Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެންލޯބި

މިތުރާއޭ ފުރުސަތެއް ލޯބީގައި ކަލާ ދޭނުހޭ

ahul Level 1
May 7, 2021 9 Mins Read
7 Comments

 

އަހަރެން ގެ ދިރިއުޅުމުގައި ވަނީ އަނދިރިކަން ވަށާލާާފައެވެ . އަހަރެންގެ ދިރިއުޅުމުގައި އެއްވެސް އަލި ކަމެއް ނުވާ ފަދަ އެވެ . އިހުސާސް ކުރެވެނީ އެކަނި ވެރި ކަމެވެ .

އަހަރެން ގެ ހިތަށް ދުވަހަކުވެސް ހިތް ހަމަ ޖެހުމެއް ނުލިބޭ ފަދައެވެ . ލިބުނިއްޔާ ލިބުނީ ވޭނެވެ . ތުރާލެވެ . އަޅާލާނެ އަާރެއް ޔާރެއް ނެތެވެ . އަހަރެން ގެ އެންމެ ގާތް ރަހުމަތްތެރި އަކީ އަހަރެންގެ މި ޑައިރީ އެވެ . މި ޑައިރީ އަކީ އަހަރެން އަހަރެންގެ ހުރިހާ އިހުސާސް ތަކެއް އަދި ހުރިހާ ސިއްރުތައް ހިއްސާ ކުރާ އަދި އެންމެ އިތުބާރު ކުރެވޭ އަހަރެންގެ އެކުވެރިޔާ އެވެ .

 

އަހަރެންނަކީ އަހަރެންގެ މަންމަ އާއި ބައްޕަ ގެ ހުރި ހަމަ އެކަނި ދަރިފުޅެވެ . އަހަރެންގެ މަންމައާއި ބައްޕަ އަހަރެންނަށް ކީ ނަމަކީ ނާޔާ އެވެ .

 

އަހަރެންގެ ބައްޕަ އަހަރެން ގެ އުމުރުން އެންމެ ހަ މަހުގައި މި ފަނާވަނިވި ދުނިޔެ ދޫކޮށް ފިއެވެ . އަހަރެންގެ މަންމަ އަހަރެން ބަލާ ބޮޑު ކުރި އެކަނިމާ އެކަނި އެވެ . އެ މަންމަ އަހަރެން ބުނި ކޮންމެ ކަމެއްވެސް ކުރަނީ އެއްވެސް ޝަކުވާ އަކާ ނުލައި އެވެ . މަންމަ އަހަރެން ދެކެ ވަރަށް ލޯބި ވެއެވެ . މަންމަ ކިތަންމެ ނިކަމެތި ނަމަވެސް އަހަރެންގެ ނަޒަރުނެ އެއީ އެންމެ އަގުބޮޑު ޖަވާހިރެވެ .

 

ނަމަވެސް އަހަރެންގެ ހިތުގައި ވާ ހަމައެކަނި ޝަކުވާ އަކީ އެހެން ކުދިން ފަދައިން އަހަރެންގެ ބައްޕަ ނެތުމެވެ . އެކަމަކު އަހަރެން އެ ޝަކުވާ ކުރީ އެންމެ ފަހަރަކުއެވެ . އަހަރެންގެ ކުޑަ ކުޑަ ހިތަށް ކެތްނުކުރެވިގެން އެވެ. ނަމަވެސް އެ މަންމަ އަހަރެންގެ ބައްޕަ ނިޔާވި ވާހަކަ ބުނާނީ ކޮން ދުލަކުން ހެއްޔެ ؟ އެ މަންމަ އެ ދުވަހު އަހަރެން ގައިގާ ބައްދާލައިގެން ހުރެ ރުއި ރުއިން އެނގޭނީ ހެއްދެވި ފަރާތް ފިޔަވާ އަހަންނަށްށެވެ . އަހަރެންގެ ހިތުން އެ ދުވަސް ފިލައިގެން ނުދާނެއެވެ . އެ ދުވަސް މަތިން ހަނދާން ވާ ކޮންމެ ފަހަރަކު އަހަންނަށް ރޮވެއެވެ . މަންމަ ބުނި ހާވެސް އެއޗަކީ”ބައްޕަ އެއް ނާންނާނެ ކަމަށެވެ” .

 

އަހަރެންނަކީ ސުކޫލް ގައި ހިމެނޭ މޮޅު ކުދިން ގެ ތެރޭގައި ހިމެނޭ ދަރިވަރެކެވެ . އަހަރެންނަށް އޯލެވެލް އިން ދެވަނަ ލިބުނީ އަހަރެންގެ މަންމަ ދިން ހިތްވަރުގެ ސަބަބުން ނެވެ . އަހަރެން އިތުރަށް ކިޔަވަން ބޭނުން ވިޔަސް އަހަރެން ކިޔަވަން ނުދިޔައީ ރަށުން ބޭރަށް ދާތީއެވެ . މަންމަ އެކަނި ބަހައްޓާފައި ދާން ޖެހޭތީއެވެ . އަދި އެކަމަށް ހަރަދު ކުރާނެ ފައިސާ ވެސް ނެތުމުންނެވެ .

 

ކޮންމެ މީހަކަށް ވެސް ލޯތްބޭ މިކިޔާ އިހުސާސް ކުރެވޭނޭ ބުނާ އަޑު އަހަމުއެވެ . އަދި ލޯތްބަކީ ވަރަށް ފޮނި އިހުސާސެކޭ ބުނާ އަޑު އަހަމެވެ . ނަމަވެސް އަހަރެން ދެކޭ ގޮތުގައި އެއީ ބިލާހެކެވެ . އަހަރެން ނަށް ވެސް މީހަކު ދެކެ ލޯބި ވެވުނެވެ . އަހަރެންނަށް ލޯބި މި ލަފުޒުގެ ހިތި ރަހަ އަރުބުޑު ލައިފިއެވެ . މި ލަފުޒުގެ ސަބަބުން އަހަރެންގެ ހިތް ވަނީ ހަލާކު ވެފައެވެ . އެ އިހުސާސް ގެ ސަބަބުން މި ހިތުގައި ޒަހަމް ލެވި އެ ޒަހަމް ތައް ތާޒާ ކަންމަތީ އަދިވެސް ހުއްޓެވެ .

 

އެއީ މީގެ ދެއަހަރު ކުރިންނެވެ . އޭރު އަހަރެންގެ އުމުރުން ސޯޅަ އަހަރެވެ . އަހަރެންގެ ހިތުގައި ލޯތްބެކޭ މިކިޔާ އިހުސާސް ކުރެވުން ފުރަތަމަ ފަހަރެވެ .

 

އާދައިގެ މަތިން އަހަރެން ދިޔައީ ސުކޫލަށެވެ . އެއްވެސް ހިޔާލެއް ފިކުރެއް ނެތި އަހަރެން ހިނގަމުން ދިޔައީމެވެ . އެގޮތަށް ދަނިކޮށް އެއްލި ކަޅިއަކުން އަހަރެން ނާ ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ ފެނި އަހަރެންގެ ހިތުގެ ހިނގުން އަވަސްވިއެވެ . އެހެން ނުވާންވީ ސަބަބެއް ނެތެވެ . އެއީ މީގެ ދުވަސްކޮޅެއް ކުރިން އަހަރެންގެ ހިތުން ޖާގަ ހޯދި ފަރާތެވެ . އަހަރެންގެ ހިތް އެންމެ ފުރަތަަމަ ފަތަހަ ކުރި މިހާއެވެ . އޭނާ އަކީ މިރަށު މީހެއް ކަމުން ، އަހަންނަށް އޭނާ އަބަދުހެން ފެނެއެވެ . އެކަމަކު މި ކަހަލަ އިހުސާސް އެއް ނުކުރެވެއެވެ . ފުރަތަަމަ މި އިހުސާސް އަކީ ލޯ ކަން ގަބޫލު ކުރަން އަހަރެންގެ ޒަމީރު ދެކޮޅު ހެދި އެވެ .

 

ހިޔާލު ތަކުން އަހަންނަށް ބޭރު ވެވުނީ ބެލް ޖެހި އަޑަށެވެ . އަހަރެން ވަށައިގެން ބަލާލިއިރު އޭނާ އެއް އެތާކު ނެތެވެ . ހުރިހާ އެންމެންވެސް ސުކޫލް އަށް ވަންނަތަން ފެނުމާއެކު އަހަރެން ވެސް އަވަހަށް ދިޔައީމެވެ .

 

އަހަރެންނަށް ކޮންމެ ދުވަހަކު އަަހަރެންގެ ހިތުގެ ވެރިޔާ ނުފެނުނު ކަމުގައި ވިޔަސް ، އަހަރެން ގެ ހިތުގައި ވި ލޯބި ދިޔައީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ . އަހަރެންގެ ހިތުގައި އަރީން ގެ ނަން ރަން އަކުރުން ފެވެމުންނެވެ .

 

އެ އަހަރަކީ އަރީން ގެ ސުކޫލް ދައުރު ނިމޭ އަހަރެވެ . އެހެންކަމުން އަރީން ސުކޫލް ނިމުމުން އަހަންނަށް އޭނާ ނުފެނުނި ދާނެތީ ދެރަވިއެވެ .

 

ދުވަސްތައް ފާއިތުވަމުން ގޮސް އަރީން ގެ ކިޔެވުން ނިމުނެވެ . އޭރު އަހަރެން ބޭނުންވީ އަހަރެންގެ ހިތުގައި ވި އިހުސާސް އަރީން ގެ ކުރިމަތީ ބަންޑުން ކޮށްލާށެވެ . އަރީން އަށް ލޯބި ހުށަހަޅާށެވެ . އެހެންކަމުން އަހަރެން ބޭނުންވީ އަހަރެންގެ ކުލާސް ކުއްޖެއް ކަމުގައި ވާ ޝިހާނާ އާ ވާހަކަ ދައްކާލާށެވެ . އެއީ އަހަރެންގެ ގާތް އެކުވެރި އަކަށް ނުވިއަސް ، އޭނަ އަކީ ކުލާހުން އަހަރެންނާ އެންމެ ގިނައިން ވާހަކަ ދައްކާ ކުއްޖާ އެވެ . އަހަރެން ނަށް މީ ކޮންކަހަލަ މީހެއްކަން ނޭންގޭ ހާލު ޝިހާނާ އާ ވާހަކަ ދެއްކީމެވެ . އޭނާ އަހަރެން ނަށް މަޝްވަރާ ދިނީ ، ތަނެއް ހަމަޖެއްސުމަށް ފަހު އެތަން ވަރަށް ރީތިކޮށް ތައްޔާރު ކުރުމަށެވެ . އަރީން އެތަނަށް ގެންގޮސް ދިނުމުގެ ކަން ތައް އޭނާ ހަމަޖައްސާނެ ކަމަށް ވެސް ބުންޏެވެ .

 

އެހެންކަމުން އަހަރެން ހުރިހާ ކަމެއް ހަމަޖެއްސީ ޝިހާނާ ގެ އެހިތެރި ކަމާ އެކު އޭނާގެ ބޭނުން ނޭނގޭ ހާލުގައެވެ .

 

ރޭގަނޑުގެ ވަގުތެވެ . އަހަރެން ތައްޔާރުވަމުން ދިޔައީ ރަށުގެ ފުއްޓަރު ފަރާތަށް ދިޔުމަށެވެ . އަހަރެންނަށް ވެވޭ އެންމެ ރީއްޗަށް އަހަރެން ތައްޔާރު ވީމެވެ . އެތަނަށް ދާން ގަޑިކީ ނުވަ ގަޑި ބަޔައްށެވެ . އެއީ އަހަރެންގެ މަންމަ ނިދާނީ ނުވައެއް ޖަހާއިރު ކަމުންނެވެ .

 

އަހަރެން ގެއިން ނުކުމެގެން ދިޔައީ ވަރަށް ވެސް އުފާވެފައި ހުރެއެވެ . އަހަރެންގެ ފުރަތަމަ ލޯބި ކާމިޔާބު ވާނެ ކަމުގެ އުއްމީދުގައެވެ . އެ ވަގުތު މަންމަ އޮތީ ހޭލާ ކަމެއް އަހަނަކަށް ނޭނގެ އެވެ .

 

އަހަރެން ރަށުގެ ފުއްޓަރު ފަރާތަށް ނިކުތް އިރު އެތާ އެއްވެސް މީހަކުނެތެވެ . އަހަރެން ނިންމީ އަރީން ގޮވައިގެން ޝިހާނާ އަދި ނާންނަނީ ކަމަށެވެ .

 

ޖެހޭ ފިނި ރޯޅިން ގައިން ހީބިހި ނަގައެވެ . ރާޅު ގެ ހިތްގައިމު އަޑުން ކޮންމެ މީހެއްގެ ހިތަށް ވެސް ހަމަޖެހުން ގެނުވާނެއެވެ . ރޭގަނޑުގެ ރާނީ ކަމައްވާ ސާދަ ވިލޭރޭގެ ހަނދުގެ ސަބަބުން ، އުޑުގައި ފިޔަ ޖަހަމުންދާ ތަރި ތަކުގެ ކުލަ ވަނީ ފަނޑުވެފައެވެ . ހަމަ އެވަގުތު ހަނދުގެ ރީތިކަން ކަޅު ވިލާތަކުން ފަރުދާކޮއްލިއެވެ .

 

އެއްވެސް ހިޔާލެއް ފިކުރެއް ނެތި އަހަރެން ދިޔައީ ގުދުރަތީ ރީތި މަނޒަރު ތަކަށް ބަލަމުންނެވެ .

 

އަހަރެންގެ މޫނުމަތީގައި ވި ހިނިތުން ވުން ފަނޑުވީ ބިންމަތީގައި ހިތެއްގެ ބައްޓަމަށް އޮތް ފިނިފެންމާ ގެ ފިޔަތައް މަތީގައި އަރީން ގެ ނަން ކައިރީގައި ޖަހާފަ އިން ޝިހާނާ ގެ ނަން ފެނިފައެވެ . އެކަމާ ވިސްނާނުލެވި އުޅެނިކޮށް ކައިރި ހިސާބަކުން އަންހެން ކުއްޖަކު ވާހަކަ ދައްކާ އަޑު އިވުނެވެ . އަހަރެން އަޑު އަންނަ ދިމާލަށް މިސްރާބު ޖެހީ ވާން މިއުޅޭ ގޮތް ނޭނގޭ ހާލުގައެވެ . ދެން ފެނުނު މަންޒަރުން އަހަންނަށް ހިވީ މީހަކު އައިސް އަހަރެންގެ ބޮލުގައި ވަރުގަ އެތި ފަހަރެއް ޖެހި ހެންނެވެ . އަރީން ގެ ކުރިމަތީ ގައި އެއް ފައިމައްޗަށް ތިރިވެ ރަތް ފިނިފެންމާބޮނޑި އެއް ހިފައިގެން އެއިނީ ޝިހާނާ ނޫން ދެވަނަ މީހެއް ނޫނެވެ . އެވަގުތު އަރީން ޝިހާނާ ގެ ދެ ކޮނޑުގައި ހިފާ ތެދުކުރު މައްފަހު ޝިހާނާ ގައިގާ ބައްދާލި ގޮތުން އަހަންނަށް އަހަރެންގެ ހިތާދިމާލުގައި އަތް އަޅާލެވުނެވެ . އަނގައިން މަޑު ވޭނީ ހަޅޭކެއް ވެސް ބޭރުވިއެވެ . އަދި ތަންކޮޅެއް ބާރަށް ކީއްވެ ހޭ ވެސް ބުނެވުނެވެ . އެއަޑު އެދެމީހުންނަށް އިވުނީ ކަންނޭނގެ އެވެ . ޝިހާނާ އަރީން ގެ އަތުގައި ހިފައިގެން އަހަރެންގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ . ” ސޯ މީޓް މައި ނިއު ބޯއި ފްރެންޑް އަރީން ، އަރީ މީ ނާޔާ ” ޝިހާނާ އެހެން ބުނި އިރު މޫނުމަތީގައި ވީ މަލާމާތުގެ ހިނިތުން ވުމެކެވެ . ޝިހާނާ އަށް އިތުރު އެއްޗެކޭ ނުބުނެވި އުޅެނިކޮށް އަހަރެން އެތަނުން ދުއްވައި ގަތީމެވެ . އެ ތަނާާ ވިހާވެސް ދުރަށްށެވެ . އަރީން ގެ ދިރިއުޅުމުން ވެސް ދުރަށެވެ .

 

ދެވޭ ނުދެވޭ ހިސާބެއް ވެސް ނޭނގެ އެވެ . އެއްވުރެ ބޮޑަށް އަހަރެންގެ އެތެރެހަށީގައި ވާ ހައިޖާނު ގަނޑު މާ ވަރުގަދަ އެވެ . ވަކި ހިސާބަކަށް ދެވުނު ތަނާހެން އަހަންނަށް ހުއްޓެވިއްޖެވެ . ދޮން ވެލި ގަނޑު މައްޗަށް ވެއްޓި ގަނެ އަޑުން އަޑު ނަގާ އަހަންނަށް ރޮއިގަނެވުނެވެ .

 

އަހަރެން ކުރި އިންތިޒާރު ގެ ނިމުމަކީ މިއީ ހެއްޔެ ؟ އަހަންނަށް އަހަރެންގެ ލޯބި ލިބުމުގެ މަގުމަތީގައި ވެސް އެ ލޯބި ބީވެގެން ދިޔައީ ހެއްޔެ ؟ ކުރި ހުރިހާ އުންމީދަކާ ހުވަފެން ތައް ސިކުންތު ކޮޅެއްގެ ތެރޭގައި ވިއްސިވިހާލި ވެއްޖެއެވެ . މި ހިތް ކުދި ކުދި ވެއްޖެއެވެ . ދުވަހަކު ވެސް ތަތް ނުކުރެވޭހާ ބޮޑަށެވެ .

 

އަހަންނަށް ހަމަ ހޭވެރިކަން ވީ ވާރޭ ކެރިތައް އަހަރެންގެ ގައިގާ ބޮސް ދޭން ފެށުމުން ނެވެ . އެ ވާރޭ ވެސް އަހަރެން ގެ ހިތާމައިގައި ބައިވެރިވާ ފަދައެވެ . އަހަރެން އެތަނުން ތެދުވާކަށް ހިތައް ވެސް ނާރައެވެ .

 

ހިތް ފުރޭ ވަރަށް ރޯލެވުމުން އަހަރެން ގެއަށް ދާން މިސްރާބު ޖެހީ ދެން ނުރޯން ނިންމައިގެންނެވެ .އޭރު އަހަރެން ހުރީ ތެމި ފޯވެފައެވެ . ހީކަރުވައި ގަނެގެން ތުރު ތުރު އަޅައެވެ . ބޮލުގައި ރިހުމެއް ވިއެވެ . ގިނަ އިރު ރުއިމުގެ ސަބަބުން ދެ ލޮލޮގައި ރަތް ކަމެއް ވިއެވެ . އިސްދަށަށް ޖަހާލައިގެން ހުރެ މަޑު މަޑުން ހިނގާލާފައި ގެއަށް ދިޔަ އިރު ވެސް އަހަންނަށް ގިސް ލެވެއެވެ .

 

ގެއަށް ވައިން އިރު އަހަންނަށް ފެނުނު މަންޒަރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ . ގޭތެރޭގައި ހުންނަ މޭޒު ކައިރީގައި ގޮނޑިއާއި އެކު ވެއްޓިފަ އެއޮތީ އަހަރެން ފުރާނަ ފަދައިން ލޯބިވާ މަންމަ އެވެ . އަހަންނަށް މަންމަ އާއި ދިމާލަށް ދެވުނު ގޮތް ވެސް ނޭނގުނެވެ . އޭރު މަންމަ ދިޔައީ ނޭވާ ލާން މަސައްކަތް ކުރަމުންނެވެ . މަންމަ އެގޮތަށް މަރަށް ތެޅޭ މަންޒަރު ބަލަން އަހަރެންގެ ހިތަށް ކެތެއް ނުވިއެވެ . އަޑުން އަޑުނަގާ އަހަންނަށް މީހެއްގެ އެހީއަކަށް އެދި ގޮވާލެވުނެވެ . އޭރު އަހަރެންގެ ދެ ލޮލުން ހޯސްލާފާ ކަރުނަ އާދެއެވެ .

 

އިރުކޮޅެއް ފަހުން ގެ ކައިރީގައި ހުންނަ ގެއެއްގައި އުޅޭ މަންމަގެ ރައްޓެހި ސަފީނާދައްތަ ގެ ފިރިމީހާ ކަމަށްވާ ރަޝީދުބެ މީހަކު އައިސް އަވަހަށް އެމްބިއުލާންސް އަށް ގުޅިއެވެ . އޭރު މަންމަ މޭޒާ ދިމާލަށް އަތް ދިއްކުރާތަން އަހަންނަށް ފެނުނެވެ . އަހަރެން އެ ދިމާލަށް ބަލާލި އިރު އެތަނުގައި “އަހަރެންގެ ޑައިރީ” ޖަހާފަ އޮތް ފޮތެއް އޮތެވެ . އަހަރެން އަވަހަށް އެފޮތް ނަގާ ގަޔާލާ ބޮނޑި ކޮށްލީ އެއީ މަންމަ ގެންގުޅޭ ފޮތެއް ކަން އެނގޭ ހާލުގައެވެ .

 

އިރުކޮޅަކުން އެމްބިއުލާންސްގެ އަޑު އިވުނެވެ . ރަޝީދުބެ އަވަސް ވެ ގަތީ މަންމަ އުރާލައިގެން އެމްބިއުލާންސް އަށް އެރުވުމަށެވެ . އޭރު ވެސް އަހަންނަށް ހުރެވުނީ މަންމަ އެންބިއުލާންސް އަށް އަރުވާތަން ބަލާށެވެ . އިތުރު ހަރަކާތެއް ކުރަން ނޭނގިފައެވެ . “އެކޮއެ އަވަސް ކުރޭ އަރާ” އަހަންނަށް ހޭވެރިކަން ވީ ރަޝީދުބެ އެހެން ބުނުމުންނެވެ . އަހަރެން ވެސް އަވަހަށް އެމްބިއުލާންސް އަށް އެރީމެވެ .

 

އެމެޖެންސީ ރޫމް ގެ ދޮރު މަތީގައި އަހަރެން ހުރީ ކެތްމަދުވެފައި ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ . ކިތަންމެ ފަހަރަކު ރަޝީދުބެ އަހަރެން ކައިރީގައި އެތަނުގައި އިށީނުމަށް ބުންޏެވެ . ނަމަވެސް އަހަންނަށް އެ އަޑު ނީވޭ ކަހަލައެވެ .އަހަރެންގެ ބިރުވެރިކަން އިތުރު ވީ އެތެރޭން މާ ގިނަ އިރު ވީމައެވެ .

 

އިރުކޮޅަކުން ޑޮކްޓަރ އެމެޖެންސީ ރޫމް އިން ނުކުތުމުން އަހަރެންނަށް ޑޮކްޓަރ ކައިރިއަށް ދެވުނު ގޮތް ވެސް ނޭނގުނެވެ . އަހަރެން އަދި ރަޝީދުބެ ވެސް ހުރީ ޑޮކްޓަރ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ . ޑޮކްޓަރ ގެ މޫނެމަތިން ފެންނަން ހުރި ނުތަނަވަސް ކަމުގެ ސަބަބުން ނޭނގޭ ބިރުވެރިކަމެއް އަހަރެންގެ ހިތުގައި ވިއެވެ . ދެން ޑޮކްޓަރ ދިން ޖަވާބަކުން އަހަންނަށް ހީވީ މުޅި ދުނިޔެ ހުއްޓުން ހެންނެވެ . އެވާހަކަ ގަބޫލު ނުކުރެވުމުން އަހަންނަށް ކީކޭ ހޭ އަހާލެވުނެވެ . ” އައިމް ސޮރީ ޝީ އިޒް ނޯ މޯ ” ޑޮކްޓަރ ދެވަނަ ފަހަރަށް ވެސް އެހެން ބުންޏެވެ . އަހަންނަށް ދެ ކަންފަތުގައި އަތް އަޅާ ބާރަށް ނޫނެކޭ ބުނެވުނެވެ . އެ ބަސްތައް އަހަންނަށް އަޑު އިވުމުގެ ކުރިން އަހަރެންގެ ކަންފަތް ބީރު ވި ނަމަ އޭ އަހަރެންގެ ހިތައް އެރިއެވެ . އަހަރެންގެ ލޯ މައްޗަށް އަނދިރި ވާހެން އަހަންނަށް ހީވިއެވެ . މީހަކު ގައިގަ ހިފެހެއްޓި ކަމުގެ އިހުސާސް ކުރެވުނެވެ . ދެން ވީ ގޮތެއް އަހަންނަށް ނޭނގެ އެވެ .

 

އަހަރެން ދެލޯ ހުޅުވާލި އިރު އަހަންނަށް ފެނުނީ ހުދު ސީލިންގެވެ . އަހަރެން ވަށައިގެން ބަލާލިއިރު އަހަންނަށް އޮވެވުނީ ހޮސްޕިޓަލް ގައެވެ . ކައިރީގައި މުސްކުޅި ފުރައިގެ އަންހެން މީހެއް އިނެވެ . އެއީ ރަޝީދުބެ އަންހެނުން ސަފީނާދައްތަ އެވެ . އަހަރެން ނަށް ދެއްމެ ވީ ގޮތް ހަނދާނަށް އައީ ދެނެވެ . މަންމަމާއޭ ކިޔާ އަވަހަށް އައިވީ ނައްޓާލަން އުޅުނު ވަގުތު ސަފީނާދައްތަ ނަރުހަކަށް ގޮވާލުމުން ނަރުހަކު އައިސް އަހަރެން ހިފެހެއްޓި އެވެ . އެވަގުތު އެހެން ނަރުހަކު އައިސް މަންމަ ގެ މޫނު ދައްކާ ވާހަކަ ބުނުމުން ކުރިން އައި ނަރުސް މީހަ އައިވީ ނައްޓުވާލުމުން ސަފީނާދައްތަ އަހަރެން ގޮވައިގެން މަންމަ މޫނު ދައްކާ ތަނަށް ގެންދިޔައެވެ .

 

ހުދު ފޭރާމަކުން މަންމަ ނިވާ ކޮށްފަ އޮތް އިރު އަހަންނަށް ހީވަނީ ދެންމެ ދެންމެ މަންމަ ލޯ ހުޅުވާ ލޯބިން އައިސް އަހަރެންގެ ގައިގައި ބައްދާލަފާނެ ހެންނެވެ . މަންމަ ގެ މޫނު މަތިން ފެންނަމުން ދިޔައީ ތާޒާ ކަމާއި އުޖާލާ ކަމެވެ .

 

އަހަންނަށް ހުރެވުނީ އެއްވެސް ހަރަކާތެއް ކުރަން ނޭނގިފައެވެ . މީ މަންމަ އަހަންނަށް ފެންނަ އެންމެ ފަހު ފަހަރޭ ބުނުމުން އަހަރެންގެ ދެ ލޮލުން ކަރުނަތައް އޮހޮރިގެން ދިއައެވެ . އަހަރެން މަންމަ ކައިރިއަށް ގޮސް މަންމަ ގެ މޫނު ގައި ލޯބިން ފިރުމާލުމަށްފަހު މަންމަ ގެ ނިތަށް ބޮސް ދީފާ މަންމަ ގެ ގައިގާ ލޯބިން ބައަދާލީމެވެ . އެއީ މަންމަ އަހަރެން ދެރަވާ ކޮންމެ ފަހަރަކު ވެސް ކުރާކަމެކެވެ . އަހަންނަށް ރޮވުނީ ދެނެވެ . ގިސްލަ ގިސްލާފައި އަހަންނަށް ރޮވުނެވެ . ރަޝީދުބެ އައިސް އަހަރެން ގެންދަން އުޅުމުން އެއްވެސް ދެ ކޮޅު ހެދުމެއް ނެތި އަހަރެން ދުރަށް ޖެހިލީމެވެ .

މައްޔިތާގެ ކަށުކަމާ ކެމީގެ ކަންކަން ނިމުނީ ފަތިހު 5 ޖަހާއިރު އެވެ.

 

އަހަރެން ގެއަށް ވައިން އިރު ގޭތެރޭން ފެންނަމުން ދިޔައީ ފަޅުކަމެވެ . ބަލާލި ކޮންމެ ދިމާލަކުންވެސް ވެސް ފެންނަނީ މަންމަ ގެ ލޯބިވެތި ހަނދާން ތަކެވެ . މަންމަ ދެން އަހަރެން ނަކަށް ނުފެންނާނެއެވެ . އަހަރެން ދެރަވާ އެއްވެސް ފަހަރަކު ލޯބިން ހިތްވަރު ދޭކަށް ނާންނާނެއެވެެ .

މޫނު މަތީގައި ފެނުގެ އަސަރު ހުރިހެން ހީވެ އަހަރެން ބަލާލި އިރު އަހަންނަށް ރޮވުނީ އެވެ . ގިސްލަ ގިސްލާފައި ރޮމުން އަހަރެން ކޮޓަރިއަށް ވަދެ މަންމަ ގެ ޑައިރީ ނަގާ އޭތި ކިޔަން ފެށީމެވެ .

 

އެ ޑައިރީ ގާ ހުރީ މަންމަ ބައްޕަ އާއި ކައިވެނި ކުރި ފަހުން ވި ހިތާމަ ވެރި ކަންތައްތަކުގެ ވާހަކަ އެވެ . ބައްޕަ އާއި ކައިވެނި ކުރުމުން އާއިލާ އާއި ގުޅުން އެއްކޮން ހީނަރުވި ވާހަކަ އެވެ . އެޖަމުގެ ސަބަބުން މަންމަ އަށް ހާޓު އެޓޭކެއް ޖެހުނު ކަމަށް ބުނެފާ ވިއެވެ . މަންމަ އަކީ ހިތުގެ ބަލީގެ މީހެއް ކަން އަހަންނަށް އެނގުނީ އަދި ކިރިޔާއެވެ . މަންމަ މިހުރިހާ ދުވަހު އަހަންނަށް އެކަން ސިއްރު ކުރީ ކީއްވެ ބާއެވެ ؟

 

އަހަރެން ވިހާފަ ހަމަސް ފަހުން ބައްޕަ ނިޔާވި ހިތާމަ ވެރި ހަބަރުން މަންމަ ދެވަނަ ފަހަރަށް ހާޓު އެޓޭކެއް ޖެހުމުން މަންމަ އަށް އެހީވީ ގެ ކައިރީގައި އުޅޭ ސަފީނާދައްތަ ކަމަށް ބުނެފަ އޮތެވެ .

އަހަރެން އެ ގޮތަށް ކިޔަމުން ދަނިކޮށް އެންމެ ފަހު ސަފުހާ އާއި ހަމައަށް ގޮއްސިއެވެ .

 

ލޯބިވާ ދަރިފުޅާއެވެ . ދަރިފުޅަށް ވެސް އެނގޭނެ ފަދައިން މިއީ މަންމަ ގެ ހަޔާތުގެ ކަންކަން ހިއްސާކުރާ އެކުވެރިޔާ އެވެ . މި ޑައިރީ ގާ އެވާ ކޮންމެ ވާހަކަ އަކީވެސް މަންމަ ގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތަކެވެ . ދަރިފުޅާއެވެ . ކޮންމެ މީހަކީ އެންމެ ކާމިޔާބު މީހާއަށް ނުވެދާނެއެވެ . އަދި އެއްވެސް މީހަކަށް ހުރިހާ އުފަލެއް ލިބިގެން ނުވެއެވެ . އެގޮތުން މިރޭ ދަރިފުޅުގެ ހުރިހާ އުންމީދެއް ވިއްސިވިހާލި ވެގެން ގޮއްސިކަން ދަރިފުޅު ނުބުނި ނަމަވެސް މަންމަ އަށް އެނގެ އެވެ . މަންމަ އަށް ދެންމެ ވީ ހުރިހާ ކަމެއް ފެނިގެން ގޮއްސިއެވެ . ދަރިފުޅު ރޯތަން ފެނުމުން މި މަންމަ ގެ ހިތަކަށް ކެތެއް ނުކުރެވުނެވެ .

ދަރިފުޅާއެވެ . ލޯތްބަކީ ހުރިހާ އެންމެނަށް ހާސިލްވާ އެއްޗެއް ނޫނެވެ . އެންމެންވެސް ޖަހޭނީ ހަގީގަތާ ކުރި މަތި ލާށެވެ . ދަރިފުޅު ކެތް ކުރާށެވެ . ﷲ ވޮޑިގެން ވަނީ ކެއްތެރީންނާ އެކު އެވެ . މަންމަ ގެ ވަސިއްޔަތެއް އެބަ އޮތެވެ . އެއީ ދަރިފުޅު ވީހާވެސް އަވަހަކަށް ކައިވެނި ކޮށްގެން އުފާވެރި ދިރިއުޅުމެއް ފެށުމެވެ . މަންމަ ގެ އެދުމަކީ…..

# # # # # # # # # # # #

 

ހިޔާލު ތަކުން އަހަންނަށް ނުކުމެވުނީ މީހެއްގެ އަތުގެ ބިހުން އިހުސާސް ވެގެންނެވެ . އަހަރެން ބަލާލި އިރު ކައިރީގައި އިނީ ނާފިލު އެވެ . ” ހިނގާ ގެއަށް މިހާރު އެއޮއް އިރު އޮއްސެނީ ” އަހަންނަށް އިނދެވުނީ ގޮނޑުދޮށުގައި ކަން ވެސް ރެއަކާލީ ދެނެވެ . އަހަރެން ކަރުނަތައް ފޮހެލުމަށްފަހު އަހަރެންގެ ޑައިރީ ހިފައިގެން ނާފިލު އާއި އެކު ގެއަށް ދާން މިސްރާބު ޖެހީމެވެ .

 

ނާފިލު އަކީ ސަފީނާދައްތަ އާއި ރަޝީދުބެ ގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ . އަހަރެން ނާފިލު ދެކެ ލޯބި ނުވި ނަމަވެސް އަހަރެން ނާފިލު އާ ކައިވެނި ކުރީ އެއީ މަންމަ ގެ އެންމެ ފަހު ވަސިއްޔަތް ވީމައެވެ .

 

އަހަރެން ގެއަށް ދާން ހިނގައި ގަތީ މާޒީ އަށް ފުރަގަސް ދެމުން ކުރިއަށެވެ . ފަހަތަށް އެނބުރި ބަލާނުލައެވެ . އަރީން އަކީ އަހަރެންގެ މާޒީ އެވެ . ނާފިލު އަކީ އަހަރެންދެކެ ލޯބިވާ ރަނގަޅު ފިރިއެކެވެ . އަހަރެން ބޭނުންވަނީ ނާފިލު އާއި އެކު އުފާވެރި ދިރިއުޅުމެއް އުޅޭށެވެ .

 

އަރީން ދެކެ އަހަރެން އަދިވެސް ލޯބިވެއެވެ . ނަމަވެސް އަހަންނަށް ޖެހޭނީ އެލޯބި ކަފުންކޮށް ވަޅުލާށެވެ . އަރީން ގެ ހަޔާތުން ފުރުސަތެއް އަހަންނަށް ލިބެން ނެތް ކަން އަހަންނަށް ޔަގީންވެއްޖެއެވެ . އަހަރެން އެދެނީ އަރީން އުފަލުގައި އުޅުމަށެވެ . ތި ހަޔާތުން ޖާގައެއް އަހަންނަށް ނުލިބުނަސް މެއެވެ .

 

 

 

Share Article

Follow Me Written By

ahul

Level 1

Other Articles

Previous

ގުގުރި

Next

ނޭދެމޭ ވަކިވުމެއް-58

Next
May 8, 2021

ނޭދެމޭ ވަކިވުމެއް-58

Previews
May 7, 2021

ގުގުރި

7 Comments!

  1. 🌻LamHaa🌻 LamHaa says:
    May 7, 2021 at 1:28 pm

    Wow Maashallah v v reethi
    Hehe Areen vx dhw..aslah vx e soru ulhey gothey dhw ey.. abadhu vx konmes kuhjeh govaigen.. Naayoo nurohchey dhn.. Naayoo ge life ah thihiree kihaa rangalhu meeheh aiss..Naafil hehe..
    Aslu Naafil ah name change kohlaashey bunee keehvekan neyge dhw ahul akah.. lam heekuree ehn buneema nukuraane kamah change eh
    Lyyysssssssmmmm fhri
    ♥️♥️♥️♥️♥️♥️♥️♥️♥️

  2. ahul says:
    May 7, 2021 at 1:44 pm

    ?Hello readers !? ?Mee ahul mi site ah liyaa furathama stry ? ?So i hope u all will like this story? ? Btw mi stry mee alhugandu ge comedy land ge friend eh kamah vaa nayaa ah haassa kon liyun stry eh? ?. ?So i hope nayoo will read this stry?
    ?Thank you for reading ?
    ?I miss my friends n lysm?
    ?Tc n stay safe?

    1. ahul says:
      May 7, 2021 at 1:54 pm

      Mee i ge first stry kamun mi vhkaiga mistakes huredhaane . Ummedhu kuran kiyun therin mistakes faahaga koh bunedheyne kamah
      Thank you

  3. Nayaa Nayaa says:
    May 7, 2021 at 3:07 pm

    hi ahul dear… awwwn vv happy mii nayaa ah haassa koh liyunu story eh kan enguniima… thnkq darl… but, kihineh mi story nayaa aa connect vanii? i mean, i never faced any of this… ehenve hama ahaalii ingey dear… story vvvvv reethi.. and hama ehaame emotional… thi gohuga kuriyah dhey nayaa ge lwbi lwbi ahul… feeling very proud… one day, u will be a famous author in this site insha allah… i’m with u… ss nd tc
    lyssssssmmm
    mysssssmmm

  4. zahuu says:
    May 7, 2021 at 8:04 pm

    Wow this stry is amazing ??? btw waiting 4 another stry
    Tc n stay safe??

  5. ReeshA CoronA ReeshA CoronA says:
    May 7, 2021 at 8:39 pm

    Heyyy Ahulooooooo…. Sooo surprised.. How are you darlinggg… Ey Aslu thr. Nayaa aa (.. Eesh) ah thr… Kiyaalaafa cmnt eh kohllaanan ngey

    1. ReeshA CoronA ReeshA CoronA says:
      May 8, 2021 at 11:53 am

      Dil wale Nayaaaa ?????????Ahulllllllll lwbiiiii mioh vaahaka eh dhww ??Vvvvv emotional… V majaa vx vi Nayaa aa Areen aa Shihaana ulhey thee… Ekam v dheravi manma niyaavi scene kiyaafa vx proposal scene kiyaafa vx Inna li Allah va Inna ilaihi raajioon.. ????oh goddd… Yeh Nayaa ladki mookh hai… ?Nayaa keehthir kurii… Shihaana kairy nubune Reesh mn kairy ahaa laigen ulhey nama dhw… Mi Areen mn mee (ސައިކޯ) bayekey… Manje kartik dheke lwbi vi nama vx dhww… Ey naafilu v rangalhu thr Nayaa… Naafilu aa eky ufaaveri dhiri ulhumeh ulhey ngey Bas ahaigen… Ahchee… Manje Kon dhuaa eh kuraakah thr Areen ah ufaaveri hayaatheh libeythw… Ma nama dhuaa kuraanee mashah ufaa veri hayaatheh libeythw ?lol

      BTW Ahul lwbii vvvv reethi stry… V emotional.. And roven vx rovunu ??heven vx hevunu… How are you darlinggg…. Vvvv lwbi vey ngey.. Kithah roadha hifihjje thr.. Lam mennah salaam ngey.. Shif ashaa…

Comments are closed.



All Right Reserved!