އާޔަތުގެ ފައި މޭޒުފައިގައި އަޅައިގެންފައި އިދިފުށަށްގޮސް ޖެހުނީ އަޒާންގެ ގައިމައްޗައްށެވެ. ހިނިއައިސްފައި އިން އަޒާންވެސް ދިޔައީ ސިއްސައިގެނެވެ. އަދިވެސް އާޔަތަށް ވާނުވާ ރޭކާނުލައެވެ. ދެކަންފަތްމަތީ އަތްއަޅައިގެން އޮވެ ކުރުސި ކިޔަވަނީއެވެ. ޔަލްވީއާއި ޔުވާން ގާތަށް އައީ ހިނންޏެވެ. އާޔަތު އިންގޮތުން ނުހޭން ހުންނަ މީހާއަށްވެސް ހިނިގަނޑު ނުހިފެހެއްޓޭނެއެވެ. ”ބަލަ އާޔޫ، އެއީ އެވަރު ކަމެއްނޫނޭ! ޓީވީ ފަޅާފަ އޭތި ނުނުކުމެއޭ”. ހިނިގަނޑު މައިތިރިކޮށްލަމުން ޔަލްވީގޮސް އާޔަތު ނެގގިއެވެ. ”ދެން ދޮންބެގަނޑާ! ވަރަށް ފޫހިވޭ” ލޯހުޅުވާލަމުން އާޔަތު މޫނުކުނިކޮށްލިއެވެ. […]
ފަހަތުން އިވުނު އަޑުން ސިހިފައި ޔަލްވީ ފަހަތަށް އެނބުރި ބަލާލިއެވެ. ”’ލިއަމް؟” ގަބޫލު ނުކުރެވިފައިހުރެ ޔަލްވީ ބަލާލީ ކުރިމަތީ ހުރި ލިއަމްއަށެވެ. ”ޔެސް! މީ މިޖިމްގެ މެނޭޖަރ އަދި އޯނާރއަކީވެސް،ކިހިނެއްވީ؟” ބޮޑާ ގޮތަކަށް ލިއަމް އެހެން ބުނެލުމުން ޔަލްވީ މޫނަށް ވައްތަރުތަކެއް ޖައްސާލިއެވެ. ”އޯވްހް! ތީ ދޯ މެނޭޖާރ އަކީ! އެކަމް މިތާގެ ސްޓާފުންގެ ޑިސިޕްލިން ހާދަ ކަޑައޭ، މެނޭޖަރއަށްވެހުރެ ފުރަތަމަވެސް އަމިއްލަ ޖިމްގެ ސްޓާފުން ކޮންޓްރޯލް ކޮށްބަލަ.” ރުޅި އައިސްހުރެ ޔަލްވީ ދިޔައީ ހިތައް އައިއެއްޗެއް […]
އަތުގައިހުރި ކޯކްތަށި އެޅުނީ އާޔަތުގެ ހެދުމަށްށެވެ. ކުދިކިޔަމުން އިސްއުފުލާ ބަލައިލި އާޔަތުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކުރިމަތީ ހުއްޓިލައިގެން ހުރީ އާޔަތުގެ ‘ޕްރިންސް ޗާމިން’ އެވެ. ދުވަހަކުވެސް ދެކެފައިނުވާ މިއަޖައިބެއްފަދަ ޒުވާނާގެ ރީތިކަންފެނި އާޔަތަށް ކުޑަ ވަގުތުކޮޅަކަށް އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ހުރެވުނެވެ. އޯނޯ! އާޔޫ! ހިނގައިދިޔަ ހުރިހާ މަންޒަރެއް ޔުވާން ބަލަންހުރިއިރު އަނެއްކޮޅުގައި ޔަލްވީ ހުއްޓެވެ. ޔުވާންގެ އަޑު ޖެހުމުން އާޔަތު މޫނު އަނބުރާލީ ބުމަ ގޮށްޖަހާލަމުންނެވެ. މާޒީގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން އާޔަތު ފިރިހެނުންނަށް […]