ތަޤުދީރު- ޓްރެއިލާ
ކުޑައިރުންސުރެ އެންމެ ގާތްކޮށް އުޅުނު އާޔަތު އާއި ޔަލްވީ ވަކިވެގެން ދާންޖެހުނީ ރަށުފެންވަރުގައި ތަޢުލީމު ޙާސިލްކުރެވެން އޮތް އެންމެ މައްޗަށް ކުރުމަށްފަހު ރާއްޖެއިން ބޭރަށް ކިޔަވަން ދާންޖެހުމުންނެވެ.
ކިޔެވުންނިމި 6 އަހަރު ފަހުން އާޔަތު އާއި ޔަލްވީ އަލުން ދިމާވެ، ކުރިއެކޭ އެއްފަދައިން ‘ސިސްޓަރ ބޮންޑް’ ވަރުގަދަވިއެވެ. ރާއްޖެއިން ބޭރުން ތަޢުލީމް ޙާސިލްކުރުމަށްފަހު އެނބުރި ރާއްޖެ އައިސް އާޔަތު އާއި ޔަލްވީ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ތައްޔާރުވާންފެށިއެވެ. ‘ކަރިއަރ’ ފެށި ހިސާބުން ދެމީހުންގެ ދިރިއުޅުންވެސް ހީނުކުރާ ފަދަ ގޮތަކަށް ބަދަލުވެގެން ދިޔައެވެ. އެގޮތުން ދިރިއުޅުމުގައި އެތައް ކަންތައްތަކެއް ކުރިމަތިވެ ފިރިހެނުންނަށް ނަފްރަތުކުރާ އާޔަތުގެ ހިތް ލަންބުވާލީ ދިމާވި އަޖައިބެއްފަދަ ޒުވާނާއެވެ.
ވަޒީފާއަށް ނުކުންނަން ފެށިހިސާބުން ޔަލްވީއަށްވެސް އެތައް އުނނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ދިރިއުޅުމުގައި ކުރިއަށް ދެވޭނީ ދިމާވާ ބޮޑެތި ކަންކަމާ ހިތްވަރާއެކު ކެރިގެން ކުރިމަތިލާ މީހުންނަށްށެވެ.
އުފާވެރި ދިރިއުޅުމަށް ކުރިމަތި ވާން އުޅޭ ބޮޑު ތޫފާނުގެ ހިލަމެއް ނުވާ ހާލު އެންމެންވެސް އުފަލާއި މަޖަލުގަ ދުވަސްތައް ވޭތުކުރަމުން ގެންދެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Trailer vrh Reethi MA 💗
Waiting for the first part?
When’s first part?
Thank you 💗 part 1 is uploaded now. Waiting to be published.
Dear readers, this is a story i wrote in 2022. Due to some personal reasons i had to leave it midway. Now that i decided to continue my writing journey i have changed the title of the story and brought some changes to the story.
Please follow parallel chapters instagram account for the story updates and some relatable visual moments from the story.
@parallel_chapterss. https://www.instagram.com/parallel_chapterss?igsh=MWF0czl2dG5sdDYzNA==&utm_source=ig_contact_invite