Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޒުމޫނުދީނީ

މަންމަ

fathimath ana
fathimath ana Level 1
December 2, 2024 2 Mins Read
5 Comments

އަދުގެ ދުނިޔޭގައި މަންމައިންގެ ގަދަރު މި ދަނީ ނެތެމުންނެވެ. ދަރިން ގެ ހިތުގައި މަންމައަށް ދޭންވާ އިހްތިރާމާއި ލޯބި ދަނީ ނެތެމުންނެވެ. މިއީ ވިސްނާ ފިކުރު ކުރަންޖެހޭ ބޮޑު ކަމެކެވެ. ނުވަ މަހާ ނުވަ ދުވަސްވަންދެން ، އެތަށް ވޭނަކަށް ފަހު ދަރި އަކު އުފަން މި ކުރަނީ ވަރަށް ފޮނި އުންމީދުތަކަކާއި އެކީގައެވެ. ދަރިއަކު އުފަންވުމަށްފަހު ދެން އުފުލާ ބުރަވެސް ވަކި ކުޑައެއްނޫނެވެ. އެތަށް ރެއަކު އެކަމަނާގެ ނިދި ގުރުބާން ކުރަނީ ދަރިފުޅަށެވެ. މަންމައިން އުފުލި ބުރަ އާއި ކިރުގެ އަގަކީ ދުވަހަކުވެސް އަދާކުރެވޭނެ އެއްޗެއްނޫނެވެ.

މަންމަގެ ލޯތްބާއި ކުލުނަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި އެއް ނިޢުމަތެވެ. އެ ނިޢުމަތަށް ގަދަރު ނުކުރި ދަރިއަކު ، އެވަނީ މަގު އޮޅިފައެވެ. މިހާރު ބައެއް ދަރިން މައިންނަށް ހަދަނީ ހަދާނެ ގޮތެކެވެ. ކިޔަނީ ކިޔާނެ އެއްޗެކެވެ. ގެއިން ނެރެލަނީ އެއްވެސް ރަހުމެއް ނެތިއެވެ. އެކަމަނާ ބަލިވެ އެނދުމަތިވާ ދުވަހު ދަރިންނަށް ބަލަންޖެހުނީމައި ވެގެންދަނީ ބޮޑު ކަމަކަށެވެ. ގަންނަނީ ފަކުރެވެ. ކުރަނީ މަލާމާތެވެ. ހަނދާންނެތުނީ ހެއްޔެވެ؟ ތިބާ ބަލިވީމަ އެ މަންމަ މުޅި ރޭގަނޑު ތިބާގެ އަރިހުގައި ހޭދަކޮށްލަނީ އެއްވެސް ޝަކުވާއެއްނެތިއެވެ. ފަކުރެއް ވެސް ނުގަނެއެވެ. ނުހަނު ލޯބިން ތިބާއަށް މީރު އެއްޗެހި ކާންދީ ހުރިހާ ކަމެއް ބަލަހަށްޓައެވެ. އެއްޗެހި ދޮވެ އިސްތިރިކޮށް ހަދަނީ ހަމަ އެ މަންމަ އެވެ. އަދި ތިބާ ދެރަވެއްޖެނަމަ ހިތްވަރުދެއެވެ. އުފާވެރި ކަމެއް ލިބިއްޖެނަމަ އެ އުފަލުގައި ބައިވެރިވެއެވެ. ކޮންމެފަދަ ހާލަތެއް ދިމާވި ކަމުގައި ވިޔަސް، ލޯތްބާއި އޯގާތެރިކަމާއެކު، ތިބާގެ މަންމަ އަބަދުވެސް ތިބާއާއެކުވެއެވެ. ވީއިރު ، ތިބާގެ މަންމަ އާމެދު ހިތުގައި ރަހުމެއްވެސް ނުހުންނަނީ ހެއްޔެވެ؟

މަންމަ އަކީ އެންމެ މޮޅު އަދި އެންމެ ފުރަތަމަ މުދައްރިސާއެވެ. އެކަމަނާ ދަރިންނަށް ކިޔަވައިދީ ، ރިވެތި އަޙްލާގު ދަސްކޮށްދެއެވެ. އިސްލާމްދީނަކީ ކޮބައިކަމާއި ، އަޅުކަންތަށް ކުރާނެ ގޮތް ދަސްކޮށްދީ ހަދައެވެ. އަދި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްވެސް ކިޔާދެނީ އެ މަންމަ އެވެ.

ހަނދާން ނައްތާނުލާށެވެ! ތިބާއަށް ކިޔަވައިދީ ، ތިބާ މީހަކަށް ހަދައި ދިނީ މަންމައެވެ. މިއަދު ވަޒީފާއަށް ގޮސް އާމްދަނީ ލިބި ، އަމިއްލަ ފައިމަށްޗަށް ތެދުވެވުނީ ، މަންމަގެ ބުރަ މަސަތްކަތުންނެވެ. ތިބާގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ މަންމަގެ ހެޔޮ ދުޢާއެވެ.

މަންމައިންނަކީ ވަރަށް ވެސް މަތިވެރި ބައެކެވެ. އަޑު އަހަމުހެއްޔެވެ؟ ސުވަރުގެ ވަނީ މަންމަ ގެ ފައިތިލަދަށުންނެވެ. ވަގުތު ފާއިތުނުވަނީސް ތިބާގެ މަންމައަށް ގަދަރު ކުރާށެވެ. އިހްތިރާމް އާއި ލޯބިދޭށެވެ. އަދި މަންމަ ގެ ކުރިމަތީގައި އުފް ވެސް ނުބުނާށެވެ. މަންމައަކީ ދަރިއަކަށް ލިބޭނެ އެންމެ އަގުހުރި އެއް ޖަވާހިރެވެ. އެކަމަނާ އުފުލި ބުރަ އާއި ވީ ޤުރުބާނީގެ އަގަކީ ދުވަހަކުވެސް އަދާކުރެވޭނެ އެއްޗެއްނޫނެވެ.

ނިންމާލަމުން ދަންނަވާނީ ، މަންމަ އަށް އިޙްތިރާމްކޮށް އެ ކަމަނާ ދެރަވެ ހިތުގައި ޖެހޭ ކަންތައްތައް ނުކުރާށެވެ. އަދި މަންމައަށް ކިޔަމަންތެރިވެ ، ހިދުމަތްކުރާށެވެ. މަންމަ ހިތުގައި ޖެހޭ ކަމެއް ނުވަތަ އެއްޗެއް ބުނެވިފަ ވާނަމަ އަވަހަށް މާފަށް އެދޭށެވެ. އަދި އެކަހަލަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރާށެވެ. މާތް ﷲ ހުރިހާ މަންމައިންނަށް ބަރަކާތް ލައްވާށިއެވެ. އާމީން.

ނިމުނީ

Share Article

fathimath ana
Follow Me Written By

fathimath ana

Level 1

...Just a girl who loves to read and write stories...

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 34 އަދި 35

Next

އެއްލާލި ޙަޒާނާ

Next
December 2, 2024

އެއްލާލި ޙަޒާނާ

Previews
December 2, 2024

ޙަޤީޤަތް ހޯދުމޭ 34 އަދި 35

5 Comments!

  1. Maash Butterflyyyyy says:
    December 2, 2024 at 7:51 pm

    Heyyy bestie..
    Mi mazumoonu vrh reethi maasha Allah.. Hus thedhu vaahaka dhahkaafa miothy.. Mi zamaanun vrh ginain fennamun dhaakanthah..mamma akey evves meeheh kamuga laari kolheh athah ereema gina kudhinneh nudhekey.. Mujuthamaun fennakankan hama.. Mi site in dori ge ithuru mikahala liyunthah fenigen dhaane kamah ummeedhu kuran..
    Lyssm darling 💜🦋

    1. fathimath ana fathimath ana says:
      December 4, 2024 at 8:17 am

      thankiuu pumpkin gandu❤️ … aslu ves miee hama hinga kan kan … iraadhakurehvihyaa mikahala liyun adhi baeh vaahaka thah ves kuri ahothaa fenannaane … once again thankiuu for the comment ….😊💕💕

  2. shihaamaa ali shihaamaa ali says:
    December 2, 2024 at 8:05 pm

    Hello fathimath ana
    I see your new to esfiya, welcome darling <3
    Vrh reethi ma sha allah allahumma baarik
    Hoping to see so much more from you 🙂

    1. fathimath ana fathimath ana says:
      December 4, 2024 at 8:20 am

      thankiu shihaama ali ❤️😊… adhi ves ithuru ethanh vaahaka thakeh fennaane … in sha allah

  3. Iloo says:
    December 21, 2024 at 10:35 pm

    آمين 🤲

Comments are closed.



All Right Reserved!