Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (އަށްވަނަ ބައި)

Flame Gurl Level 210 Stories
May 31, 2021 3 Mins Read
0 Comments

ޒަކްވާން ގެއްލުނު ވާހަކަ އިސާހިތަކު މުޅި ރަށުގައި ފެތުރުނެވެ. ހުރިހާ އެންމެންގެ ތެރޭގައިވެސް އެންމެ ގިނައިން ދެކެވެނީ އެވާހަކައެވެ. ފުލުހުންގެ ޓީމެއް ޒަކްވާން ގެއްލުމުގެ ސަބަބުން މުޅި ރަށް ހޯދަން ފަށައިފިއެވެ. އަނެއް ދުވަހުގެ އިރު އެރިއިރުވެސް ފުލުހުންގެ މި މަސައްކަތަކަށް އެއްވެސް ވަރަކަށް ކާމިޔާބު ލިބޭ ގޮތެއް ނުވިއެވެ. ޒަޖާ އާދައިގެ މަތިން މިއަދުވެސް ތެދުވެ މޯޅިވެފައިވާ މޫނަކާއިއެކު ސްކޫލަށް ދާން ތައްޔާރުވަމުން ދިޔައެވެ. އަންނަން އުޅޭ ތޫފާނުގެ ޙިލަމެއްވެސް ނުވާ ޙާލު އިސްކޫލު ތެރެއަށް ވަދެގެން ދިޔައިރު އެންމެންގެ ޙަމްދަރުދީއިން ފުރިގެންވާ ލޯތައް އަމާޒުވެފައިވަނީ ޒަޖާއަށެވެ. ނަމަވެސް މިކަން ފާހަގަވާ ވަރަށް ވުރެ އޭނާގެ ހިތްވަނީ ހިތާމައިން ފޯވެފައެވެ. ހަމަ ކުލާހަށް ވަނުމާއިއެކު ކޮންމެ ކުއްޖަކުވެސް ޒަޖާ ކައިރިއަށްގޮސް ޒަކްވާން ގެއްލުނު ޙާދިޘާ އާއި ބެހޭ ގޮތުން ސުވާލުކުރަން ފަށައެވެ. ނަމަވެސް ޖަވާބު ދެވޭވަރށް ވުރެ އޭނާގެ ހިތަށް ވަނީ ތަދުވެފައެވެ. ކުއްލިއަކަށް ހުރިހާ ކުދިންގެވެސް ނޭފަތުގައި ކުނި ވަހެއް ޖެހުނެވެ. އެވަސް އަންނަނީ ޒަޖާ އިށީނދެއިން ޑެސްކުގެ ދަށުން ކަމުން އެންމެ ފުރަތަމަވެސް ބަލައިލީ ޒަޖާއެވެ. އޭނާއަށް ޑެސްކު ދަށް ފެނުމާއިއެކު ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ. އެތާ ލެއިން ތަތްތެޅިވެފއި އެއޮތީ ދެވަނަ އެހެން މީހެއް ނޫނެވެ. އޭނާގެ ފުރާނައަށްވުރެ ބޮޑަށް ލޯބިވި އޭނާގެ ލޯބިވާ ކޮއްކޮއެވެ. ހަމަ އެ ކޮއްކޮއެވެ. ހިތާ ދިމާގައި ވަޅިއެއް ހަރައިފައިވާާއިރު އަދި އެވަރުވެސް ނުފުދިގެން އެ މައުސޫމް ތުއްތު ކުއްޖާ ގެ ބަނޑަށާއި ބޮލަށްވެސް ވަނީ ވަޅިއެއް ހަރާފައެވެ. ހާދަ ރަޙުމު ކުޑަ ބައެއްތާއެވެ! އެ ކުށެއް ނެތް މައުސޫމް ކުއްޖާއަށް އެވަރުކޮށްފއި އެވަނީ އެއްވެސް ރަޙުމެއް ކުލުނެއް ޙަމްދަރުދީއެއް ނެތް ބައެއްކަން ޔަޤީނެވެ. ޒަޖާގެ ދެލޮލުން މި ހިތްދަތި މަންޒަރު ފެނުމާއިއެކު ހިތަށް ކެތް ނުވެގެން ހިތާއި ދިމާގައި އަތް އަޅައިފައި ރޯން ފަށައިފިއެވެ. ޒަޖާގެ ހިތް ހީވަނީ ފަޅައިގެންގޮސް ދާނެ ހެންނެވެ. ޒަޖާ ގޮނޑިން ތެދުވެ ޒަކްވާން ކައިރީގައި އިށީނދެ އެކުއްޖާގެ ގައިގައި ބައްދައިލިއެވެ. އެއިރު އެކުލާހުގެ ކުދިންގެ ހަޅޭކުގެ އަޑަށް އެހެން ކުލާސްތަކުގެ ކުދިންނާއި ޓީޗަރުންވަނީ އެކުލާހަށް ޖަމާވެފައެވެ. ބައެއް ޓީޗަރުން ޒަޖާގެ މައިންބަފައިންނަށް ގުޅަން މަސައްކަތްކުރަމުން ދާއިރު އަނެއްބައި ޓީޗަރުން ފުލުހުންނަށް އަދި އަނެއްބައި ޓީޗަރުން ކުދިން ހުއްޓުވުމަށް މަސައްކަތް ކުރަމުންދެއެވެ. ޒަޖާ ހަމަ އެއިން ގޮތަށް އެހެން އިންދައި ސިހުނީ ފަހަތުން މީހަކު ޒަޖާގެ ކޮނޑުގައި އަތް ބާއްވައިލުމުންނެވެ. ޒަޖާ ފަހަތަށް ބަލައިލިއިރު ހުރީ އޭނާގެ ކުލާސް ޓީޗަރު ޝުއާއެވެ. ޒަޖާ ވަރަށް ބާރަށް ރޮއެ ގަނެފައި ޝުއާ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. ޝުއާވެސް ޒަޖާއަކީ އޭނާގެ އަމިއްލަ ދަރިއެއް ފަދައިން އެކިއެކި އެއްޗެހި ކިޔައިގެން އޭނާ މަސްލަހަތު ކުރެވޭތޯ އުޅުނެވެ.

“ޒަޖާ، އަވަހަށް ހުއްޓާލާ. ކީތްވެ ތި ރޮނީ؟ އެއީ ޒަޖާ އާއި ހެދި ވީކަމެއް ނޫނެއްނު؟” ޝުއާ ވަރަށް ލޯބިން ޒަޖާގެ ބުރަކަށީގއި ފިރުމަމުން ޒަޖާ ހުއްޓުވޭތޯ އުޅުނެވެ.

“ނޫން މިސް. އެއީ އަޅުގަނޑާއި ހެދިވީ ކަމެއް. އަޅުގަނޑު ޒަކޫ އެކަނި އެތާ ބާއްވައިފައި ނުދިޔަ ނަމަ އެހެންނެއް ނުވީސް.” ޒަޖާ ގިސްލަމުން ގިސްލަމުން އެހެން ބުނެލިއިރު އެއަޑުގައިވި ވޭން އިޙުސާސްކުރެވި ޝުއާގެ ހިތަށްވެސް ވަރަށް އަސަރުކުރިއެވެ.

“ނޫން ދެން ޒަޖާ. ތިހެން ހިތަށް ނާރުވާ… ބަލަ އެއޮތް އައީ މަންމަ އާ ބައްޕަ އާ މާމަ އާ.” ޝުއާއަށް ޒަޖާގެ މައިންބަފައިން ވަތްތަން ފެނުމާއިއެކު ބުންޏެވެ.

އެވަގުތު ޒަޖާ ޝުއާ އާއި ދުރުވެލުމަށްފަހު ގޮސް ޒާހިޔާގެ ގައިގައި ބައްދައިލިއެވެ. ނަަމަވެސް ދެން ޒާހިޔާ ކޮށްލި ކަމަކުން އޭނާގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ޒާހިޔާ ރުޅިއައިސް ރަތްވެފައިހުރެ ޒަޖާ ޒާހިޔާގެ ގަޔާއި ދުރުކޮށްލައި ކޮއްޕައިލިއެވެ. ޒަޖާގޮސް ޖެހުނީ ފާރުގައެވެ. ފާރުގައި ބޯ ޖެހުނުލެއް ބާރުކަމުން އިސާހިތަކު ބޯ ފަޅައިގެންގޮސް ލޭ އަންނަން ފަށައިފިއެވެ.

“ކަލެއާ ހެދިއޭ މަގޭ ދަރި އެ މަރުވީ. ކަލޭއަށް އިތުބާރު ކުރެވުމީވެސް ހަމަ މަގޭ މޮޔަކަން. ކަލެއަށް މައެއްގެ ލޯބި ދީގެން ގެންގުޅެވުނުކަމަކީވެސް މަގޭ މޮޔަކަން. ކަލޭ ކަހަލަ ވިޔާނުދާ މީހަކަށް މަޔެއްގެ ލޯތްބެއް ޙައްޤެއް ނޫން. އަދި ބުނަންތަ ވާހަކައެއް؟ ތިއީ އަހަރެންގެ ދަރި…..” މިހިސާބަށް ޒާހިޔާގެ ވާހަކަ ދިޔަ ވަގުތަކީ ޒަޖާގެ ހޭހުސްވި ވަގުތެވެ. އެއިރު ޓީޗަރުން ޒާހިޔާ ބުނަމުން ދިޔަ ބަސްތައް ހުއްޓުވޭތޯ އުޅޭތަންވެސް ފެނުނެވެ.

ޒަޖާއަށް ދެލޯ ހުޅުވައިލެވުމާއިއެކު ފެނުނީ ހުދު ކުލައިގެ ސީލިންގްއެވެ. އޭނާ ދެފަރާތައް ބަލައިލުމާއިއެކު ޒިޔާދު އެއްފަރާތުގައި ހުރި ތަން ފެނުނެވެ. އަދި އޭނާގެ ބޮލުގައި ބެންޑޭޖެއް އަޅައިފައިވާ އިހުސާސެއް ކުރެވުނެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށްއައީ ޒަކްވާންއެވެ.

“ބައްޕާ! ޒަކޫ… ކޮބާ ޒަކޫ؟” ޒަޖާއަށް އެހެން ބުނެވުނު ކަމެއް ނޭނގެ ދެލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ.

“ދަރިފުޅާ! އެހަށް ހަމަޖެހިލަބަލަ…” “ބައްޕާ.. ޒަކޫ ކޮބާހޭ! ބައްޕަ ޕްލީޒް އަޅުގަނޑަށް ޒަކޫ ދައްކަބަ. ނުދައްކާފިއްޔާ އަޅުގަނޑު އަމިއްލައަށް ޒަކޫ ހޯދަން ދާނީ. ބައްޕާ.. ޕްލީޒް..” ޒިޔާދު ބުނަމުން ދިޔަ އެއްޗެހި ހުއްޓައިލަން ޖެހުނީ ޒަޖާ ހަޅޭލަވައިގަތުމުންނެވެ. ހަމަ އެއާއިއެކު މިއަޑު އިވެގެން ދެތިން ނަރުހެއްވެސް ވަދިއްޖެއެވެ.

“ދަރިފުޅާ.. ޒަކޫ އިއްޔެ ނިޔާވެގެން ވަޅުލައިފި.” ޒިޔާދު އިސްޖަހައިލަމުން ބުންޏެވެ.

“ބައްޕާ.. ޒަކޫ.. ޒަކޫ.. އަޅުގަނޑު ބޭނުން ޒަކޫ ކައިރިއަށް ދާން.. ޕްލީޒް..” ޒަޖާ އެނދުން ތެދުވެ ދޮރާއި ދިމާއަށް ދުއްވައިގަތުމާއިއެކު އޭނާގެ އަތަށް ހަރއިފައިވާ އައިވީ ނެއްޓުނެވެ.

“ނޫން.. އަޅުގަނޑު ގައިގަ ނުހިފާއްޓާތި. އަޅުގަނޑު ބޭނުމީ ޒަކޫ ކައިރިއަށް ދާން. ދޫކުރޭ… ދޫކުރާށޭ..” ނަރުހުން ޒަޖާ ހިފަހެއްޓުމާއިއެކު ޒަޖާ އަނެއްކާވެސް ހަޅޭލަވަން ފެށިއެވެ. ޒަޖާ މައިތިރިވީ އޭނާގެ ގަޔަށް ނިދާ އިންޖިކްޝަން ޖެހުމުންނެވެ.

***

ޒަޖާއަށް ޚިޔާލުތަކުން ބޭރުވެވުނީ މީހަކު ކޮޓަރީގެ ދޮރުގައި ތަޅަން ފެށުމުންނެވެ. ޒަޖާ ބުރުގާ ބައިލަމުން ގޮސް ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ހުރި ޖަޝަމް ފެނިފައި ހިނިތުންވެލިއެވެ. ހިނިތުންވެލައިގެން ހުރި ޖަޝަމްގެ ހިނިތުންވުން ފިލީ ޒަޖާގެ ދެލޮލުން އައިއްސައި ހުރި ކަރުނަތައް ފެނިފައެވެ.

“ތޫ.. ތޫ ވަޓްސް ރޯންގް.” ޖަޝަމް ދެލޯ ބޮޑުކޮށްލަމުން އެހެން އަހައިލުމާއިއެކު ޒަޖާ އެހުރީ ދެލޮލުން އައި ކަރުނަތައް ނުފޮހެލައިކަން އެނގުނެވެ.

“ނަތިން.. މަންމަ މަތިން ހަނދާންވީ.” ޒަޖާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ހިނިތުންވެލުމަށްފަގހު ބުންޏެވެ.

“އޯ… ކޭ.. އާދޭ ކާން.” ޖަޝަމް ޒަޖާއަށް ޝައްކުގެ ނަޒަރަކުން ބަލައިލުމަށްފަހު ސިޑި އާއި ދިމާއަށް ދަމުން ބުންޏެވެ.

ޒަޖާވެސް ބޯ ޖަހަމުން ދޮރު ލައްޕައިލުމަށްފަހު ޖަޝަމްގެ ފަހަތުން ކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު ހިނގައިގަތެވެ. ތޫ އެހެން އެ ރުއީ ލޫ ދައްތަ ދޮންބެ މިގެއަށް ގެނައިމަބާއެވެ؟ ނުވަތަ ލޫ ދައްތަ ތޫ އާއި ދިމާއަށް އެއްޗެހި ކީމަ ބާއެވެ؟ ނޫނީ ދޮންބެ ތޫ ދެކެ ލޯބި ނުވާތީ ބާއެވެ؟ ޖަޝަމް ސިޑިން ފައިބަމުން ދިޔައިރު އޭނާގެ ވިސްނުމުގައިވަނީ މިކަހަލަ އެއްޗެއްސެވެ. ޒަޖާގެ ޙާލަކީވެސް ހަމަ މިއީއެވެ. އަހަރެންނަށް ހަމަޖެހިލައިގެން އުފާވެރިކަމާއިއެކު ދިރިއުޅެވޭނީ ކޮން ދުވަހަކުން ބާވައެވެ؟ އަހަރެންނަށް ކޮންމެ ދުވަހަކުވެސް ހިތުގައި ޝަކުވާއަކާއިނުލައި އުޅެވޭނީ ކޮން ދުވަހަކުން ބާވައެވެ؟ ޒަޖާ މިކަހަލަ ޚިޔާލުތަކެއްގައި ހުރި އިރު ޒާހިޔާ ބުނަން އުޅުނު ވާހަކަ ހަނދާންވީ އަދި ކިރިޔާއެވެ. ‘ތިއީ އަހަރެންގެ ދަރި..’ މިހިސާބަށްގޮސް ޒާހޔާ ބުނަން އުޅުނު ވާހަކަ އާއިމެދު ޒަޖާގެ ހިތުގައި ޝައްކު އުފެދުނެވެ. އަނެއްކާ ޒާހިޔާ އެ ބުނަން އުޅުނީ ކީކޭބާއެވެ؟

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

އެ ބިރުވެރި ރޭ ( ހުރިހާ އެޕިސޯޑެއް އެކީ ) އިސްލާޙުކުރެވިފާ

Next

ތީއޭ މިހިތުގެ ދިރުމަކީ (2)

Next
May 31, 2021

ތީއޭ މިހިތުގެ ދިރުމަކީ (2)

Previews
May 31, 2021

އެ ބިރުވެރި ރޭ ( ހުރިހާ އެޕިސޯޑެއް އެކީ ) އިސްލާޙުކުރެވިފާ



All Right Reserved!