އިރުއޮއްސެމުން ދިޔަ ހިތްގައިމު ވަގުތު އަހަރެން ދިޔައީ ނުތަނަވަސްވަމުންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ފަޅު ރަށެއްގައި އެއްވެސް ތައްޔާރީއެއްނުވެ މަޑުކުރަން ޖެހުމުންނެވެ. އަހަރެންނާއި އަހަރެންގެ ކިލާހުގައި ތިބޭ ފަސް ކުދިން ކަމަށްވާ ނަވީން، ނިޒާމް، ޝާވިން، އައިމާ އަދި ނިހާ މިދަތުރަށް ފުރީ ފަޅު ރަށެއްގައި ރޭކުރަން އެއްވެސް ވަރަކަށް ވިސްނައިގެނެއް ނޫނެވެ. އިރުއޮއްސެންވާއިރަށް ރަށަށް ދިޔުމުގެ އުންމީދުގައި ފުރި ދަތުރު މިވީ އަހަރެމެން އެންމެން އުންމީދު ކުރި ކަހަލަ ދަތުރަކަށް ނޫނެވެ. އަހަރެމެންނަކީ އަބަދުވެސް […]
ގާޒީ ހުކުމް އިއްވި އަޑާއެކު ހުރިތަނަށް ގަނޑުވިކަހަލަ އިހްސާސެއް ކުރެވުނެވެ. ކުށްވެރިކަމުގެ އިހްސާސްތައް މުޅި މީހާ ވަށާލިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ބަލާލެވުނީ ކުރިމަތީގައިން ހަހުރަވެތި މައިމީހާއާ ދިމާލަށެވެ. އިސްޖެހިފައި އިންއިރު އެމޫނުމަތިން ފެންނަމުންދިޔައީ މޮޅިވެރިކަމެވެ. ވިހިއަހަރު ދުވަހު އެކަނިމާއެކަނި ބަލާބޮޑުކުރި ދަރިފުޅާއި ހުރެ ދުނިޔެއާ ކުރިމަތިލާން ލަދުގަނެފައިވާ ކަހަލައެވެ. އަހަރެން ހިފަހަށްޓަމުން ދިޔަ ކަރުނަތައް އޭގެ މަގާމުން ދޫވެގެން ފައިބައިގަތެވެ. އެއާއެކު އަހަރެންގެ ޚިޔާލުތަކުގެ ނަވު ދަތުރުކުރީ އަހަރެންގެ މާޒީއަށެވެ. އަހަރެންނަކީ މަންމަގެ ހަމައެކަނި ހުރި ދަރިފުޅެވެ. […]