Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ޙަޔާތް

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡
♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ Level 110 Stories
July 21, 2025 2 Mins Read
0 Comments

ކެތްތެރިވާށޭ ބުނަން ކޮންމެ މީހަކަށްވެސް ފަސޭހަވާނެއެވެ.އެކަމަކު އެއީ ކިހާވަރެއްގެ ކަމެއްކަން އިނގޭނީ އެފަދަކަމެއް ކުރިމަތިވީމައެވެ.އާނއެކެވެ.މިއަދު އަހަރެންނަށްވެސް “ކެތްތެރިވާށޭ” މިބުނާ ބަހަކީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސްވެއެވެ.އެއީ ކިހާ ވޭންދެނިވި ކަމެއްކަން އަންދާޒާ ކޮށްލެވިއްޖެއެވެ.އޮއްސެމުން ދިޔަ އިރުގެ ދޯދިތަކަށް ބަލަހައްޓައިގެން އިން އިރު އަހަރެންގެ މާޒީ ލޯކުރިމަތީގައި ތަކުރާރުވަމުން ދިޔައީ އިއްޔެ ވީ ކަމެއް ފަދައިންނެވެ.

އަހަރެންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ލޯބީގެ ޗަމަންގައި ފޮޅުނު ހަމައެކަނި މަލެވެ.އެހެންކަމުން އެދެމީހުން އަހަރެން ބަލަމުން އައީ ލޮލުގެ ކޮއިފަދައިންނެވެ.ހިތުގެ ފަނާރު ފަދައިންނެވެ.އަހަރެން ބޭނުންވާ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކޮށްދެމުންނެވެ.އެހެންކަމުން އަހަރެން ބޮޑުވަމުން އައި އިރު އެއްވެސް ކަމަކާ ދެރަވެގެން އަހަރެން ރޮއި ހަދާކަށް ނުޖެހެއެވެ.މިހެންވުމުން “ކެތްތެރިވާށޭ!” “ދެރަނުވާށޭ!” “ނުުރޯށޭ!” މިފަދަ ބަސްބަހަކީ އަހަރެންގެ ޙަޔާތާއި ބީރައްޓެހި ބަސްބަހެވެ.އަހަރެންގެ ބަސްފޮތުގައި ލިޔެވިފައިވީ ބަސްބަހެއް ނޫނެވެ.އެހެންނަމަވެސް ކައިރީގައި އުޅޭ އެކުވެރިކުދިން ކަންކަމާ ދެރަވެގެން ރޮއި ހަދާތަން އަހަރެން ވަރަށް ގިނައިން ދެކެމެވެ.އެފަދަ ދަނޑިވަޅުތަކުގައި މީހުން އައިސް އެކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން “ކެތްތެރިވާށޭ!” ބުނެހަދައެވެ.ކޮންމެއަކަސް މިބުނާ “ކެތްތެރިވުން” އަހަރެންގެ ޙަޔާތަށް މަރުޙަބާކީ އަހަރެން އެކަމަށް ތައްޔާރުވެސް ނުވެހުއްޓައެވެ.

އޭރު އަހަރެންގެ އުމުރުން ފަނަރަ އަހަރެވެ.ސުކޫލު ނިންމާލުމަށްފަހު އާދައިގެ މަތިން އަހަރެން ގެއަށް ދާން ހިނގާގަތީ ކުރިއަށް އަންނަން އޮތް ތޫފާނުގެ ހިލަމެއްވެސް ނުވާ ޙާލުގައެވެ.އަހަރެންނަށް ގެޔާ ހަމައަށް ދެވުނު ގޭކައިރީގައި ވަރަށް މީހުން ގިނައެވެ.އަހަރެންގެ ހިތް ތެޅެންފެށީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ.ކަމެއް ގޯސްވެއްޖެކަން އަހަރެންގެ ހަވަނަ ޙިއްސު ބުނަމުންދިޔައެވެ.މަޑު މަޑު ފިޔަވަޅުތަކެއްގައި އަހަރެން ގޮސް ގޭ ދޮރު މައްޗަށް އެރި އިރު އިވެމުންދިޔަ ބައްޕަގެ ރުއިމުގެ އަޑުން އަހަރެންގެ ދެފައި ބިމުގައި ތަތްލި ކަހަލައެވެ.އެ އަޑުގައިވީ ހިތްދަތި ކަމުން އެއަޑު އަހާ މީހެއްގެ ހިތަށްވެސް އަސަރު ކުރާހާވެއެވެ.އެގޮތަށް ބައްޕަ ދެރަވެގެން ރޯއަޑު އަހަރެން މިއެހީ އަލަށެވެ.އިރުކޮޅަަކު ހުއްޓިގެން ހުރުމަށްފަހު މަޑު މަޑުން ގޮސް އަހަރެން ގެޔަށްވަނީމެވެ.

އޭރު މަންމަ ފެންނާކަށް ނެތެވެ.ބިންމަތީގައި ހުދު ކުލައިގެ ފޮތިން ނިވާކޮށްފައި އޮތް މީހަކު އޮތެވެ.އެމީހާ ކައިރީ ކުޑަކަކޫ ޖަހައިގެން އިނދެ ބައްޕަ ރޮމުން ދިޔަ މަންޒަރު ބަލާކަށް އަހަރެންގެ ޅަހިތަކަށް ކެތެއްނުވިއެވެ.ތުރުތުރު އަޅާމުން ދިޔައަތުން އެމީހާގެ މޫނުމަތީގައި އަޅައިފައި އޮތް ފޮތިގަނޑު ނެގީމެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ބޯހޫރާލަމުން އަހަރެންނަށް ފަހަތަށް ޖެހެވުނީ ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވޭ ޙާލުގައެވެ.އާނއެކެވެ.އެއީ އަހަރެންގެ ލޮބުވެތި މަންމައެވެ.އަހަރެންގެ ދިރިހުރުމުގެ އެއް މަޤުސަދެވެ.އަހަރެންގެ ޙާޔާތް އަލި ކޮށްދޭ ދަންމަރެވެ.މަންމަ މިފަނާވަނިވި ދުނިޔެ ދޫކުރީއެވެ.ހަޤީޤަތާއި ކުރިމަތިލާކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވިއެވެ.އެހެންނަމަވެސް ކުރާނީ ކީއްތާއެވެ؟އަޑުން އަޑު ނަގާ ރޯންފެށުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.އެއްވެފައި ތިބި މީހުން އައިސް އަހަރެންނާއި ބައްޕަގެ ކޮނޑުގައި ޖަހާލަމުން “ކެތްތެރިވާށޭ” ބުނެލައެވެ.އެހެންނަމަވެސް އެއީ ކިހާވަރެއްގެ ކަމެއްކަން އެމީހުންނަށް އެނގޭނެ ނަމަތާއެެވެ.

އިރުކޮޅަކުން ފެނުނީ ބައްޕަ ވެއްޓުނުތަނެވެ.ސިހިފައި އަހަރެންނަށް އެދިމާލަށް ދެވުނި އިޚްތިޔާރުން ބޭރުގައެވެ.އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު އައިސް ބައްޕަގެ ވިންދު ހުރިތޯ ބަލާލިއެވެ.އަދި ހަމްދަރުދީގެ ނަޒަރަކުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ.ދުނިޔެއަކީ ކިހާ ކެހިވެރި ތަނެއްހެއްޔެވެ؟މަންމަ މިދުނިޔެ ދޫކުރިތާ ގަޑިއެއްގެ އިރު ނުވެ އުޅެނިސް ބައްޕަވެސް މި ބޭއިންސާފުވެރި ދުނިޔެއާއި ވަކިވީއެވެ.އަހަރެންގެ ދިރިއުޅުމުގެ ފަހު އުންމީދު ކަނޑާލަމުންނެވެ.އަހަރެންގެ ޙަޔާތުގެ ހުޅުކޮޅު ކަނިވެ ނިވާލަމުންނެވެ.އަހަރެންގެ ދިރިއުޅުމުގެ މަޤުސަދު ގެއްލުވާލަމުންނެވެ.ފުސްވަމުން ދިޔަ ދެލޮލުން ފަހު ފަހަރަށް އަހަރެން އަހަރެންގެ ލޮބުވެތި މަންމަ އާއި ބައްޕަގެ މޫނު ބަލާލީމެވެ.ދެން ވީގޮތެއް ނޭނގުނެވެ.

ލޯހުޅުވާލި އިރު ކައިރީގައި ބޮޑުދައިތަ އިނެވެ.އޮވެވުނީ ހޮސްޕިޓަލުގައި ކަން އިނގުނީ ބޮޑުދައިތަ ބުނެދިނުމުންނެވެ.އެހެންއިންދާ ހިނގާ ދިޔަ ހާދިސާ އަހަރެންގެ ސިކުނޑީގައި ޓަކި ޖަހަންފެށިއެވެ.ލޯފުސްވެ ކަރުނައިގެ ސާލެއް އަހަރެންގެ ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައީ އަހަރެން ނޮރޯން ކުރި މަސަތްކަތް ބޭކާރުކޮށްލަމުންނެވެ.ބޮޑުދައިތަ އަހަރެންގެ ބުރަކަށިގައި ފިރުމަމުން ކެތްތެރިވުމަށް ބުނަމުން ދިޔައެވެ.އެހެންނަމަވެސް ކޮންމެ މީހަކަށްވެސް ކެތްވާނީ ވަކި ވަރަކަށްތާއެވެ.

ސިހިފައި އަހަރެންނަށް މާޒީ އިން ބޭރުވެވުނީ ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑު ކަންފަތުގެ ހިނދުރީގައި ޖެހުމުންނެވެ.ދެލޯ ފުރިގެން އޮހެމުންދިޔަ ކަރުނަތައް އަތުގެ ފުށަތުން ފޮހެލަމުން އަހަރެން ގެޔަށް ދާން ހިނގާގަތީމެވެ.އަދިވެސް އަހަރެން ކެތްކުރެވޭތޯ ބަލާނަމެވެ.ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯއެވެ.އެހެނަސް މިއަދު އަހަރެން “ކެތްތެރިވާށޭ” މި ބަސް ދެކެ އިންތިހާއަށް ނަފުރަތު ކުރަމެވެ.އަހަރެންގެ ޙަޔާތް ވިއްސިވިހާލި ކޮށްލީތީއެވެ.

ނިމުނީ 

Share Article

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡
Follow Me Written By

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡

Level 110 Stories

Just a gurl who wants to write stories! I'll accept positive and negative comments and even without comments 🥰I would love to see readers opinion to make my stories better than today😘Author of ''MAAZEE'','' WAANAMEY UMURAH EKY JAANAA'' AND ''HAYAAII''

Other Articles

Previous

ލޯބީގެ ގަނޑުވަރު

Next

ކަޅު ބުޅާ 9

Next
July 21, 2025

ކަޅު ބުޅާ 9

Previews
July 21, 2025

ލޯބީގެ ގަނޑުވަރު



All Right Reserved!