Skip to content
އެސްފިޔަ

އިޝާރާތް 1

ވެސްޓް ޕާކް ބަސް ޓާމިނަލް ފުރަގަހުގައި ހާސްވެފައި ހުރި ލައިކާގެ ނަޒަރު ހުއްޓިފައިވަނީ ، ލުއި ހިނިތުންވުމަކާއެކު ކުރިމަތީގައި ހުރި ޒުވާނާގެ މޫނަށެވެ.

އަތް ފައި ދާހިއްލާ، އަޑު ތާށިވާ ކަހަލަ އިހުސާސެއް ލައިކާ އައް ކުރެވުނު ނަމަވެސް ސިއްރުވެރި ނަޒަރަކުން، އޭނާ އެ ޒުވާނާގެ ހަށިގަނޑަށް ވަކިވަކިން ނަޒަރު ހިންގާލިއެވެ. އެވަގުތު ހިތުގައި އާކުރަމުން ދިޔަ ލޯބީގެ އޮއެވަރު ސިކުންތަކަށް ވުރެ ސިކުންތެއް އަވަސްވެގަތެވެ.

މަޑު ހިނގުމެއްގައި އިސްކޮޅުން ދިގު އެ ޒުވާނާ ލައިކާ އާއި އަރާހަމަ ވުމުން އޭނާގެ ފިރިހެންވަންތަ ކަމުގެ ސިފަ އަދި މާ ފުރިހަމަ އައް ފެނުނެވެ.

ތީހަމަ އާޒިމް ތަ؟ އަނގަމަތީ އަތް އަޅާފައި ގަބޫލު ކުރަން ދަތިވެފައި ހުރެ ލައިކާ ބުނެލިއެވެ.

ކިހިނެތް ވީ؟ މާ މުސްކުޅީތަ؟ ލާނެތް ގޮތަކަށް އާޒިމް ބުނެލުމަށްފަހު އޭނާގެ ސައިކަލަށް އެރިއެވެ. އަދި ލޮލުގެ އިޝާރާތުން ލައިކާވެސް އެރުމަށް އިޝާރާތްކޮއްލިއެވެ.

ހާދަ ތަފާތޭ! ފޮޓޯ އައް ވުރެ މާ ދިގު.. ރީ……ތި،،  ލަދުރަކިގޮތަކަށް ލައިކާ އެހެން ބުނުމަށްފަހު އަވަހަށް ސައިކަލަށް އެރިއެވެ.

ރާއްޖޭގެ ދެ ސަރަހައްދެއްގައި ދިރިއުޅެމުން ދިޔަ ލައިކާ އާއި އާޒިމް މާލެ އައީ ކައިވެންޏަކަށް މަޝްވަރާކުރެވުނު ހިސާބުން އަލަށް ދެމީހުން ދިމާވުމަށެވެ. އޭގެ ކުރިން ވާހަކަ ދެކެވުނީ އޮޅިގެން އާޒިމަށް ލައިކާގެ ފޯނަށް ގުޅި، ދެމީހުންގެ ދެމެދު ކުރެވުނު ސަމާސާ ޒުވާބަކުންނެވެ. މިކަން އެކުވެރިކަމަށް ބަދަލުވެ ދުވަސްގަނޑަކަށް ދެމިގެންދިޔައެވެ. ލައިކާ އަށް އާޒިމް އަކީ ކިހާ ފެންވަރެއްގެ މީހެއް ކަމެއް ނޭނގޭ ހާލު ދެމީހުނަށް އެކަކު އަނެކަކު ދެކެ ލޯބިވެވުނީއެވެ.

އުމުރުން 23 އަހަރުގެ ލައިކާ އަކީ ށ. ނޫމަރާ އައް އުފަން އެރަށުގައި ތައުލީމް ހާސިލް ކުރި ކުއްޖެކެވެ. ފިހާރެއެއްގެ ކޭޝިއަރެއްގެ ވަޒީފާގައި އުޅޭ އާއިލާގެ ހުރި ހަމަ އެކަނި އަންހެން ކުއްޖާއެވެ. މާ މަތީ ފެންވަރަކަށް ތައުލީމް ނުލިބުނީ އާއިލާ އަކީ ފުދުންތެރި އާއިލާ އަކަށް ނުވާތީއެވެ.

އެއާ ހިލާފަށް އާޒިމަކީ ގެދޮރުވެރި، މުދާވެރި މަހުޖަނެއްގެ ދަރިއެކެވެ. އިއްޒަތާއި ގަދަރާ ލޯތްބާއެކީ ބޮޑުވި ފުދުންތެރި ޒުވާނެކެވެ. އައްޑު އަތޮޅަށް ނިސްބަތް ވީ ނަމަވެސް ދިރިއުޅެނީ ބައްޕަގެ ރިސޯޓުގައި ރިސޯޓުގެ މަސައްކަތްތައް ބެލެހެއްޓުމަށެވެ. އާއިލާ އަކީ ރާއްޖޭގައި ނަން ހިނގާ ހާރޑްރޮކް ކޮމްޕެނިއަށް ނިސްބަތްވާ ބޮޑު އާއިލާ އެކެވެ.

 

ދިގު އިންތިޒާރަކަށް ފަހު އަލަތު ލޯބިވެރިންގެ ދިމާވުމުން ދެމީހުންގެ އިހުސާސްތަށް ލޯބީގެ ލަފްޒުތަކެއްގެ ސިފައިގައި ބަދަލުކުރަމުން ދިޔަ އެވެ. އިރުއޮއްސޭވަގުތު ޖެހުމުން އާޒިމްގެ އެދުމުގެ މަތިން ދިޔައީ އޭނާ މާލޭގައި ދިރިއުޅޭ ގެއަށެވެ.

’’މީ އަހަރެންގެ ގެ…ކައިވެނީގެ ކަންކަން ހަމަޖެހެންދެން ލައީ ވެސް މިތާ އުޅޭނި….،، ގެއަށް އާޒިމް ބުނެލިއެވެ.

ލައިކާގެ ދެލޯ ތަރަ ތަރަ ޖަހާގެން ދިޔައެވެ. އެއީ ގެޔަކަށް ވުރެ ގަނޑުވަރަކަށް ފުދެއެވެ. އެކިކަހަލަ ޒަމާނީ ފަރުނީޗަރެވެ. މައުރަޒުތަކުގެ ފާރުތައް ފަދައިން އެކި ކުރެހުންތަކުން ގޭތެރޭގެ ޝާހީކަން އިތުރު ކޮއްދެއެވެ. މީ ލައިކާ އައް މުޅިންހެން އާ ތަންތަނެވެ. ސިކުންތު ކޮޅަކަށް އޭނާ ގަނޑުވިއެވެ. އާޒިމް އަކީ މާތް އިންސާނެކެވެ. ނަމަވެސް މިވަރުގެ މުއްސަނދި ބޮޑު އާއިލާ އެއް ކަމަކަށް އެއްފަހަރުވެސް ހިޔާލެއް ނުކުރެވެއެވެ. ބޮޑު ހަވޭލީ އެއް ފަދަ ގެއެއްގައި އާޒިމް އޭނާ ބެހެއްޓުމުން ދިރިއުޅުމުގައި ދެން ލިބެން އުޅޭ ނަސީބެއް ހުދު ލައިކާ އައް ވެސް އަންދާޒާ ނުކުރެވެއެވެ. އިނގޭހާ ވެސް އެއްޗަކީ އޮޅުމަކުން ކުރެވުނު ފޯނު ކޯލަކުން އަލަތު ލޯބިވެރިޔާ އާއި ބައްދަލުވީ ނަމަވެސް މިއަދު ކައިވެންޏަކާ ހަމައަށް މިލޯބި ވާސިލްވެއްޖެކަމެވެ.