Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަދީނީ

ްާަަަަަަަަަްާއަބޫޔަޒީދުއާއި ފާދިރީ

Ali Shimhaz Level 110 Stories
April 5, 2022 4 Mins Read
0 Comments

އަބޫ ޔަޒީދުއަށް މީހަކު ދެންނެވިއެވެ. އޭ އަބޫ ޔަޒީދެވެ. މިރޭމިއީ ނަސާރާއިންގެ ޗުއްޓީ ޙަފްލާރެއެވެ. ވީމައި ހިނައިގަނެ އެމީހުންގެ މޮނެސްޓަރީއަށް ގޮސް އެމީހުންގެ ތެރެއަށް ވަންނާށެވެ. ﷲގެ ޙިކުމަތުން އަޖައިބުފެންނާނެއެވެ.

އަބޫ ޔަޒީދު ހިނައިގެގެން ގޮސް އިރާޤުގައިވައި ބުސްރާގެ މޮނެސްޓަރީއަށްވަނެވެ. ދެން ފާދިރީ އެމީހުންނަށް ނަސޭހަތްދޭން ކޮޅަށް ހުއްޓުމުން ފާދިރީ ވިދާޅުވިއެވެ. އަހަރެންނަކަށް ނަސޭޙަތެއް ނުދެވޭނެއެވެ. މި މޮނެސްޓަރީއަށް  މުހައްމަދީއެއް{މުސްލިމް މީހެއް} ވަދެއްޖެއެވެ. އެބައިމީހުން ސުވާލުކުރިއެވެ. މިތާ އަހަރެމެންގެ ތެރޭގައި މުހައްމަދީއެއް{މުސްލިމް މީހެއް} އިށީނދެއް އިންކަމެއް އެނގެނީ  ކިހިނެތްހެއްޔެވެ؟ ފާދިރީ ޖަވާބުގައި ވިދާޅުވިއެވެ. އެބައިމީހުންގެ ފާހަގައިން { ސަޖިދައިގެ ފާހަގަ}މުނޫމަތީ{ނިތްމަތީ}ވާ  ނަމާދު ލަފުންނެވެ. ފާދިރީ އަބޫ ޔަޒީދަށް އިޝާރާތްކޮށް އެންގިއެވެ.މިތަނުން ނިކުންނާށެވެ.   ޖަވާބުގައި އަބޫޔަޒީދު ބުންޏެވެ. ﷲ ގަންދީ ބުނަން އަހަރެންނާއި ކަލެޔާއި ދެމެދު ﷲ ޙުކުމެއް  ނު ކުރައްވަނީސް އަހަރެން މިތަނަކުން ނުނިކުންނާނަމެވެ. އެއީ އެންމޮޅަށް ޙުކުމް ކުރައްވައި ފަރާތެވެ. ފާދިރީ ދެންނެވިއެވެ. އަހަރެމެން ސުވާލުތަކެއް ކުރާނަމެވެ. ކަލޭ އެ ހުރިހާ ސުވާލުތަކަށް ރަގަޅަށް ޖަވާބުދީފިނަމަ އަހަރެމެން ކަލޭގެ ނަބިއްޔާއަށް އީމާންވާނަމެވެ. އެކަމަކު އެއްސުވާލުގެ ޖަވާބުވެސް ނުބައިކޮށް ދެވިއްޖެނަމަ ކަލެޔަށް ޖެހޭނީ އަހަރެމެންގެ ކޮނޑުމަތީ ޤަތުލްވެފައިވާ ހާލު މި މޮނެސްޓަރީން ނިކުންނާށެވެ. އަބޫޔަޒީދު ބުންޏެވެ. އެދޭ ސުވާލެއް ކުރާށެވެ. އެހިނދު ފާދިރީ ސުވާލުކުރަންފެށިއެވެ.

  1. ދެވަނައެއްނުވާ އެކަކީ ކޮބާ؟
  2. ތިންވަނައެއްނުވާ ދެޔަކީ ކޮބާ؟
  3. ހަތަރުވަނައެއްނުވާ ތިނަކީ ކޮބާ؟
  4. ފަސްވަނައެއްނުވާ ހަތަރަކީކޮބާ؟
  5. ހަވަނައެއްނުވާ ފަހަކީ ކޮބާ؟
  6. ހަތްވަނައެއްނުވާ ހަޔަކީކޮބާ؟
  7. އަށްވަނައެއްނުވާ ހަތަކީކޮބާ؟
  8. ނުވަވަނައެއްނުވާ އަށަކީ ކޮބާ؟
  9. ދިހަވަނައެއްނުވާ ނުވައެއްއަކީ ކޮބާ؟
  10.   ދިހައަކަށް އިތުރުވެދާ އެއްޗަކީ ކޮބާ؟
  11. އެގާރަ އަޙުންނަކީ ކޮންބައެއް؟
  12. ބާރައެއްޗަކަށްވި އެއް މުޢުޖިޒާތަކީ ކޮބާ؟
  13. ތޭރަ އަދަދުގެ އާއިލާއަކީ ކޮބާ؟
  14. ﷲ ތަޢާލާ އާއި ވާހަކަދެއްކެވި ސާދަ އެއްޗަކީ ކޮބާ؟
  15. ނޭވާލައި އެހެނަސް ފުރާނައެއްނުވާ އެ އެއްޗަކި ކޮންއެއްޗެއް؟
  16. އެއީ ކޮން މަހާނައެއް އެތެރޭގައިވާ ހަށިގަނޑާއިއެކު ހަރަކާތްކުރާ؟
  17. ﷲ އެޔެއް ޙަލްޤްކުރެއްވުމަށްފަހު އެއީ ބޮޑު ވަޙީކުރި އެއްޗަކީ ކޮންއެއްޗެއް؟
  18. އެއީ ކޯންޗެއް ﷲ އެ އުފެއްދެވުމަށްފަހު އެއީ ހުތުރުއެއްޗެކޭ ވަޙީކުރެއްވީ؟
  19. ބަފަޔަކީ އަދި މަޔަކާއިނުލާ ޙަލްޤްކުރެވުނު އެއްޗެއްސަކީ ކޮބާ؟
  20. ވައް ދާރިޔާތި ޒަރްވާ ،ވަލް ހާމިލާތި ވިރްގާ،ވަލްޖާރިޔާތި ޔުސްރާ،ވަލް މުޤައްސިމާތި ޢަމްރާ، މިބަސްތަކުގެ މާނައަކީ ކޮބާ؟
  21. އެ ގަހަކީ ކޮބާ ބާރަ ގޮފިލިބިގެންވާ، އެއިން ކޮންމެ ގޮތްޕެއްގައި ތިރީސް ފަތްވައި، އެ ތިރީސްފަތުގައި ފަސް ފަސް  މޭވާވައި ،އޭގެ ތެރެއިން ތިނެއް އަދިރިކަމުގައި، ދޭއް އަލީގައި ލިބޭ؟

ދެން ދެންނެވިއެވެ. އޭ އަބޫ ޔަޒީދެވެ. ޖަވާބުދޭށެވެ.  އަބޫޔަޒީދު ކޮޅަށް ތެދުވިއެވެ. އަދި ﷲ ތަޢާލާ އަބޫޔަޒީދުގެ ހިތުގައި އަމާންކަމާއި ސާބިތުކަންލެއްވިއެވެ. އަދި ދެންނެވިއެވެ.

1.ދެވަނައެއްނުވާ އެކަކީ ﷲ އެވެ.

” ކަލޭގެފާނު ވިދާޅުވާށެވެ” އެއީ އެއްކައުވަންތަ ﷲ އެވެ.

2.ތިންވާނައެއްނުވާ ދެޔަކީ ދުވާލާއި ރޭގަނޑެވެ.  “ރޭގަނޑާއި ދުވާލަކީ {ތިމަންސުވާމީންގެ ކުޅަދުންވަންތަކަމުގެ} ދެ ހެއްކެއްކަމުގައި ލެއްވީމެވެ. {ސޫރަތުލް އަލްއިސްރާ}

3.ހަތރުވަނައެއްނުވާ ތިނަކީ މޫސާގެފާނު ހިޒްރްގެފާނަށް ދިން އުޒުރުތަކެވެ.

1.” ދެން އެދެބޭކަލުން {ކަނޑުގެ އައްސޭރިން} ހިންގަވައިފައި ވަޑައިގެން  ނަވަކަށް އަރައި ވަޑައިގަންނެވި ހިނދު{ ހިޒްރްގެފާނު ނަވުން ފިލަޔެއްނައްޓުވައި ލައްވައި} އެ ނައު ފޫދުއްވައިލިއެވެ.

2.ދެން އެދެބޭކަލުން {ނަވުން ފައިބައިވަޑައިގެން}ހިންގަވައިފައި ވަޑައިގަންނަނިކޮށް ކުޑަކުއްޖަކާ ބައްދަލުވީ ހިނދު ހިޒްރްގެފާނު އެ ކުއްޖާ ޤަތުލްކުރިއެވެ.

  1. ދެން އެ ދެރަޙްމަތްތެރިން ހިނގައިފައި، ކުރިއަށް ދިޔައެވެ. ރަށެއްގެބައަކު މީހުންގެ ގާތަށް ދެވިއްޖެއުމަށްދާންދެނެވެ. އެ ދެރަޙްމަތްތެރިން، އެއުރެންގެ ކިބައިން،ކާއެތިކޮޅަކަށް އެދުނެވެ.

” އޭނާ{ޖަވާބުގައި } ބުންޏެވެ. މިއީދެން، އިނބައާއި އަހަރެންނާއި ވަކިވުމެވެ. {ސޫރަތުލް ކަހަފް}

 

  1. ފަސްވަނައެއްނުވާ ހަތަރަކީ ތައުރާތާއި ޒަބޫރުއާއި އިންޖީލު އަދި ޤުރުޢާންއެވެ.

5.ހަވައެއްނުވާ ފަހަކީ ފަރުލު ފަސްނަމާދެވެ.

6.ހަތްވަނައެއެއްނުވާ ހަޔަކީ “ތިމަން ރަސްކަލާނގެ ހަދުވަހުގެ ތެރޭގައި އުޑުތަކާއިބިމާއި އެދެމެދުގައި ވާހައި ތަކެތި ހެއްދެވީމެވެ.އަދި ތިމަންސުވާމީންގެ ރަސްކަންފުޅަކަށް ވަރުބަލިކަމެއް ނުލިބެއެވެ.”  {ސޫރަތުލް ގާފް}

ދެން ފާދިރީ އެހިއެވެ. ނިންމަން އެއޮތް އާޔަތުގައި ” އަދި ތިމަންސުވާމީންގެ  ރަސްކަންފުޅަށް ވަރުބަލިކަމެއްނުލިބެއެވެ” އެވަނީ ކީއްވެހެއްޔެވެ؟

އަބޫޔަޒީދު ޖަވާބުގައިބުންޏެވެ”އެއީ ޔަހޫދީން ބުނާގޮތުގައި ﷲ އުޑުތަކާއި ބިން ހަދުވަހުގައި ހެއްދެވުމަށްފަހު، ދެން ވަރުބަލިވެގެން ހޮނިހިރުދުވަހު އަރާމުކުރެއްވީއެވެ.، އެހެންވެ ﷲ ތަޢާލާ ވަޙީކުރައްވަނީ”އަދި ތިމަންރަސްކަލާނގެ ރަސްކަންފުޅަށް ވަރުބަލިކަމެއްނުލިބެއެވެ.” މާނައީ ތިމަންރަސްކަލާނގެއަށް އަރާމުކުރަން ޖެހިވަޑައިގަންނަވާކަށް ވަރުބަލިކަމެއްނުވެއެވެ.

  1. އަށްވަނައެއްނުވާ ހަތަކީ”އެކަލާނގެއީ ފުރިހަމަގޮތުގައި{މަތިމައްޗަށް} ހަތްއުޑު އުފެއްދެވި ކަލާނގެއެވެ.”

8.ނުވަވަނައެއްނުވާ އަށަކީ”މަލާއިކަތުން އެތަނުގެ އެކިފަރާތްފަރާތުގައި ތިއްބަވާނެތެވެ” އެދުވަހުން އެބޭކަލުންގެ މަތިން، ތިމަންރަސްކަލާނގެ ޢަރުޝި އަށްބޭކަލުން އުފުއްލަވާނެތެވެ”

  1. ދިހަވަނައެއްނުވާ ނުވަޔަކީ މޫސާގެފާނުގެ މުޢުޖިޒާތްތަކެވެ. ފާދިރީ ދެންނެވިއެވެ. އެ މުޢުޖިޒާތްތައް ދަންނަވާށެވެ. އަބޫ ޔަޒީދު ދެންނެވިއެވެ.އެއީ
  2. އަތް 2. އަސާ 3.ކަނޑު ހުރަސްކުރެއްވުން. 4. ހަނަފަސްކަން 5. ފެންބޮޑުވުން 6. އުކުނު 7.ގޮށްފުޅަނގި 8.ބޮއް 9. ލޭ
  3. ދިހައަކަށް އިތުރުވާ އެއްޗަކީ” ހެޔޮކަމެއް ކޮށްފިމީހަކަށް އެކަހަލަ ދިހަހެޔޮކަމުގެ ސަވާބުލިބޭ ހުއްޓެވެ.”
  4. އެގާރަ އަޙުންނަކީ ” ޔޫސްފްގެފާނު އޭނާގެބައްޕާ {ޔަޢުޤޫބްފާނު} އަރިހުގައި ދެންނެވިއެވެ. ތިމަންނާއަށް ހުވަފެންފުޅެއްގައި އެގާރަތަރި،”

ޔޫސްފްގެފާނުގެ އަޙުންނެވެ.

12.ބާރައެތި ހިމެނޭ އެއް މުޢުޖިޒާތަކީ”ފަހެ ތިމަންރަސްކަލާނގެ ވަޙީކުރެއްވީ މޫސާގެފާނަށް ކަލޭގެފާނުގެ އަސާކޮޅުން އެއޮތް ހިލައިގައި ޖައްސަވައިށެވެ. ދެން{ އެކަލޭގެފާނު އެ ހިލައިގައި ޖެއްސެވި ހިނދު} ބަރަ ފެންކޯރު އެހިލައިން ފަޅައިގެންގޮސް ހިނގައިފިއެވެ. {ސޫރަތުލް ބަޤަރާ}

  1. 13. ތޭރައަދަދުގެ ޢާއިލާއަކީ “އިރާއި ހަނދާއި ތިމަންނާއަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ އެތަކެތި ތިމަންނާއަށް ކިޔަމަންވެ ސަޖިދަޖަހަނިކޮށެވެ.”

ވީމައި އެގާރައަޙުންނާއި އިރާއި ހަނދާއި،މާނައީ ބަފަޔާކާއި މަޔަކާއެވެ. ވީމައި ތޭރަ އަދަދުގެ ޢާއިލާއެކެވެ.

14.ﷲ ތަޢާލާއާއި ވާހަކަދެއްކެވި ސާދައެއްޗަކީ ހަތްއުޑާއި ހަތްބިމެވެ.    “ދެދުވަހެއްގެ ތޭރޭގައި ހަތްއުޑު ޙަލްޤްކުރައްވައި،”

“އުޑަށާއި ބިމަން ﷲ ވަޙީކުރެއްވިއެވެ.އިޙްތިޔާރުގައި ނުވަތަ މަޖުބޫރުވެގެން ތިމަންސުވާމީންގެ އަމުރަށް ތަބާވާށެވެ.”

“އުޑާއި ބިން ދެންނެވިއެވެ.އިޙްތިޔާރުގައި ތަބަޢަވެއްޖައީމެވެ.” {ސޫރަތް ފުސިލަތު}

15.އެތެރޭގައިވާ ހަށިގަނޑާއިއެކު ހަރަކާތްކުރައި މަހާނައަކީ” ޔޫނުސްގެފާނު  ދިރުވައިލި ބޮޑުމަހުގެ ބަނޑެވެ. ހަށިގަނޑަކީ ޔޫނުސްގެފާނެވެ.

“އެވަގުތު މަހެއްއައިސް އެކަލޭގެފާނު {އޮތްގޮތަށް}ދިރުވައިލީއެވެ. {އެކަން އެހެންއެވީ} އެކަލޭގެފާނު މަލާމާތްލިބޭފަދަ ކަންތައްތަކެއް ކުރައްވައިފައިވާ ހާލުގައެވެ.” {ސޫރަތުލް ސޮއްފާތު}

16.ނޭވާލައި އެހެނަސް ފުރާނަނުވާ އެއްޗަކީ”އަދި އަލިކަން ފައުޅުވެއްޖެހިނދު ފަތިހާއެވެ.”

  1. އެ އެއްޗެއް އުފެއްދެވުމަށްފަހު ﷲ އެއީ ބޮޑު އެއްޗެކޭ ވަޙީކުރެއްވި އެއްޗަކީ ” އަންހެނުންގެ ރޭވުން”

” ހަމަކަށަވަރުން ތިޔަ އަންހެނުންގެ މަކަރުވެރިކަން ބޮޑެވެ”{ސޫރަތް ޔޫސްފް}

18.އެ އެއްޗެއް އުފެއްދެވުމަށްފަހު އެއީ  ހުތުރު އެއްޗެކޭ ﷲ ތަޢާލާ ވަޙީކުރެއްވި އެއްޗަކީ” ހިމާރުގެއަޑެވެ.

” ހަމަކަށަވަރުން އެންމެ ހުތުރުކަން ލިބިގެންވައި އަޑަކީ ހިމާރުގެ ގަދައަޑެވެ”. {ސޫރަތް ލުޤްމާން}

  1. ބަފަޔާކާއި މަޔަކާއިނުލާ ﷲ ޙަލްޤްކުރެއްވީ” އާދަމްގެފާނު، މަލާއިކަތްބޭކަލުން، އިސްމާއިލްގެފާނުގެ ފިދުޔަ{ކަންބަޅި}، ސޯލިޙްގެފާނުގެ އަންހެންޖަމަލު.

ފާދިރީ އެހިއެވެ. ސުވަރުގެއަށް ވަންނާނެ އެ ދޮގުހެދީ ބަޔަކީ ކޮންބައެއް؟

އަބޫ ޔަޒީދު ޖަވާބުގައި ބުންޏެވެ” އެއީ ޔޫސްފްގެފާނުގެ އަޙުންނެވެ.

“ދެން ރޭގަނޑު އަދިރިވުމަށްފަހު އެމީހުންގެ ބައްޕާއަރިހަށް ރޮމުން އެމީހުން އައެވެ”  ” އެމީހުން ދެންނެވިއެވެ. އޭ ބައްޕާއެވެ. ތިމަންމެންގެ ހެދުންތައް ކައިރީގައި ޔޫސްފްގެފާނު ބަހައްޓައިފައި، ތިމަންމެން ވާދަކުރަމުން ދިޔަހިނދު، ވަގެއް އައިސް އޭނަ ކައިފިއެވެ”   އަޙުން ކޮންމެގޮތަށް ކަންކުރިނަމަވެސް، ” އެކަލެގެފާނު ވިދާޅުވިއެވެ”  މިއަދު ތިޔަބައިމީހުން ހިތާމަކޮށް ދެރަވާނެކަމެއް ނެތެވެ.  ތިޔަބައިމީހުންނަށް މާތްﷲ ފާފަފުއްސަވާށިއެވެ. އެކަލާނގެއީ ރަޙްމަތްލެއްވުމުގައި އެންމެ ރަޙީމްވަންތަ ކަލާނގެއެވެ. { ސޫރަތް ޔޫސްފް}

ފާދިރީ އެހިއެވެ. ނަރަކައިގެ އަހުލުވެރިންކަމުގައިވި ތެދުވެރިންނަކީ ކޮބާ؟

އަބޫޔަޒީދު ބުންޏެވެ. ”  ޔަހޫދީން ބުންޏެވެ” ނަސާރާއިންނަކީ، ތެދުކުރުން އެކަށީންގެންވާ ހައްޤުދީނަކަށް ތަބާވެގެން ތިބި ބައެއްނޫނެވެ.  ނަސާރާއިންވެސް ބުންޏެވެ” ޔަހޫދީންނަކީ، ތެދުކުރުން އެކަށީގެންވާ ހައްޤުދީނަކަށް ތަބާވެގެން ތިބި ބައެއްނޫނެވެ.”

{ސޫރަތް އަލްބަޤަރާ}

  1. އެގަހުގައި ބާރަގޮފިވައި، އެއިން ކޮންމެ ގޮތްޕެއްގައި ތިރީސްފަތްވައި، ތިރީސްފަތުގައި ފަސްމޭވާވައި، އޭގެތެރެއިން ތިނެއް އަދިރީގައި ލިބޭ ދޭއް އަލީގައި ލިބޭ ގަހަކީ” އަބޫ ޔަޒީދު ދެނެވިއެވެ. މިސުވާލަށް ޖަވާބުދިނުމުގެ ކުރިން މިއާޔަތުގެ މާނަ ބުނެދިނަދޭށެވެ. ” ވައްދާރިޔާތި  ޒަރްވާ”    “ހިރަފުސް ބުރުއްސައިލައި ވައިރޯޅިތަކާއި”  “ވަލްހާމިލާތިވިރްގާ”  “ފެންބަރުކައިފައިވާ ވިލާތަކާއި”

‘ ވައްޖާރިޔާތި ޔުސްރާ” ފަސޭހަކޮށްދުވާ ނައުފަހަރުތަކާއި” ” ވަލް މުޤައްސިމާތި އަމުރާ” {އަޅުތަކުންގެ މެދުގައި} ކަންތައްތައް ބައްސަވާ މަލާއިކަތުން ގަންދެއްވައި ވަޙީކުރައްވަމެވެ.

ދެން އެގަހުގެވާހަކަ ބުނެލާނަމެވެ. އެގަހަކީ އަހަރެވެ. ބާރަގޮތްޕަކީ ބާރަމަހެވެ. ތިރީސްފަތް އެއީ ތިރީސް ދުވަހެވެ. ފަސްމޭވާއަކީ ފަރުލު ފަސްނަމާދެވެ. އޭގެތެރެއިން ތިނެއް އަދިރީގައި {މަޢްރިބް، އިޝާ، ފަތިސް} ދޭއް އަލިގައި {މެންދުރު ،ޢަސްރު}އެވެ. ދެން އަބޫޔަޒީދު ފާދިރީކައިރީ އެހިއެވެ. ކަލެޔަށް އޮތީ ހަމައެކަނި އަހަރެންގެ އެއްސުވާލެވެ،ވީމައި ޖަވާބުދޭށެވެ.  އަބޫޔަޒީދު ފާދިރީގާތު އެހިއެވެ. “ސުވަރުގޭގެ ތަޅުދަނޑިއަކީކޮބާ؟”

ފާދިރީ ހުރިތާނގައި  ހިމޭނުން ކޮޅަށް ހުރީއްޔެވެ. ބަހެއް ނުބުނެ ހަރަކާތެއް ނުކުރެޔެވެ. އަރިހުގައި ތިބި ނަސާރާއިން ފާދިރީއަށް ދެންނެވިއެވެ. ” އޭނައަށް ކަލޭ އެތައް ސުވާލެއްކޮށްފީމެވެ. އޭނަ އެންމެ ސުވާލެއްކުރުމުން  ޖަވާބު ނުދެވުނީހެއްޔެވެ؟   ފާދިރީ ވިދާޅުވިއެވެ. ” ﷲ ގަންދީ ބުނަން. އަހަރެންނަށް ލިބިފައިވި ޢިލްމުން އެ ސުވާލުގެ ޖަވާބު އަހަރެނަށް އެނގެއެވެ.  އެކަމު އަހަރެން ކަލޭމެން

{އަރިހުގައިތިބި ނަސާރާއިން} ދެކެ ބިރުގަންނަމެވެ. އެމީހުން ޖަވާބުގައި ބުންޏެވެ.” ޖަވާބުދީ،އަދި ބިރުނުގަނޭ އަހަރެމެން މިތިބީއްޔެވެ. ފާދިރީ ދެންނެވިއެވެ. ” ސުވަރުގޭގެ ތަޅުދަނޑިއަކީ” ލާއިލާހަ އިއްލަ ﷲ

މުޙައްމަދުއް ރަސޫލުﷲ.”

ނިމުނީ

 

 

 

 

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ވަރުދާ 11

Next

ވަރުދާ 12

Next
April 5, 2022

ވަރުދާ 12

Previews
April 5, 2022

ވަރުދާ 11



All Right Reserved!