އެ ލަވަ ނިމުމުން ގެއަށް ދާން އާލާ މިސްރާބު ޖެހިއެވެ. އޭރު މައިޝަން އަވަހަށް ނައުރީން ގެނެސްގެން މަޖާ ކޮށް ޕާރޓި ކުރަން ފެށިއެވެ. 7 ދުވަސް ފަސް އާލާ އޭނާގެ އެކުވެރި ޒަހާ އާއި އެއްކޮށް އާރޓިފިޝަލް ބީއްޗަށް ދާން މިސްރާބު ޖެހިއެވެ. ދެ މީހުން ޖޫގޯ ބޯން ފެއްޓިތަނާ އާލާ ބޮލައް އެބުރުން އަރައިގެން ވެއްޓުނެވެ.އާލާ ތެދުވިއިރު އޮވެވުނީ މަންމަ ކައިރީ ހޮސްޕިޓަލުގައެވެ. ”މަންމާ ،ކިހިނެއްވީ”އާަލާ އޭނާގެ މަންމަ ކައިރީ އަހާލިއެވެ. ”ދަރިފުޅާ. ދަރިފުޅު ބަނޑުބޮނޑު ”އެހެން ބުނުމުން އާލާ ބޮލައް އެނބުރުން އެރިއެވެ. މުޅި މާހައުލު އެނބުރެން ފެށިފަދައެވެ. ގައިން ހަކަތަ […]
ކުރީގެ ބަޔާއި ގުޅިގެން: އައިޑީގެ ކަވަރ ފޮޓޯއަށް ބަލަހައްޓައިގެން އިނދެވުނެވެ.އެއީ ހަމަ އޭނާއެވެ. މައިޝަންގެ ހިތުގެ މަލިކާއެވެ.ހުވެފަނުގެ ރާނީއެވެ. ހިތުގެ ދަރުބާރުގައި ރަނިކަން ކުރަމުން އަންނަ އާލާއެވެ. އަވަސްއަވަހަށް ފްރެންޑްރިކުއެސްޓް ޤަބޫލުކުރަން ހަދައިގެން އޮފްލައިން ނުވެވުނީ ހަމަ ކިރިޔާއެވެ. ”އެކްސެޕްޓް”ބަޓަންއަށް ފިއްތާލަމުން އުފަލުން އޭނާ ހަޅޭއްލަވައިގަތެވެ.ކަމެއް ގޯސް ކޮށް ހިނގަނީކަމަށް ހިތައި މައިޝަންގެ މަންމަ މައިހާ އެ ކޮޓަރި ދޮރު ހުޅުވާލިއެވެ.އުފަލުން އެނދުމަތީގައި އޮވެ ނަށަމުން ދިޔަ މައިޝަން ފެނީ ޕަކަޕަކަ ލާފައި ހޭން ފެށުނެވެ. ފޭސްބުކުގެ […]
ފަތިހުގެ ތެތް ފިނިކަމުގެ ތެރޭގައި މާމެލާމެލިވަނީ ޝަބްނަމް ތިކިތަކުން ޖަރީ ކުރުވާފައެވެ. އިރުގެ ދޯދިތަށް ވިލާތަކުގެ ނިވަލުން ޖައްވަށް މަރުހަބާ ކިޔަމުން ދިޔައިރު ދޫނި ސޫފާސުފީގެ ހިތްގައިމު ރާގުން ހިތްތަކަށް ފިނިކަން ގެނުވިއެވެ. މި މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެނީ އާޓިފިޝަލް ބީޗްގެ ގޮނޑީގައި އިށީނދެގެން ތިބި ދެމަފިރިންނަށެވެ. ފަން ކުރު އިސްތަށިގަނޑެއްގެ ވެރި އަންހެންކުއްޖެކެވެ. ހަމުގެ ކުލަ ދޮން ފަތްމިނި ހަށިގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ. މުށި ކުލައަށް ދާ އިސްތަށިގަނޑަކާއި ހަމުގެ ކުލަ ދޮން […]