ކައިރީގައި ހުރެލަން އަދު ބޭނުންވޭ
ކައިރީގައި ހުރެލަން އަދު ބޭނުންވޭ …
ހަވީރުގެ ހިތްގައިމު ވަގުތެވެ .ހުކުރު ދުވަސް ކަމުން ރަށު އަތިރިމަތީގައި އުޅޭ މީހުން އެހެން ދުވަސް ދުވަހާ ބަލާފަ ގިނައެވެ.ޒުވާން ފުރައިގެ އަންހެން ކުދިން އިރު އޮއްސޭ މަންޒަރު ފޯނުގައި ރައްކާ ކުރަމުން ދިޔަ އިރު،އަނެއްބައިމީހުން ދިޔައީ އެމީހުންގެ ލޯބި ލޯބި އާއިލާ އާއި އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރަމުންނެވެ.
ހަމަ އެހެން ކުދިންނެކޭ އެއްފަދައިން ޝާނާ ދިޔައީ އިއްޝާމް އާއި އެކު ހީސަމާސާ ކުރަމުންނެވެ.ޝާނާ އުނދޯލި ހެއްލަމުން ދިޔައިރު އިއްޝާމް ދިޔައީ ޝާނާ ހެއްވުމަށްޓަކައި ތަފާތު ވާހަކަތައް ދައްކަމުންނެވެ.ޝާނާ ވެސް ދިޔައީ އިއްޝާމް ގެ ސަމާސާގައި ބައިވެރި ވަމުންނެވެ.
އިއްޝާމް އަކީ ޝާނާ ގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ.ކުޑައިރުއްސުރެ އެކަކު އަނެކަކު ގެ ގެއަށް އައިސް އުޅުމުގެ ތެރޭގައި މިދެމީހުން އެންމެ ގާތް ދެމީހުންނަށް މިހާރު ވަނީ ވެފައެވެ.
ނަމަވެސް މިހާރު ޝާނާ ގެ ހިތުގައި ވަނީ ގޮތް ނޭނގޭ އިހުސާސެއް އުފެދިފައެވެ.އިއްޝާމް ފެންނަ ކޮންމެ ފަހަރަކު އަތް ފައި ފިނިވެ ހިތުގެ ވިންދު އަވަސް ވެއެވެ.އަބަދުވެސް އިއްޝާމް ކައިރީގައި ހުރުމަށް ހިތް އެދެވެއެވެ.މިކަހަލަ ގޮތްތަކެއް ވާތާ މިހާރު ދުވަސް ކޮޅެއް ވެއްޖެއެވެ.ނަމަވެސް ޝާނާ އަކަށް މީ ކޮންކަހަލަ އިހުސާސެއް ކަމެއް ނޭނގެއެވެ.
# # # # # # # # # # # # #
ބާރަށް ހެނެމުން ދިޔަ ޝާނާ އަށް ހުއްޓެވުނީ ބިންމަތީހައި ފައްތާލައިގެން އިން އިއްޝާމް ގެ ކަތި ނަޒަރު އޭނާއަށް އަމާޒު ވެފަ ހުރި ކަމުގެ އިހުސާސް ކުރެވިގެންނެވެ.އޭނާ ބަލާލި އިރު އިއްޝާމް ހުރީ ހަމަ ސީދާ އޭނާއަށް ބަލަހައްޓައިގެންނެވެ.
އިއްޝާމް އަށް ހަމަ ހޭވެރިކަން ވީ ޝާނާ ގެ ހުނުން ހުއްޓުމުންނެވެ.އޭރު ޝާނާ ގެ މޫނަށް ވަނީ ޖަންބު ކުލަ އަރާފައެވެ.އެހެންކަމުން އޭނާ ބޭނުންވީ ޝާނާ އިތުރަށް ލަދު ގަންނަވާލާށެވެ.އެކަން ކާމިޔާބު ވެސް ވިއެވެ.”އޭތް ކޮން ކުއްޖެއް ތަ މި ބްލަޝް ވަނީ މާ ވަރަކަށް..ހާދަ ކިއުޓް އޭ އެކުއްޖާ ބްލަޝް ވީމަ”ޝާނާ ގެ މޫނު ގައި ފިރުމާލަމުން އިއްޝާމް ބުނެލިއިރު ޝާނާ އިނީ ލަދުން މަލެއް ހެން މޯޅިވެފައެވެ.
ޝާނާ އަށް އެތާ އިންނަން ނުކެރުމުން އިނދޯލިން ތެދުވެ ގެއަށް ދިއުމަށް ދުއްވައިގަތެވެ.އިއްޝާމް ވެސް ހެމުން ހެމުން ޝާނާ ފަހަތުން ދިޔައެވެ.
ދުވަސްތައް މާޒީއާއި އެކުވެގެން ގޮސް މަހެއް ފާއިތުވެގެން ގޮއްސިއެވެ .ޝާނާ އާއި އިއްޝާާމް ކޮންމެ ދުވަހަކު ހެން އަތިރިމައްޗަށް ދެއެވެ.ދެ މީހުން ވެސް އެމީހެއްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެކަކު އަނެކަކަށް ހިއްސާ ކުރަމުންދެއެވެ.މީން ކޮންމެ ދުވަހަކު ވެސް އެކަކު އަނެކަކަށް ޓަކައި ދެމީހުން ގެ ހިތުގަ ވީ ލޯބި އިތުރުވެ ދެމީހުން ގެ މެދުގައި ވީ ގުޅުން ވަރުގަދަވެގެން ދެއެވެ.
އާދައިގެ މަތިން ޝާނާ އާއި އިއްޝާާމް އިނީ އަތިރިމަތީގައި ވާހަކަ ދައްކާށެވެ.އިރު އިރު ކޮޅާ ޝާނާ އާއި އިއްޚ ޖަހާލާ ހިނިގަނޑުން އެމީހުން އެދައްކަނީ ކޮންމެވެސް މަޖާ ވާހަކަ އެއްކަން އިނގެއެވެ.އެގޮތަށް ވާހަކަ ދައްކަމުން ގޮސް ޝާނާ އިއްޝާމް ކައިރީގައި ލޯތްބަކީ ކޯއްޗެއްކަން އެހިއެވެ.އެ ހިނދު އިއްޝާމް ދިޔައީ ސިއްސައިގެންނެވެ.ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ލޯތްބަކީ ކޯއްޗެއްކަން ކިޔައިދޭން ފެށިއެވެ.
“ހެހެ ލޯބި ދޯ .. ލޯތްބަކީ މީހެއްގެ ހިތުގައި އެހެން މީހަކާއި މެދު އުފެދޭ އިހުސާސް އެއް.ލޯބި ވުމުން ކޮންމެ މީހަކު ވެސް ހިތް އެދޭނީ ތިމާ އެންމެ ލޯބިވާ މީހަކު ކައިރީގައި ހުންނަން.އޭނަ ފެންނަ ކޮންމެ ފަހަރަކު ވެސް އަތް ފައި ފިނިވެ ހިތުގެ ވިންދު އަވަސްވާނެ.މީހުން ބުނާތީ އަޑު އަހަން ލޯތްބަކީ އެއްބައި ފަހަރު ފޮނި އަނެއް ބައި ފަހަރު ހިތި އެއްޗެކޭ”އިއްޝާމް މިހުރިހާ އެއްޗެއް ކީއިރު ދެމިހުންގެ ހަތަރު ކަޅި ވަނީ ބައްދަލު ވެފައެވެ.އިއްޝާމް ގެ ދުލުން ދެންމެ އެ ކިޔާދިނީ
އިއްޝާމް އަށްޓަކައި ޝާނާ ގެ ހިތުގައި ވީ އިހުސާސް އެވެ.އެހެން ވީއިރު އެއީ ލޯބި ހެއްޔެ ؟ ޝާނާ ގެ ހިތުގައި އިއްޝާމް އަށްޓަކައި ވީ އިހުސާސް އަކީ ލޯބި ހެއްޔެ ؟ އެހެން ނުވާނެއެވެ . ޝާނާ އަށް ދެފަރާތަށް ބޯ ހުރާ ލެވުނެވެ .
“ކިހިނެއް ވީ”އިއްޝާމް އަހާލީ ޝާނާ ބޯހޫރާލުމުންނެވެ.މިއޮށް ހުރިހާ އިރު އިއްޝާމް ދިޔައީ ޝާނާ ގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ދިރާސާ ކުރަމުންނެވެ.
ގެއަށް ގޮސް ވެސް ޝާނާ އަށް ވިސްނެނީ މިއަދު އިއްޝާމް ލޯބި މާނަ ކޮއްދިން ގޮތާ ދޭތެރޭގައެވެ.ޝާނާ ގެ ހިތުގައި ވީ އެއްޗެއް އެހާ ސިދާ ކޮން ބުނަން އެނގޭނީ ކޮންމެސް ކަމެއް ވެގެން ނޫން ހެއްޔެ؟ހަގީގަތުގައި ވެސް ޝާނާ އަށް އިއްޝާމް ދެކެ ލޯބިވެވިއްޖެއެވެ.އެކަން ގަބޫލު ކުރަން ބޭނުން ނުވިޔަސް ޖެހޭނީ ގަބޫލު ކުރާށެވެ.ނަމަވެސް މިކަން ޖެހޭނީ އިއްޝާމް ކައިރީގައި ނުބުނެ ސިއްރު ކުރާށެވެ.ޝާނާ އާއި އިއްޝާާމް ގެ ދެމެދުގައި ވި ދުވަސްވީ އެކުވެރި ކަމަށް ޓަކައެވެ.
ޝާނާ އެކޭ އެއްފަދައިން އިއްޝާމް އަށް ވެސް ވިސްނެނީ މިއަދު ވީ ކަންތަކާ މެދު އެވެ.ޝާނާ އޭނާ ކައިރީގައި ލޯތްބަކީ ކޯއްޗެއްކަން އެހީ ކީއްވެ ބާއެވެ.ޝާނާ އަށް އަނެއްކާ މީހަކު ދެކެ ލޯބި ވެވުނީ ހެއްޔެ؟އޭނާ ލޯތްބަކީ ކޯއްޗެއްކަން އަހާނީ އެހެން ވީމައެއް ނޫން ހެއްޔެ؟އިއްޝާމް އެޔޮއްވަރުން ޝާނާ ކައިރީގައި މިހުރިހާ އެއްޗެއް އަހަން އުޅެނިކޮން ފިލީ ވިއްޔާއެވެ.އިއްޝާމް ނިދަން އޮށޯތީ އެ ސުވާލު ތައް ކުރަން އަޒުމް ކަނޑައަޅައިގެންނެވެ.
# # # # # # # # # # # # # #
ޖެހިގެން އައި ދުވަހު ޝާނާ ނިންމީ އިއްޝާމް އާއި އެކު އުޅޭ ވަގުތު މަދު ކޮށް އޭނަ އާއި ވީހާވެސް ދުރުން އުޅޭށެވެ.އެހެން ނޫނީ އޭނާ އަށް ހުރިހާ ވާހަކަތަކެއް އިއްޝާމް އަށް ކިޔާދެވި ދާނެއެވެ.އޭނާ އިއްޝާމް ދެކެ ލޯބި ވާކަން އިއްޝާމް އަށް އެނގޭ ދުވަހަކީ މި އެކުވެރި ކަމުގައި ސިއްކަ ޖެހޭނޭ ދުވަހަކަށް ވެސް ވެދާނެއެވެ.އެކަހަލަ ކަމެއް މެދުވެރި ވާނެ ކަމެއް ޝާނާ ހަމަ ހޭގައި ހުރެ ނުކުރާނެއެވެ.
ހިޔާލު ތަކުގައި އިން ޝާނާ ސިހިގެން ދިޔައީ އެނދުގައި އޮތް ފޯނު ރިންގު ވުމުންނެވެެ.އަރާފާ އިން އިއްޝާމް ގެ ނަން ފެނި އޭނާއަށް ދެލޯ މަރާ ލެވުނީ އެއްވެސް އިހްތިޔާރެއް ނެތިއެވެ.އޭނާ ޝާނާ ގެ ފޯނަށް މިއަދު އެގުޅަނީ ހަވަނަ ފަހަރުއެވެ.ނަމަވެސް ޝާނާ ފޯނު ނުނަގާ އިނީ ފޯނު ނަގާފިއްޔާ ކުރީދުވަހު އޭނާ ލޯތްބަކީ ކޯއްޗެއްކަން އެހީ ކީއްވެ ގެން ކަން އަހާފާނެތީއެވެ.
* * * * * * * * * * * * * *
ދުވަސްތައް އޭގެ ހަލުވި މިނުގައި މާޒީއާއި އެކުވެގެން ގޮސް ހަފްތާ އެއް ވީއިރުވެސް ޝާނާ ގެ ފޯނަށް އަންނަ އިއްޝާމް ގެ ކޯލް ތަކަށް ބަދަލެއް ނާދެއެވެ.ބަދަލެއް އައިއްޔާ ވީ އިތުރެވެ.އިއްޝާމް ޝާނާ އާއި ބައްދަލު ކުރަން ބޭނުންވެފަ ހުރި ވަރު އޭނާ ޝާނާ އަށް ކުރާ މެސެޖް ތަކުން އެނގެއެވެ.އެކަމަކު އިއްޝާމް ޝާނާ ގެ ގެއަށް އޭނާ އާއި ބައްދަލު ކުރަން ނާންނަނީ ކީއްވެ ހެއްޔެ؟މީ އޭނާގެ ހިތުގައި ވީ އެންމެ ޖަވާބު ބޭނުންވާ އެއް ސުވާލެވެ.އިއްޝާމް އެގެއަށް ނާންނާތީ ޝާނާ ގެ މަންމަ ނަޒުލާ އެ ޝަކުވާ ކޮއްފިއެވެ.ނަމަވެސް ޝާނާ އަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ.އިއްޝާމް އުޅެނީ ބިޒީ ވެގެންނޭ ވެސް ބުނެވޭކަށް ނެތެވެ.އެއީ އިއްޝާމް ކިތަންމެ ބިޒީކޮށް އުޅުނަސް ދުވާލަކު އެއްފަހަރު އެގެ އަށް އަންނާނެ ވިއްޔާއެވެ.
އަރައިގެން އައި އިރާއެކު ޝާނާ އާއި ޝާނާ ގެ މަންމަ ގޭތެރޭ ފޮޅާ ސާފު ކުރުމުގައި އަވަދިނެތި އުޅެމުން ދިޔައިރު ޝާނާ ގެ ކޮއްކޮ ޝަނުމް އާއި އޭނާގެ ބައްޕަ،ހާޝިމް ދިޔައީ އޭނާގެ ބަގީގެ އެހީގައި ގޭގައި ހުންނަ ކުނިތައް އުކާލާށެވެ.އެއްބައި ކުނިތައް އުކާލުމަށް ފަހު ބާކީ ހުރި ކުނިތައް ބަލާ ގެއަށް އައި މަގުމަތީގައި އިއްޝާމް ފެނި ހާޝިމް އޭނާ އަށް ގޮވުމަށްފަހު،ހާޝިމް އާއި އެކު ކުނި ތައް އުކާލުމުގައި އެހީވެ ދިނުމަށް އެދުނެވެ.އިއްޝާމް ވެސް ހާޝިމް ބުނުމުން އިންކާރުކުރާކަށް ނުކެރުނެވެ.އެހެންކަމުން ބަގީގެ ފަހަތަށް އަރާ ޝާނާ މެން ގޭގައި ހުރި ބާކީ ކުނި ކޮޅު ބަލާ ދިޔައެވެ.
ލާފާއި ހުރި އެއްޗެހި ބާ ކޮއްގެން މޫދަށް ދާން އިއްޝާމް ނުކުތީ މޫދަށް ނުދާތާ ގިނަ ދުވަސް ވުމުންނެވެ.ނަމަވެސް ހާޝިމް ކަމަކު އެދުމުން އޭނާ އާން އެކޭ ބުނީ ކިތަންމެ މޫދަށް ދާން ބޭނުން ވެފަ ހުށްޓަސް ހާޝިމް ގެ އެދުމަކަށް ނޫނެކޭ ބުނަން ނުކެރުމުންނެވެ.އޭނާ ހާޝިމް އަށް އަބަދުވެސް އިހުތިރާމް ކުރެއެވެ.އަދި އަމުދުން ޝާނާ ގެ ބައްޕަ ވީމައެވެ.
ޝާނާ މެން ގެއަށް ދެވުމާއެކު އިއްޝާމް، ހާޝިމް އާއި ޝަނުމް އާއި އެކު ކުނި ތައް އެރުވިއެވެ.އެގެއަށް ވަދެ އުޅުމުގެ ތެރޭގައި އިއްޝާމް އަށް އެގޭތެރެއަށް ދިޔައީ ބެލެމުންނެވެ.އެކަން ޝަނުމް އަށް ފާހަގަ ވި ކަންނޭނގެ އެވެ .” ޝަމްބެ ކޮންތާކަށް ތި ބަލަނީ ؟ ދޮންތި ވީ ބަދިގޭގަ”ޝަނުމް އެހެން ބުނުމުން އިއްޝާމް ރަކިވީ އެއެއް މިޔެއް ބަލާފަ އެއްނޫނެވެ.ހާޝިމް ވެސް ހީލި އަޑު އިވުމުން އިތުރަށް ލަދު ގަތެވެ.”ހެހެ ދޮންތި އެއް ނޫން މި ހޯދަނީ .. އެހެން މީހެއް ހުރި ތޯ މި ބަލަނީ”އިއްޝާމް އަށް ބުނެވުނު އެތި ވެސް ރެއަކާލީ ހާޝިމް އާއި ޝަނުމް އެއްފަހަރާ ހީނގަތުމުންނެވެ.”އާން މީ .. އަސްލު ބުނަން އުޅުނީ އެހެން ތާކު ކުނި ހުރި ތޯ ބެލި ވާހަކަ”އިއްޝާމް އަވަސް އަވަހަށް ބުނުމަށް ފަހު ބަގީ އަށް އަރާ ދާން ހިނގާށޭ ބުނެލިއެވެ .”އިއްޝާމް ބެ އަކަށް ނޭނގޭތަ އެތާ ދޮރު ކައިރިއަށް ކުނިތަށް ގެނެސް ހުރި ކަމެއް “ޝަނުމް އެހެން ބުނުމުން ހާޝިމް ހިނި ގަނޑެއް ޖަހާލުމަށްފަހު އިއްޝާމް ބެ ރަކި ނުކުރާށޭ ބުންޏެވެ.
ކުނިތައް އުކާލުމަށް ފަހު ހާޝިމް އެގެއަށް ގޮސް ސައި ބޮން އަންނަން ބުނުމުން އިއްޝާމް ބުނީ ހަމަ ދެންމެ ސައި ބޮއެފިން ކަމަށާ މިހާރު މިދަނީ މޫދަށް ކަމަށެވެ.އެހެން ބުނުމުން ޝަނުމް ވެސް ފޯރި އަރާފާ އިއްޝާމް ބެ އާާއި އެއްކޮށް މޫދަށް ދާނަމޭ ބުނުމުން އިއްޝާމް މޫދަށް ދިޔަ އިރު ދިޔައީ ޝަނުމް ވެސް ގޮވައިގެންނެވެ.
* * * * * * * * * * * * * *
ނަޒުލާ ބުނެގެން ފިހާރައަށް ދާން ނުކުތް ޝާނާ މީހެއްގެ ގައިގާ ޖެހި ވެއްޓުނީ ސީދާ އެމީހެއްގެ ފައި ދޮށަށެވެ.ވެއްޓުނު ގޮތަކުން ފަޔަށް އެރި ތަދާއި އެކު ޝާނާ އަށް ހަޅޭނަގައި ގަނެވުނެވެ.
އިއްޝާމް ގެއަށް އައީ ޝަނުމް ގެއަށް ދާން ބޭނުންވާ ވާހަކަ ބުނުމުނެވެ.އޭރު ގަޑިން އެގާރަ ޖެހީއެވެ.ޝަނުމް ގެއަށް ލުމަށްޓަކައި އިއްޝާމް ދިޔައީ އެގެއަށެވެ.ޝަނުމް މެން ގޭ ދޮރު ހުޅުވާލަން އުޅެނިކޮށް މީހަކު އޭނާގައިގާ ޖެހި ވެއްޓުން ހެން ހީވެ ތިރި ބަލާލަން އުޅެނިކޮށް ޝާނާ ގެ ވޭނީ ހަޅޭކުގެ އަޑު އިވުމުން އިއްޝާމް ގެ ގައިގަ ހުރި ލޯލި ތަށް ކޮޅަށް ޖެހުނެވެ.އޭރު ޝަނުމް އަތް ޖަހަޖަހާފަ ހެނީއެވެ.އިއްޝާމްގާތަށް ހިނި އައި ނަމަވެސް ހިނި ގަނގު ހިންދާލަމުން ތިރި ވެ ޝާނާ ގާތުގައި ތަދުވީ ކޮންތާކަށް ތޯ އެހިއެވެ.އޭރު އޭނާގެ މޫނު މަތިން ފެންނަމުން ދިޔައީ ހާސް ކަމެވެ.
ބިނދި ބިނދިފައި ހެމުން ދިޔަ ޝަނުމް ކައިރީގައި ފަސްޓް އެއިޑް ބޮކްސް ގެނެސްދިނުމަށް ބުނުމުން ދުވެފަ ގޮސް މިނެޓެއް ނުވަނީސް އައީ ޝާނާ ގެންގުޅޭ މޭކަޕް ސެޓު ހިފައިގެނެވެ.އިއްޝާމް ހިފަހައްޓަން އުޅުން ހިނިގަނޑު ދިޔައީ ފަޅައިގެނެވެ.ފަޔަށް ތަދުވެފައި އިން ޝާނާ އަށްވެސް އެވަގުތު ނުހީ ނީނދެވުނެވެ.” ޕިސް ޕިސް ޕިސް ސާބަސް ޝަނުމް އަށް ، ތީ ފަސްޓް އެއިޑް ބޮކްސް އެއް ނޫނޭ .. މި އިއްޝާމް ގަނޑު ވެސް އެބަ ހެއެއްނު”ތުން ހަދާލާފައި ޝާނާ ބުނިލޭ ލޯބި ކަމުން އިއްޝާމް އަށް އިނދެވުނީ ޝާނާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.” ދެންން .. އިއްޝާމޫ ބަލާބަ މީހުން އެބަ ބަލައޭ ވަރަށް”ޝާނާ އަށް މީހުންގެ ބެލުން ތަކުން އުނދަގޫ ވެގެން އެންމެ ފަހުން ބުނެލިއެވެ.އިއްޝާމް އަވަސް އަވަހަށް ޝާނާ ގޮވައިގެން އެތެރެއަށް ވަދެ ނަޒުލާ ކައިރީގައި އަހައިގެން ފަސްޓް އެއިޑް ބޮކްސް ހޯދުމަށްފަހު ޝާނާ ގެ ފައިން މަށައިގެން ގޮއްސަ އިން ހިސާބުގައި މަޑުމަޑުން ބޭސް ހާކަމުންދިޔައެވެ.އޭނާގެ އަތުން ޝާނާ ގެ ފައި މަސާޖު ކުރަމުން ދިޔައިރު ޝާނާ ގެ އެސްފިޔަ ތަކަށް ދިޔައީ ބަރު ވަމުންނެވެ.
ޝާނާ ގެ މައުސޫމް މޫނަށް ގެއްލިފައި އިން އިއްޝާމް ސިހުނީ މޫނުމަތީގައި ތެތް އެއްޗެއް ހޭކުނު ކަމުގެ އިހުސާސް ކުރެވުމުންނެވެ.އޭރު ޝަނުމް ފެންވަރައިގެން ނުކުމެ ނަޒުލާ އަށް ގޮވަނީއެވެ.ނަޒުލާ އަންނަން ވާއިރަށް އިއްޝާމް ގެއަށް ދާން ބޭނުންވި އެވެ.ނަމަވެސް ޝާނާ ކައިރީގައި އޭނަ ބުނަން ޖެހޭ ވާހަކަ އެއް އެބަ އޮތެވެ.އޭނާ މިއަދު ގެއަށް ދާން ބޭނުންވަނީ އެ ވާހަކަ ބުނެފައެވެ.ކިތަންމެ ބޭނުން ނުވިޔަސް ލޯބިކޮށް ނިދާލާފައި އޮތް ޝާނާ އަށް ގޮވީ އެވާހަކަ ބުނަން ބޭނުން ވެފައި ވާލޭ ބޮޑުކަމުންނެވެ.ޝާނާ އަށް ގޮވާލުމާއި އެކު އޭނާ ކުއްލިއަކަށް ތެދުވުމުން އިއްޝާމް ވެސް ދިޔައީ ސިއްސައިގެންނެވެ.އިއްޝާމް ހީލުމަށްފަހު ވަރަށް ބޮޑު ވާހަކަ އެއް ބުނަން އެބައޮތް ކަމަށް ބުނުމުން ޝާނާ ގެ ނިދި ވެސް ފިލައިގެން ދިޔައެވެ.އިއްޝާމް ދައްކަން އެއުޅެނީ ކޮން ވާހަކަ އެއްކަން އޭނަ އަށް ރެއަކާލިއެވެ.އެހެންކަމުން ޝާނާ އެބަ އަންނަން ކަމަށް ބުނެ ދާން އުޅުނެވެ.ނަމަވެސް ޝާނާ ދާން އުޅެނިކޮށް އިއްޝާމް ޝާނާ ގެ އަތުގައި ހިފާ ގަޔާ ދިމާއަށް ކުއްލިއަކަށް ދަމައިގަތުމުން ޝާނާ ގޮސް ޖެހުނީ އިއްޝާމް ގެ ތަނަވަސް މޭ މަތީގައެވެ.”ވަރަށް ގިނަ ދުވަހު ފިލައިގެން އުޅެވިއްޖެ އެއްނު ދޯ.އެކަމް ދެން ނުވާނެ.މިރޭ ނުވައެއް ޖަހާއިރު އަތިރިމަތީގައި ހުންނަ ޖޯލިފަތި ތަށް ހުންނަ ތަނަށް އިނގޭ.ނާކޮ އަޔަސް ނަޔަސް އަހަރެން އިންތިޒާރު ކުރާނަން.ބާއި”އިއްޝާމް ޝާނާ ގެ އަތުން ދޫކޮށްލީ އޭނާ ބުނަން ބޭނުން ވާ އެއްޗެއް ބުނެފައެވެ.އިރުކޮޅަކުން ނަޒުލާ އަންނަ އަޑު އިވިގެން ޝާނާ އަށް ދިމާލަށް ބަލައިލާ އެއްލޯ މަރަލުމަށް ފަހު އިއްޝާމް ދާން ހިނގައިގަތެވެ.އޭރު ގަޑިން ބާރަ ޖަހަން އުޅޭތީ ހުކުރަށް ދާން ތައްޔާރު ވާންށާ އެއްކޮންނެވެ.
# # # # # # # # # # # # # # #
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.އިއްޝާމް އިނީ އަތިރިމަތީގެ ހުދު ދޮންވެލި މަތީގައި ފައްތާލައިގެނެވެ.އިރު އިރު ކޮޅާ ގަޑި ބަލައިލާ ގޮތުން މީހަކަށް އިންތިޒާރު ކުރަނީކަން އެނގެ އެވެ.އާންއެކެވެ.އޭނާ އެއިނީ ޝާނާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.ޝާނާ އަންނާނެ ކަމުގެ ޔަގީން ކަން ނެތް ނަމަވެސް އޭނާ އަށް އިންތިޒާރު ކުރެވެމުން ދިޔައެވެ.އޭނާގެ ހިތުގައި ޝާނާ އަންނާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުންމީދެއް އެބައޮތެވެ.ނަމަވެސް އޭނާ ގެ ކުޑަ ކުޑަ އުންމީދުގެ ހުޅުކޮޅު ވެސް ނިވުނީ ދިހައެއް ޖެހި އިރު ވެސް ޝާނާ ނައުމުންނެވެ.
* * * * * * * * * * * * * * * *
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝާނާ ހިތް ވަނީ އަވަސް ވެފައެވެ.އަށެއް ޖެހި އިރުއް ސިރެ އޭނާ ވިސްނަމުން ދިޔައީ އިއްޝާމް ބުނި ތަނަށް ދާނަން ތޯ ނޫނީ ނުދާނަން ތޯ އެވެ.ނަމަވެސް ނުވައެއް ޖަހާ ދިހައެއް ޖަހަން ދިޔަ އިރު ވެސް އޭނާއަށް އެއްވެސް ނިންމުމެއް ނުނިންމުނެވެ.
އިރު ކޮޅަކު ވިސްނަން އިނދެފައި ޝާނާ ނިންމީ އިއްޝާމް ބުނި ތަނަށް ދިއުމަށެވެ.ކޮންމެ ގޮތެއް ވިޔަސް ވަރި ހަމަ ކަމަށެވެ.
* * * * * * * * * * * * * *
ޝާނާ ނައުމުން ގެއަށް ދާން އިއްޝާމް ތެދުވެ ވެލި ފޮޅާލިއެވެ.އޭރު އިއްޝާމް ގެ މޫނު މަތިން މާޔޫސް ކަން ފާޅުވާން ހުއްޓެވެ.އިރުކޮޅެއް ނުވެ އިއްޝާމް ގެ މޫނު މަތި އުޖާލާ ވީ މާދުރުނޫން ހިސާބަކުން ދުވެފަ އަންނަ ޝާނާ ފެނިފައެވެ.ލައިގެން ހުރި ކަޅު ކުލައިގެ އަބާޔާއި އެކު ހަމަ އެކުލައިގެ ޝޯލް އަޅާފައި ވުމުން، ޝާނާ އާއި ނުހަނު ގުޅެއެވެ.މޫނުމަތީގައި އެއްވެސް މޭކަޕެއް ނުކޮށް ހުރުމުން ވަރަށް ވެސް ރިއްޗެވެ.މިރޭ ޝާނާ އެހެން ރޭރެއާ ހިލާފަށް ތަފާތު ހެން ވެސް އިއްޝާމް އަށް ހީވިއެވެ.އިއްޝާމް އަށް ހުރެވުނީ ޝާނާ އަށް ބަލަންށެވެ.ޝާނާ އަށް އެބެލުމުން އުނދަގޫ ވީ ކަންނޭނގެއެވެ.އޭނާ އިސްދަށަށް ޖަހާލި އިރު އެ މޫނު މަތިގައި ރީތި ހިނިތުން ވުމެއް ވިއެވެ.އިއްޝާމް އަށް ނުހުރެވިގެން އެންމެ ފަހުން ގޮސް ޝާނާ ގައިގާ ބައްދާލިއެވެ.”އައި ލަވް ޔޫ ނާކޮ..އައި ލަވް ޔޫ”އިއްޝާމް އެންމެ ފަހުން އޭނާގެ ހިތުގެ އުދާސް ތައް ބޭރު ކޮއްލިއެވެ.
އިއްޝާމް ކުއްލިއަކަށް އައިސް ބައްދާލުމަށް ފަހު ލޯބިވާ ވާަހަކަ ބުނުމުން ޝާނާ އަށް ލިބުނީ ކުޑަ ވަރެއްގެ ޝޮކެކެވެ.އޭނާ ހިއްކުރީ އެއި ހުވަފެނެއް ކަމަށެވެ.ނަމަވެސް އެއީ ހުވަފެނެއް ނޫން ކަން އެނގުނީ އިއްޝާމް ދެވަނަ ފަހަރަށް ވެސް އެހެން ބުނުމުނެވެ.”އަދި އެއްފަހަރު ބުނެބަލަ..އަދި އެއްފަހަރު” ޝާނާ އިއްޝާމް އާ ކުޑަކޮން ދުރު ވެލުމަށްފަހު އެހެން ބުނެލީ އިއްޝާމް ގެ އަޑުން ޝާނާދެކެ ލޯބިވާ ވާހަކަ ބުނާ އަޑު އަހާލަން އެހިތް ބޭގަރާރު ވެފައި ވާލޭ ބޮޑުކަމުންނެވެ.”އައި ލަވް ޔޫ ނާކޮ.. އަހަރެން ނާކޮ ދެކެ ވަރަށް ލޯބިވޭ.. އަހަރެން މިވާހަކަ ބުނަން އުޅޭތާ ކިތަންމެ ދުވަހެއް ! އެކަމަކު ނާކޮ އަހަންނަކަށް އެފުރުސަތެއް ނޫދޭ” “އިއްޝާމް،އިއްޝާމް އަކަށް ނޭނގޭނެ އަހަރެން އިއްޝާމް ދެކެ ލޯބިވާ ވަރެއް.އަހަރެން ތި އަޑުން ލޯބިވެޔޭ ބުނާ އަޑު އަހާލާ ހިތުން ހުންނަތާ ކޮން ދުވަހެއް” ޝާނާ އާއި އިއްޝާާމް އެކަކު އަނެކަކު ގެ ދެ ލޮލަށް ގެއްލިފައި ހުރެ އެދެމީހުން ގެ ހިތުގަވާ އުދާސް ތައް ބޭރު ކުރަމުން ދިޔަ އިރު ދެމީހުންގެ ލޮލުން ވެސް ދިޔައީ އުފާވެރި ކަމުގެ ކަރުނަ ފައިބަމުންނެވެ.”ދެން ކީއްވެ؟ކީއްވެ އަހަންނަށް އެފުރުސަތު ނުދިނީ؟އަހަރެން ނާކޮ ގެ ފޯނަށް ކިތައް ފަހަރު ގުޅިން؟” “އަހަރެން ހިތްކުރީ އިއްޝާމް އަހަރެން ދެކެ ލޯތްބެއް ނުވޭ ކަމަށް ،އަހަރެން އިއްޝާމް ކައިރީގައި އަހަރެން އިއްޝާމް ދެކެ ލޯބިވާ ވާހަކަ ބުނެފިއްޔާ މި އެކުވެރި ކަމަށް ބުރޫ އަރާނެ ކަމަށް” “ހެހެހެހެ ނާކޮ ވެސް ދައްކާ ވާހަކަ،މަ ނާކޮ ދެކެ އެހާ ލޯބިވާ އިރު،ނާކޮ އެވާހަކަ ބުނީމަ ކީއްވެ އެކުވެރި ކަމަށް ބުރޫ އަރަން ވީ،ނާކޮ އަހަރެން ދެކެ ލޯބިވާ ވާހަކަ ނުނިނަމަ މި އެކުވެރިކަން އެހެން ހަރުފަތަކަށްނު އަރާނީ.ބައި ދަ ވޭ މިރޭ މީ އަހަރެންގެ ހަޔާތުގަ އައި އެންމެ އުފާވެރި ދުވަސް.މި އުފާވެރި ކަން ސެލެބްރޭޓް ކުރަން ވާނެއްނު”އެހެން ބުނެ ލުމަށްފަހު އިއްޝާމް، ޝާނާ ވައިގެ ތެރެއަށް އުފުއްލާ ލުމަށްފަހު އެނބުރެލިއެވެ.ދެން އިވުނީ ޝާނާ ގެ ހުނުމުގެ އަޑެވެ.
މިރެއަކީ އިއްޝާމް އަދި ޝާނާ ގެ ހަޔާތަށް ބަހާރު މޫސުން ގެނުވި ރެއެކެވެ.ދެ ހިތުން ވެސް ކިޔަމުން ދިޔައީ
އެކައްޗެކެވެ.އެއް ލަވަ އެކެވެ.ޝާނާ އާއި އިއްޝާާމް ވެސް ދެމީހުން ދިރިއުޅުމައިގެން ކުރިއަށް ދިޔައެވެ.އަބަދުވެސް ކައިރީގައި ހުންނަން ބޭނުންވާ ހާލުގައެވެ.
ނިމުނީ
2 Comments!
Comments are closed.

Hello readers
Here is another story
Hope you all will like it
And mi stry Ahul ge emme emme loabivaa loabivaa lammm ah haassa koh liyunu stry
Ummeedhu kuran lam ah stry kamudhaane kamah
You all plx leave a comment here and lam vx ingey cmmnteh kohlaathi
Dhn nubunyas ingey mi vhk lampuri kiyaane kan
Okkkkk
Ok guys myyyyssssmm lllyyysss
Tc n ss
Loabi loabi fhri♥️♥️♥️?
Kurin vx buni dhw mi stry nukiyaanamey olhigen vx? ehnve e gothuga adhi vx mihuree???? adhi kiriyaa mi balalilee vx.. reply eh dhinas nukiyan ingey enme thankolheh vx? nan vx balaanulaanan..?kuriah othy ingey fahari???? ingeynu dhw dhn lam vehjehyaa maa…… Ready vgen hunnaathi..??? dhn enme fahun vx bunelaanee no ey..????????? kuriah othy ey fhri enme ufaa vaane habaru???
Lyyysssmm ♥️♥️♥️loabi loabi fhri♥️♥️♥️
Tc n stay safe..