އަހަރެންގެ އުމުރުން ތިރީސް އަހަރުވަނީއެވެ. އަހަރެންނާ އެއް އެއް އުމުރުގެ ކުދިން މީހުންނާ އިނދެ ދަރިން ހޯދާއިރުވެސް އަހަރެން މިހުންނަނީ ހުސްކޮށެވެ. އަހަރެންގެ މައިންބަފައިން އެންމެ ކަންބޮޑުވާ ސަބަބަކީވެސް އެއީއެވެ. އަހަރެން މީހަކާ ނީނދެ ހުންނާތީ މީހުން ފާޑުގެފާޑުގެ ވާހަކަތައްވެސް ދައްކައެވެ. އެކަމާ އަހަރެންގެ މާބޮޑު ފަރުވާލެއް ނެތެވެ. އަހަރެންގެ ހިތުގެ ހާލު އަހަރެންނަށް ވުރެ ބޮޑަށް އަހަރެން ހެއްދެވި ފަރާތް ދެނެވޮޑިގެން ވާނެއެވެ. އަހަރެންގެ މިހިތުގައިވަނީ އެންމެ އަންހެން ކުއްޖެކެވެ. އުމުރުން އަށާރަ އަހަރު ވީއްސުރެ […]