Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިއްތިފާޤު 2

candy Level 1
November 27, 2021 3 Mins Read
0 Comments

ކަންނެތް ކަމާއެކު ލޯ ހުޅުވާލަމުން ލައިލް އެމީހަކާ ދިމާ އަށް ބަލާލިއެވެ. ދެވަނަ ސިކުންތުގައި ލައިލް އެމީހާގެ ގައިގާ ބައްދާލައިފިއެވެ.

***********************

”ޒެން… ކޮން އިރަކު މާލެ އައީ؟….” ލައިލް އަށް ބުނެވުނެވެ. އެ ވަގުތު އޭނާ ހީނލައިފިއެވެ. ”މޯނިންގް ގަ… ބޭފުޅާ ވީ އޮފީހުގައެއްނު… ދޭ ރެޑީ ވެގެން އަންނަން… ޖިމަށް ވަންނަން މިދަނީ…އަވަސް ކުރާތި…އޭރުން ޑީޓެއިލްސް ދޭނަން….” ލައިލް ގެ ބުރަކަށީގައި ޖަހާލަމުން ސަމާސާ ރާގެއްގައި އޭނާ ބުނެލިއެވެ. ބޯޖަހާލަމުން ލައިލް އެނދުން ފައިބައި ވާޑްރޯބް އާއި ދިމާ އަށް މިސްރާބު ޖެހިއެވެ. ލައިލްއަށް އަވަސް ކުރުމަށް ހަނދާން ކޮއްދެމުން އެމީހަކު ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.

ޒެން އަކީ ލައިލް ގެ ބައްޕަ އަޒްހަރުގެ އެއްބަނޑު އެއްބަފާ ދައްތަ ސުމައްޔާގެ ހުރި ހަމައެކަނި ދަރިފުޅު ޔާޒަންއެވެ. އައިލާ މެންބަރުންނާއި އެކުވެގެން ލައިލް ނޫޅުނެއް ކަމަކު ޔާޒަން އާއި ލައިލް އާ ދެމެދު އޮންނަނީ ވަރުގަދަ ގުޅުމެކެވެ. ލައިލް ގެ ހުރިހާ ސިއްރެއް އެނގޭނޭ މީހަކީ ޔާޒަން ކަމުގައި ރޯޝަނީގޭގެ އެންމެން ވެސް ގަބޫލުކުރެއެވެ. އެހެނީ ލައިލް ގެ އުމުރުން ސޯޅަ އަހަރުން ފެށިގެން ސައްވީސް އަހަރު ވަންދެން އޭނާ އުޅުނީ ޔާޒަން އާ އެކުގައި ކަމަށްވުމެވެ. ވީމާ ޔާޒަން އާއި ލައިލް އާ އޮންނަ ގުޅުން ވެސް ވަރުގަދައެވެ.

އަވަސް ހިނގުމުގައި ލިފްޓުން ފައިބައިގެން އައި ލައިލް، ހަތަރު ވަނަ ފަންގިފިލާ ގައި ހުރި ޖިމަށް ވަނެވެ. “ހެއި ބޭބް…. އައި މިސްޑް ޔޫ….ކިހާދުވަހެއް އައި އަށް ބޭބް ނުފެނި މި ދިޔައީ…. ޔޫ މިސް ވިތަ އައި މަތިން….” ލައިލް ވަނުމާ އެކު ޔާޒަން ބުނެލިއެވެ. ” ސުބުހާނަالله….. ކަލޭ ބިޓެއް ނަގަން އުޅޭ… މަ ބޭނުމެއްނޫން ޒެން ފިރިހެނުންނަށް ހިތް ކިޔާކަށް…” އަނގައަށް ގޮތެއް ހަދާލަމުން ލައިލް ވަގުތުން ރައްދު ދީފިއެވެ. އެއާއެކު ދެމީހުން ސަކަ ހިނިގަނޑެއް ޖަހާލައިފިއެވެ.

“ދެން ކިޔާބަލަ… ބުނީމެއްނު ޑީޓެއިލްސް ދޭނަމޭ….” ލައިލް ލަސް ނުކޮށް ޔާޒަން އަށް ހަނދާން ކޮށްދީފިއެވެ. “ޑީޓެއިލްސް ދޯ…. ހޫމްމްމް….” ލާނެތް ގޮތަކަށް ހެވިފައި ހުރެ ޔާޒަން ބުނެލިއެވެ. “ދެން ތި ދިގު ނުދަންމާ ބުނެބަލަ..” ލައިލް ގެ ކެތްތެރިކަން ކޮޅުންލީ ފަދައެވެ. “އޯކޭ… މި ކިޔާދެނީ… މޮމް މިކޮޅަށް އަންނަން ވެގެން… މާމަ މަތިން ހަނދާން ވަނީ އޯ… ދެން އަހަރެން ވެސް މިކޮޅަށް ޖައްސާނުލާތާ ކޮން ދުވަހެއް….” ރާއްޖެ އައި މަގުސަދުތަކުން ބައެއް ޔާޒަން ހާމަ ކުރިއެވެ. ލައިލް ވެސް އިތުރު ސުވާލު ތަކެއް ނުކޮށް ޓްރެޑްމިލް އަށް އެރީ މިއަދު އަދި އޭނާ ކަސްރަތު ކޮއްފައި ނުވާތީއެވެ.

ރޭގަނޑުގެ އެތަށް ވަގުތެއް މަސައްކަތުގައި ހޭދަ ކުރުމުގެ ސަބަބުން އޭނާ އަށް މިއަދު ހޭލެވުނީ އެހެން ދުވަސް ދުވަހަށް ވުރެ ލަހުންނެވެ. ލައިލް އަކީ ގަވާއިދުން ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރާ ޒުވާނެކެވެ. ހަށިގަނޑުގެ ރީތި ބައްޓަމާއި ވަރުގަދަ މުލައްދަނޑި އަކީ އަންހެން ކުދިން މޮޔަ ކޮއްލާފަދަ ބާރެކެވެ. ނަމަވެސް ލައިލް ގެ ހިތްތައް ކަތިލާ ފަދަ ތޫނު ނަޒަރާއި ހިނިތުން ވުމެއް ނުދައްކާ މޫނަކީ މީހުން އޭނާއާއި ވާހަކަ ދައްކަން ޖެހިލުން ކުރުވަާ ކަމެކެވެ. ހަމަ މިއާއެކު ލައިލް އަކީ ހިތްހަރު ނުފޫޒު ގަދަ މީހެއްގެ ގޮތުގައި މީހުންނަށް ސިފަ ވެގެން ދެއެވެ. އޭގެ އިތުރަށް މީހުންގެ އިތުބާރާއި އިހުތިރާމު ހޯދުމަށް ލައިލް އަށް އޭނާގެ މި ސިފައިގެ ސަބަބުން ފަސޭހަ ވެގެން ދެއެވެ.

****************************

ރޭގަނޑުގެ ވަގުތެވެ. ގަޑިތަކުން އެގާރަ ޖެހީއެވެ. ލަސް ހިނގުމެއްގައި ލިލިއަން ގެއަށް

ދިޔުމަށް މިސްރާބު ޖެހިއެވެ. އޭރު އޭނާ ވަނީ ހުއްޓުމެއް ނެތި މުޅި ދުވާލު މަސައްކަތް

ކުރުމުގެ ސަބަބުން ނުހަނު ވަރުބަލި ވެފައެވެ. ކަންނެތް ހިނގުމެއްގައި އޭނާ ދިރިއުޅޭ ގެ

ކަމަށްވާ ނޫރާނީގެ އަށް ވަނެވެ. ކަނު އަނދިރިކަން ވެރިވެފައިވާަ ގޭތެރެއިން މީހެއްގެ ހިލަމެއް

ނުވެއެވެ. ލިލިއަން ސިޓިންގ ރޫމުގެ ބޮކި ދިއްލާލަމުން އެތެރެއަށް ހިނގައިގަތެވެ. ސިޓިންގ

ރޫމުގެ ކަނާތް ފަޅީގައި ބަދިގެ ހުންނައިރު ބަދިގެއާއި އިންވެގެން ހުންނަނީ ލިލިއަންގެ

ކޮޓަރިއެވެ. ނުވަ ފޫޓުގެ ސިޓިންގ ރޫމުގެ މައި ދޮރާއި ދިމާ ވާނޭހެން ކޮޓަރިއެއް ހުންނައިރު

ސިޓިންގ ރޫމުގެ ވާތް ފަޅީގައި ކޮޓަރިއެއް ހުރެއެވެ.

ބުރިއަކަށް ނުނަގާ ހުންނަ ނޫރާނީ ގެއަކީ މުސްކުޅި ގޮތަށް ހަދާފައިވާ ގެއެކެވެ. ގޯއްޗަކީ ބޮޑު

ގޯއްޗެއް ނަމަވެސް ގެ އަޅައިފައި ވަނީ ކުޑަ ތަންކޮޅަކުއެވެ. ގޯތި ތެރޭގެ އެއްފަރާތުގައި

އެއްޗެހި ހިއްކަން އެޅޭނެހެން ރޯނެއް ދަމާފައިވާއިރު އަނެއްފަރާތުގައި ވަނީ ލެމަން ގްރާހާއި

މިރުސް ހައްދާފައެވެ. އާސިމާ ދުނިޔޭގައި ހުރި އިރު ހައްދާފައިވާ ގަސްތަކަކަށް ވުމާއެކު

ލިލިއަން އަށް ވަގުތު ވީވަރަކުން އެގަސްތަކަށް އަޅާލައެވެ.

ބިރެއް ޖެހިލުމެއް ނެތި ލިލިއަން އޭނާގެ ކޮޓަރީގެ ތަޅު ހުޅުވާލަމުން ކޮޓަރިއަށް ވަނެވެ.

ފަންކާ ޖަހާލަމުން ލިލިއަން އަލަމާރި ކުރިމަތީގައި ހުއްޓިލިއެވެ. އުދާސްވެފައި ހުރުމުގެ ސަބަބުން

އޭނާ ފުން ނޭވާއެއް ދޫކޮއްލަމުން ލައިގެން ހުރި ދޫ ޖިންސް ބާލައި ހަރުގަނޑުގައި އަޅުވާލިއެވެ.

އަދި ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލައި ގަމީސް ބާލައި ދާ ވަށިގަނޑަށްލިއެވެ. އަދި

ޖަހައިގެން ހުރި ހުޅި ނައްޓާލަމުން ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ.

ބައިގަޑިއެއްހާ އިރު ފަހުން ލިލިއަން ފާހާނާއިން ނިކުތީ ތުނބުން ރާގެއް ފުމެމުންނެވެ.

ތުވާލިން އިސްތަށިގަނޑު ހިއްކަމުން ލިލިއަން އަލަމާރި ހުޅުވާލައި މަޑު ފިޔާތޮށި ކުލައިގެ

ގަޔަށް ދޫ ޓީޝާޓަކާއި ކަޅު ކުލައިގެ އެޑިޑަސް ޓައިޓެއް ނަގައި ގަޔައް ހެޔޮވަރުކޮށްލިއެވެ.

އެޔަށް ފަހު ލިލިއަން އޭނާގެ ފޯނު ހިފައިގެން ކޮޓަރިން ނިކުމެ ގޮސް ވަނީ ކާގެއަށެވެ. މަޑު

ހިނގުމެއްގައި ލިލިއަން ގޮސް ކުޑަ ތެއްޔަކަށް ބޯ ފެން އެޅުމަށްފަހު އުނދުން ރޯ ކޮއްލައި

ފެން ކައްކަން އުދިއެވެ. އަދި އައިސްއަލަމާރި މަތިން ކުޑަ ތަޅުދަނޑި ފައްޗެއް ނެގުމަށްފަހު

އޭގެން އުނދުން ބަހައްޓާފައި ހުރި ކަބަޑުގެ ދޮރުފަތުގެ ތަޅު ހުޅުވިއެވެ. އަދި އޭގެން ކަޕް

ނޫޑްލްސް އެއް ނެގުމަށްފަހު އިހު ހުރިހެން އެދޮރުފަތް ތަޅުލައި ތަޅުދަނޑި ފޮރުވިއެވެ. ފެން

އެތި ކެކުމުން އުނދުން ނިވާލައި ކަޕް ނޫޑްލްސް ތައްޔާރު ކޮއްލިއެވެ. އެއަށްފަހު ހަމަޖެހިލައިގެން ކާމޭޒު ކައިރީ އިށީނދެ ކާންފެށިއެވެ. ކައި ނިމުމުން ކަޕް ކުނި ވަށިގަނޑަށް ލުމަށްފަހު ތުން ދޮވެލައިގެން ކޮޓަރިއަށް ގޮސް ފާހާނާ އަށް ވަދެ ދަތް އުނގުޅާލުމަށްފަހު އެނދަށް އަރާ ނިދަން އޮށޯތެވެ. ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމުގެ ސަބަބުން ގިނައިރެއް ނުވެ ލިލިއަން ފުން ނިދީގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

candy

Level 1

writing and reading is good.... it helps to live without stress and to gain knowledge....

Other Articles

Previous

ހަނދަކީ ކަލާ ކަމުގާވިޔަސް 2

Next

ހޮޓެލްގެ ސިއްރު 5

Next
November 29, 2021

ހޮޓެލްގެ ސިއްރު 5

Previews
November 26, 2021

ހަނދަކީ ކަލާ ކަމުގާވިޔަސް 2



All Right Reserved!