ކޮލެޖުން ނިންމާލުމަށްފަހު އަތުގައި އޮތްފޮތް ގަޔާއި ކައިރިކޮށްލަމުން ހިނގައިގަތީ ގެއަށް ދިއުމަށެވެ. ކޮލެޖުގައި ކިޔަވަން ފެށުނުތާ ގިނަދުވަސްތަކެއް ވީނަމަވެސް މަޒީދުގެ މާ ގިނަ ރައްޓެހި ކުދިންތަކެއް ނުތިބެއެވެ. މަޒީދަކީ ބަސްމަދު މަޑުމައިތިރި ފިރިހެނެކެވެ. އުޅުމުގައި ސާދާގޮތެއް ހުންނަ ޒުވާނެކެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއްމެ ނޫނީ ނުބުނާނެއެވެ. ބަޔަކު ތިބެގެން ތަނެއްވެއްޓޭވަރަށް ހީ ސަކަކާތްޖެހި ކަމުގައި ވިއަސް އޭނަ ހިނިތުންވެލާނީ މަދު ފަހަރަކުއެވެ. މަޑުން ހުންނާތީ ކޮލެޖުގެ ބައެއް ކުދިން ވައްބަހުން އެއްޗެއް ޖަހާލާނެއެވެ. ހާއްޞަކޮށް ޒުވާން ފުރައިގެ […]
ގޯތި ތެރޭގައި ހުރި ފޭރުގަހުގައި ހުރި އުދޯލި ހެއްލާލަން އަހަރެން އެރޭގައި އިނީ އެއްވެސް ބިރެއް ނެތިއެވެ. ކޮޓަރީގައި އޮވެ އޮވެ ވެސް ލޮލަށް ނިދި ނާންނާތީއެވެ. އަހަރެން އުޅެނީ ރާއްޖެތެރޭގެ ރަށެއްގައެވެ. މަންމައާއި ބައްޕައަށް ލިބިފައި ހުރި 5 ދަރިންގެ ތެރެއިން ރަށުގައި އުޅެނީ އަހަންނާއި އަހަރެންގެ ކޮއްކޮ އެކަންޏެވެ. އަހަރެންނާއި ކޮއްކޮއާއި ދެމީހުންނަކީވެސް ސްކޫލުގައި ކިޔަވާ ދެ ދަރިވަރުންނެވެ. ގޭގައި އުޅެނީ 3 މީހުން ކަމުން، 4 ކޮޓަރީގެ މައްޗަށް ގެ ހެދިފައިވި ނަމަވެސް […]
ފަތިހުގެ މުލަ ހާލުގެ ގޮވުމާއެކު ފަތިސްނަމާދުގެ އަޅުކަންތައް އަދާކުރުމުގެ ބޭނުމުގައި އެނދުން ތެދުވަން އާދަވެފައިވާ ހަމްޒާ، އިރުގެ ދޯދިތަކުން ދުނިޔެ ފެންވަރުވަމުން ދިޔައިރުވެސް މިއަދު އަދި ހޭނުލައެވެ. ހަމްޒާގެ އަޑެއްނީވުމުން ބަލިއެނދުގައި ތެދުވެވޭހާ ވަރުވެސް ނެތް މަންމަ ،ފިކުރުބޮޑުވެފައި އެނދުގައި އޮތެވެ. “ދަރިފުޅާ ހަމްޒާ” އެ މަންމަގެ ވަރުބަލި އަޑުން ދެފަހަރަކު ގޮވައިވެސްލިއެވެ. އެހެންނަމަވެސް ހަމްޒާއަށް އެ އަޑު އިވޭނީ އެވަރުގެ ހޭވެރިކަމެއް ހުރިނަމަތާއެވެ. ހަދާނެ ގޮތް ހުސްވެފައިވާ މަންމަ މިހާރު އިންތިޒާރު ކުރަމުން އެދަނީ ހަމްޒާގެ […]