Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިޝާރާތް 2

barney17 Level 1
June 15, 2025 3 Mins Read
0 Comments

ހާރޑްރޮކް ގޭގައި ހޭދަކުރަމުން ދިޔަ ފުރަތަމަ ރޭ ލައިކާއަށް ވީ ގޮންޖެހުމަކަށެވެ. މީގެ ކުރިން ކުޑަ ކުޑަ 2 ކޮޓަރި އާއި ގިފިއްޔެއް ހުރި ގެއެއްގައި ދިރިއުޅުން ބައްޓަންކުރަމުންދިޔައިރު ، މިއަދު ދިރިއުޅެން ޖެހުނީ ހިޔާލަށް ވެސް ނުގެނެވޭހާ ތަނަވަސް ގެއެއްގައެވެ.

މަޑުމަޑުން އާޒިމް ގެ ފަހަތުން ލައިކާ ހިނގަމުން ދިޔައިރު އޭނާ ފަހަރަކު ކޮޓަރިއެއް ދޮރުހުޅުވައި ލައިކާ އައް ދައްކާލައެވެ. އެވަގުތު ކޮޓަރި ތެރެއިން ވެނީލަރ ގެ ލުއި މީރު ވަސް އޭނާގެ ނޭފަތުގައި ޖެހެމުންދިޔައެވެ.

މިގޮތަށް ފަހަރަކު ކޮޓަރިއެއް ދައްކާލުމަށްފަހު އެންމެ އެތެރޭ އިން ކޮޓަރި ދޮރު ތަޅުގައި ހިފާލާފައި ، އެތެރެއައް ވަނުމަށް ލައިކާ އަށް އިޝާރާތް ކޮއްލިއެވެ.

’’މީ ލައީގެ ރޫމް…ޖެހިގެން އޭނި އާޒިމްގެ… ކަމެއް ބޭނުންވިޔަސް ގޮވާލާ އިނގޭ ،، އާޒިމް ވަރަށް ލޯބިން މިހެން ބުނެލުމަށް އޭނާގެ އަމިއްލަ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

އާޒިމް ދިއުމުން ލައިކާ މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ފާހާނާގައި ހުރީ ބިއްލޫރި ދޮރުފަތެކެވެ. ފާހާނާ އާއި އިންވެގެން ބިލިގާ ހުރިއިރު އެކި ކަހަލަ ބްރޭންޑެޑް ސައިބޯންޏާއި އަތަރު އަދި ރީތި ވާ ސާމާނު ބިލިގާ ކުރިމަތީ އަތުރާލާފައި ހުއްޓެވެ. ބިލިގާ ރާނައިފައި ހުރި ސަރަހައްދުގައި ބޮޑު ލޯގަނޑެއް ހަރުކޮއްފައި ހުރިއިރު ، އޭގެ ވަށައިގެން އެކި ކުލަ ކުލައިގެ ލެޑު ލައިޓުން ވަނީ ޖަރީ ކޮއްފައެވެ.

ބޮޑު އެނދެއްގައި ނިދަން ލައިކާއަށް ވީ އުނދަގޫ ކަމަކަށެވެ. ނިދަން އޮށޯތުމާއެކު ލައިކާގެ ފޯނަށް އައީ އާޒިމްގެ މެސެޖެކެވެ. މާދަމާ ހެނދުނު އާޒިމްގެ އާއިލާއިން ކައިވެނީގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެ އަންނާނެ ކަމަށް އާޒިމް ބުންޏެވެ. މި މެސެޖު ލިބުނު ހިސާބުން ލައިކާގެ ހިތް ނުތަނަވަސްވިއެވެ. އާޒިމް އަކީ ހެޔޮލަފާ ރަނގަޅު މީހަކަށް ވީނަމަވެސް، އާޒިމްގެ އާއިލާ އިން އޭނާ ކަހަލަ ނުފޯރާ  މީހަކު ބަލައިގަންނާނެ ބާއޭ ލައިކާގެ ހިތަށް އަރައެވެ. މިފަދަ ހިޔާލު ތައް ހިތަށް ވެރިވެ ހާސްކަމެއްގެތެރޭ އޮވެ އޭނާ އަށް ނިދުނެވެ.

********

ލައިކާއަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކިދިން އަޑަށެވެ. ލޯ ހުޅުވާލުމައްފަހު ފޯނު ބަލައިލިއިރު ގަޑިން 9 ޖަހަނީއެވެ. އަވަހަށް ތައްޔާރު ވެލައިގެން ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރީ ނުފެންނަ މޫނެކެވެ. ހީވާގޮތުން އެއީ 30 އަހަރުން މަތީގެ ފިރިހެނެކެވެ. އޭނާގެ އަތުގައި ތަބަކަކަށް ލައިފައި ހެނދުނުގެ ނާސްތާ ހުއްޓެވެ.

’’މޭމް ބްރެކްފާރސްޓް،، މިހެން ބުނެލައި ތަބައް ލައިކާއަތަށް ދިނެވެ..

ކުއްލިއަކަށް ފަހަތުން އާޒިމް ގެ އަޑު އިވުނެވެ. ‘’’މޯނިން… މިހެން ބުނުމައްފަހު ތަބައް ލައިކާގެ އަތުން އާޒިމް  އަތުލާފައި އޭނާގެ ކޮނޑަށް އަތް ވައްޓާލިއެވެ.

.”އަހަރެން މީ ޕަވަން… މި ގޭގައި ކަންކަން ބަލަހައްޓަނީ އަހަރެން… ،، ފަރިތަކަމާއެކު ދިވެހި ބަހުން ޕަވަން ބުނެލިއެވެ.

“”ޕަވަން އެކަނިތަ އުޅެނީ މި ގޭގަ؟ “ ލައިކާ އަހާލިއެވެ.

”އާން ޕަވަން އާއެކު އަހަރެން އުޅެނި …،، ވަރަށް ފޫހި ގޮތަކަށް އާޒިމް ބުނެލިއެވެ.

’’މަންމަ މެން އައީމަ މިގޭތެރެ ފަޅުފިލާނެ ދުވަސްކޮޅަކަށް…ހިނގާދެން ބްރެކްފާސްޓް ކާން  ،، ބަނޑުގައިހައިވެފައި ހުރިލެއް ބޮޑުކަމުން އާޒިމް ލައިކާ ގޮވައިގެން އަވަހަށް ކާގެއައް ވަނެވެ.

ހަޔާތުގައިވެސް އެހާ ފެންވަރު ރަނގަޅު ނާސްތާ އެއް  ލައިކާ އަދި ނުކައެވެ. އެކިކަހަލަ ބިސްކޯދާއި ޖޭމާއި ތާޒާ މޭވާ ވެސް ހުއްޓެވެ. ލައިކާ އިނީ އެކެއުމަށް ވަރަށް  ބޮޑަށް ޝައުގުވެރިވެފައެވެ. އަދި ދޭތެރެއަކުން އާޒިމް ކޮއްލާ ސަމާސާއަކުން ހިތަށް ވަދެފައި ހުރި ނުތަނަވަސްކަމާއި ބީރައްޓެހިކަން މުޅިންހެން ފިލައިފިއެވެ.

މިހެން އިންދައި ގޭތެރެއައް ވަދެގެން އައީ ދެބައި އުމުރު އަންހެނެކެވެ.

އާޒިމް އެވަގުތު “މަންމާ އޭ،، ކިޔާ ބާރަށް ގޮސް އަންހެން މީހާ ގައިގައި އޮޅުލާގަތެވެ.

އަހަރުތަކަކަށް ފަހު އާޒިމަށް އޭނާގެ މަންމަ އާއި ދިމާވުން ވީ ބަޔާންނުކުރެވޭވަރުގެ ބޮޑު އުފަލަކަށެވެ. މަންމަގެ ފަހަތުން އާއިލާގެ އެހެން މެމްބަރުން ވަދުނެވެ.

އާޒިމްގެ ދޮންތަ މާޒިނާ އާއި ބޭބެ ހާޒިމް އާއި އޭނަގެ އަންހެނުން ޖުނައިނާއެވެ. އަދި އެމީހުންގެ ތުއްތު ދަރިފުޅު ޖޫދު އެވެ. އެމީހުން ދިރިއުޅެނީ މެލޭޝިޔާގައެވެ.

ދެން ހުރީ އިސްދަށަށް ޖަހާލައިގެން ހުރި ޒުވާނެކެވެ. އާޒިމް އާއި އިސްކޮޅުން ދާދި އެއްވަރެވެ. ލައިކާ އާޒިމް ގައިގައި ކޮއްޓާލުމައްފަހު އެ ކާކުތޯ ސުވާލު ކޮއްލިއެވެ.

“”މީ އަހަރެންގެ އެއްމާބަނޑު ކޮއްކޮ ޝާޒިމް……އެންމެން ކިޔާނީ ޒިމް ،، އަހަރެމެން ވައްތަރެއްނޫންދޯ!ހިނިގަނޑެއްޖަހާލާފައި އާޒިމް ބުންޏެވެ. ނަމަވެސް ޝާޒިމްގެ މާ ބޮޑު ފަރުވާލެއް ނެތެވެ. ސިއްރުވެރި ނަޒަރަކުން ލައިކާ އައް ބަލާލުމައްފަހު އޭނާ ދިޔައީ ބޭރަށެވެ.

ބަލާބެލުމަށް ލައިކާއަށް ވެސް އާޒިމާއި ޝާޒިމް  ތަފާތު ވިއެވެ. އާޒިމް ގެ އިސްތަށިގަނޑު ބުޅި ވެފައި ހަމުގެ ކުލަ އައްޔެވެ. އެއާ ހިލާފަށް ޝާޒިމްގެ އިސްތަށިގަނޑު ފަންވެފައި ހަމުގެ ކުލަ އަނދިރި އެވެ. އަދި ހެދުން އެޅުމުގައި ވެސް އާޒިމް އައްވުރެ ޝާޒިމް މާ ޒަމާނަށް ފެތެއެވެ. ހީވާގޮތުން އޭނާ އައް ލިބިފަހުރީ ހުސްވެސް ބައްޕަގެ ސިފަތަކެވެ.

އާޒިމްގެ މަންމަ ލައިކާ ގޮވައިގެން ސޯފާގައި އިށީދެލިއެވެ. އަދި ދަރިއެއް ފަދައިން ފިރުމާ އާއިލާގެ ވަނަވަރު ކިޔައިދީ ހެދިއެވެ. ހީކުރި ގޮތާ ހިލާފަށް އާޒިމް ގެ އާއިލާ އަކީ ވަރަށް ހިތްހެޔޮ އާއިލާއެކެވެ. މަންމަގެ ހުންނަނީ އާޒިމް ފަދައިން ސަކަ މިޒާޖެކެވެ. ހާޒިމް އަދި މާޒިނާ ވެސް ހަމަ އެގޮތެވެ. ނަމަވެސް ޝާޒިމް ފެންނަނީ ބަސް މަދު ބީރައްޓެހި ގޮތަކަށެވެ. މިކަން ލައިކާގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައެވެ.

ނުނިމޭ…………

 

 

Share Article

Follow Me Written By

barney17

Level 1

Other Articles

Previous

ްއައިރީން އިއުލާން

Next

ކަތި ފިޔަވަޅު – ޓްރެއިލާ

Next
June 15, 2025

ކަތި ފިޔަވަޅު – ޓްރެއިލާ

Previews
June 15, 2025

ްއައިރީން އިއުލާން



All Right Reserved!