އައި.ސީ.ޔޫ ގެ ބޭރުގައި ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އިޝާން ގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ރަވާހު އޭނާގެ ކޮނޑުގައި އަތް އަޅާލުމުންނެވެ. “އިށީންނަން ވީނު؟” އޭނާގެ ސުވާލަށް ޖަވާބެއް ދިނުމުގެ ގޮތުން އިޝާން ދެފަރާތައް ބޯހޫރާލިއެވެ. “ނޫން.. އަހަންނަށް ހަމަޖެހިގެން ހުރެވޭނީ ޑޮކްޓަރުގެ ހަބަރެއް ވުމުން..” “އިރުކޮޅަކަށް އިށީނދޭ.. މާތް ﷲގެ އިރާދަފުޅުން ހުރިހާ ކަމެއް ރަނގަޅު ވާނެ..” ނުރުހިފައި ހުރެ ރަވާހު ވާހަކަ ދެއްކިއެވެ. އެކުވެރިޔާގެ ހާސްވެފައިވާ ހާލު ފެނި ރަވާހު ހުރީ […]
އާ ދުވަހަކަށް މަރުހަބާ ކިޔަމުން އިރުގެ ރަން ދޯދިތައް ދުނިޔޭގެ ޖައްވު އަލިކޮއްލީ އެއްމެންގެ ހިތްތައްވެސް އުއްމީދުތަކުން ފުރާލަމުންނެވެ. ގަސްތަކުގެ ފަތްތަކުން ފުރޭނިގެން ދުނިޔެ މަތި އަލި ކުރަމުން ދިޔަ އިރުގެ ދޯދިތައް ފެނުނު ކޮންމެ މީހެއްގެ ހިތަށް ހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދެމުންނެވެ. އާ އުއްމީދުތަކާއި އެކު އާއަހަރު ފެށުމުގެ ނިޔަތުގައި ހދ. ހަނިމާދޫގެ ރައްޔިތުން ދިޔައީ އެރޭ ބާއްވަން ހަމަޖެހިފައިވި ޝޯވގެ ތައްޔާރީތައް ވަރަށް ހީވާގި ކަމާއި ޝައުގުވެރި ކަމާއެކު ކުރަމުންނެވެ. ވަށައިގެން ނަޒަރު […]