Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ފަޅުރަށަށް ދިޔަ ދަތުރު

Lily Level 210 Stories
January 31, 2022 2 Mins Read
1 Comment

ނޯޓް: މިއީ އަޅުގަނޑުގެ ރަހުމަތްތެރިއެއް ފަޅުރަށަކަށް އޭނަގެ އާއިލާއާއި އެކު ދިޔަ ދަތުރެއްގައި ދިމާވި ހާދިސާއެކެވެ.

ރީތި އަވިދޭ ދުވަހެކެވެ.ފަތިހުގެ ފިނި ރޯޅިތަކުން ލިއްބައިދޭ ހިތްހަމަޖެހުމަކީ ދުލުން ބަޔާންކޮށްދެވޭނެ އިހުސާސް އެއް ނޫނެވެ.

އެ ހުދު ދޮންވެލި ގަނޑުގައި އަނާ (ހިޔާލީ ނަމެއް)ގެ ފައި ޖެހުމުން އަނާއަށް ދެލޯ މަރާލެވުނެވެ.އިރުކޮޅަކު އެހެން ހުއްޓާ ކުއްލިޔަކަށް މީހަކު އަނާގެ އަތުގައި ހިފައިގެން ދަމައިގަތުމުން އަނާއަށް ހަޅޭއްލަވައި ގަނެވުނެވެ.

އަނާގެ ކޮށްކޮ ކަމައްވާ އަފާ އަނާގެ އަތުގައި ހިފައިގެން ދަމާފަގެންގޮސް ރާޅުފެނައް ކޮއްޕާލިއެވެ.

“ކޮއްކޯ ދެން ވަރަށް ފޫހިވޭ…ދޮންތި ފަހުން ތެމެންށޭ މި މަޑުކުރީ..މަންމާ!!..ބަލާބަ ކޮށްކޮ އަނައްކޮ ތެންމާލައިފި!!”އަނާ އެގަޑީގައި ހުރީ ވަރަށް ރުޅި އައިސް އެވެ.އަނާގެ މަންމަ އެކަމާ އަޅާނުލާ ހުރުމުން އަނާ ކައިރިއަށް އަދި މާ ރުޅިއައެވެ.

އަނާ އާއި އޭނާގެ އާއިލާ ހެނދުނު ސައި ބޮއެގެން ރަށުތެރޭގައި ހިނގާލަން ދިޔައެވެ.އަނާ އާއި އަފާ އެހެންމީހުނައްވުރެ ކުރިން ދުއްވައިގަތެވެ.އަނާގެ މަންމަ އެކަމާ އެހާބޮޑަށް އަޅާނުލީ އަނާއަކީ 15 އަހަރުގެ ބޮޑުކުއްޖަކަށް ވެފައި އަނާއަށް އެ ރަށުގައި އުޅޭން އިނގޭނެކަން އިނގޭތީއެވެ.

އަނާއާއި އަފާ ދުވެފައި ގޮސް ވަނީ ކުއްޅަވައް ފާ ތެރެއަށެވެ.”ކޮއްކޯ މިއޮތީ ކުއްޅަވައް ފުރިފައެއްނު..ވެއިޓް މަންމައަށް ނުގޮވާތި.. ސަޕްރައިޒް އެއް ދޭނީ..”އަނާ އެހެން ބުނުމުން އަފާ އޯކޭ އޭ ބުނުމައްފަހު ކުއްޅަވައް ހޮވަން ފެށިއެވެ.

ދެމީހުން ކުއްޅަވައް ހޮވަމުން ގޮސް ރަށުގެ އެންމެ އެތެރެއަށް ވަދެވުނެވެ.އެއީ ފެންފޯއް މަގެވެ.މިހެން ކިޔަނީ އެ މަގުގައި ފެންފޯއް ރުއްތައް ގިނަކަމުންނެވެ.ފަޅުރަށަކަސް މިރަށުގައި ކާތަކެތި އަޅާ ގަސްތައް ވަރަށް ގިނައެވެ.މީހުން ބުނާގޮތުގައި އެ މަގަކީ ވަރަށް ނާމާން މަގެކެވެ.ނަމަވެސް އަނާ އާއި އަނާގެ އާއިލާ އެކަމެއް ގަބޫލެއް ނުކުރެއެވެ.

އަނާއަށް އެމަގުގެ މެދުގައި އިން ބޮޑު ކުއްޅަވަކެއް ފެނިގެން އެދިމާއަށް ދުއްވައިގަތެވެ.

އެކުއްޅަވައް ނަގާފައި ތެދުވިއިރު އަނާއަށް ދެން ފެނުނީ ކުރިން ފެނުން ތަނެއް ނޫނެވެ.އެއީ މަގެކޭ މީހަކު ނުބުނާނެއެވެ.ކުރިންފެނުނުއިރު އެއީ ފުޅާ މަގެކެވެ.ނަމަވެސް މިހާރު އެއީ ގަސްބޯ ޖަންގައްޔެކެވެ.އަނާ ތަން ތަން ހޯދަނިކޮން ކުއްލިއަކައް ކުރިމަތީ ހުރި ބިޔަ ކަޅުކުލައިގެ އެއްޗެއް ފެނުނެވެ.އއވަގުތު އަނާގެ ބޮލައް ހީވީ އެނބުރުން އެރިހެނެވެ.

އޭތީގެ ދެލޯ ހުރީ އެއްކޮށް ހުދުކޮނެވެ.ދެލޮލުން އޭރުވެސް ލޭ ފާބައެވެ.ބިޔަކަމުން ހީވަނީ އެހެންފަދަ ކަމެއްހެނެވެ.

އަނާ ގައިގައި ހުރި ބާރެއް ލާފައި އަފާގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ.އަފާ ވީ ކިހިނެއްތޯ އެހުމުންވެސް އަނާ އަނގައިން ނުބުނުމުން އަފާ ފަހަތް ބަލައިލި އެވެ.އޭރު އޭތި ހަތަރު މޮށްގަންޑު ޖަހައިގެން އެކުދިން ފަހަތުން އާދެއެވެ.

އަފާ ހަޅޭއްލަވައި ގަތުމައްފަހު ދުވުން ބާރުކުރިއެވެ.އޭރުވެސް އޭތީގެ ފިޔަވަޅުއަޑު އިވެއެވެ.

ވަރަށް ގިނައިން ދުވުމައްފަހު ދެމީހުނައް އަތިރިއަށް ނުކުމެވުނެވެ.އޭރު އެމީހުންގެ އާއިލާ އެތަނާއަރާ ހަމަވަނީއެވެ.ްާއިލާ އެންމެން ވީ ކީއްތޯ އެހުމުންވެސް އެކަކަށްވެސް ޖަވާބެއްނުދެވުނެވެ.

ދެކުދިންވެސް ތިބީ ހުންއައިސްގެން ފިހޭ ވަރު ވެފައެވެ.އެހެންކަމޫން އެމީހުން ނިންމީ ރަށަށް ދާށެވެ.

އެދުވަހައްފަހު އަނާ އާއި އަފާ ފަޅުރަށް ރަށަށް ދާން ބިރުގަނެއެވެ.

 

-ނިމުނީ-

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ބުނެބަލާ ލޯބިވޭ 2

Next

ލޯބި ވެވުމުން 3

Next
January 31, 2022

ލޯބި ވެވުމުން 3

Previews
January 31, 2022

ބުނެބަލާ ލޯބިވޭ 2

One Comment

  1. Hûdhãkkø says:
    January 31, 2022 at 4:20 pm

    Seriously mee Hama real vaahaka eh tha hard to believe
    But so scary
    Dhn nukureyne I akah falhu rashakah vx dhaakah I am scared now
    BTW
    Mi vaahaka vx vvvvvvvvv reethi
    Hama obinex to the maxxxx ?????

Comments are closed.



All Right Reserved!