަޑިއިރުވަންދެން ހުއްޓުމެއްނެތި ޕޮމްޕޭގެ ތެރެއށް ފޭބި ވިހަ ގޭހާއި، އަޅިއާއި، އަލިފާން ފަރުބަދައިން ފޭބި ބޮޑެތި ހިލަތަކުގެ ސަބަބުންނެވެ.
މި ސަރަހައްދަކީ ވަށައިގެން ފަރުބަދަ ހިމެނޭ ސަރަހައްދެއްކަމުން އޭގެތެރެއިން އެއްވެސް މީހަކަށް ސަލާމަތްނުވެ މަގުތައް ބަންދުވިއެވެ. އަދި ޕޮމްޕޭއަށް އަލިފާން ފަރުބަދައިން ފޭބި ހޫނު ހިލަތައް ދިޔާވެގެން ފައިބާފައިވަނީ އެމީހުން ނިމިގެންދިޔަތާ އެތައް ގަޑިއިރެއް ފަހުން ކަމުގައި ބެލެވެއެވެ.
ވާސުވިޔަސް ފަރުބަދަ ގޮވަން ފެށުމުގެ ކުރިން ލިބެމުންދިޔަ އިންޒާރުތަކަށް ނިމުމެއް އައިސް، ދޮންވެ ރަތްވެފައިވާ އަލިފާން ފަރުބަދައިގެ ވިހަ ގޭހާއި އަޅިއާއި ހިލަތައް ޕޮމްޕޭގެ ތެރެއަށް ފައިބަން ފެށުމުގެ ނަތީޖާއެއްގެގޮތުން އެރަށުގެ ތެރޭގައި ކަޅުވިލާގަނޑެއް ފަދައިން ދުންތަކެއް ފެތުރިގެން ދިޔައެވެ.
މި ހާދިސާގައި ޕޮމްޕޭގެ ހާލަތު ސިފަކުރަމުން ގިނަމީހުން ބުނެފައިވަނީ އެ ހާދިސާ ސިފަވަނީ ހަނދުވަރުގެ އަލިކަމެއްނެތް ކަޅުފޮއި ރެއެއް ހެންނެވެ. ނުވަތަ ބަންދު ކުރެވިފައިވާ އަނދިރި ކޮޓަރިއެއް ހެންނެވެ.
އަޅިތަކާއިއެކު އައި ވިހަ ގޭހުގެ ރާޅު ރަށުތެރެއަށް ފައިބާ ރަށުތެރޭގައި ވައި ބަންދުވިއެވެ. ނަތީޖާއެއްގެގޮތުން އެމީހުން ތިބިގޮތަށް އެ ހަރަކާތުގައި ތިބެ ފަނާވެ ދިޔައީއެވެ. އެހެނަސް އެމީހުންގެ މޫނުތަކުން އެއްކަމެއް ފާހަގަކުރެވެއެވެ. އެއީ ހައިރާންކަމާއި ބިރުވެރިކަމެވެ. އުފަލާއި މަޖަލުގައި ހަސަތޭކަ އެތައް އަހަރެއް އެމީހުން ހޭދަކޮށްފައިވާކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. ބުނެވޭގޮތުގައި އެމީހުންނަކީ ޖިންސީއުފާ ހޯދުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި ރާ ބުއިމާއި، ޖުވާ ކުޅުމާއި، އަޅުންނަށް އިހާނެތިގޮތްތައް ހަދައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުގައި ހައްދުފަހަނަ އަޅާފައިތިބި ޣާފިލުބައެކެވެ.
އެގޮތުން އެބައިމީހުންގެ ގެދޮރުތައް ބިނާކޮށްފައިވަނީ ޝަހުވާނީ އެދުންތައް ހާސިލްކުރުމަށެވެ. މަގުތަކާއި ފާރުތަކުގައި އޮރިޔާން ތަސްވީރު ކުރަހާފައިވެއެވެ. ބަނގުރާ ހަދައި ރައްކާކުރާނެ ޚާނާ ތަކާއި ހަށިވިއްކާނޭ ބޮޑެތި ކުލީގެތައް މުޅި ރަށުގައި ހެދިފައި ހުއްޓެވެ. ގިނަ ބަޔަކު އެއްތަންވެ ފެންވަރާނެ ހާމަ ގިފިލިތައް ހެދިފައި ހުއްޓެވެ.
އެގޮތުން މުޅި ޕޮމްޕޭގައިވާ މިފަދަ ހަޑިމުޑުދާރު ތަސްވީރުތަކާއިހުރެ މިއަދުވެސް އެތަނަށް ކުޑަކުދިން ވެއްދުމަށް ކަމާބެހޭ ފަރާތްތަކުން ދެކޮޅުހަދަމުންދެއެވެ. އެމީހުންގެ ހަށިތައް މިއަދާއި ހަމައަށްވެސް ފެންންނަހުރީ އެމީހުންގެ އެންމެ ފަހު ސިކުންތުގެ ހަރަކާތާއިއެކުއެވެ. ކުޑަކުއްޖާއަށް ކާންދޭންއިން އަންހެންމީހާ އަދިވެސް އިނީ އެ ހަރަކާތާއިއެކުއެވެ. އެއްތަނެއްގައި ޖިންސީ ގުޅުން ހިންގަންތިބި އެތައް ބައެއްގެ ހަށިތައްވެސް ފެންނަންޙުރީ ހަމައެގޮތަށެވެ. މޭޒު ދަށުގައި ފިލާއޮތް މީހާވެސް އޮތީ އޭނާގެ ދެއަތް މައްޗަށްނަގައި ސަލާމަތައް ގޮވަގޮވާ އޮތް ހާލުގައި އެ ހަރަކާތުގައެވެ. މި ނޫނަސް އަޖައިބުކުރުވަބިވި އެތައް ގޮތަކަށް ތަފާތު ސިފަސިފައިގައި މިމީހުންގެ ނިމުން މިއަދުގެ ޖީލައް ފެންނަން އެބަހުއްޓެވެ.
މި ބިރުވެރި ކޯފާއިން ސަލާމަތްވުމަށްޓަކައި އެއްބަޔަކު އެރަށުގެ ކައިރީގައިވާ އައްމަލްފީ ގޮނޑުދޮށުގެ މޫދުގައި ހޭދަކުރިކަމަށް ވެއެވެ. އެހެނަސް މޫދުގެ ލޮގަނޑު ހޫނުވެ ކެކި އެރިއެވެ. އަނެއްބަޔަކު އިމާރާތްތަކަށާއި އެހެންވެސް ހިޔާވާނެ ތަންތަނަށްވަދެ ތިބިކަމަށް ބުނެވެއެވެ. އެހެން ނަމަވެސް ރަށުތެރެއަށް ފެރުރެމުންދިޔަ ވިހަ ގޭހުގެ ސަބަބުން އެމީހުންގެ އެންމެ ފަހުވަގުތު އައިސް ކުރިމަތި ކުރުވިއެވެ. ފަރުބަދަތަކުގެ މައްޗަށްއަރައި ސަލާމަތްވާން ދުވި މީހުންވެސް ނިމިގެން ދިޔައީ ހަލުވިކަމާއިއެކު ފެތުރެމުންދިޔަ ހޫނު ވިހަ ގޭހާއި އަޅީގެ ސަބަބުންނެވެ.
ކޮންމެ ތަނެއްގައި ފިލަން އޮތްކަމުގައިވިޔަސް މަރު އައިސް ޖެހުމުން އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެ ނޫންތޯއެވެ! މިއަދުވެސް ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް އެރަށް އެއޮތީ ފެންނާށެވެ. ﷲ ސުބްހާންހޫވަތައާލާއަށް އުރެދެމުންދާ ޤައުމުތައް ހަލާކުކުރައްވާ ނެތިކުރައްވާގޮތްް ނިކަން ބައްލަވާށެވެ. އުރެދޭ އުންމަތްތަކުގެ މީހުން ހަލާކުކުރައްވައި އެބައިމީހުންގެ މައްޗަށް އެ އިލާހުގެ އަޛާބު ހުރިހާ ފަހަރަކު ފޮނުއްވަނީ އިންޒާރުތަކެއް ދިނުމަށް ފަހުގައެއް ނޫނެވެ.
މިއަދު އަޅުގަނޑުމެންގެ ޤައުމުގައިވެސް މިވަނީ ފާހިޝް ކަންކަމާއި މުންކަރާތްތައް ފާޅުކަންބޮޑުގޮތެއްގައި ހިންގުން އާންމުވެފައެވެ. ދެ ޖިންސުގެ މީހުންގެ މަސްހުނި މިއުޒިކީ ޝޯވތަކާއި، ތަފާތު ފާހިޝް ލަވަތަކާއި، ފިލްމުތަކާއި، އެކަންކަން ޕްރޮމޯޓްކޮށް ހިންގާ ޗެނަލްތަމާއި ނޫސް މަޖައްލާތައް މިވަނީ އިތުރުވެފައެވެ. މުސްލިމުންގެ އުފާވެރި ދީނީ މުނާސަބަބުތަކުގެ ހުރުމަތް ރަށްތަކުގައި ކަނޑަމުންދަނީ ފެންކުޅިއާއި ބެރުޖެހުމާއި، ޝައިޠާނާގެ ދުންމާރީގެ އަޑުތަކުންނެވެ. ފާފަކުރާ މީހުންގެ ފާފައިގެ ސަބަބުން މިއަދު އަޅުގަނޑުމެން މިވަނީ އިލާހީ ކޯފާ އަތުވެދާނެފަދަ ނުރައްކާތެރި ހާލަތެއްގައެވެ. ދުލުކުރިން މުސްލިމުންނޭ ބުނިކަމުގައިވިޔަސް ހެމުން ފާފަތަކަށް ފާޅުގައި އަރައިގަންނަމުން ދާކަމުގައި ވާނަމަ ﷲގެ ކޯފާއަކުން އެބަޔަކު ސަލާމަތްވެ ރައްކާތެރިވާނެކަމުގެ އޮތީ ކޮން ގެރެންޓީއެއް ހެއްޔެވެ؟ އަދިވެސް މިފަދަ ކަންކަންމުން އިބްރަތް ލިބިގަނެ އަޅުގަނޑުމެންގެ އަމަލުތައް އިސްލާހުކުރަން އަދިވެސް ނުވޭތޯއެވެ؟
5 Comments!
Comments are closed.

I agree with you
Maldives is now 100% Muslim in name only
We should really be aware and think
Thanks for the advice and new information I know how the island was destroyed but not the reason now I know that thanks
mihaaru raaahjey myhun ves vaki dherayeh noonn
Fahuzamaanuge alaamaaiy thah mihaaru mifennany…
Mihaaru rajje oiy gothun mi kahala thoofaaneh aumakyves gaathugaa va kameh
SALHI