ރޭގަނޑުގެ އަރާމު ނިދިން މިއަދު އަހަރެން މިވަނީ މަހުރޫމް ވެފައެވެ. ދުނިޔޭގަ އަހަންނަށް ލިބުނުހާ އުފަލެއް ސިކުންތެއްގެ ތެރޭގައި ވެއްޔާ މޮޑެވިއްޖެ ކަން އިހުސާސް ވާން ފެށުނެވެ. ހިތުގާ އަޅަމުން މިދާ ވޭނަށް ކެތް ނުވެ އަހަންނަށް ގިސްލެވެން ފެށުނެވެ. ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ އަކުން އާވަނީ އެންމެ ހަނދާނެކެވެ. އިވެމުން ދިޔައީ އެންމެ އަޑެކެވެ. ލޯބިވާ ފިރިމީހާގެ އަޑެވެ. ޝިޔާން އަޑެވެ. އަހަރެންގެ ޝިޔާންގެ އަޑެވެ. މި ކިޔައިދެނީ އަހަރެންގެ ވާހަކައެވެ.
އަހަންނަކީ ގދ. ގައްދޫ އަށްް އުފަން ކުއްޖެކީމެވެ. އަހަރެންގެ ފުރިހަމަ ނަމަކީ އައިޝަތު އިނާޔާއެވެ. އުމުރުން އެންމެ 10 އަހަރުގައި އަހަރެންގެ ބައްޕަ ވަނީ މި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އަހަންނާ އެއްބަނޑަށް އަދި ދެ އަންހެނުން ތިބެއެވެ. ނަޝާ އާއި އީޝާއެވެ. އަހަރެންގެ މަންމަ އަހަރުމެން ބަލާ ބޮޑު ކުރީ ގިނަގުނަ ދަތިތަކާ ކުރިމަތިލުމަށްފަހުއެވެ.
ޝިޔާންއާ އަހަރެން ދިމާވީ އަހަރެން އޭލެވެލްއަށް އައްޑުއަށް ގޮއްސަ ވަނިކޮށް ކައިވެނީގެ ހަފްލާ އަކުންނެވެ. އެއީ އަހަރެންގެ އެންމެ ގާތް ރަހުމެތްތެރިޔާ ނަދާގެ ކައިވެންޏެވެ. އަދި ހަމަ އެހެންމެ ޝިޔާން ގެ ވެސް އަލަތު ކައިވެންޏެވެ.
ނުނިމޭ…………
