Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 30

Najdha Level 210 Stories100 Login
May 29, 2021 4 Mins Read
0 Comments

އޮޕަރޭޝަން ނިމުނުކަން އެންގީ އިރުއޮއްސި ހައެއް ޖަހަނިކޮންނެވެ. އޮޕަރޭޝަން ކާމިޔާބުކަމާއި ނަމަވެސް އުންމީދު ކުރިވަރަށްވުރެށް ވުރެ އުނދަގޫވިކަމުގައި ޑޮކްޓަރު މަޢުލޫމާތު ދެއްވިއެވެ. އިތުރަށް އެއްޗެއް ބުނަން އެނގޭނީ ހޭ އެރުމުންކަމުގައި މައުލޫމާތުދިނެވެ. އަދި އައިސީޔޫއަށް ބަދަލުކުރުމުން އާއިލަގެ އެކަކަށް ދެކިލުމުގެ ފުރުސަތު ދޭނެކަމުގައި ބުނުމުން މާޝާ އެ ފުރުސަތު މާޝާ އަމިއްލަ އަކަށް ނެގިއެވެ. ސަބަބަކީ މިޝަލްގެ އާއިލާއާއި ބެހޭ އެއްވެސް މައުލޫމާތެއް މާޝާއަށް ލިބިފައި ނެތުމުންނެވެ. މިޝަލް އޮތް ގޮތް ފެނުމުން މާޝާގެ ލޮލުން ކަރުނަ އިރާލިއެވެ.

 

****************************

 

މިޝަލް އައިސީޔޫއަށް ބަދަލު ކުރިތާ 8 ގަޑިއިރު ވީއިރުވެސް ހެއެއް ނާރައެވެ. މާޝާވެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. މިޝަލް ހެޔޮ ހާލުގައި ލެއްވުންއެދި ދުޢާ ކުރެވުނު ވަރުވެސް އޭނައަށް ނޭނގެއެވެ. މާޝާގެ މައިންބަފައިންގެ މޫނުމަތިންވެސް ފެންނަނީ އުދާސްކަމެވެ. ރޭގަނޑު ވުމުން ހަސީނާ އާއި ހާނިޔާ ގެއަށް ފޮނުވާލީ މާޝާއެވެ. ނަމަވެސް މުހައްމަދު ދިޔުމަށް އެއްބަހެއް ނުވިއެވެ.

 

ފައިހާ ޑޮކްޓަރ އަށް ދައްކާ އެތަށް ޓެސްޓެއް ހެދިއެވެ. ނަމަވެސް ރިޕޯޓްތައް ނަގަންދިޔައީ ފާރިޝް އެކަންޏެވެ. ފައިހާ ބޯ އަނބުރާތީ އަނެއްކާ އަނބުރާ އަންނަން ފައިހާ ބޭނުން ނުވީއެވެ. ކުޑަކޮށް ބަލިވެ އުޅޭތީ ކަމަށް ބުނެ 10 ދުވަހުގެ ޗުއްޓީއެއް ފައިހާ ނެގީ ފާރިޝްއާއި މަޝްވަރާ އިސް ކޮށްނުލައެވެ. ފާރިޝް ގެއަށް އައިސް ވަންއިރު މޫނުމަތި އެއްކޮށް ވަނީ މިލާފައެވެ. ފައިހާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. ކަމެއް ގޯސްވީތޯ އެނގުނު އަދަދެއްވެސް ފާއިހާއަަކަށް ނޭނގެއެވެ. ފާރިޝް ފައިހާގެ ގާތު މަޑު ކޮށްލާފައި ފައިހާގެ ގައިގައި ބައްދާލިއެވެ. އަދި އެދެލޮލުން ހޯސް ލާފައި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަމުން ދިޔައެވެ. ފައިހާއަށް ގުޑިވެސް ނުލާ އިންގޮތަށް އިނދެވުނީއެވެ. ވީ ކީއްކަމެއް ނޭނގޭ ހާލުގައެވެ.

 

އެރޭގެ 11 ޖަހަނިކޮށް ޑޮކްޓަރު އައިސް މާޝާމެންނާއި ބައްދަލު ކުރިއެވެ. ޑޮކްޓަރު ވިދާޅުވީ ލޭއައުން ނުހުއްޓޭކަމަށާއި މިއީ ވަރަށް މަދުން ނޫނީ ދިމާނުވާފަދަ ހާލަތެއްކަމަށެވެ.އޮޕަރޭޝަންގެ ފަހުންވެސް 5 ޕޮއިންޓް ލޭ އެޅިއްޖެކަމަށާއި އިތުރަށް 4 ގަޑިއިރު ބެލުމަށްފަހު އަލުން އޮޕަރޭޝަން އެއް ކުރަން ޖެހިދާނެކަމެވެ. އޮޕަރޭޝަން ކާމިޔާބުވުމުން މަދު ގަޑިއިރުތަކަކަށް ލިބުނު ހިތްހަމަ ޖެހުމުން ބިރުވެރިކަމަކަށް ބަދަލުވި ކަހަލައެވެ. މާޝާ ކުރަމުން އައި ހިތްވަރުވެސް ދޫވެ އެ ދެލޮލުން ކަރުނަ ހިލުނެވެ. ކުރަންވީ ކީއްކަމެއް ފިރިމީހާއަށް ކޮށްދެވޭނީ ކީއްކަމެއް ނޭނގި އެކި ވިސްނުނަތަކާއި ހެދީ ބޯ ހާސްވާން ފެށިއެވެ. މާތްﷲއަށް ދުޢާ ދެންނެވުން ނޫން ކަމެއް މާޝާ އަކަށް ކޮށްދެވޭކަށް ނެތެވެ.

 

އަޒާން އަށް އަދިވެސް ވިސްނެނީ ހަސީނާ ދެއްކި ވާހަކައާއި ދޭތެރޭ އެވެ. “ހަސީނާއްތަ އަހަރެން މާޝާ އާއި މެރީ ކުރަން ބޭނުން ވަނީ ކީއްވެ” އަޒާން އަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ކޮޓަރި ދޮރު މަތީގައި ހުރި އިޒާން އަށާއި ނަތާޝާ އަށް ވަރަށް ސާފު ކޮށް އަޑު އިވުނެވެ. “ކަލޯ. ގަދައޭ ދޯ. މައިދައިތަ ރުއްސީ ކިހިނެއް” އަޒާން ސިހިފައި ފަހަތް ބަލާލިއިރު އިޒާން ލާނެއް ގޮތަކަށް ހީލައިގެން ހުރެ ކޮޓަރީގެ ސޯފާގައި ދިމާއަށް ނަތާޝާ ގޮވައިގެންގޮސް އިށީންނަނީއެވެ. “ބައްޔެންނު” އަޒާން ހުރީ ސަކަރާތް ޖަހާ މޫޑެއްގަ ނޫނެވެ. “އަޒާން! އައި ގޮޓް އަ ގުޑް ނިއުސް” ނަތާޝާ އެއްފަހަރު އިޒާންގެ މޫނަށް އަނެއް ފަހަރު އަޒާން ގެ މޫނަށް ބަލާލިއެވެ. އިޒާން ވެސް ސުވާލުގެ ނަޒަރަކުން ނަތާޝާ އަށް ބަލާލިއެވެ. “ވަޓް؟” އަޒާން ކޮށްލީ ސުވާލެކެވެ. ” ހޫމް .. އައި ޓޯކްޑް މައި މަދާ އެބައުޓް މެރިއޭޖް. އެންޑް ދޭ ސެއިޑް އަވަހަށް ތިކަމާ އުޅެންވީއޯ” ނަތާޝާ 32 ދަތް އެއްކޮށް ދައްކާލީ ވެފައި ހުރި އުފަލެއްގެ ބޮޑު ކަމުންނެވެ. އިޒާންވެސް އުފަލުން ގޮސް ނަތާޝާ ގެ ގައިގައި ބައްދާލިއެވެ ” އެހެމް” އަޒާން ކަރު ކެހިލިއެވެ. އިޒާން ނަތާޝާއާއި ތަންކޮޅެއް ދުރަށް ޖެހިލި އެވެ. “އަހަށް. ކޮންޓިނިއު. މަމިދަނީ ފައިހާ ކުޑަ ވާހަކައެއް ދައްކާލަން” އަޒާން އެއްމިޔަކަނުން ހީލާފައި އިޒާންގެ ކޮނޑުގައި އަތުން ޖަހާލާފައި ބޭރަށް ދިޔައެވެ.

 

“ފާރިޝް! އަހަރެން ހަމަ އެހާ ބަލިތައް. ތި ރޮނީ؟” ފައިހާ އެންމެ ފަހުން ފާރިޝް ގާތު އެއްސެވެ.

ފާރިޝް ބޯ ޖަހާލިއެވެ. އަހަރެން އެއްޗެކޭ ނުބުނުމުން ދެންވާހަމަ ދެއްކީ ފާރިޝްއެވެ. “ބޭބީ. ކޮންގްރަޖުލޭޝަން. ގޫއާރ ގޮނަ ބީއަ މަދާ” ފައިހާ ގަޔާ ދުރު ކޮށްލާފައި ފައިހާގެ ބަނޑުގައި އަތް ޖައްސާލިއެވެ. ” އަވާރ ބޭބީ. އަލްހަމްދުލި ﷲ.” ފައިހާގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ނިރާލިއެވެ. ދެމީހުން ވެސް ސިހި ބަލާލީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. ދަތްކުނޑި ވިކައިގެން ހުރީ ކާކުކަމެއް ސާފެއް ނުވިއެވެ. މޫނަށް އަނދިރި އެޅިފައި ހުރުމުންނެވެެ. އެމީހާ ސިހިފާ އެނބުރިދާން އުޅުނީ ގޭތެރެ އިން ފައިހާއަށް ގޮވާ އަޑު އިވުމުންނެވެ. ނަމަވެސް އެ ފުރުސަތެއް އއމީހާއަކަށް ނުލިބުނެވެ. ފާރިޝް ހުޝިޔާރު ކަމާއި އެކު ގޮސް އެމީހާ ހިފެހެއްޓިއެވެ. މޫނު ނުފެނުނު ނަމަވެސް އެތަނަށް އައިސް ހުއްޓުނު އަޒާން އަށް އެއީ ދަންނަ މީހެއްކަން ސިކުންތެއްގެ ތެރޭގައި ބުނެދޭން އެނގުނެވެ.

 

ފައިހާ ގޮސް އޭނާގެ މޫނުމަތީގައި އަޅާފައި އިން މާސް ނެނގިއެވެ. ފިޔަވަޅު އަޅަންވީ ކުރިއަށް ކަމެއް ފަހަތަށް ކަމެއް ނޭނގިފައި ހުއްޓެވެ. އަޒާން ގެ އަތް މުއް ކެވިގެން ދިޔައެވެ. ފާރިޝްއަށް ވާނުވާ ނޭނގިފައި ބަލަހައްޓައިގެން ހުރެވުނީއެވެ. އެމީހާގެ ޓީޝްޓުގެ ގިރުއާނުގައި ހިފަހައްޓައިގެންނެވެ. “ޖަނަވާރު. ކަލޭ ކީއްކުރަންތަ ފައިހާގެ ފަހަތުން ނެއްޓެން ނޭނގިގެން ތިޔަ އުޅެނީ” ކޮޓަރީގައި ސަކަރާތް ޖަހަން ތިބި ނަތާޝާއަށާއި އިޒާން އަށް އަޒާން ހަޅޭ ލަވާ އަޑު އިވިގެން އެދިމާއަށް ދާން ދުއްވައި ގަނެވުނެވެ. “ކު.. ކުޑަ ދޮން. އޭނަ ފޮނުވާލާ. ޖައިލަމް އަހަރެންމީ މީހެއްގެ އަންބެކޭ. އަހަރެން ބޭނުން ނެތިގެން ދޯ އެހެން މީހަކާއި އެކު އެ ހުރިހާ ގަނޑެއް ގަތީ” ފާރިޝްއަށް ވާނުވާ އެނގުނީ ދެނެވެ. ފައިހާ ބުނި ޖައިލަމް އަކީ މިއީ ތާއެވެ. ލަދު ހަޔާތް ކުޑަ ކަމުން އެތަނަށް އައީތީ ފާރިޝްވެސް ރުޅިއައެވެ.

 

“ކަލެއާ ހެދި ކިހާ ބޮޑު ނުރުހުއްޕާނެއް. އޭން.” އިޒާން އައިސް ޖައިލަމް ގެ މޫނުމަތީގައި އެދިފަހަރެއް އަޅާލިއެވެ. “ތި ފުލުހެއްނުން. ސްޓޯކާސް އެރެސްޓް ކުރެވޭ ކަންނޭނގެ” ނަތާޝާ ފާރިޝްއަށް އިނގިލި ދިއްކޮށްލާފަ ބުނެލިއެވެ.

 

މިޝަލް ގެ ދެވަނަ އޮޕަރޭޝަން ކުރަން ވެއްދީ ފަތިހު 4:30 ހިނގިއިރުއެވެ. ކެތްމަދުވެފައި ތިއޭޓަރު ބޭރުގައި ދުޢާކޮށްލަކޮށްލަ ތިބުން ފިޔަވާ ކުރެވޭނެ އިތުރުކަމެއް ނެތެވެ. މިޝަލް ތިއޭޓަރަށް ވެއްދިތާ ތިން ގަޑިއިރުފަހުން މިޝަލްގެ އެހީތެރިއަކު އެތެރެއަށްވަނުމަށް ގޮވާލިއެވެ. އޭރު ބޭރުގައި އިންނަ މޮނިޓަރުން އޮޕަރޭޝަންކޮށް ނިމުންކަން ދައްކައެވެ. މާޝާއާއި މާޝާގެ މުހައްމަދު އެތެރެއަށްވަނީ ތެޅިތެޅި އޮތް ހިތަކާއިއެކުއެވެ. އެތެރެއަށް ވަނުމަށްފަހު އެތާއިން ވަށް މޭޒު ކައިރީ މާޝާއާއި މުހައްމަދު އިށީނެވެ. ކުޑައިރުކޮޅެއް ފަހުން ޑޮކްޓަރު އައިސް އިށީނެވެ. އަވަސް އަވަހަށް މިޝަލް ކިހިނެއްތޯ މާޝާއަށް އަހާލެވުނެވެ. ޑޮކްޓަރ މިޝަލް ގެ ވާހަކަ އޮޅުން ފިލުވައިދިނީ އިނގިރޭސިންނެވެ. މާ ބޮޑަށް އިނގިރޭސި ނޭގުނު ނަމަވެސް ޑޮކްޓަރު ދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް މުހައްމަދަށް ސާފުވިއެވެ. “ދިސް އިޒް އަ ވެރީ ރެއަރ ކޮންޑިޝަން. ވީ ވާރ އަންއޭބަލް ޓު ސްޓޮޕް ދަ ބްލީޑީން. ހީ ވެންޓް އިންޓު ޝޮކް އެންޑް ވީ ކުޑް ނޮޓް ސޭވް ހިމް. ވީއަރ ވެރީ ސޮރީ” މާޝާއަށް ގަބޫލުކުރަން ދަތިވެގެން ބަލާލެވުނީ ޑޮކްޓަރ ގެ މޫނަށެވެ.

 

ޖެހިބުދެއްހެން ހަރަކާތެއް ގެންނަންވެސް ނޭނގިފައި މާޝާއިނެވެ.ލޮލުން ކަރުނަވެސް ހުސްވެފައި ވާކަހަލައެވެ. ޑޮކްޓަރު ހުރިހާ އެއްޗެއް ކިޔާދީނިމުމުން އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން އެތަނުންމާޝާއާއި މުހައްމަދު ނުކުތެވެ. އޭރު ހަސީނާއާއޖ ހާނިޔާ މާޝާމެންގެ އިންތިޒާރުގައި ތިއޭޓަރު ދޮރުމަތީގައި ތިއްބެވެ. މާޝާ އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ނުކުމެ ހަސީނާކައިރީ އިން ހާނިޔާ އުރާލީއެވެ. އަދި ފަސް ބެލުމެއް ނެތި ދެވޭނުދެވޭ ތަނެއްވެސް ނޭގޭ ހާލު ކުރިއަށް ހިނގަމުންދިޔައެވެ. މުހައްމަދު އެ ހިތާމަވެރި ޚަބަރު އެހެން މީހުންނަށް ދިން ގޮތެއް މާޝާއަކަށް ނޭނގެއެވެ. ހާނިޔާ ގޮވައިގެން ހޮސްޕިޓަލުން ނުކުތުމަށްފަހު ކުރިމަތީ އޮތް ބަގީޗާއަށް ގޮސް ވަނެވެ. އެތަނުގައި ހުރި އުނދޯންޔަކަށް ހާނިޔާ ލައިގެން އުނދޯލި ހެއްލާލަދޭން ފެށިއެވެ. މާޝާއަށް ހަމަ ހޭވެރިކަން ވީ ހަސީނާ އައިސް އުނދޯލި ހުއްޓުވާ ހާނިޔާ އުރާލުމުންނެވެ.

 

މޮޝަލްގެ ކަށުކަމާކެމީގެ ކަންކަން ނިމި މޫނު ދައްކަން ވެއްދުމުން މާޝާގެ އާއިލާ އެންމެން އެތަނަށްވަނެވެ. ހުދު ފޮށައަކުން ނިވާކޮށްފައި އޮތް އިރު މިޝަލްގެ މޫނުވެސް ވަނީ ހުދުވެފައެވެ. އެތަށް އިރެއްވަންދެން އޭނާގެ މޫނަށް ބަލަހައްޓައިގެން މާޝާ އިނެވެ. އޭރު ހާނިޔާ މަތިންވެސް މާޝާ ހަނދާން ނެތް ފަދައެވެ. މާޝާ މީހަކާއި ވާހަކަ ނުދައްކާ މިޝަލްގެ މޫނަށް ބަލަންއިންއިރުގައި ދެމީހުން ހޭދަކުރި މަދު ދުވަސްތަށް މާޝާގެ މޫނުމަތިން ސިފަ ވަމުން ދިޔައެވެ.

 

“މާޝާ! އޭ! ދަރިފުޅާ މާޝާ” ކުއްލިއަކަށް މާޝާއަށް ޚިޔާލުތަކުން ބޭރުވެވުނީ މުހައްމަދު އައިސް މާޝާގެ މޫނުގައި މަޑުމަޑުން ތަޅަންފެށީމައެވެ. “ކީކޭ ބައްޕާ” މަޑުމަޑުން މާޝާއަށް އަހާލެވުނެވެ. “މުހައްމަދު! މާޝާ ބޭރަށް ނެރެން ވީނު. އަހަރެންނަށް ހިއެއް ނުވޭ މާޝާ ރަނގަޅުހެނެއް. މިޝަލް ނިޔާވި ޚަބަރު އިވުނީއްސުރެ އަނގައިން ނުބުނޭ. ނުވެސް ރޮއޭ.” ހަސީނާގެ އަޑު މާޝާއަށް އިވުނި ފަނޑުކޮންނެވެ. “އަހަރެން އޯކޭ” އިޚްތިޔާރަކާ ނުލާ މާޝާއަށް ބުނެވުނެވެ.

މިޝަލް މޫނު އަޅާ ސަންދޯކަށް ލީތަންބަލަން ހުރި އިރުވެސް މާޝާގެ ލޮލަކުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓެއެވެ.

 

މިޝަލްގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ގެއަށް ގޮސް މުހައްމަދުމެން ބެލީ ޖެހިގެން އައި ދުވަހު މާލެދެވޭތޯއެވެ. އިތުރަށް މެލޭޝިޔާގައި މަޑުކުރާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެކަމުގައި މާޝާ އެއްވެސް ބަހެއް ނުކިއަމެވެ. ގެއަށް ގޮސްވެސް އެނދުގައި އޮށޯވެގެން އޮތީއެވެ. ހާނިޔާގެމަތިންވެސް މާޝާ ހަނދާނެއް ނުވިއެވެ. މާލެ ދެވުމާއިއެކު ހާނިޔާ ގޮވައިގެން ގެއަށް ވަދެ ހާނިޔާއަށް ކާންދީ ފެންވަރުވާ ހެދުމަށްފަހު ނިންދެވިއެވެ. އަދި ހާނިޔާ ކައިރީ އަރާ މާޝާ އޮށޯތެވެ. އޭރު މާޝާއަށް އެއްވެސް ވަރަކަށް ނުނިދޭތާ ފަސްވަރަކަށް ރޭ ވެދާނެއެވެ.

– ނުނިމޭ –

= Amyra =

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ކިޔާރާ

Next

އެ ހަނދާންތައް…….

Next
May 29, 2021

އެ ހަނދާންތައް…….

Previews
May 29, 2021

ކިޔާރާ



All Right Reserved!