Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ހުވަފެން – 1

Galaxy Quinn Level 110 Stories
January 22, 2022 4 Mins Read
0 Comments

އިރުއޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާއި އަލްވަދާޢު ކިޔަން

ތައްޔާރުވަނީއެވެ. އިރުގެ ރަންދޯދިތައް އަހަރެންގެެ މޫނުމައްޗަށް އެޅުމުން އަހަންނަށް ހޭވެރިކަމެއްް ވިއެވެ. މޫނުމައްޗަށް ވެއްޓުނު ފަން އިސްތަށިކޮޅު އަތުން އެއްފަރާކޮށްލުމަށްް ފަހު އަހަރެން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީމެވެ. “ދޮންބޭ! ގެއަށް ނުދަނީތަ؟ މިހާރު އެއޮށްގެން އިރުވެސްް އޮއްސެނީ! ހިނގާބަލަ ގެއަށް ދާން” އަހަރެން ސިހުނީ އަަަހަރެެންގެެ ކޮއްކޮ އުލްވީ ގޮވާލުމުންނެވެ. “އޫލީ ދޭ ދޮންބެ ދާނަން ފަހުން” އަހަރެެންް ދާހިތް ނެތުމުން ބުނެލީމެވެ. “ލީީީީން ހިނގާބަލަ ދާން! މި ދޮންބެ ގަނޑު ނުދިޔައޭ” އުލްވީ އަހަރެން ނުތެދުވުމުންް ގޮވާލީ އެމިލީން އަށެވެ. އުލްވީގެ ގާތް އެކުވެރިޔަކަށެވެ. އަަހަރެން އެމިލީން އަށް ފުންނަޒަރަކުން ބަލައިލީމެވެ. ބުޅި ދިގު ބްރައުން ކުލައިގެ އިސްތަށިގަނޑެކެވެ. އަޅި ބޮޑު ދެލޮލާާ ރުކުރިކޮޅެއްފަދަ ދޮން ހަންގަނޑެވެ. އަހަރެންގެެ ހިތުގައި އާވިންދެއް ޖަހަންފެށިކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަރެންނަށް އެމިލީން އަށް ބަލަހައްޓައިގެން އިނދެވުނީއެވެ. “އުލީ, ކައިޒާން ކީތްވެޔޯ ނައީ އެ އަހަރުމެންނާއެކު؟” އެމިލީން ބުނެލި ޖުމުލަ އަހަރެންގެ ކަންފަތަށް ނުހަނު ސާފުކޮށް އަޑުއިވުނެވެ. “އެ ނޭނގެ؟ ހިތަށް އެރިއްޔާ އަހަރެން ފަހަތުން ވެސް އަންނާނީ!” އުލްވީ ބުންޏެވެ. އެދެކުދިންގޮސް އޮއްބާލަންދެން އަހަންނަށް އެމިލީން އާއި ދިމާލަށް ގެއްލިފައި އިނދެވުނެވެ. “ބުރޯ, ކޮން ހިޔާލެއްގަ؟ އެތަނުން ބޮޑު ހޫރުޕަރީއެއް ކައެއަށް ފެންނަނީތަ؟” އަހަރެން ސިހުނީ މިިިިިކިޔާލް އައިސް އަހަރެން ގެ ކޮނޑަށް އަތްވައްޓާލުމުންނެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. “އުނހޫން! ކައެ ކޮންއިރަކު ތިއައީ؟ ހިނގާ ނަމާދަށް ދާން! އެއޮތް ބަންގި ގޮވީ” އަހަރެން ބުނީމެވެ. “އާނ ހިނގާ! އޭހިނގާބެެ މިރޭ ދަނޑަށް ދާން” މިކިޔާލް އެއްސެވެ. “އާނ ހިނގާބެެ , މިއުޅޭ ޖިޒޭމެން ގޮވައިގެން ދޯދާނީ! މިސްކިތުން ދިމާވާނެ!” އަހަރެން ތެދުވަމުން ބުނެލީމެވެ. “އާނ!” އަހަރުމެން މިސްކިތަށް މިސްރާބުޖެހީމެވެ. ނަމާދުން ފައިބައިގެން އަހަރުމެން މީޓިންގ ބާއްވާ ހިތިގަސްދޮށަށް ޖަމާވީމެވެ “އޭ ޖިޒޭ! އުޅެބެ މިރޭ ކުޅެންދާން!” އަހަރެން ޖިޒާލް އަށް ގޮވާލީމެވެ. “އާ ކައެދަންތަ؟ މިކީ އާާއި މީކާލް ވެސް ދާނެ ދޯ. ކޮބާތަ މާޝް” ޖިޒާލް މާއިޝް ހޯދަންފެށިއެވެ. “އާނ! އަހަރުމެން އެންމެން ދަން! ކައެމެންވެސް ގުރޫޕް ރެޑީކޮށްގެން ގޮވައިގެން އަންނާތި!” އަހަރެން މިކިޔާލް ކޮނޑަށް އަތްވައްޓާލައިގެން ގެއަށް ދާން މިސްރާބުޖެހީމެވެ.

“އޫލީ! 2 ކޮފީ ގެނެސްދީބެ!” އަހަންނާއި މިކިޔާލް ގޮސް ސޯފާއަށް ޖެހިގަތީމެވެ. “2؟ އެކީތްވެ. އެހާ ބައިވަރު ނު!” “އޭ އުލުވީ މަވެސް އެބައިނީމޭޭ މިތާ!” އުލްވީގެ ޖުމުލަ މެދުު ކަޑާލީ މިކިޔާލްއެވެ. އަހަރެން ހިނިގަނޑު ހިފައައްޓައިގެން އިނީމެވެ.”ހުން  ވަރަށް ފޫހި ލީން! އާދެބަލަ މަށާއެއްކޮށް ކޮފީ ގިރަން” އުލްވީ ބުނެލި ޖުމުލައިން އަހަރެން ސިހުނެވެ. ލީން އޭއެބުނީ އެމިލީން ވެސް މިގޭގައި އިނުމުން ނެއްނޫންހެއްޔެވެ. “ހަލޯޯ. ކީކޭ؟އާނ މިދަނީ ” މިކިޔާލް ފޯނެއް އައިސްގެން ތެދުވިއެވެ. “މިކީ ދަނީތަ؟” އަަަަަަަހަރެެންް އެހީމެެެވެެ. “އާނ! ކާން އަަަަަަަންނާށޯ ، މަަަައެ ކޮފީތަަަށި ބަހައްޓަަައްޗެެ!” މިކިިިޔާލްް ގޮއްސިއެެެވެެ. “އޫލީ ، މަަަަންމަަ ގުޅަައިިިފިި މަ ދަނިއްޔޭ.” އެމިލީންް ގޮވާލިއެވެ. “އާނ! އޯކޭ” އުލްވީ ބުންޏެވެ. އަހަރެން ގެ ތޫނު ނަޒަރު އެމިލީން އިން ވަކިވީ އެމިލީން ލޯމަތިން ގެއްލުމުންނެވެ. “ދޮންބޭ ކޮބާ މަންމަ؟” އުލްވީ އައިސް ސޯފާ އަށް ވެއްޓިގަތެވެ. “މާމަ ގެއަށް ދިޔައީ . އަލްކާގޮވައިގެން ، ބައްޕަ ދިޔައީ ޒިޔާލް ގޮވައިގެން.” އަހަރެން ޖަވާބުދިނީމެވެ. ދެމީހުންވެސް ތިބީ މެޗަށް ގެއްލިފައެވެ. ޑޯޓްމަންޑް އާއި ޔުވެންޓަސް ވާދަކޮށް ކުޅޭ މެޗުގައި އުލްވީ ސަޕޯރޓް ކުރަމުން ދިޔައީ ޔުވެންޓަސް އަށެވެ. އަހަރެން ޑޯރޓްމަންޑް އަށް ސަޕޯރޓްކުރަމުންް ދިޔައީމެވެ. އިރުކޮޅެއްފަހުން މީހަކު އައިސް ގޭގެ ބެލް އެޅިއެވެ. އަހަރެން އަވަހަށް މީހަކަށް ގުޅާކަމަށް ހެދުނީމެވެ. އުލްވީ ތުން ދަމާފަަައި ދޮރު ހުޅުވަން މިސްރާބުޖެހިއެވެ.

އުލްވީގެ ނަޒަރުން

ކައިޒާން ދޮރުހުޅުވަން ނުދާނެކަން ޔަގީންވުމުން އަހަރެން ދޮރު ހުޅުވަން މިސްރާބުޖެހީމެވެ. އަހަރެން ދޮރުހުޅުވުމާއެކު ކުރިމަތިން ފެނުނު ސޫރަ އަކުން ހުއްޓުން އެރިއެވެ. އެއީ އަހަރެން ދުށުމަށްް އެންމެ ހިތްބޭޤާރުވެފައިވާ ސޫރައެވެ. ހިތްގޮވަމުން ދިޔައީ އެސޫރަ އާއި ވާހަކަ ދައްކާލުމަށެވެ. ނަމަވެސް އަހަރެން ފިޑިކަމުން އެހިތްވަރުވެސް ކޮށްލާކަށް ނުކެރުނެވެ. އަހަރެންނަށް އިސްޖަހާލެވުނީ އެ ފުން އަޅިކުލައިގެ ތޫނު ދެލޮލަށް ބަލަހައްޓައިގެން ހުންނާނެ ހިތްވަރު ނެތީމައެވެ.

ޖިޒާލް ގެ ނަޒަރުން

ކުރިމަތީގައި ހުރި ހޫރު ޕައީއެއްފަދަ އަންހެން ކުއްޖާ ހަމަ ރަނގަޅައްވެސް އޭނާ ޖާދޫގައި ޖައްސަަައިފިއެވެ. އެ ބްލޮންޑްކުލައިގެ ދިގު ބުޅި އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ . އެދިގުު ކަޅުކަންގަދަ އިސްފިޔަ ތަކުގެ ދަށުގައިވާ ތޫނު ބޮޑު ނޫކުލައިގެ ދެލޯގެ ތެރެއަށް އަހަރެން ޣަރަގުވަމުން ދިޔަކަމެއް އަހަންނަކަށް ރެއަކާނުލިއެވެ. އަހަންނަށް އެކުއްޖާ އާއި ދިމާލަށް ބަަލަން ހުރެވުނީ ދީވާނާވެފައި ހުރިމީހެއް ފަދައިންނެވެ. ހިޔާލީ ދުނިޔޭގައި އަހަރެން ފޮލާކައްކަން ހުއްޓައި ހޭވެރިކަމެއް ވީ ކައިޒާން އަތްޖަހަން ފެށުމުންނެވެ.

އުލްވީގެ ނަޒަރުން

“އަޅޭ އަހަންނަށް މޮމެންޓް ރޫއިންޑް ކޮށްލެވުނީ ދޯ؟ ޕިސް ޕިސް، އޫލީ ޖިޒޭ އެތެރަށް ވެސް ނުވެއްދި ، ހަމަރަނގަޅަށް ވެސް ދީވާނާވެފަ ދޯ ތިތިބީ ދެމީހުން” ކައިޒާންގެ ބަސްތަކުން އަހަންނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ލަދުންގޮސް ދެކޯތާފަތް ރަތްވިކަމެއްވެސް އަހަންނަށް ނޭނގުނެވެ. އަނެއްކާ އަނެއް ހަކަންތަކެވެ. އަދި މެޗުގެ ފުރަތަމަ ހާފުވެސް ނުނިމެއެވެ. އަހަރެންނަށް އެ ޖިޒާލް ގަނޑާ ހެދި މެޗެއްވެސް ދެން ނުބެލޭނެއެވެ. އޭނާ އެތާއިންހާ ހިނދަކު އަހަންނަށް އެތާއިންނަން ލާހިކެއް ނޫނެވެ. މަޑު ހިނގުމެއްގައި އަހަރެން ކޮޓަރިިއަށް ވަންނަން ދިޔައީމެވެ. “އޫލީ ހާލަންޑް ގޯލެއް ޖަހައިފި ، ޑިބާލާ ވެއްޓިއްޖެ!” ކައިޒާާން ހަޅޭއްލަވައިގަތެވެ. އަހަރެން ދެންމެ ގަތް ލަދުު ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ. ދުވެވޭ ބާރަކަށް ގޮސް އަހަރެން ގޭތެރޭގަ މަޑު ކޮށްލީމެވެ. “ގެރި ހަންގަނޑު ! ޑިބާލާ އެހެރީ ކޮޅަށް! ހާލަންޑު އެއޮތް ދުވަނީީ، ގޯލް ޖަހައިފިޔޯލަ! ދައްކާ ގުއި ވާހަކަ” އަހަރެން ފަތިވަރު އަމުނާފައި ގޮސް ކޮޓަރިއަށް ވަނީމެވެ. އަހަރެން ފާހާނައަށް ވަނީ ފެންވަރާލުމުގެ ނިޔަތުގައެވެ. ފެންވަރައިގެން އަހަރެން ނެގީ ރަތްކުލައިގެ ހުޑީއަކާއި ކަޅު ސްކިނީ ޖީންސެކެވެ. އިސްތަށިގަނޑު ދޫކޮށްލުމަށްފަހު އަހަރެން ކަޅު ބޭންޑެއް އެޅީމެވެ. ލުއި މޭކަޕެއް ކޮށްލުމަށްފަހު އަހަރެން ފޯނު ޖީބައްލަމުން ކޮޓަރިން ނުކުތީމެވެ. ގޭތެެރަށް ވަންއިރު ޖިޒާލް އިނުމުން އަހަރެންގެ ދެބުމަ ގޮތްޖެހުނެވެ. “އާޗާ ތިއްތި އޭ. ހަމަ ޖިޒޭ އިނީމަ ކެތް ނުވެގެން ގޮސް ޕަރުމަރައިގެން އެއައީއެއްނު! ” ކައިޒާންގެ އުނދަގޫ ފިލާނީ ކޮންޒަމާނަކުން ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. “އޭ ޒާން އެއޮތް ބަންގި ގޮވީ , ހިނގާ މިސްކިތަށް ދާން” ޖިޒާލް ގަޑި ބަލައިލިއެވެ. “އާނ ހިނގާ” ކައިޒާން ތެދުވެގެން ދިޔައީ އަހަންނަށް އެއްލޯ މަރާލައިފައެވެ. އަހަރެން ރައްދުގައި ތުންް އަބުރާލައިފައި ގޮސް ބަދިގެއަށް ވަނީމެވެ. “އާނ އަދި މިރަސްގެފާނަށް ޖެހޭނީ ވަޅޯމަސް ނާޅާ ވަކިން ކައްކަން ، ހަމަ ހުވާ މިބުނީ ، މިކަލޭގެ ރާއްޖޭގެ ރައީސް އަކަށް ވެއްޖެއްޔާމު ވަޅޯމަސް އުފެއްދުންް ކީތްކުރަން ، މަސްބޭނުންވެސް މަނާ ކުރާނެ ތޯއްޗެއް, ބޯހަލާކު” އަހަރެން ކައިޒާން އާއި ދިމާލަށް ކުދިކިޔަމުން ރިހަކައްކަމުން ދިޔައީމެވެ. މަސްނާޅާބައެއް ނަގާފައި ކާން ހަދާފައި ގޮށި ޖަހާފަ އަހަރެން ގޮސް ކޮޓަރިއަށް ވަދެ އޮންވީމެވެ. އިންސްޓާ ހާވަން އޮއްވާ ރާޔާގުޅިއެވެ. “ހަލޯ ރާޔީޔާ” އަހަރެން ޖެއްސުމަށް ގޮވާލީމެވެ. “އޭނ އޫލީ ހިނގާބެ މިރޭ ކެފޭ އަކަށް ޖައްސާލަން” ރަޔާ އެއްސެވެ. “އާނ ހަމަދާންވީ ، ލެމަން އަށް ދޯދާނީ , މަ އެމިލީން އަށް ގުޅާފާނަން ، މަންޖެ ޝަޒޫ އަށާ ލީޝް އަށާ ގުޅާ އިނގޭ” އަހަރެން އެހެން ބުނުމުން ރާޔާ ހޫމްް އަޅުވާލިއެވެ. އަހަރެން ފޯނު ކަނޑާލުމަށްފަހު އެމިލީން ކައިރީ ތައްޔާރުވާން ބުނެ ބަލާ ދާނަން ކަމަށް ބުނީމެވެ. ޝަޒްހާ އާއި އައިލީޝް އަކީވެސް އަހަރުމެންގެ ރައްޓެހިންނެވެ. އަަހަރެން އެނދުން ތެދުވެގެން ގޮސް މަތި ހަދާލީމެވެެ. ފުނާއަޅާ ލުމަށްފަހު އަހަރެން ފޯނު ޖީބަށް ލަމުން ބޭރަށް ނުކުންނަން މިސްރާބުޖެހީމެވެ. އަހަރެން ތަޅުގައި ހިފުން ވަގުތަކީ ކައިޒާންވެސް އެތެރަށް ވަންނަން ތަޅުގައި ހިފި ވަގުތެވެ. “އޫލީީ ، ކޮންތާކަށް؟” ކައިޒާންގެ ސުވާލު ގޯނި އަހަރެންގެ ބޮލަށް ވެރޭނެކަން އަހަންނަނަށް އިނގެއެވެ. “މިދަނީ ލެމަން އަށް ދާކަމަށް” އަހަރެން ބުނީމެވެ. “ކޮންބައެއް؟” ކައިޒާން އަހާލިއެވެ. “ލީން، ލީޝް، ޝަޒޫ ދެން ރަޔޫ” އަހަރެން ބުނީމެވެ. “ދޮންބެ ދަންތަ ލާދޭން؟” ކައިޒާން އެއްސެވެ. “ބުރޯ ، އައި ކޭން މެނޭޖް” އަހަރެން ބުނީމެވެ. ” ސިސް، އެކަނި ދިޔުން އިޒް ނޮޓް ސޭފް ފޯރ ގާރލްސް ޔޫ ނޯ؟ މިހާރު ކިތަށް އަންހެން ކުދިން ރޭޕްވެއްޖެ މިރަށުންވެސް؟” ކައިޒާންް ހަތިޔާރު ނުބަހައްޓާނެކަން އެނގޭތީ އަހަންނަށް ޖެހުނީީ އެންފަހުން ގޮތް ދޫކުރާށެވެ. “ވެއިޓް، އޫލީ ބުނިން ލީން ކައިރީ ބަލާދާނަމޭ ވެސް ، އޫލީ އެގެއަށް ލާދީބަލަަ ޕްލީޒް” އަަހަރެން ބޮޑާހާކަން ފެށީމެވެ.

ކައިޒާންގެެ ނަޒަރުން

އުލްވީ ބޮޑާހާކަން ފެށުމުން އަހަންނަށްވެސް ދެކޮޅު ހަދާކަށްް ނުކެރުނެވެ. ސައިކަލު ތަޅުދަނޑި އެނބުރަމުން އަހަރެން ސައިކަލަށްް އެރީމެވެ. އުލްވީ އެރުމުން ހިފައައްޓަން ބުނެ ސައިކަލުު ދުއްވާލީމެވެ. އެމިލީން ގެއަށް ދާންޖެހުމުން ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. 4 މިނެޓް ފަހުން އެގޭ ދޮށަށް އާދެވުނެވެ. އުލްވީ ފައިބައިގެން ގޮސް ޓަކި ޖެހުމުންވެސް އަހަރެން ހުރީ އަހަރެންގެ ހިތުގެ ރާނީ ނުބަލަ ނުދާންވެގެން ފައި ވިއްދައިގެންނެވެ. ދޮރު  ހުޅުވީ އެމިލީންގެ ދޮންތަ އެމިލީޝް އެވެ. “ލީން، ހޯދަން އައިއްސި!” އެމިލީޝް ގޮވާލިއެވެެ. އެމިލީން އިރުކޮޅަކުން ނުކުތެވެ. އަހަރެންގެ ހިތުގެ ރާނީގެ އެހެރަ ރީތިކަމެކެވެ. އެމިލީން އަށް  ގެއްލިފައި އިންދައި އަހަރެން ސިހުނީ މީހަކު އައިސް ކޮޑުގަައި އަތްބާވާލުމުންނެވެ. އަހަރެން ފަހަތް ބަލައިި ވަގުތު ފެނުނު ސޫރައަކުން ދެބުމަ ގޮތް ޖެހުނެވެ.

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Galaxy Quinn

Level 110 Stories

Other Articles

Previous

އަބަދުވެސް ހިތުގާ

Next

ބެސްޓްފްރެންޑް 2

Next
January 22, 2022

ބެސްޓްފްރެންޑް 2

Previews
January 22, 2022

އަބަދުވެސް ހިތުގާ



All Right Reserved!