ފަތިހުގެވަގުތެވެ. އީވާއަށް ހޭލެވުނީ އޭނާގެ ފޯނު އެލާމް ވާއަޑަށެވެ. ގަޑި ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ގަޑިން 5:00 އެވެ. އަވަސް އަވަހަށް އެއްޗެހި ބަދަލު ކޮއްލައިގެން ދަބަސް ކޮނޑުގައި އަޅުވައިގެން ފާލަމާ ދިމާއަށް މިސްރާބު ޖެހިއެވެ. ދުވަމުން ދިޔަ އިރު އޭނާއަށް ޤުދުރަތުން ލިބިފައިވާ ކަޅުކަން ގަދަ ފަށުވި އިސްތަށި ގަނޑު ވަޔާވިހުރެމުން ދިޔައެވެ. އޭނާގެ އެކުވެރިން އޭނާއަށް ދިމާލަށް ބާބީ ޑޯލް އޭ ވެސް ކިޔާ އުޅެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ އަށް ޤުދުރަތުން ލިބިފައިވަނީ ހުދު […]