Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ހަތްވަނަ ބައި)

Flame Gurl Level 210 Stories
May 22, 2021 3 Mins Read
0 Comments

“އާހް…!” ޒަޖާ ބޮލުގައި ހިފަހައްޓައިގެން ތެދުވަން އުޅެނިކޮށް އެނބުރުން އަރައިގެން ވެއްޓުނެވެ.

ލުޔޫން ޒަޖާއަށް މިވަރު ކޮށްފާނެ ކަމަކަށް ޖީޒާން ހަމަ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. ޖީޒާން”އާހް…!” ޒަޖާ ބޮލުގައި ހިފަހައްޓައިގެން ތެދުވަން އުޅެނިކޮށް އެނބުރުން އަރައިގެން ވެއްޓުނެވެ.

ލުޔޫން ޒަޖާއަށް މިވަރު ކޮށްފާނެ ކަމަކަށް ޖީޒާން ހަމަ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. ޖީޒާން އަވަހަށްގޮސް ޒަޖާގެ ލުއި ހަށިގަނޑު ފަސޭހަކަމާއިއެކު އަތްދަނޑި މައްޗަށް އުފުއްލައިލައިގެން ސިޑިން މައްޗަށް އަރަން ދިޔައެވެ. ކުރީގައި ޒަޖާދެކެ އައި ރުޅި އަނެއްކާ ދިޔައީ ކޮންތާކަަށް ބާވައެވެ؟ ޖީޒާން ޒަޖާގެ ކޮޓަރި ހުޅުވައިލުމަށްފަހު ގެންގޮސް އެނދުގައި ބާއްވައިލިއެވެ. އެއާއިއެކު ޒަޖާގެ ހެދުން ކޮނޑާއި ހިސާބުން ވީދިފައިވާތަން ފެނުނެވެ. ޒީޒާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކޮޓަރިން ނިކުމެ މަޑުމަޑުން ދޮރު ޖަހައިފައި ދިޔައެވެ. ލުޔޫން މިހުރިހާ މަންޒަރެއް ބަލަން ހުރިއިރު އޭނާގެ ދެލޮލުން އަލިފާން ކަނި ބުރާފަދައެވެ. އޭނާ ހުރީ އެހާވެސް ރުޅިގަދަވެފައެވެ. ޖީޒާން ސިޓިންރޫމަށް ދިޔަ ތަނުން ފެނުނީ ޒަޖާގެ ހެދުމުން ވީދިފައި އޮތް ބައެވެ. ޖީޒާން އެބައިނަގައި ބަލައިލިތަނާހެން ޖަޝަމްގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށް ސިހިފައި އެފޮތިކޮޅު ލައިގެންހުރި ޖިންސުގެ ޖީބަށް ކޮއްޕައިލެވުނެވެ.

“ހައި ދޮންބޭ! ލޫ ދައްތަ ދިޔައީތަ؟ ކޮބާ ތޫ؟” ޖަޝަމް ޖީޒާން ކައިރިއަށްގޮސް އަހައިލިއެވެ.

“އާނ! ލޫ.. ލޫ ގޮއްސި.. ދެން ތޫ.. އެ.. އެ ވަނީ ކޮޓަރިއަށް.” ޖީޒާން އަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

ޖަޝަމް ޖީޒާންއަށް ދެލޯ ހަނިކޮށްލަމުން ބަލައިލުމަށްފަހު އަނެއްކާވެސް ކޮޓަރިއަށްވަނެވެ. ޖީޒާންއަށް ހަމަޖެހެވުނީ ދެނެެވެ. ޒަޖާއަށް ދެލޯ ހުޅުވައިލެވުމާއިއެކު ކުއްލިއަކަށް އިށީނދެވުނީ ލުޔޫން މަތިން ހަނދާންވުމުންނެވެ. އެއިރުވެސް ކުޑަކުޑަކޮށް އޭނާގެ ބޮލުގައި ރިހުން ހުއްޓެވެ. ޒަޖާ އެންމެ ހައިރާންވީ އޭނާ އޮތް ތަނާއި މެދުއެވެ. އޭނާ ކުރިން އޮތީ ސިޓިން ރޫމްގައެވެ. ދެން ކޮޓަރި އާއި ހިސާބަށް އާދެވުނީ ކިހިނެތް ބާވައެވެ؟ އަނެއްކާ ޖީޒާން….؟ ނޫނެކެވެ! އެހެނެއް ނުވާނެއެވެ!އޭނާ މިކަހަލަ ޚިޔާލުތަކެއްގައި އެނދުން ތެދުވުމާއިއެކު މަޣްރިބް ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުނެވެ. އެއާއިއެކު އަވަހަށް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން އެހެން ހެދުމެއް ލައިގެން ނަމާދުކޮށްލިއެވެ. އެއަށްފަހު ޚަތިމު ނަގައިގެން ޢިޝާ ނަމާދު ބަންގި ގޮވަންދެން ޤުރުއާން ކިޔެވުމަށްފަހު ޢިޝާ ނަމާދުކޮށްލިއެވެ. ޢިޝާ ނަމާދު ކުރުމަށްފަހު އޭނާގެ ކޮއްކޮގެ މައްޗަށް ހެޔޮ ރަޙުމަތް ލެއްވުމަށް އެދި ދުޢާކޮށްލިއެވެ. އެއިރު އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އެއާއިއެކު މާޒީގެ ޞަފުޙާއެއް އޭނާގެ ލޮލު ކުރިމައްޗަށް ނިއުޅިގެން ދިޔައެވެ.

***

އެއީ އޭނާއަށް އެންމެ ދިހަ އަހަރުގައެވެ. އެއިރު ޒަހިޔާ އުޅެނީ ވިހައިގެންނެވެ. މިފަހަރު އޭނާއަށް ލިބުނީ ފިރިހެން ކުއްޖެެވެ. އެކުއްޖާއަށް ކީ ޒަކްވާންއެވެ. ޒަޖާއަށް ދިހަ އަހަރުގައި އެކުއްޖާއަށްވީ އެންމެ ދެ މަހެވެ. އެއިރު ޒާހިޔާ ޒަޖާދެކެ އިންތިހާއަށް ލޯބިވެއެވެ. ދުވަހަކުވެސް ރޮއްވާނުލާ ތާނގައި ނުރުހުމުގެ ބަހެއްވެސް ބުނެ ނުލާނެއެވެ. އެއްދުވަހުގެ ހަވީރު ވަގުތެވެ. ޒާހިޔާ ފާޚާނާއަށް ވަނީ ޒަޖާގެ އަތަށް ޒަކްވާން ދީފައެވެ. ޒަޖާ ސިޓިން ރޫމްގައި އިންއިރު ޒަކްވާން އުރައިގެން އަތް ވާޅުވާން ފެށުމާއިއެކު ލީ ކުޑަކުދިން ލާ ކަހަަލަ އެނދަކަށެވެ. އެވަގުތު ހަލީމާ ޒަޖާއަށް ގޮވައިލިއެވެ. ޒަޖާ ޒަކްވާން ބާއްވައިފައި ހަލީމާގެ ކޮޓަރިއަށް ވަނެވެ. ދެވަރަކަށް މިނެޓަށްފަހު ޒަޖާ ސިިޓިން ރޫމަށް ދިޔައިރު ޒަކްވާން އެނދުގައި ނެތް ތާނގައި އެ ތުއްތު ކުއްޖާ ފެންނަންވެސް ނެތެވެ. ޒަޖާ ގޭގެ ހުރިހާ ތަނެއް ބެލިއިރުވެސް ޒަކްވާންއެއް ނަތެވެ. އެހެންކަމުން ލިބުނު މޮޅިވެރިކަމުގެ ސަބަބުން ޒަޖާ އަޑުގެ ނެތްކޮޅަށް ރޮއެތެވެ. ހެދުން ލައި ނިމިގެން ފޯނެއްގައި ހުރި ޒާހިޔާއަށް މި އަޑު އިވުމާއިއެކު ފޯނަކާއި ފޯނެއް ދޫކޮށްލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވައިފައި ސިޓިން ރޫމަށް ނިކުތެވެ. ހަލީމާވެސް ތެޅެމުން ފޮޅެމުން ނިކުތެވެ. ގެއަށް ވަދެވަދެ ހުރި ޒިޔާދުވެސް ދުވެފައި އެތެރެއަށް ވަނެވެ. އެ އެންމެނަށްވެސް ހުރި ތަނުގައި ހުއްޓެވުނީ ހުރި ތަނަށް ވެއްޓިގަނެގެން ރޯންއިން ޒަޖާ ފެނިފައެވެ. ޒާހިޔާގެ ހިތް މިމަންޒަރު ފެނިފައި ބާރުބާރަށް ތެޅެމުން ދިޔައެވެ. ކީތްވެ ކަމެއް ޚުދު އޭނާއަަކަށްވެސް ނޭނގެއެވެ. ބޮޑު ކަމެއް ހިނގަން އުޅޭކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.

“ޒަ..ޒަޖާ.. ކޮ..ބާ ޒަ..ޒަކޫ؟” ޒާހިޔާ އަޑު ތުރުތުރު އަޅާ ޙާލު އެއްސެވެ.

“މަންމާ! ޒަކޫ…” ޒަޖާއަކަށް ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނެވެ. އޭނާއަށް އަދި އިތުރަށް ރޮވުނީއެވެ. މިފަހަރު އޭނާ މޫނު މަތީގައި އަތް އެޅިއެވެ.

“ކޮބާހޭ ޒަކޫ؟؟؟” ޒާހިޔާގެ އަޑު ބާރުވެގެން ދިޔައިރު އޭނާގެ ދެލޯ ފުރިގެން ބަންޑުންވާން ފަށައިފިއެވެ. ޒިޔާދުގޮސް ޒަޖާ ކައިރީގައި ކުޑަ ކަކޫ ޖަހައިގެން އިށީނދެ މޫނުގައި އަތް އަޅައިގެންއިން ޒަޖާގެ މޫނު މަތިން އަތް ނެގިއެވެ.

“ދަރިފުޅާ! ހަމަޖެހިގެން ވާހަކަ ދައްކަބަލަ! ދެން ބުނެބަލަ ކިހިނެތްތަ ވީ؟” ޒިޔާދު ޒަޖާ ނަގައިގެން ގޮސް ގޮނޑިއެއްގައި ބައިންދަމުން ބުނީ މަޑުމައިތިރި ކަމާއިއެކުއެވެ. ޒަޖާ އަދިވެސް ހަމައަކަށް ނޭޅޭތީ ޒިޔާދު ބަދިގެން ފެން ތައްޓެއް ހިފައިގެން އައިސް ދިނެވެ.

“މަން.. މާ! ބަ.. އްޕާ! އަ.. އަޅުގަނޑު.. އަޅުގަނޑު މާމަ.. މާމަ ކައިރިއަށް ދި.. ދިޔައީ މާމަ.. ގޮ.. ގޮވީމަ. ޒަ.. ޒަކޫ އެ..އެކަނި މި.. މިތާ ބާއް.. ބާއްވައި.. ފަ. ދެން.. އިރު.. އިރުކޮޅަކުން އައިސް ބަލައިލިއިރު.. ޒަ.. ޒަކޫއެ.. އެއް ނެ..ނެތް! އަ.. އަ.. އަޅު.. ގަނޑު މު.. މުޅި ގެ ބަލައި.. ފިން. ނެތް.. ނުފެ… ނުނު ޒަ.. ކޫ.. މަންމާ.. ބައް.. ޕާ ސޮ.. ސޮރީ.. ގަ.. ގަސްތަކު ނޫ.. ނޫން.. މަން.. މާ.. ބައް.. ޕާ…” ޒަޖާ ގިސްލަމުން ގިސްލަމުން ކިޔައިދިނެވެ. އެއިރު ހަލީމާ އާއި ޒާހިޔާއަށް ވަނީ ރޮވިފައެވެ.

“ނޫން.. ދަރިފުޅާ.. އެއީ ދަރިފުޅުގެ ސަބަބުން ވީ ކަމެއް ނޫން.” ޒިޔާދު ބޯ ހޫރުވައިލަމުން ޒަޖާގެ ބޮލުގައި ފިރުމައިލުމަށްފަހު ދެލޮލަށް ކަރުނަ ޖަމާވާ ޙާލު ބުނެލިއެވެ.

“ދެން ދޭ އަވަހަށް ކޮޓަރިއަށް. ބައްޕަ މި ގުޅަނީ ޕޮލިހަށް. އިންޝާﷲ ޒަކޫ ފެންނާނެ.” ޒިޔާދު ފޯނު ނަގަމުން އެހެން ބުނުމުން ޒަޖާ ބޯޖަހައިލުމަށްފަހު ކަރުނަ ފުހެމުން ފުހެމުން ކޮޓަރިއަށް ވަދެ ވަރަށް ބާރަށް ދޮރު ޖެހިއެވެ.

ޒަކްވާން ގެއްލުނު ވާހަކަ އިސާހިތަކު މުޅި ރަށުގައި ފެތުރުނެވެ. ހުރިހާ އެންމެންގެ ތެރޭގައިވެސް އެންމެ ގިނައިން ދެކެވެނީ އެވާހަކައެވެ. ފުލުހުންގެ ޓީމެއް ޒަކްވާން ގެއްލުމުގެ ސަބަބުން މުޅި ރަށް ހޯދަން ފަށައިފިއެވެ. އަނެއް ދުވަހުގެ އިރު އެރިއިރުވެސް ފުލުހުންގެ މި މަސައްކަތަކަށް އެއްވެސް ވަރަކަށް ކާމިޔާބު ލިބޭ ގޮތެއް ނުވިއެވެ. ޒަޖާ އާދައިގެ މަތިން މިއަދުވެސް ތެދުވެ މޯޅިވެފައިވާ މޫނަކާއިއެކު ސްކޫލަށް ދާން ތައްޔާރުވަމުން ދިޔައެވެ. އަންނަން އުޅޭ ތޫފާނުގެ ޙިލަމެއްވެސް ނުވާ ޙާލު އިސްކޫލު ތެރެއަށް ވަދެގެން ދިޔައިރު އެންމެންގެ ޙަމްދަރުދީއިން ފުރިގެންވާ ލޯތައް އަމާޒުވެފައިވަނީ ޒަޖާއަށެވެ. ނަމަވެސް މިކަން ފާހަގަވާ ވަރަށް ވުރެ އޭނާގެ ހިތްވަނީ ހިތާމައިން ފޯވެފައެވެ. ހަމަ ކުލާހަށް ވަނުމާއިއެކު ކޮންމެ ކުއްޖަކުވެސް ޒަޖާ ކައިރިއަށްގޮސް ޒަކްވާން ގެއްލުނު ޙާދިޘާ އާއި ބެހޭ ގޮތުން ސުވާލުކުރަން ފަށައެވެ. ނަމަވެސް ޖަވާބު ދެވޭވަރށް ވުރެ އޭނާގެ ހިތަށް ވަނީ ތަދުވެފައެވެ. ކުއްލިއަކަށް ހުރިހާ ކުދިންގެވެސް ނޭފަތުގައި ކުނި ވަހެއް ޖެހުނެވެ. އެވަސް އަންނަނީ ޒަޖާ އިށީނދެއިން ޑެސްކުގެ ދަށުން ކަމުން އެންމެ ފުރަތަމަވެސް ބަލައިލީ ޒަޖާއެވެ. އޭނާއަށް ޑެސްކު ދަށް ފެނުމާއިއެކު ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ 2 – 3

Next

ތަމަންނާ 5

Next
May 22, 2021

ތަމަންނާ 5

Previews
May 22, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 3



All Right Reserved!