ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެންވެސް އޭލެވެލް ނިންމާލުމަށްފަހު ރަށަށް ބަދަލުވީމެވެ. ސާމީއާއި ދެމީހުންގެ ގުޅުން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުންނެވެ. ފޯނުން ގުޅައިގެންވެސް ވާހަކަ ދައްކާހަދަމެވެ. ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތައް ދެމީހުންވެސް ހިއްސާ ކުރަމުން ދިޔައިމެވެ. އެހެން އެއްވެސް މީހަކަށް ނުކުރާ އިތުބާރު ސާމީއަށް ކުރެވުނެވެ.އާއިލާގެ ތެރެއިން ލިބުނު އަނިޔާތަށް ދުވަހަކު މީހަކާ ހިއްސާ ނުކުރިނަމަވެސް ސާމީގެ ކުރިމަތީގައި ބަންޑުން ކޮއްލެވުނީ އޭނާއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ކަމެއް ނޫނީ އިންތިހާއަށް ލޯބިވާތީކަމެއް އޭރަކު ބުނެދޭކަށް ނޭނގެއެވެ.އެހެނަސް […]
. އެއީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިއެވެ.އޭރު އަހަރެން އުޅުނީ ގްރޭޑް 12ގައެވެ.ހަމަ އެހެންމެ އެއީ ސޯޝަލް ނެޓްވޯކްގެ ދުނިޔޭގައި އަހަރެން އުދުހުނު ދުވަސްވަރެވެ. އޭރު ގިނަ ޒުވާނުންގެ މެދުގައި މަގުބޫލީ ފޭސްބުކެއްނޫނެވެ. މިގް33 އެވެ. ރެޔާ ދުވާލުގެ ގިނަ ވަގުތުތަކެއް އަހަރެން ޗެޓްކުރުމުގައި ހޭދަކުރަމެވެ. ވަކި ޚާއްސަ މީހަކާ ބައްދަލެއްނުވެއެވެ. އާދައިގެމަތިން އެދުވަހުވެސް ވަދެ މެއިލް ބަލާލީ މުހިންމު އެއްޗެއް ފެނިދާނެ ކަމަކށް ނޫނެވެ. އެހެނަސް އަހަރެންގެ ސަމާލުކަން ގޮސް ހުއްޓުނީ “މިސް ޔޫ” […]