ހާރޑްރޮކް ގޭގައި ހޭދަކުރަމުން ދިޔަ ފުރަތަމަ ރޭ ލައިކާއަށް ވީ ގޮންޖެހުމަކަށެވެ. މީގެ ކުރިން ކުޑަ ކުޑަ 2 ކޮޓަރި އާއި ގިފިއްޔެއް ހުރި ގެއެއްގައި ދިރިއުޅުން ބައްޓަންކުރަމުންދިޔައިރު ، މިއަދު ދިރިއުޅެން ޖެހުނީ ހިޔާލަށް ވެސް ނުގެނެވޭހާ ތަނަވަސް ގެއެއްގައެވެ. މަޑުމަޑުން އާޒިމް ގެ ފަހަތުން ލައިކާ ހިނގަމުން ދިޔައިރު އޭނާ ފަހަރަކު ކޮޓަރިއެއް ދޮރުހުޅުވައި ލައިކާ އައް ދައްކާލައެވެ. އެވަގުތު ކޮޓަރި ތެރެއިން ވެނީލަރ ގެ ލުއި މީރު ވަސް އޭނާގެ ނޭފަތުގައި ޖެހެމުންދިޔައެވެ. […]
ވެސްޓް ޕާކް ބަސް ޓާމިނަލް ފުރަގަހުގައި ހާސްވެފައި ހުރި ލައިކާގެ ނަޒަރު ހުއްޓިފައިވަނީ ، ލުއި ހިނިތުންވުމަކާއެކު ކުރިމަތީގައި ހުރި ޒުވާނާގެ މޫނަށެވެ. އަތް ފައި ދާހިއްލާ، އަޑު ތާށިވާ ކަހަލަ އިހުސާސެއް ލައިކާ އައް ކުރެވުނު ނަމަވެސް ސިއްރުވެރި ނަޒަރަކުން، އޭނާ އެ ޒުވާނާގެ ހަށިގަނޑަށް ވަކިވަކިން ނަޒަރު ހިންގާލިއެވެ. އެވަގުތު ހިތުގައި އާކުރަމުން ދިޔަ ލޯބީގެ އޮއެވަރު ސިކުންތަކަށް ވުރެ ސިކުންތެއް އަވަސްވެގަތެވެ. މަޑު ހިނގުމެއްގައި އިސްކޮޅުން ދިގު އެ ޒުވާނާ ލައިކާ އާއި […]