Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބައިވެރިޔާ(2)

Almaa Mohamed Level 1
April 20, 2022 2 Mins Read
0 Comments

މި ފަދައިން ކޮންމެ ރެއަކު އަހަރެން ކިއާން އާއި ވާހަކަ ދައްކަމެވެ.ހަމައެކަނި އޮންލައިންކޮށެވެ.އަހަރެންނާއި ކިއާން އާއި ދެމެދު ވީ ލެޕްޓޮޕްގެ ސްކްރީންއެއްގެ ގޮތުގައި ފާރެއް ރޭނިފައެވެ.މިހާ ދުވަސް ވީއިރު ވެސް މިއަދާ ޖެހެންދެންވެސް ކުރިމަތިން ވާހަކައެއްދެކެވިފަައި ނޯންނާނެއެވެ.ކޮލެޖްގެ އެއް ކްލާހެއްގައި އުޅޭއިރު ވެސް ދެމީހުން ކުރެ އެކަކަށްވެސް ހައި ނަމައޭވެސް ބުނެލާކަށް ނުކެރެއެވެ.ބަދަލުކުރެވެނީ ހުރިހާ ރައްޓެހިންނަށް ސިއްރުން ސިއްރު ބެލުންތަކެވެ.

އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ރީމް އަށްވެސް ވާނީ މިކަން ސިއްރު ކުރެވިފައެވެ.އެތައް ފަހަރެއްގެ މަތިން ރީމް އާއި މިވާހަކަ ތައް ހިއްސާ ކުރަން ބޭނުންވިނަމަވެސް ނުކެރެނީއެވެ.ހިތް ބިރުގަންނަނީއެވެ.މާޒީގައި ކަންތައްވެފައިވި ގޮތުން ކަންނޭގެއެވެ.އެގޮތަށް އެކަން ތަކުރާރު ވެދާނެ ކަމަށް ހީކުރެވެނީ ކަންނޭގެއެވެ.އެހެންނަމަވެސް ރީމް އަކީ އެކަހަލަ ކުއްޖެއް ނޫންކަންވެސް އަހަރެން ގަބޫލު ކުރަމެވެ.ކޮލެޖަށް މީގެ އެއް އަހަރު ކުރިން ޖޮއިން ކުރީއްސުރެ އަހަރެންނާއި އެންމެ ގާތްކޮށް ކިޔެވުން ވިޔަސް އެނޫން ކަމެއްގައިވެސް އެހީތެރިވުމުގައި އެންމެ ކުރީ ސަފުގައި ހުންނަނީ ރީމްއެވެ.ރީމް އަށް ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ކިޔައިދޭން ނިންމީ މި ކަންތައް ސިއްރުކޮށްގެން އުޅުމަށް އަހަންނަށް ދަތިވީމެވެ.އެކަމަކު އެއީ މިރެއަށް ފަހުގައެވެ.

މިރެއަކީ ހާއްސަ ރެއެކެވެ،ފުރަތަމަ ފަހަރަށް ކިއާންއާއި އެއް ތަނަކުން އެކަނި ބައްދަލުވާ ފުރަތަމަ ފަހަރެވެ.ގަޑިގެ ކަށި ހިނގަމުން ދާ ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ.އެ އަޑު އިވޭހެން ވެސް ހީވިއެވެ.އަހަރެން ލައިގެން ހުރި ރަތް ކުލައިގެ މެކްސީ އާއި ގުޅޭނެ ކުލައިގެ ލިޕްސްޓިކް ކޮޅެއް ހާކަލުމަށްފަހު ސިލްވާރ ކުލައިގެ ހީލް އަކަށް އަރައިގެން ފައިވާނާގުޅޭ ސިލްވާރ ޕާރސްއެއް ނަގައިގެން ކޮޓަރިން ނިކުމެ ގޮސް މަންމަގެ ކޮޓަރިއަށް ވަނީމެވެ.”އާޗާ މަންމަގެ ދަރިފުޅު މިރޭ ހީވަނީ ހަމަ ޕަރީއެއްހެނެ.” ކޮޓަރިއަށް ފިޔަވަޅު އެޅުމާއެކުހެން މަންމަ ދިމާކުރާ ގޮޮތަކަށް ބުނެލިއެވެ.”ދެން މަންމާ..ދަނިއޭ އިނގޭ”މަންމަގެ ގަާތުގައި ބުނުމަށްފަހު އަވަސްވެފައިވާ ހިތަކާއެކު އަވަސް ހިނގުމެއްގައި ގޮސް ލިފްޓަށް އެރީ ކިއާން ބޭރުގައި ހުރިކަމަށް ބުނެ މެސެޖްކުރުމުންނެވެ.

މައިދޮރާޝިން ބޭރަށް ނިކުތްތަނާހެން އަހަރެންގެ ލޮލުގައި އަޅައިގަތީ ރަތްފިނިފެންމަލުގެ ބޮޑު މާބޮޑިއެެއް ހިފައިގެން ހުރި ކިއާންއެވެ.ކިއާން ލައިގެން ހުރި ކަޅު ކުލައިގެ ޓާރޓްލް ނެކް ޓިޝާޓް އަދި ކްރީމް ކުލައިގެ ޖީންސްގައި ކިއާންގެ ފުރިހަމަކަން ވީ އިތުރުވެފައެވެ.ކިއާންގެ ރީތިކަމަށް އިތުރު ބޮޅެއް އިތުރުވީ ކިއާންގެ ވިހުރުވިލާފައި އޮތް ބުޅީ އިސްތަށީގަނޑެވެ.ރީތިވަރަކަށް އިސްތަށިގަނޑު ކޮށާލެވިފައިވުމުން ކިއާންގެ ސްމާޓްކަން ދައްކައެވެ.މަޑު ފިޔަވަޅު ތަކެއްގައި ކިއާން އާއި ދިމާލަށް މިސްރާބް ޖަހަމުން ދިޔައިރު ހީވަނީ “ޕެހެލީ ނަޒަރު މޭ ކޭސަ ޖާދޫ މިލަވަ ކިޔަމުން ދާހެންނެވެ”.މަޑުމަޑުން ހިނގާފައި ގޮސް ކިއާންގެ ކުރިމަތީ ހުއްޓިލުމުންް މާބޮޑި ދިއްކޮލިއެވެ.އޭގައި ހިފުމާއެކު ހެން ކިއާން އަހަރެންގެ އަތުގައި ވަރަށް މަޑުމަޑުން ހިފާލިއެވެ.އަހަރެން މުޅި މީހާއެއްކޮށް ފިނިވިއެވެ.ކާރަށް އެރުމަށްފަހު ކިއާން ދާން އުޅޭ މަންޒިލެއް ނޭގެއެވެ.ކާރުގައި ޖަހާފައިވި އެޑް ޝީރަންގެ “ޕާރފެކްޓް” ލަވަ އިން ކާރުތެރޭގައި ވީ ވަރަށްވެސް ރޮމޭންޓިކް މާޙައުލެއް ގާއިމް ވެފައެވެ.

ކާރު ގޮސް މޭރީ ބްރައުން އަށް މަޑޫކޮށްލުމާއެކު ކަާރުން ފައިބައިގެން ގޮސް ވަކި މޭޒެއްގައި އިށިދެލީމެވެ.ވަށައިގެންވި މާަހައުލަށް ބަލާލުމުން ހީވަނީ ކިއާން ވީ މާ ކުރީއްސުރެ އެތަން ބުކްކޮށްފައިހެންނެވެ.ހިތްފަސޭހަ ރީތި މިއުޒިކެއްވެސް މުޅީ ރެސްޓޯރެންޓް ތެރެއަށް ވި ފެތުރިފައެވެ. ކުރިމަތީގައި އޮތް މެނޫފޮތް ކިއާން ދިއްކޮލުމުން އެފޮތް ހުޅުވާލީމެވެ.”ވެލްކަމް.ކޯއްޗެއްތޯ ގެންނަންވީ؟”އެއަޑު ކަންފަތުގައި ޖެހުމާއެކު ހެން ހާސްވެ ހިތް ބިރުގަންނަންފެށިއެވެ.ނޭވާލާން ދަތިވެ ހިތް ހުއްޓިދާނެހެން ހީވިއެވެ.އިސްއުފުލާ ބަލާލެވުނެވެ.އެއީ އޭނައެވެ.ހަމަ ހިކުރެވުނީ ރަނގަޅަށެވެ.އެއީ ހަމަ އެ ކެހިވެރި އިންސާނާއެވެ.ހަމަ އެ ބޭވަފާތެރިޔާއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Almaa Mohamed

Level 1

Other Articles

Previous

އަބަދަށް އެކުގައި 17

Next

ހިތުގެ ޝަކުވާ… 34

Next
April 20, 2022

ހިތުގެ ޝަކުވާ… 34

Previews
April 20, 2022

އަބަދަށް އެކުގައި 17



All Right Reserved!