ޒާރާ 1
އެއްދުވަހެއްގެ ހެނދުނެވެ.ޒާރާ އުޅުނީ އޭނާގެ މަންމަ ހޭލަންވާއިރަށް ބަދިގެ އަށް ވަދެ ސައި ތައްޔާރުކުރާށެވެ.މިއީ ޒާރާގެ ކޮންމެ ސްކޫލު ބަންދު ދުވަހެއްގެ އާދައެވެ.މިހެން އުޅުމުގެ ތެރޭގައި އޭނާގެ އަތް ވަރަށް ބޮޑަށް ކަނޑައިގެން ދިޔައެވެ.ނަމަވެސް އޭނާގެ މޫނު މައްޗަކުން އޭނާ އަށް ތަދުވާހެނެއް ހިޔެއް ނުވެއެވެ.ޒާރާ މަޑުމަޑުން ހިނގާފަ ގޮސް މަންމަ ގެ ކޮޓަރި ދޮރުގަ ޓަކި ޖެހިއެވެ.އިރުކޮޅެއް ނުވެ މަންމަ ކޮޓަރި ދޮރު ހުޅުވާލިއެެވެ.މަންމަ ހުރީ ބިރުން ގޮސް ހަލާކުވާ ވަރު ވެފައެވެ.ވާނީ ވެސް އެހެންނޫންހެއްޔެވެ.އެހާވަރަށް ލޭ އެބަ އާދެއެވެ.”ދަރިފުޅާ އަވަހަށް ހިނގާ ހޮސްޕިޓަލަށް ދާން“ޒާރާގެ މަންމަ މިހެން ކިޔާ ޒާރާ ގޮވައިގެން ހޮސްޕިޓަލަށް ގެންދަން އުޅުނެވެ.”އަޅެ މަންމާ.. މަންމަ އަށް ވެސް އިނގޭނެ އެއްނު އަހަރެން މިކަހަލަ ކަމެއް ވެގެން ހޮސްޕިޓަލަށް ގޮއްސިއްޔާ ވާނެ ގޮތް.. އެހެންނޫނަސް އަހަންނަކަށް ތަދެއްވެސް ނުވެޔޭ..“. ޒާރާ އަކީ އެންމެ ކުޑަ އިރުއްސުރެ ފަށައިގެން ވެސް ސީއައިޕީ ކިޔާ ބައްޔެއް ހުންނަ ކުއްޖެކެވެ. މިބަލި ޖެހެނީވެސް ދުނިޔޭގަވެސް ވަރަށް މަދު މީހަކަށެވެ.މި ބަލީގައި އެއްވެސް ކަހަލަ ތަދެއް އަދި ހޫނުކަމެއް ވެސް އަދި ފިނިކަމެއް ވެސް އިހުސާސެއް ނުކުރެވޭނެ އެވެ. ޒާރާގެެ މަންމަ އަވަހަށް ފަސްޓް އެއިޑް ކިޓް ހިފައިގެން ބޭސް އަޅަން އުޅުނެވެ. މިހެން އިންދާ ޒާރާގެ ހަނދާނަށް އައި ކަމަކުން އޭނާ ފެންކަޅިވިއެވެ.އެއީ މީގެ ތިން އަހަރު ކުރިއެވެ. ޒާރާ އޭރު ކިޔަވަމުން ދިޔައީ ލާމު ގަމު ސްކޫލުގެ ގްރޭޑު އަށެއްގައެވެ.މި ބަލި ހުރުމަކުންނެއް ޒާރާ އަށް މާބޮޑު އުނދަގުލެއް ކުރިމައްޗެއް ނުވެ އެވެ.ނަމަވެސް އެދުވަހަކީ ޒާރާ ގެ މުޅި ޙަޔާތް ބަދަލު ކޮށްލި ދުވަހެކެވެ. ޒާރާ އިނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާ އެކު ކްލާހުގައެވެ. ހުރިހާ ކުދިންވެސް ތިބީ ސްކޫލުގެ އެނިވާރސަރީ އަންނަން ވާއިރަށް ކަތުރާ ކަޓަރާ އެއްޗެހި ބޭނުންކޮށްގެން ކަރުދާސް މާ ކަފާށެވެ.ޒާރާ އިނީ ކަޓަރެއް ހިފައިގެންނެވެ. ރައްޓެހި ކުއްޖަކާ ދިމަ ބަލަހައްޓައިގެން އިނދެ ޒާރާ ވާހަކަ ދައްކަމުން ދިޔައެވެ. އިރުކޮޅެއްނުވެ ކުއްޖަކު ވަރަށް ބާރަށް ހަޅޭ ލަވައިގަތުމުން ޒާރާ ބަލައި ލިއެވެ.
4 Comments!
Comments are closed.

Nufeney vv undhago kiyan
Dhigu kon then part genesdehy. Reethi Vaahaka. ????
Nice??maa sha Allah
waiting for the next part
Miee meehakah kiyey faadakah oiy ehcheh noon..