Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

މިސްކިތްމަގު ބުޅާ

Ibrahim Zahir Level 1
July 8, 2018 4 Mins Read
15 Comments
ގޯތި ތެރޭގައި ހުރި ފޭރުގަހުގައި ހުރި އުދޯލި ހެއްލާލަން އަހަރެން އެރޭގައި އިނީ އެއްވެސް ބިރެއް ނެތިއެވެ. ކޮޓަރީގައި އޮވެ އޮވެ ވެސް ލޮލަށް ނިދި ނާންނާތީއެވެ. އަހަރެން އުޅެނީ ރާއްޖެތެރޭގެ ރަށެއްގައެވެ. މަންމައާއި ބައްޕައަށް ލިބިފައި ހުރި 5 ދަރިންގެ ތެރެއިން ރަށުގައި އުޅެނީ އަހަންނާއި އަހަރެންގެ ކޮއްކޮ އެކަންޏެވެ. އަހަރެންނާއި ކޮއްކޮއާއި ދެމީހުންނަކީވެސް ސްކޫލުގައި ކިޔަވާ ދެ ދަރިވަރުންނެވެ. ގޭގައި އުޅެނީ 3 މީހުން ކަމުން، 4 ކޮޓަރީގެ މައްޗަށް ގެ ހެދިފައިވި ނަމަވެސް އެންމެންވެސް ނިދަނީ އެއް ކޮޓަރިއެއްގައެވެ. މަންމައާއި ކޮއްކޮއަކީ އާދަކޮށް އަވަހަށް ނިދާ ދެމީހުންނެވެ. އަހަރެންވެސް އެ ދެމީހުންނާއި އެއްކޮށް ނިދަން ކޮޓަރިއަށް ވަންނަމެވެ. ނަމަވެސް އަވަހަށް ނިދުމަކީ އަހަރެންނަށް އެހާ ފަސޭޙައިން ވާކަމެއް ނޫނެވެ.
އަހަރެމެންގެ ގޯތި ވަރަށް ބޮޑުވާނެއެވެ. ނަމަވެސް ދިރިއުޅެން ގެ ހަދާފައި ހުންނަ ތަންކޮޅަކީ މާ ތަނަވަސް ކޮށް ހަދާފައި ހުރި ތަނެއް ނޫނެވެ. ބަދިގެ އާއި ކާގެ އިންނާނީ ގެއާ ވަކިން ގޯތި ތެރޭގައެވެ. އަދި އެއާ ގެހިގެން ގިފިލި އިންނާނެއެވެ. މުޅި ގޯތިތެރޭގައި އޮންނާނީ ގަސްތައް ހައްދާފައެވެ. ރޭގަނޑު ބޮތްކެއް ނުދިއްލާ ހުރެއްޖެ ނަމަ ކުޑަވަރެއްގެ ޖަންގަޔަކާއި ތަފާތެއް ނުވާނެއެވެ.އަހަރެންގެ މާ ގިނަ ރައްޓަހިންނެއް ނުތިބެއެވެ. އެހެންކަމުން ފޫހި ވީމާ އަހަރެންގެ މަންޒިލަކަށް ވަނީ ކާގެ ނުވަތަ ކާގެއާއި ކުރި މައްޗަށް ވާ ގޮތަށް އިންނަ ބަބުކެޔޮ ގަހުގެ އެލުވާފައި އިންނަ ޖޯލި ފައްޗެވެ. ކާގެއަށް އަހަރެން ދަނީ ކޮންމެހެން ކެއުމުގެ މަޤްޞަދުގައެއް ނޫނެވެ. އެތާގައި މޭޒުމަތީގައި ބޯ އަޅައިގެން އޮންނަ ކޮންމެ ފަހަރަކުހެން އަހަންނަށް ކުޑަވަރަކަށްވެސް ނިދީގެ މިންވަރެއް ލިބޭތީއެވެ. ނަމަވެސް މިހެން އޮންނަ ކޮންމެ ފަހަރަކުވެސް މަންމަ އަހަރެން ގާތުގައި ގެއަށް ވަދެ އެނދުގައި އޮށޯވެގެން ނިދުމަށް ނަޞޭހަތްތެރިވެއެވެ. އެހެނަސް މިއިން ކޮންމެ ފަހަރަކުވެސް އަހަރެން ކޮޓަރިއަށް ވަދެފައިވެސް މަންމަ ނިދުމުން އަލުން ބޭރަށް ނިކުންނަނީއެވެ. ދެން އަހަރެންގެ މަންޒިލަކަށް ވަނީ ޖޯއްޔެވެ.

އެރޭގައިވެސް އަހަރެން އިނީ ޖޯލީގައެވެ. ކަންފަތަށް ހެޑްސެޓް ޖަހައިގެން ލަވަ އަޑުއަހާށެވެ. އަދި ޖޯއްޔާއި ދިމާލަށް އިންނަ ގޭގެ ވަލު ދޮރާށިން ބޭރަށް ބަލާށެވެ. ގޭގެ ބާރަށް ރާނަފައި ހުރި އިންފާރުގައި ދެ ދޮރުލާނެ ޖާގަ ހުރި ނަމަވެސް ދޮރުތައް ހުންނަނީ ނުލައެވެ. އެހެންކަމުން އަހަރެން އިން ޖޯލިން ބޭރު ވަރަށް ސާފުކޮށް ފެނެއެވެ. ވަގުތަކީ ލަސް ގަޑިއަކަށްވިނަމަވެސް މަގުމަތީގައި މަދު މަދުން މީހުންތައް ހިނގާފައިދާތަން ފެނެއެވެ. އެ ކަނު އަނދިރީގައި އަހަރެން އޮތުމުން ހުރަސްކޮއްފައިދާ އެއްވެސް މީހަކަށް އަހަންނެއް ނުފެނެއެވެ. މިހެންވެ އޮވެ މާގިނައިރުތަކެއް ނުވަނީސް އަހަރެންގެ ބޮލަށް ނިދި ސަވާރުވެއްޖެއެވެ. ތެދުވެގެން ކޮޓަރިއަށް ދާނަމޭވެސް ހިތަށް އެރިއެވެ. އެހެނަސް ހިނގާފައި އެހިސާބަށް ދާންވާއިރަށް އައިސްފައި ހުރި ނިދި ގޮސްދާނެތީ އެކަމުގެ ބިރަށް އަހަރެން ޖޯލީގައި މަޑުކުރީއެވެ.

ދެން ދިމާވީ ހައިރާން ކުރުވަނިވިކަމެކެވެ. އަހަންނަށް ހޭލެވުނީ ކަންފަތް ދޮށުގައި ވަރަށް ބާރަށް އިވެން ފެށި އަޑަކުންނެވެ. ދެ ބުޅާ ކޯޅޭ އަޑެވެ. ފުރަތަމަވެސް އަތް ޖަހާލެވުނީ ކަންފަތުގައެވެ. ކަންފަތުގައި ޖެހި ހެޑްސެޓް އިންތޯ ބެލުމަށެވެ. ހެޑްސެޓް ހުރީ ކަންފަތަށް ޖަހާފައެވެ. ދެން ބަލާލީ އައި ޕޮޑަށެވެ. އައިޕޮޑް އޮތީ ނިވިފައިތޯއެވެ. ނަމަވެސް އައިޕޮޑުގައި ޗާޖުވެސް ހުއްޓެވެ. ލަވަ ވެސް ހުރީ ފުލް ވޮލިއުމްގައި ޖައްސާފައެވެ. ދެން މި އިވެމުންދަނީ ކޮން ބުޅާ އަޑެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ވަށައިގެން ހޯދައި ބަލާލީމެވެ. އެއްވެސް މީހެއް އަދި އެއްޗެއްގެ ހިލަމެއް ނުވެއެވެ. ކަން ހިގައިދިޔަގޮތުން ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެހެނެއްކަމަކު ތެދުވެގެން ކޮޓަރިއަށް ވަންނާކަށް ބޭނުމެއް ނުވިއެވެ. އެއީ ވަޙުމެއްކަމަށް ހިތަށް ވިސްނައިދީ އަނެއްކާވެސް ޖޯލީގައި ޖައްސާލައިގެން އޮތީއެވެ.

ކުއްލިއަކަށް ދެން ފެނުނީ ބަބުކެޔޮ ގަހުން އަހަރެންގެ ގައި މައްޗަށް ބުޅަލެއް ފުންމާލިތަނެވެ. އޭގެ ދެލޯ އަނގުރު އަލިފާން ފަދައެވެ. އަހަރެންނަށް ވީގޮތެއްވެސް ނޭނގުނެވެ. މުޅި މީހާގެ ގައިގައި ހުރި ބާރެއްލާފައި ގެއާ ދިމާލަށް ދުއްވައިގަތީމެވެ. ފަހަތުން އެ ބުޅާވެސް ދުއްވައިގަތެވެ. އަދި އައިސް އަހަރެންގެ ފައިގައި ދަތް އެޅިއެވެ. އަހަރެން ވަގުތުން ތިރިވެ ފައިވާނުން އޭގެ ބޮލުގައި ޖަހައި ދުރަށް ކޮއްޕާލީމެވެ. އަދި ބާރަށް ކޮޓަރިއަށް ގޮއްސައި ދޮރު ތަޅުލައި އޮށޯތީމެވެ. ކިތަންމެ ބިރެއް ގަތް ނަމަވެސް މަންމައަށް ގޮވާކަށް އަހަރެން ބޭނުން ނުވީ އެ ވަގުތަކީ ދަން ގަޑިއެއްކަމަށް ވެފައި އެ ވަގުތުގައި ބޭރަށް ނުކުތީތީވެސް މަންމަ ގާތަށް ރުޅީ އަންނާނެތީއެވެ. އެހެން ކަމުން އަވަހަށް ދެލޯމަރައިގެން އޮތީމެވެ. އަހަރެންނަށް ނިދުނީ އެހެން އޮށޯވެގެން އޮތްތާ އެތައް އިރެއްގެ ފަހުންނެވެ.

ހެދުނު ހޭލާފައި ފައިގައި ބުޅާ ދަތް އެޅިތަން ބެލިއިރު ހަލާކުވެފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އަހަންނަކީ އަބަދުވެސް ޒާތްޒާތުގެ ހުވަފެން ފެންނަ މީހެއްކަމަށް ވުމުން އަހަރެން ނިންމީ އެއީ ހަމަ އާދައިގެ ހުވަފެނެއްކަމަށެވެ. ހީވި ހީވުމެއްކަމަށެވެ. އެހެންކަމުން ދުވަސް ކުރިއަށް ދިޔައިރު އެހާ ބޮޑަކަށް އެކަމަށް ވިސްނާ ނަހަދަމެވެ. އަދި ހަވީރުވުމުން ފިލްމެއް ބަލަން ކޮއްކޮއާއެކު ޖައްސާލީމެވެ. ފިލްމުގައި ދެއްކީ ބަޔަކު ޕޫލަށް އެރި އުޅުން ތަނެވެ. ވަގުތުން އަހަރެންވެސް ޕޫލަކަށް އެރޭ ހިތްވިއެވެ. ނަމަވެސް ރަށުގެ އެއްވެސް ހިސާބެއްގައި އެފަދަ ތަނެއް ހަދާފައި ނެތެވެ. އެހެންކަމުން ދެން ޚިޔާލަށް އައީ ނެޗުރަލް ޕޫލުގެ މަތިންނެވެ. އަހަރެމެންގެ ވަށައިގެންވާ މޫދެވެ.

“އޭ… މިއޮށް ކަންނެތް ފޮޑަރޭ… ހިނގާބަލަ ނިކަން މޫދަށް އެރިލާން… ކިހާ ސަޅިވާނެ މިގަޑީގައި މޫދަށް އެރޭން…” އަހަރެން ގާތުގައި އޮތް ކޮއްކޮ ގައިގައި ކޮއްޓާލަމުން އަހަރެން ބުނީމެވެ. “ހޫން.. މި ޖެހުނީ ކަންތަކާ… މޫދަށް އެރެން މީ ގަޑިއެއްތަ ދެން.. މަށެއް ނޭރޭނަން…” ކޮއްކޮ ގާތުގައި އާދޭސް ކޮށް ވަރުބަލިވީއިރުވެސް އޭނާ އަންނާން އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ނިންމީ އެކަނި މާއެކަނި މޫދަށް މިސްރާބު ޖަހާށެވެ.

15 ވަރަކަށް މިނެޓް ފަހުން އަތިރިމައްޗަށް ދިޔައިރު ރަތްވިލާތަށް އުޑުމަތީ ފެތުރެމުންދެއެވެ. އިރުވެސް އަލްވަދާޢު ކިޔަންވީ ވަގުތު ޖެހެނީއެވެ. އެ ފުރިހަމަ މަންޒަރު ބަލާލާން އަހަންނަށް ހުރެވުނީ މި އައީ މޫދަށް އެރެންކަންވެސް ހަނދާން ނެތިފައެވެ.

އިރުއޮއްސިއްޖެއެވެ. ބަންގީގެ އަޑުން ފަޒާ ގުގުމާލިއެވެ. ނަމަވެސް އެއަށް ބީރު ކަންފަތެއް ދީގެން އިދެވުނީ ކުރިމަތީ ހުރި މަންޒަރު ނުފެންނަތާ ދުވަސްކޮޅެއް ވެފައި ހުރީމައެވެ. ކުއްލިއަކަށް އިވުނީ ބުޅަލެއްގެ ރޯ އަޑެވެ. އަހަރެންނަށް ރޭގެ މަންޒަރު ސިފަވެގެންދިޔައެވެ. ގަތް ބިރާއެކު އަވަހަށް ގެއަށް ދާންވެގެން ތެދުވީމެވެ. ފަހަތުގައި އަހަންނަށް ލޯ އަމާޒުކޮއްގެން އޮތީ ރޭގައި އަހަންނަށް ފެނުން ބުޅާކަން ޔަގީންވިއެވެ. ދެލޯ ވެސް ހަމަ އެ ފަދައެވެ. އަނގުރު އަލިފާނެވެ. ހިތުގައި އޮތީ ކުރުސި ކިޔާށެވެ. މީހުން ބުނާ ގޮތުންނަމަ ކުރުސި ކިޔައިފިނަމަ ޖިންނިއެއް ވެއްޖެއްޔާ ގެއްލޭނެކަން އަޑު އިވިފައި އޮތީމައެވެ. ދުލަށް އައީ ބަންގި ދުޢާއެވެ. ގަތްފައި ހުރި ބިރަކުންނެވެ.

ގައި ހުރި ބާރެއްލާފައި ދުއްވައިގަތީމެވެ. ދެން ފެނުނީ އެ އެތިވެސް އަހަރެން ފަހަތުން ދުއްވައިގަތްތަނެވެ. ފަހަތަށް ބެލުމެއް ނެތި ދުވަމުން ދަނިކޮށް މިސްކިތާހަމަޔަށް ދެވުނެވެ. އޭރުގައި ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފައިބަނީއެވެ. އަވަހަށް މިސްކިތަށް ވަނީމެވެ. ހަމަ ނޭވާއެއް ލެވުނީ ދެނެވެ. ބޭރަށް ބަލާލިއިރު ބުޅާ އެނބުރި ދަނީއެވެ. “އެކޮއި.. ހާދަ ވަރަކަށް ދާހިތްލާފައި.. ތިގޮތަށް ހުރި ނަމާދުކުރާކަށް ނުވާނެ.. އަވަހަށް ގެއަށްގޮސް ފެންވަރައިގެން ނަމާދުކުރަން އާދޭ..” އެތާ ހުރި މުސްކުޅި ފުރައެއްގެ އަންހެނަކު އަހަންނަށް ބަލާލުމަށް ފަހުގައި ބުންޏެވެ. “ބު.. ބު.. ބުޅާ…” އަހަންނަށް ރަގަޅަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އެ ދައްތަ ދެވަނަ ފަހަރަށް އަހަރެން ގާތުގައި ނަޖިސްކަމާއެކު ނުހުރެ ގެއަށް ދިއުމަށް ބުންޏެވެ.
އަހަރެން ގެއަށްގޮސް ފެންވަރާލީމެވެ. އަދި އަވަހަށް ނަމާދުކުރީމެވެ. އަދި މަންމައަށް އަހަންނަށް ދިމާވިކަންތައް ކިޔާދިނީމެވެ. ބުޅާގެ ސަބަބުން މިސްކިތަށް ބިރުންހުރެ ދުވެފައި ދެވުނު ވާހަކައެވެ. މަންމަ އަހަރެންނަށް ނަސޭހަތްތެރިވިއެވެ. ނަމާދަށް ފަރުވާތެރިވުމަށެވެ. ދީނީ ކަންތަކަށް ފަރުވާކުޑަ ނުކުރުމަށެވެ.

އޭގެ ފަހުން އަހަރެން އިސްލާޙުވީމެވެ. ދަންވަރު އެކަނި ޖޯލީގައި އޮވެ ލަވަ ޖެހުމުގެ ބަދަލުގައި ޤުރުއާނުގެ އެހީގައި ނިދޭތޯ ބެލީމެވެ. ވަގުތަށް ނަމާދަށް ދާން ފެށީމެވެ. އަދިވެސް ބައެއް ފަހަރު އެ ބުޅާ އަހަންނަށް ފެނެއެވެ. ބުޅާ މިސްކިތް މަގުންނެވެ.

************ނިމުނީ*************

 

Share Article

Follow Me Written By

Ibrahim Zahir

Level 1

Other Articles

Previous

ކަރުނުން ފޭދުނު ދެލި

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 23

Next
July 8, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 23

Previews
July 8, 2018

ކަރުނުން ފޭދުނު ދެލި

15 Comments!

  1. Baby girl ❤ says:
    July 8, 2018 at 12:40 pm

    Vrh vrh salhi❤…nd vrh loabi iburatheh thi dhiny…..

    1. Ibrahim Zahir says:
      July 9, 2018 at 9:05 pm

      Thanks ????

  2. Twinkle? says:
    July 8, 2018 at 1:21 pm

    I’m scnd dhw

  3. Twinkle? says:
    July 8, 2018 at 1:26 pm

    Stry vvv salhi n iburaihtheri… masha allah

  4. Beauty Queen says:
    July 8, 2018 at 6:47 pm

    Story vv reethi.

    1. Ibrahim Zahir says:
      July 9, 2018 at 9:09 pm

      Shukuru????

  5. unique says:
    July 8, 2018 at 7:53 pm

    Maasha Allah…… vv reethi hama ragalhu iburaihtheri

  6. ازلى ما says:
    July 9, 2018 at 7:25 pm

    الحمد لله

  7. ֆւհկգ says:
    July 9, 2018 at 7:36 pm

    Պատժիչ իտկգւբ իտհիըկ ըցֆեւ ւըյիհ. րյծը տըգհ յկֆիգ.??????

  8. AISHATH RAI SHA. says:
    July 10, 2018 at 11:37 am

    varah salhi maasha allah

  9. Muguri ? says:
    July 14, 2018 at 5:16 am

    2018 ga nikunnany handusburi kukulhu vaahaka inthizaaru kohlahva ??

  10. JINNI says:
    July 15, 2018 at 6:22 pm

    Biruveri vaahaka ekani liyelabala inge baraabaru Jinni vany reefside fihaara a shey nikuthee markeytunney mikahala vaahaka

  11. Salvaa says:
    July 22, 2018 at 6:25 pm

    Vv salhi. Varah rangalhu iburatheh.. keep up the good work???

  12. Someone says:
    October 7, 2018 at 11:34 am

    This is a copy……

  13. Sara says:
    October 22, 2018 at 8:51 am

    Ibrahim haasil veje

Comments are closed.



All Right Reserved!