ކައިވެނި ޕާޓީތަކާ ހަފްލާތަކަކީ އެއްގޮތަކަށްވެސް އަހަންނަށް ކަމުދާ ކަމެއްނޫނެވެ. އެއީ އަހަރެން ގެ ނަޒަރުގައި ފައިސާ ބޭކާރު ކުރަން ކުރާ ކަމެކެވެ. ނަދާއާ އަހަރެން ތަފާތު ވަނީ މި ސަބަބަށްޓަކައެވެ. ހިޔާލު ތަފާތު ވުމުގެ ސަބަބުންނެވެ. ނަމަވެސް އެއީ އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. އަދި އަހަރެން އެންމެ ލޯބިވާ ރަހްމަތްތެރިޔާ ވެސް މެއެވެ. ވީމާ ކިތަންމެ ދާ ހިތް ނުވެވުނަސް ލޯބިވާ ރަހްމެތްތެރިޔާގެ ކައިވެންޏަށް ނޮގޮސް ނުހުރެވޭނެއެވެ. ކަންނެތް ރާގަކަށް އެނދުން ތެދުވެ ތުވާލި ނަގައިން […]
ރޭގަނޑުގެ އަރާމު ނިދިން މިއަދު އަހަރެން މިވަނީ މަހުރޫމް ވެފައެވެ. ދުނިޔޭގަ އަހަންނަށް ލިބުނުހާ އުފަލެއް ސިކުންތެއްގެ ތެރޭގައި ވެއްޔާ މޮޑެވިއްޖެ ކަން އިހުސާސް ވާން ފެށުނެވެ. ހިތުގާ އަޅަމުން މިދާ ވޭނަށް ކެތް ނުވެ އަހަންނަށް ގިސްލެވެން ފެށުނެވެ. ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ އަކުން އާވަނީ އެންމެ ހަނދާނެކެވެ. އިވެމުން ދިޔައީ އެންމެ އަޑެކެވެ. ލޯބިވާ ފިރިމީހާގެ އަޑެވެ. ޝިޔާން އަޑެވެ. އަހަރެންގެ ޝިޔާންގެ އަޑެވެ. މި ކިޔައިދެނީ އަހަރެންގެ ވާހަކައެވެ. އަހަންނަކީ […]