އިރުއޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާއި އަލްވަދާޢު ކިޔަން ތައްޔާރުވަނީއެވެ. އިރުގެ ރަންދޯދިތައް އަހަރެންގެެ މޫނުމައްޗަށް އެޅުމުން އަހަންނަށް ހޭވެރިކަމެއްް ވިއެވެ. މޫނުމައްޗަށް ވެއްޓުނު ފަން އިސްތަށިކޮޅު އަތުން އެއްފަރާކޮށްލުމަށްް ފަހު އަހަރެން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީމެވެ. “ދޮންބޭ! ގެއަށް ނުދަނީތަ؟ މިހާރު އެއޮށްގެން އިރުވެސްް އޮއްސެނީ! ހިނގާބަލަ ގެއަށް ދާން” އަހަރެން ސިހުނީ އަަަހަރެެންގެެ ކޮއްކޮ އުލްވީ ގޮވާލުމުންނެވެ. “އޫލީ ދޭ ދޮންބެ ދާނަން ފަހުން” އަހަރެެންް ދާހިތް ނެތުމުން ބުނެލީމެވެ. “ލީީީީން ހިނގާބަލަ ދާން! […]