ކައިރީގައި ހުރެލަން އަދު ބޭނުންވޭ … ހަވީރުގެ ހިތްގައިމު ވަގުތެވެ .ހުކުރު ދުވަސް ކަމުން ރަށު އަތިރިމަތީގައި އުޅޭ މީހުން އެހެން ދުވަސް ދުވަހާ ބަލާފަ ގިނައެވެ.ޒުވާން ފުރައިގެ އަންހެން ކުދިން އިރު އޮއްސޭ މަންޒަރު ފޯނުގައި ރައްކާ ކުރަމުން ދިޔަ އިރު،އަނެއްބައިމީހުން ދިޔައީ އެމީހުންގެ ލޯބި ލޯބި އާއިލާ އާއި އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރަމުންނެވެ. ހަމަ އެހެން ކުދިންނެކޭ އެއްފަދައިން ޝާނާ ދިޔައީ އިއްޝާމް އާއި އެކު ހީސަމާސާ […]
އަހަރެން ގެ ދިރިއުޅުމުގައި ވަނީ އަނދިރިކަން ވަށާލާާފައެވެ . އަހަރެންގެ ދިރިއުޅުމުގައި އެއްވެސް އަލި ކަމެއް ނުވާ ފަދަ އެވެ . އިހުސާސް ކުރެވެނީ އެކަނި ވެރި ކަމެވެ . އަހަރެން ގެ ހިތަށް ދުވަހަކުވެސް ހިތް ހަމަ ޖެހުމެއް ނުލިބޭ ފަދައެވެ . ލިބުނިއްޔާ ލިބުނީ ވޭނެވެ . ތުރާލެވެ . އަޅާލާނެ އަާރެއް ޔާރެއް ނެތެވެ . އަހަރެން ގެ އެންމެ ގާތް ރަހުމަތްތެރި އަކީ އަހަރެންގެ މި ޑައިރީ އެވެ . […]