ހިތަށްލިބޭ ވޭނަށް އޮތް އެންމެބޮޑު ޝިފާއަކީ ހަނދާންނައްތާލުމައެކު އެލިބޭ ވޭނުގެ އަސްލަކީ ވީކަމަކަށް ނުހެދުމެވެ. ކަރުނައާއި ހިތާމައިގެ ތެރޭގައި ހިތްހަލާކުވެގެން ދިރިއުޅުމުގެ ދަތުރު ކުރިއަކަށް ނުގެންދެވޭނެއެވެ. ދިރިއުޅުން ފުރިފައިވަނީ އެކިކަހަލަ ރަހަތަކުންނެވެ. އެދަތުރުގައި އަޑިގަނޑުތަކާއި އުސްގަނޑުތަށް އަންނާނެއެވެ. ކެތްތެރިވެއްޖެނަމަ ހީކުރިވަރަށްވުރެވެސް ރަނގަޅުކަންތަކާ ކުރިމަތިވާނެއެވެ. ފުވައްމުލަކުގެ އެއާޕޯޓް ވަނީ ފުރާމީހުނާއި އެމީހުންގެ އާއިލާތަކުން ފުރިފައެވެ. ފުރޭތީ އުފާވެފައިވާ މީހުނާއި އެމީހުން ވަކިވެގެންދާތީ ދެރަވެފައިވާ މީހުނެވެ. އެއާޕޯޓްގެ އިމާރާތުގެ ކުރިމަތީ ޖަހާފައިވާ ތަނބުތަކުން ތަނބެއްގައ ލެނގިލައިގެން އެހެންމީހުނާ އެކަހެރިކޮށް އަންހެންކުއްޖަކު […]