އެއީ ހަމަ އެ ބޭވަފާތެރިޔާއެވެ.ލޯބީގެ މަޅީގައި އަހަރެން ޖައްސައި ކެހިވެރިކަމުގެ ހިތި ރަހަ އަހަރެންގެ އަރުތެރޭގައި ލައްވައިލި ރާއިއެވެ.އަހަރެންނަށް ބަލައިލެވުނީ އަހަރެންެ ކުރިމަތީގައި ހުރި ކިއާން އާއި ދިމާލަށެވެ.އޭރު ކިއާންގެ ކަޅިވެސް ހުއްޓިފައިވާ އަހަރެންނާ ދިމާލަށެވެ.އަހަރެން އިސްދަށަށް ޖެހުމާއެކުހެން ކިއާން ހުރި ތަނުން ތެދުވުނުހެން ހީވިއެވެ.އަދި މަޑުމަޑުން އައިސް އަހަރެންގެ އަތުގައި ހިފިއެވެ.އަދި ކައިރީގައި ހުރި ރާއި ކައިރިން މާފަށް އެދުމަށްފަހު ނިކުމެގެން ބޭރަށް ނިކުތެވެ.ހިތަށް ވީ ތަދާއި އެއް މިންވަރަށް ލަދުގަތުުމުން ކިއާންއާއި ދިމާލަށް އިސް […]
މި ފަދައިން ކޮންމެ ރެއަކު އަހަރެން ކިއާން އާއި ވާހަކަ ދައްކަމެވެ.ހަމައެކަނި އޮންލައިންކޮށެވެ.އަހަރެންނާއި ކިއާން އާއި ދެމެދު ވީ ލެޕްޓޮޕްގެ ސްކްރީންއެއްގެ ގޮތުގައި ފާރެއް ރޭނިފައެވެ.މިހާ ދުވަސް ވީއިރު ވެސް މިއަދާ ޖެހެންދެންވެސް ކުރިމަތިން ވާހަކައެއްދެކެވިފަައި ނޯންނާނެއެވެ.ކޮލެޖްގެ އެއް ކްލާހެއްގައި އުޅޭއިރު ވެސް ދެމީހުން ކުރެ އެކަކަށްވެސް ހައި ނަމައޭވެސް ބުނެލާކަށް ނުކެރެއެވެ.ބަދަލުކުރެވެނީ ހުރިހާ ރައްޓެހިންނަށް ސިއްރުން ސިއްރު ބެލުންތަކެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ރީމް އަށްވެސް ވާނީ މިކަން ސިއްރު ކުރެވިފައެވެ.އެތައް ފަހަރެއްގެ މަތިން […]
އެއީ އަހަރެންގެ ނަސީބެވެ.އަހަރެންގެ ހަޔާތުގެ ސޮފްހާތައް އުފާވެރިވި ހަނދާން ތަކުން ފުރުވާލި ފަރާތެވެ.އަހަރެންގެ ހަގީގީ ބައިވެރިޔާއެވެ.އަހަރެންގެ ހިތުގެ ވިންދެވެ.އަހަރެންގެ ލޯބިވާ ކިއާންއެވެ.އެ ކިއާންއަށްޓަކައި އަހަރެން ޖާނުން މާލުން ގުރުބާންވާނެ ފަރާތެވެ.ލޯތްބަށްޓަކައި ނަފްރަތުން ފުރުފައިވި މި ހިތް ލޯބިން ފުރުވައިލަދިން އަހަރެންގެ ދިރުމެވެ. އަހަރެންނާއި ކިއާން ބައްދަލްވީ އަހަރެން ޓީޗިންގް ކޯސް ހަދަމުން ދިޔަ ކޮލެޖްއިންނެވެ.ކިއާން އަކީ ފުރިހަމަ ސޫރައެއް ލިބިފައިވާ ނަން މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.ކޮލެޖްގައި އޭރު ކިއާން ނުދަންނަ އެއްވެސް އިންސާނަކު ހުންނާނެހެނެއް ހިއެއްނުވެއެވެ.ކިއާންގެ […]