ކަލާ ކީއްވެހޭ ވަކިވީ ޔާރާ…. 2
ކައިވެނި ޕާޓީތަކާ ހަފްލާތަކަކީ އެއްގޮތަކަށްވެސް އަހަންނަށް ކަމުދާ ކަމެއްނޫނެވެ. އެއީ އަހަރެން ގެ ނަޒަރުގައި ފައިސާ ބޭކާރު ކުރަން ކުރާ ކަމެކެވެ. ނަދާއާ އަހަރެން ތަފާތު ވަނީ މި ސަބަބަށްޓަކައެވެ. ހިޔާލު ތަފާތު ވުމުގެ ސަބަބުންނެވެ. ނަމަވެސް އެއީ އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. އަދި އަހަރެން އެންމެ ލޯބިވާ ރަހްމަތްތެރިޔާ ވެސް މެއެވެ. ވީމާ ކިތަންމެ ދާ ހިތް ނުވެވުނަސް ލޯބިވާ ރަހްމެތްތެރިޔާގެ ކައިވެންޏަށް ނޮގޮސް ނުހުރެވޭނެއެވެ.
ކަންނެތް ރާގަކަށް އެނދުން ތެދުވެ ތުވާލި ނަގައިން ފެންވަރަން ވަނީމެވެ. 10 ވަރަކަށް މިނެޓު ފަހުން ފެންވަރައިން ނިކުތީމެވެ. އަލަމާރިން ރޭގަ އިސްތިރިކޮށްފަ އޮތް ރަތް ކުލައިގެ ދިގު ހެދުން ނަގައިން ކުޑަ ގޮތަކަށް ރީތި ވެލީމެވެ. ގޮނޑިން ތެދުވުމުގެ ކުރިން އަނެއްކާވެސް ލޯގަނޑުން ފަރި ބެލީމެވެ. މިއަދު އަނެއްކާ ރީތްޗަށް ފަރި ނުވެ ދިޔަށްޔާ ނަދާ އަހަރެން ކާލަފާނެޔޭ ހިތަށް އަރަމުން އަވަސް އަވަހަށް ފައިވާނަށް އެރީމެވެ. މޭޒު މަތީ ބަހަށްޓާފަ އިން ހަދިޔާ ހިފައިން ނިކުތްތަނާ އެނދުމަތްޗަށް އެތްލާލާފަ އޮތް ފޯނު ރިންގު ވާ އަޑު އިވުނެވެ. މިހާރު އެ ގުޅަނީ ކާކު ހެއްޔެވެ. މަންމަ އަށް ހަވީރު ގުޅާފަ ޕާޓީއަށް ދާން ޖެހޭ ވާހަކަ ވާނީ ބުނެފައެވެ. ދެން މި ގަޑީ ގުޅާނީ ކާކު ހެއްޔެވެ. ޔަޤީނެވެ. މި ނަޝާއެވެ. ކޮންމެވެސް ކޫސަނި އެކޭ ކިޔަން ނޭނގެއެވެ. ވަރިހަމައެވެ. ނުނަގާނަމެވެ. މިހެން ހިތާ ފޯނަށް އެ ގުޅަނީ ކާކުތޯވެސް ބަލާނުލާ ކުދި ކިޔަމުން އަހަރެން ނިކުތީމެވެ. މިއީ މިއަދާ ހަމައަށް ވެސް އަހަރެން ހިތާމަ ކުރާ ކަމެކެވެ. އެދުވަހު އެ ފޯން ނެގުނު ނަމައޭ ހިތަށް ނާރާ އެންމެ ދުވަހެއްވެސް ނުވެ ނުދެއެވެ.
‘ޝައިން’ އަށް އަހަންނަށް ވަދެވުނު އިރު ގަޑިން 7:30 ވެއްޖެއެވެ. ނަސީބެކެވެ. އަދި 30 މިނަޓު އެބަ އޮތެވެ. ޕާޓީ ބާއްވަން ހަމަޖެހިފައިވަނީ އައްޑޫ ހައި ސްކޫލުގައެވެ. ނަމަވެސް ޕާޓީ އަށް ނަދާ އެކު ދިޔުމަށް ނަދާ މަންމަ ޝާއްތަ ވަނީ ތަކުރާރުކޮށް އަންގާފައެވެ. މަޑުމަޑުން ދޮރުގައި ޓަކި އެށް ދިނީމެވެ. މީހެއްގެ ހިލަމެއް ވީހެންވެސް ހީ ނުވެއެވެ. އަޖައިބެކެވެ. އަނެއްކާ އަހަރެން ބަހައްޓާފަ އެންމެން ދިޔައީ ބާވައެވެ. މިހެން ހިތާ ތަންކޮޅެއް ބާރަށް ޓަކި ދިނީމެވެ. އަދިވެސް ހިލަމެއް ނުވިއެވެ. އަނެއްކާ އެއަށް ވުރެ ބާރަށް ޓަކި ދޭން އުޅުނު ވަގުތު ޕަން ކިޔާ ބާރަށް ދޮރު ހުޅުވުނު އަޑަށް ސިއްސައިން އަހަރެން ދިޔައެވެ. ގަތް ބިރެއްގެ ބޮޑު ކަމުން ފައި އަރިއަޅާލިއެވެ. ނަމަވެސް ވެއްޓޭ ގޮތެއް ނުވިއެވެ. ބާރުގަދަ އަތަކުން އަހަރެންގެ އަތުގައި ހިފާލިއެވެ. ގަތް ބިރެއްގެ ބޮޑު ކަމުން މެރިފައިވާ އަހަރެންގެ ލޯ މަޑުމަޑުން ހުޅުވާލީމެވެ. ކުރިމަތިން ފެނުނު މަންޒަރުން އާޝޯހުވެވުނެވެ.
ދުވަހަކުވެސް ނުދެކޭހާ ރީތި ޒުވާނެކެވެ. އިސްކޮޅުން ދިގު ވެފައި ދޮނެވެ. ކަޅުކަން ގަދަ ބުމަޔާ މަޑު މުށި ކުލައިގެ ދެލޮލެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތެވެ. ޔަގީނެވެ. ބަލާލި ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކަތިލަފާނެއެވެ. މިއީ ހިތާ ހިތުން ފިރިހެނަކަށް އަހަންނަށް ތަޢުރީފު ވެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ޒުވާނާ ގެ ލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމާ މާޔޫސްކަމެވެ. އެއީ ކީއްވެ ހެއްޔެވެ. އަހަރެން މާ ބާރަށް ދޮރުގަ ޓަކި ދިނީމަ ހެއްޔެވެ. އެކަމަކު މިއީ އޭނަގެ ގެ އެއްވެސް ނޫންހެއްޔެވެ. ލައިގެން ހުރި ކޯޓު ފަޓުލޫނުން ހީވަނީ މިއީ އޭނަގެ ކައިވެނިހެންނެވެ. ޔާރައްބީ!!! އަނެއްކާ މިއީ ޝަޔާން ހެއްޔެވެ!! ދެން ހަދާނީ ކިހިނެއް ހެއްޔެވެ!..
އާނއެކެވެ. އަހަރެން ޝަޔާން ދުވަހަކުވެސް ނުދެކެމެވެ. ނަދާވެސް ޝަޔާން ގެ ފޮޓޯ އެށްހާ މިންވަރުވެސް ނުދައްކައެވެ. އެކަމަކާ އަހަރެން އެއްވެސް ޝަކުވާ އެށް ނުކުރަމެވެ. ކޮންމެވެސް އެއް ދުވަހަކުން ދިމާވާނެ ކަމަށް ހީކޮށްފައެވެ. މިހާރު އެހުނު ނަމައޭ ހިތަށް އެރިޔެވެ. ނަމަވެސް މިއީ ޝަޔާާން ނަމަ އެހާ ހިތްހަމަނުޖެހިފަ އެހެރީ ކީއްވެ ހެއްޔެވެ. މިއަދު މިއީ އޭނަ އުފާ ފާޅުކުރަން ޖެހޭ ދުވަހެއް ނޫން ހެއްްޔެވެ.
ހިޔާލީ ދުނިޔެއަށް ގެއްލިފަ އިން އަަހަންނަށް ޝަޔާން އެތަނުން ދިޔަ އިރުވެސް ނޭނގުނެވެ. ވާނީ ވެސް އެހެން ތާއެވެ. ޝަޔާންގެ އެ މިޒާޖުން އަހަރެން ހާސް ވާ ގޮތް ވިއެވެ. ބޭއިޚްތިޔާރުގަ ނަދާއޭ ކިޔާ އަހަންނަށް ގޮވުނެވެ. އަދި ބާރަށް ދުވެފަ ގޮސް ނަދާ ކޮޓަރިއާ އަރާ ހަމަކުރީމެވެ. ދޮރު ހުޅުވަން އަދި ދޮރުގަ އަތްވެސް ނުޖެހެނީސް ޝާއްތަގެ ގިސްލުމުގެ އަޑު އިވެން ފެށުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ. މަޑުމަޑުން ދޮރު ހުޅުވާލީމެވެ. އަހަރެން ފެނުމާއެކު ޝާއްތަގެ ބަޑި ފަޅައިން ދިޔައެވެ. އިނާއޭ ކިޔާ ބާރަށް ރޯން ފެށިއެވެ. ވާނުވާ ނޭނގުމުން އަވަސް އަވަހަށް ޝާއްތަ ކައިރި އަހަރެން ގޮސް އިށީނީމެވެ. އަދި ކިހިނެއް ވީތޯ ސުވާލު ކުރީމެވެ. ޝާއްތަ ރޮމުން އަހަންނަށް ޖަވާބު ދިނެވެ.
‘ އިނާ…. ނަދާ ގޮއްސި…. އަހަރެންގެ ނަދާ ގޮއްސި …… ‘
ނުނިމޭ…….
One Comment
Comments are closed.

Please tell me when is the next part. Can’t wait. So nice❤️❤️❤️