މެލޭޝިޔާގެ މަގުތަކުން ދުވަމުން ދިޔައިރުވެސް އަހަންނަށް ދިޔައީ ފަހަތް ބެލެމުންނެވެ. އޭރު ވެސް އަހަރެން އަތުލައިގަތުމަށް ފަހަތުން ބަޔަކު އާދެ އެވެ. ދުއްވާއެއްޗެހިން ރެކެމުން ދުވަމުން ގޮސް މަގުގެ އަނެއްފަރާތުގައި ހުރި ހަނިގޯޅި ގަނޑަކަށް ވަނީ މެވެ. އެމީހުން އަހަރެން ހޯދަހޯދާފައި ނުފެނުމުން އައިކޮޅަށް އެނބުރި ހިނގައިގަތެވެ. އެމީހުން ދިޔަކަން ޔަގީން ކޮށްފައި އަހަރެން އެ ހަނިގޯޅި ގަނޑުން ނިކުތީ މެވެ. އަޅާފައިވާ މާސްކު ރަނގަޅުކޮށް ލަމުން ޖީބުން ކަޅުކުލައިގެ އަވިއައިނު ލޮލުގައި އަޅައިލީމެވެ. އަދި ލައިގެން […]
“ޕިސް … ޕިސް….” ޕިސް ޕިސް ލައްވާލަމުން އަހަރެން ކަންފަތް މަތީ އަތް އެޅީ ފޯނު ރިންގުވާ އަޑާއި ހެދި އުނދަގޫ ވާވަރުން ނެވެ. އެވަރުންވެސް އަޑުމަޑު ވާގޮތެއް ނުވިއެވެ. އެގުޅާ މީހަކުވެސް ގުޅުން ހުއްޓާލާކަށް ވެސް ނޫޅުނެވެ. އެންމެފަހުން އަހަރެން ތެދުވީ ރުޅިގަދަވެގެން ނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ ؟ މިކަމާހެދި އަހަރެންގެ އެއޮއް މީރު ނިދިކޮޅު ވެސް އަހަރެން ދޫކޮށް ދާން އުޅެނީ އެވެ. ދެލޯ ރަނގަޅަށް ނުހުޅުވޭ ހާލު ފޯނު ނަގާ ސްކްރީން […]