ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ރެޔެކެވެ. އަހަރެން ދިޔައީ ފްރެންޑެއް ބުނެގެން އޭނަ ބަލާ ޓަރމިނަލް އަށެވެ. ރާއި އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ވެހޭހައި ވާރެއަކާ ދޭހައި އައްވަކަށް ރާއި ބުނެފިއްޔާ އަހަންނެއް ނުބަލަމެވެ. ރާއި ނަގައިގެން އަހަރެންގެ ސައިކަލުގައި ދެންދިޔައީ ކޮފީއެއް ބޯންށެވެ. އަތިރިމަތީގައި ހުރި ކޮފީ ޝޮޕަކައް އަރައި ބެލްކަނީއާ ޖެހިގެންހުރި މޭޒެއްގައި ޖައްސައިފީމެވެ. “ކޮބާ ބްރޯ؟ އިންޑިއާގެ ހުރުން ކިހިނެތް؟” އަހަރެން ރާއި އާއި ސުވާލު ކޮއްލީމެވެ. “ރަނގަޅު. ގޯހެއްނޫން. […]