Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (22)

zaisha Level 210 Stories
July 15, 2015 6 Mins Read
58 Comments

ރޭގަނޑުގެ އަނދިރިކަން ފެތުރިގަނެ މުޅި މާހައުލު ވަނީ ހަމަހިމޭންވެފައެވެ. އެނދުގައި އިން ޒެރީން އިނީ މާކިން ލެޕްޓޮޕް ނެގުމުން އެދިމާއަށް ބަލަހައްޓައިގެންނެވެ. ދުރުގައި އިނދެ މާކިން އޭނާގެ ލެޕްޓޮޕުން މަސައްކަތް ކުރަމުން ދިޔައިރު ޒެރީން އިނީ އެ ލެޕްޓޮޕް އަތުޖެހޭނެ ވަގުތެއް ބަލާށެވެ. “ބުލޫ ލެޕްޓޮޕް އެއް ދޯ.” ޒެރީން ބައްސާމްއަށް މެސެޖުކޮއްލިއެވެ. “ޔެސް.. އޭނާ އޭނަ އެ ލެޕްޓޮޕް އޮފީހަކަށް ވެސް ނުގެންނާނެ. ޒެރީން ޖެހޭނީ އޭގެން މާކިންގެ އެކައުންޓް ހެކް ކުރަން.. ދެން ޒެރީން ނޫން މީހަކަށް ކިހިނެތް އެކަން ފަސޭހައިން ކުރެވޭނީ.. މިކަން ވެއްޖެއްޔާ ދެން އެ މާކިންގެ ދުވަސްދިޔައީ..” ބައްސާމް ޖަވާބުގައި މެސެޖްކުރިއެވެ.

ޒެރީން ފޯނު ހިފައިގެން ކޮޓަރިން ބޭރަށް ނިކުމެ ބައްސާމްއަށް ގުޅާލިއެވެ. “ހަލޯ.. ތިކަން ހަމަ ކޮންމެހެން އަހަރެން މާކިންއާއި ނީދެވެސް ކުރެވުނީހެއްނުން.” ފޯނުން ވާހަކަދައްކަމުން ޒެރީން ބުނެލިއެވެ. “އުނދަގޫވާނެ.. ތި ލެޕްޓޮޕާއި ހަމައަށް ފޯރުމަކީ އުނދަގޫކަމެއް.. އެހެން ނޫނަސް އަހަރެން ބޭނުންވީ މާކިން ލަދުގަންނަވަން.. ނާޒިމްމެންގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލަން… ދެންވެސް ބުނި ކަންތައް ކުރަންދޭ..” ބައްސާމް ބުނެލިއެވެ.

“އެކަމަކު އޭގައި ޕާސްވޯޑުވެސް އިންނާނުން.. ކިހިނެތް އެ ހޯދާނީ..” ޒެރީން މިހެން ބުނިތަނާ ފަހަތުން މީހެއްގެ ހިލަމައްވެގެން ބަލައިލިއިރު މާކިންފެނި އޭނާ ސިހުނެވެ. “ތީ ޒެރީން ކަމެއް އެ ހޯދުމަކީ..” ބައްސާމް ބުނެލިއެވެ. “ކޮން ޕާސްވޯޑެއް؟” މާކިން ސުވާލުކުރިއެވެ. ޒެރީން ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ.

 “އެއީ.. ރައްޓެއްސެއް އޭނަގެ އެކްސްގެ އެފްބީ ހެކްކުރަން ވިއްޔޯ.” ޒެރީން ބުނާނެ އެއްޗެއް ނޭނގިގެން ބުނެލިއެވެ. “އެކަހަލަ ކަންތައް ކުރަންވެސް އިނގޭތަ؟” މާކިން މިހެން ބުނުމުން ޒެރީން ހަމައެކަނި ހިލީއެވެ. އޭނާ އެކަމަށް މޮޅުކަން އިނގޭނީ މާކިންގެ ބޭންކް އެކައުންޓް ހެކް ކޮއްލީމައޭ ޒެރީން ހިތައް އެރިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޒެރީންއާއި މާކިންގެ ކައިވެންޏަށް މަހެއް ފާއިތުވެދިޔަ އިރުވެސް އެ ގުޅުމަކަށް ބަދަލެއް ނަދެއެވެ. މާކިން އަދިވެސް ބޭރު ސޯފާގައި ނިދާއިރު އިނާރާ ހިތުން މާކިން ޒެރީންއާއި އެކީ އުޅެނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ނަމަވެސް ކޮންމެ ރެއަކު އިނާރާގެ ހަނދާނުގައި މާކިން ނުނިދިފައި އޮންނަކަމެއް އޭނާއަކަށް ނޭނގެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ޒެރީން ބެލީ މާކިން ނޫޅޭ ގަޑީގައި އެ ލެޕްޓޮޕް ހުޅުވޭތޯއެވެ. އޭނާ ބޭނުންނަމަ އެ ޕާސްވޯޑު ބްރޭކް ކުރެވިދާނެއެވެ. ނަމަވެސް އޭރުން މާކިންއަށް ވަގުތުން ހުރިހާކަމެއް ފަޅާއަރައި އޭނާގެ މަޤްސަދު ކާމިޔާބެއް ނުވާނެއެވެ. މާކިން ގޭގައި ނޫޅޭ ވަގުތުބަލައި ލެޕްޓޯޕް ހިފައިގެން އިން ޒެރީން އިނީ ޕާސްވޯޑު ޖަހާށެވެ. މާކިން އާންމުކޮން އެ ޖަހާތަން ފެންނައިރު އެއީ މީހެއްގެ ނަންކަން އޭނާއަށް އިނގެއެވެ. ނަމަވެސް އެ ނަން އަދިވެސް ވަނީ އޭނާއަށް ފެންނަވަރު ނުވެފައެވެ. އާޝީޔާ ބުނެގެން މެންދުރުގެ ކެއުމަށް ދައުވަތުދޭން މައްޗައް އެރި އިނާރާ އެބައިގެ ދޮރު ހުޅުވާފައި ހުރީމައި މަޑުމަޑުން އެތެރެއަށް ވަނެވެ. މާކިންގެ އެއްވެސް ހިލަމެއް ނުވުމުން އޭނާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށްށެވެ.

އެނދުގައި އިން ޒެރީން ދިޔައީ ލެޕްޓޮޕްއާއި ކުޅެމުން ކަމުން އޭނާއަށް ކޮޓަރިއަށް މީހަކުވައިން ކަމެއް ނޭނގެއެވެ. މަކީންގެ ލެޕްޓޮޕް ހިފައިގެން އިން ޒެރީން ފެނި އިނާރާއަށް އޮޅުނެވެ. މާކިންއަކީ މި ލެޕްޓޮޕް ދުވަހަކުވެސް މީހަކު އަތްލަން ދޭނެ އެއްޗެއް ނޫނެވެ. އިނާރާވެސް އޭގައި އަތްލުން މަނާއިރު ޒެރީންއަށް އެދިނީ ކީއްވެގެންބާއޭ ހިތައްއަރައި ސުވާލު އުފެދުނެވެ. “ޒެރީން..” އިނާރާގެ އަޑުއިވުމުން ޒެރީން ސިހިފައި ލެޕްޓޮޕް ލައްޕާލިއެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ.

“އި.. އިނާރާ.. މިތާ ކީއްކުރަނީ.. މާކިން ނޫޅެ..” ޒެރީން ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ. “މިއައީ  މަންމަ ބުނެގެން މެންދުރު ކެއުމަށް ދައުވަތުދޭން ވެގެން.” އިނާރާ އާދައިގެ ގޮތަކަށް މިހެން ބުނެލިޔަސް އޭނާއަށް ޒެރީން ކޮންމެވެސް ކަމެއް ސިއްރު ކުރާހެން ހީވިއެވެ. މާކިން ނެތި އޭނާގެ ލެޕްޓޮޕްއާއި ކުޅެން އިނުމުން އޭނާ އިތުރަށް ހައިރާންވިއެވެ. ނަމަވެސް މާކިން އެ ހުއްދަ ޒެރީންއަށް ދިނީކަމަށް އޭނާ އަމިއްލަ ނަފްސައް ވިސްނައިދިނެވެ. މި ގޮތަށް ޒެރީންއަށް ޝައްކުކުރަން ވެއްޖެނަމަ އިތުރު މައްސަލަތަކެއް ޖެހިދާނެތީ އޭނާ އެކަން ހިންދާލިއެވެ.

“ހޫމް.. ދާނަމޭ. ކޮންމެހެން މާކިން ހޯދަން މިތަނަށް އަންނާނެ ކަމެއް ނެތް.” ޒެރީންއަށް ރުޅިއާދެވުނީ ކީއްވެކަމައް ނޭނގެއެވެ. އެގޮތަށް އިނާރާ އެމީހުން އުޅޭ ބަޔައް އައިސް މާކިންގެ ކުރިމަތީގައި އުޅޭކަށް އޭނާ ހިތްހަމައެއްނުޖެހެއެވެ. “އަހަރެން ނޫޅެން އޭނާ ހޯދާކަށް. އެކަން ޒެރީންއަށް ރަނގަޅަށް އިނގޭނެ..” ޒެރީން ގަސްތުގައި އިނާރާ ރުޅިއަރުވަން އުޅެނީކަން އޭނާއަށް އިނގެއެވެ. “ލިސިން.. ހީ އިސް މައިން! އަޑުއިވިއްޖެ. ނިކުމޭ ދެން.” އިނާރާއާއި ދިމާއަށް އިނގިލަ ދިއްކޮލަމުން ޒެރީން ބުނެލިއެވެ. “އެހެންނޫނަސް އަހަރެން ނޫޅެން މިތާ މަޑު ކުރާ ހިތަކުންނެއް.” އިނާރާ މިހެން ބުނެފައި އެތަނުން ނިކުތެވެ.

“ބަމްބީ.. ކިހިނެތްވީ މިތާ؟” މާކިންގެ އަޑުއިވުމުން ޒެރީން އަވަހަށް ލެޕްޓޮޕް އެއޮތް ތަނަށް ލާފައި ކޮޓަރިން ނިކުތެވެ. “ހޭއި ބޭބީ.. އިނާރާ ބުނީ މެންދުރު އެބަޔަށް ކާން ދާށޯ.” ޒެރީން އައިސް މާކިން ކައިރީގައި މަޑުކޮއްލަމުން ބުނެލިއެވެ. ޒެރީން އޭނައާއި ވާހަކަދައްކާގޮތުން މާކިންއަށް އުނދަގޫ ވިއެވެ. އޭނާ އެހެން ހަދަނީ އިނާރާ ހުރުމުން އޭނާ ދެރަ ކޮއްލުމަށްކަން އިނގޭއިރު ވެސް މާކިންއަށް އިނާރާގެ ކުރިމަތީގައި އޭނާ ނުރުހޭވަރު ހާމަ ކުރާކަށް ބޭނުމެއްނުވެއެވެ. އޭނާ ބޭނުންވަނީ ޒެރީންދެކެ ލޯބިވާކަން އިނާރާއަށް ދައްކާށެވެ.

އިނާރާ އެއްވެސް އެއްޗެއް ނުބުނެ  ނިކުމެގެން ދިއުމުން މާކިންއަށް އުނދަގޫ ވިއެވެ. ކޮޓަރިއަށް ވަދެގެންދިޔަ މާކިންއަށް ބަލަހައްޓައިގެން ހުރި ޒެރީން ހުރީ ޚީޔާލަކަށް ގެއްލިފައެވެ. “ބަމްބީ..” އޭނާ އެނަން ޕާސްވޯޑަށް ވެދާނެކަމަށް ވިސްނިއެވެ.

މާކިންމެން ކާން އަންނަން ވާއިރަށް އާޝިޔާ ބަދިގެދެތެރޭގައި އުޅުނު އިރު މަލަކްއާއި އިނާރާ އުޅުނީ ކާގޭގައިއެވެ. “ތަންކޮޅެއް އަތްމަތި އަވަސް ކޮއްލަބަލަ..” އާޝީޔާ ކާގެއަށް ނިކުންނަމުން ބުނެލިއެވެ. “ބައްޕައަށް އިނގޭތަ ދޮންބެ އަންނަކަން.” މަލަކް އަހާލިއެވެ. “ބުނިން ގެންނަ ވާހަކަ.. އެއްޗެކޭ ނުބުނެ..” އާޝީޔާ ވިސްނަން ހުރެފައި ބުނެލިއެވެ.

އިރުކޮޅެއްގެ ތެރޭގައި ކާންހެދުމުން ނާޒިމް އައިސް އިށީނެވެ. އެވަގުތު މާކިން ވެސް ޒެރީންއާއި އެކީ އެތަނަށް ވަނެވެ. ނާޒިމް އިންތަން ފެނި މާކިން ކުޑަކޮން ޖެހިލުންވި ނަމަވެސް ޒެރީންއާއި އެކީ ގޮސް އިށީނެވެ. ކެއުން ކުރިޔައް ދިޔައިރު ނާޒިމް މާކިންއަކާއި ވާހަކައެއް ނުދައްކައެވެ. “ޒެރީން ކިހިނެތް؟ ޑޮކްޓަރ ކީކޭ ބުނީ؟” އާޝިޔާ ޒެރީންއާއި ވާހަކަ ދެއްކިއެވެ. “ރަނގަޅު ހުރިހާ ކަމެއްވެސް.. ދޯ މާކިން.” ޒެރީން މާކިންގެ އަތުގައި އަތްބާވާލަމުން ބުނެލިއެވެ.

މި މަންޒަރުފެނި ނާޒިމް ހިތްހަމަ ނުޖެހުނު ކަމަކު އެއްޗެކޭ ނުބުނާން ނިންމިއެވެ. “މާކިން ވަރަށް ރަނގަޅު.. އެހާ ކެއާ ކުރޭ.. އެހާ ލޯބިވޭ..” ޒެރީން ހިނިތުންވެ އިނދެ ދެއްކި ވާހަކަތަކުން އިނާރާ ދެރަވިއެވެ. “އޯ.. ދޮންބެ ވެސް ފައިނަލީ ލޯބިވާ ކުއްޖެއް ފެނުނީ ދޯ.” އިނާރާއަށް ޖެއްސުމަށް މަލަކް މިހެން ބުނުމުން މާކިންއައީ ރުޅިއެވެ. އޭނާގެ ލޯބިވާ އިނާރާ އިސްޖެހި މި ހުރިހާ ވާހަކަތަކެއް އަޑުއަހަމުން ދިޔައިރު އޭނާއަށް ކުރާނެ އަސަރު ހަމަ ރަނގަޅަށް ވެސް އިނގެއެވެ.

“ބައްޕަ ކިހިނެތް؟” ޒެރީން ނާޒިމްއަށް ގޮވާލިއެވެ. ޒެރީންގެ މި ޢަމަލުން މާކިން ސިހުނެވެ. އޭނާކައިރީ ރީއްޗަށް ނާޒިމްއާއި ވާހަކަ ނުދައްކަން ބުނެފައި އޮއްވަ ވެސް އެކަން ކުރީއެވެ. އޭރު އާޝިޔާ އިނީ ނާޒިމް ކޮއްފާނެ ކަމަކާއި މެދު ބިރުންނެވެ. ނަމަވެސް ނާޒިމް ޖަވާބެއް ނުދިނެވެ. “ބައްޕާ..” ޒެރީން އަނެއްކާވެސް ގޮވާލުމުން ނާޒިމް ކާންއިން ތަށި ދުރުކޮއްލިއެވެ. “ބުނަން އަހަރެންމީ ޒެރީންގެ ބައްޕައެއްނޫން. މީގެފަހުން އަހަރެންނާއި ދިމާއަށް ތިހެން ކިޔަސް، ވާހަކަދައްކަން މަސައްކަތް ކުރިއަސް މިގެއިން ނިކުންނަން ޖެހޭނީ..” ނާޒިމް ރުޅިވެރިކަމާއި އެކު ބުނެލިއެވެ.

“އެކީއްވެ ނިކުންނަންވީ. އަހަރެން މިއީ މާކިންގެ އަންހެނުންނޭ.. އިނާރާއަށް މިތަނުގައި ހުރެވެންޏާ އަހަރެންނަށް ވެސް ހުރެވޭނެ.” ޒެރީން ދެކޮޅަށް ވާހަކަދެއްކިމުން މާކިން ސިހުނެވެ. “ތިހެން ބުނަން ކެރޭތަ އެބަ. ނިކުންނަން ޖެހޭނީ.. މީ އަހަރެންގެ ގެ..” ނާޒިމް ގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. “ނުނި ކުންނާނަން… މިގެއަށް އައިންސުރެ އަހަރެންނާއި ރަނގަޅަށް ވާހަކަދައްކާ މީހަކު އުޅެނީ ކީއެއްނޫން… ހީވަނީ މި ހުރިހާ ކަމަކީ ހަމައެކަނި އަހަރެންގެ ކުށްހެން. ނުދާނަން.. ނުވެސް ނެރެވޭނެ.” ޒެރީންގެ އަޑު ގަދަވުމުން މާކިން ވެސް ކެއުން ހުއްޓާލިއިރު އިނާރާއަށް އެއްޗެކޭ ނުބުނެއެއް ނީދެވުނެވެ.

“ޒެރީން.. ބައްޕައާއި ރީއްޗަށް ވާހަކަދައްކައި..” އިނާރާ ހިތްހަމަ ނުޖެހިފައި އިނދެ ބުނެލިއެވެ. “އިނާރާ މަޑުން އިނދޭ..” ޒެރީން މިހެން ބުނުމުން ނާޒިމް ހަޅޭލަވައިގަތެވެ. “ޒެރީން! ތިވައްތަރަށް އިނާރާއާއި ވާހަކަ ދައްކާނެކަމެއް ނެތް.. އަމިއްލަ ފެންވަރު ނޭނގިގެންތަ ތިއުޅެނީ..” ނާޒިމް ގޮނޑިން ތެދުވަމުން ބުނެލިއެވެ. “އަހަރެން ބޭނުން އެއްޗެއް ކިޔާނަން.. ކޮންކަމެއް..” ޒެރީން މިހެން ބުނުމުން މާކިންއަށް އިތުރަކަށް ކެތެއް ނުވިއެވެ.

“ޒެރީން! ހުއްޓާލާ ހަމަ މިހާރު..” މާކިން ހަޅޭލަވައި ގަންނަމުން ޒެރީންގެ އަތުގައި ހިފައި އެތަނުން ދަމާފައި ނެރުނެވެ. “ދޫކުރޭ..” ޒެރީންގެ މިހެން ބުނި ނަމަވެސް މާކިން އަޅައެއް ނުލިއެވެ. “މިހެން ވާނީ ފެންވަރުދަށް، ޢައިލާއަށް ނުފެތޭ ވަރުގެ މީހުން ގެންނަންޏާ!” ނާޒިމް މިހެން ބުނެފައި ކޮޓަރިއަށް ވަނެވެ. އާޝިޔާވެސް އަވަހަށް ނާޒިމް ހަމައަކަށް އެޅުވުމަށް އޭނާގެ ފަހަތުން ދިޔައިރު މަލަކް ތަށި ހިފައިގެން ސިޓިން ރޫމަށް ގޮސް ޓީވީ ހުޅުވިއެވެ. ކާމޭޒު ކައިރީގައި އިން އިނާރާ އިނީ މި ޢާއިލާ ތެރޭގައި މި ހިނގާ ކަންތަކާއި ހެދި ބޯހާސްވެފައެވެ.

“ކިހާ ދެރަކަމެއް! ޒެރީން ކައިރި ބުނިންދޯ ބައްޕައާއި ވާހަކަ ނުދައްކައްޗޭ..” ޒެރީން ކޮޓަރިއަށް ވައްދަމުން މާކިން ބުނެލިއެވެ. އޭނާ ބެލީ ޒެރީންއަށް އަނިޔާއެއް ނުކޮއް ވޭތޯއެވެ. “ދެން މިގޭގައި އަހަރެން މީކާކު.. އެއްވެސް މީހެއް ނޫން.. މާކިންވެސް ތި ނިދަނީ ވަކިން.. އަހަރެން އެކަނިވެރި ވާނެވަރު ނޭނގޭތަ.. ކޮންމެ ރެއަކު އެކަނި އޮވެގެން ރޯ އިރު މާކިންގެ ފަރާތުން އެއްވެސް އަޅާލުމެއް ލިބޭތަ..މިވެސް މާކިންގެ ދަރިއެކޭ..” ޒެރީންގެ ލޮލުން ކަރުނަ އޮހިރެމުން ދިޔައިރު އޭނާ ހުއްޓުމެތް ނެތި ރޯންފެށިއެވެ.

“ކީއްވެތަ މާކިން.. މިކަން ވީކީވެސް ކޮންމެހެން އަހަރެން ބޭނުން ވެގެންނެއް ނޫން.. ދެން މިހާރު ކީއްވެތަ ތި ގޮތަށް ތި ދުރައްދަނީ.. އިނގޭ ބުނިކަން އަހަރެންނާއި އެއްވެސް ގުޅުމެއް ނުބޭއްވޭނެއޭ.. އެކަމަކު.. އަހަރެންވެސް ބޭނުން.. މާކިން ޕްލީސް.. ލަވް މީ.” ޒެރީން ގޮސް މާކިންގެ ފުޅާ ހަށިގަނޑުގައި ބައްދައި ގަންނަމުން ބުނެލިއެވެ. ޒެރީން އެގޮތަށް ދެރަވެފައި ރުއިމުން މާކިންއަށް އަސަރު ކުރިއެވެ. ތެދެކެވެ. އެއީ މާކިންގެ ދަރިފުޅުގެ މަންމައެވެ. އެގޮތަށް އޭނާ ދެރަކުރަން ހެޔޮނުވާނެއެވެ. މާކިން ހިތާއި ދެކޮޅަށް ޒެރީން ގަޔާއި ކައިރިކޮއްލަމުން ބޮލުގައި ފިރުމާލިއެވެ.

ފޯނުން ރާހިލްއަށް ގުޅައިގެން އިން މަލަކް އިނީ ހިނިތުންވެފައެވެ. ފާއިތުވެ ދިޔަދުވަސްތަކުގައި އެދެމެދުގައި އޮތް ގުޅުން ބަދަލުވެ މިހާރު މަލަކްވެސް އޭނާ ރާހިލްއަށް އެދޭކަން ހާމަކޮއްފިއެވެ. މާކިންއަށް ސިއްރުން ކޮންމެ ދުވަހަކު ޝެޝަން ގަޑިތަކުގައި އެކުގައި ތިބޭއިރު އެދެމެދުގައި ވާ ގުޅުން ވަނީ ދުނިޔެއަށް ސިއްރު ކުރެވިފައެވެ. އިރުކޮޅެއްގެ ތެރޭގައި ބެލް ޖެހުނު އަޑަށް މަލަކް ދުވެފައި ގޮސް ދޮރުހުޅުވިއެވެ.

“ހޭއި ލަވް..” ރާހިލް އައިސް މަލަކްގެ ކޮލުގައި ފިރުމާލުމުން މަލަކް ދުރައްޖެހުނެވެ. “ނޫން.. އިނާރާ އެބައުޅޭ..” މަލަކް ބުނެލިއެވެ. ދެ މީހުން އެކުގައި ގޮސް ސޯފައިގައި އިށީދެލިއިރު މަލަކް އިނީ ރާހިލްއާއި ޖެހި ފިތިގެންނެވެ. “ހިނގާ މާކިންއަށް އަންގަން.. ދެން މިހެން ސިއްރުން އުޅެން ވަރަށް އުނދަގޫ..” މަލަކްގެ އަތުގައި ހިފާލަމުން ރާހިލް ބުނެލިއެވެ. “ނޫން.. ދޮންބެއަކަށް ނުވިސްނޭނެ.. ޤަބޫލެއްވެސް ނުވާނެ.” މަލަކް މިހެން ބުނެލިއިރު އޭނާ ހަޤީޤަތުގައި ވެސް މިކަން މާކިންއަށް އަނގާކަށް ބޭނުމެއް ނުވެއެވެ.

އޭނާ ރާހިލްދެކެ އިންތިހާއަށް ލޯބިވާއިރު މިކަން މީހަކަށް އިނގިއްޖެނަމަ އެ ގުޅުން ކެނޑޭނެކަން ޔަޤީނެވެ. ރާހިލް އެއްޗެކޭ ނުބުނި ނަމަވެސް އޭނާ ހުންނަނީ ބިރުންނެވެ. މިކަން ނުކުރަން ކުރިން ކަނޑައެޅި ނަމަވެސް މަލަކްގެ ލޯބި ލިބުމުން ރާހިލްއަށް ކެތްނުވީއެވެ. މިއީ އޭނާ ކުޅޭ ކުޅިވަރެއް ނޫނެވެ. އޭނާ ހަޤީޤަތުގައި ވެސް މަލަކްދެކެ ލޯބިވެއެވެ. ބައެއްފަހަރު މާކިން ކައިރި ބުނަން ހިތައްއެރި ނަމަވެސް އެ ހިތްވަރެއް ނުލިބެއެވެ. އޭނާ މިހާރު ބޭނުންވަނީ މަލަކްއާއި ގުޅޭށެވެ. އެންމެންނަށް އޭނާގެ ލޯބި ހާމަކުރާށެވެ.

ކައިރީގައި ނިދިފައި އޮތް ޒެރީންއަށް ބަލަހައްޓައިގެން އޮތް މާކިން ތެދުވެ ހަރުގަނޑުގައި އިން ތުވާލި ނަގައިގެން ފާޚާނާއަށްވަނެވެ. ފެންތިކިތައް އެ ހަށިގަނޑުގައި ބޮސްދެމުން ދިޔައިރު މާކިންހުރީ ފާރުގައި ބޯ ޖައްސާލައިގެންނެވެ. ހިތާއި ދެކޮޅަށް އެކަން ކުރެވުމުން މާކިން ދެރަވިއެވެ. ހީވަނި އެއީ އޭނާއަށް މަޖުބޫރުވެގެން ކުރެވުނު ކަމެއް ހެންނެވެ. ހަމައެކަނި ޒެރީންގެ ހިތްހަމަޖެހުމަށްޓަކައެވެ.

ނަމަވެސް އޭނާގެ ހިތުގައި ރޯވެ އަނދަމުންދިޔަ އަލިފާނަކަށް އެއްވެސް ފިނިކަމެއް ނުލިބުނެވެ. އެހިތް އެދެނީ އިނާރާއެވެ. ނަމަވެސް އޭނާގެ ގައިގައި ބީހި ނުލައި ހުރުން މިއަދު މިވަނީ މަޖުބޫރުވެފައެވެ. “ޑޭމް އިޓް!” ފާރުގައި ޖަހާލަމުން މާކިން މިހެން ބުނެލިއިރު ލޮލުން ކަރުނަ ނިރާލިއެވެ.

މާކިން ފާޚާނާއަށް ވައިން ވަގުތުބަލައި ޒެރީން ގައިގައި ފޮތިގަނޑު އޮޅާލައިގެން ގޮސް މާކިންގެ ލެޕްޓޮޕްނަގިއެވެ. އޭނާ ހަނދާން ނުނެތެނިސް މިކަން ކުރަން ނިންމިއެވެ. “ބަމްބީ.” ޒެރީން މިހެން ކިޔާފައި ފާސްވޯޑުގައި އެނަން ޖަހާލިއެވެ. އިރުކޮޅެއްނުވެ ލެޕްޓޮޕް ހުޅުވިގެން ދިއުމުން ޒެރީން ވީ އުފާ ބަޔާން ކޮއްދޭން ނޭނގުނެވެ. “މުހައްމަދު މާކިން ނާޒިމް.. ގެޓް ރެޑީ.. ޔޫ އާ ޑެޑް.. ސޫން.” ޒެރީން މިހެން ބުނެފައި ލެޕްޓޮޕް ނިންވާލާފައި އައިސް އެނދަންއަރައި ކުރިން އޮތްގޮތަށް އޮށޯވެލިއެވެ.

ގިނައިރު ކޮޓަރީގައި އޮންނަ އިނާރާ ފޯނުން ވައިބާއަށް ވަދެލިއެވެ. ކިތަންމެ ފަހަރަކު މާކިންއަށް މެސެޖެއް ކޮއްލަން ހިތަށް އަރައިފައި ވެސް ފަސްޖެހެވެއެވެ. ދުރުގައި އުޅެން ޖެހުމުން އިނާރާގެ ލޯބި އިތުރުވުން ނޫން ކަމެއް ނުވެއެވެ. ކިތަންމެ ފަހަރަކު މާކިން ކައިރީ ދުރުން އުޅުމަށް ނުބުނެވުނު ނަމައޭ ހިތަށްއަރައެވެ.

ނަމަވެސް އެގޮތަން މާކިން ކައިރިވާން ވެއްޖެނަމަ އިނާރާއަށް މާކިންއާއި މިގޮތަށް ދުރުގައި ހުންނަން ވާނީ ތަކުލީފަކަށްކަން އިނގެއެވެ. އިނާރާ މި ޚީޔާލުތަކާއި ދުރުވެ ބޯ ހަމަޖައްސާލަން ބޭރަށް ނިކުމެލަން ނިންމިއެވެ. މި ވަގުތަކީ އާންމުކޮން ގޭގައި ރާހިލް އައިސް އިންނަ ގަޑިކަމުން އޭނާ އޮންނަނީ ކޮޓަރީގައެވެ.

މަލަކްއާއި ކައިރިވެލި ރާހިލް ދުރުކުރުމަށް މަލަކް ފަހަތައް ޖެހުނެވެ. “ރާހިލް ޕްލީސް.. އިނާރާ އެބަ އުޅެޔޭ..” މަލަކް ހިނިއައިސްފައި އިނދެ މިހެން ބުނުމުން ރާހިލް ޖެއްސުމަށް މަލަކް ގެނެސް އުނގަށް ލިއެވެ. “އޭނަ ނުކިކުންނާނެ މިގަޑީގައެއް..” ރާހިލް މިހެން ބުނި ވަގުތު އިނާރާ ކޮޓަރިން ނިކުތެވެ. ދުރުގައި ހުރި ސޯފާގައި މަލަކް ރާހިލްގެ އުނގުގައި އިންތަން ފެނި އިނާރާ ސިހުނެވެ. އޭނާއަށް މި މަންޒަރު ފެނުންއިރު ހީވީ ރާހިލް ގަދަކަމުން މަލަކް ގާތްކުރަން އުޅެނީ ކަމަށެވެ. “ރާހިލް..” އިނާރާއަށް ބޭއިޚްތިޔާރުގައި މިހެން ބުނެވުނު އިރު އޭނާއަށް އަނގަމަތީގައި އަތް އެޅުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ރަހީނު… 11 ވަނަ ބައި.

Next

ހަތަރު އުދަރެސް (7)

Next
July 16, 2015

ހަތަރު އުދަރެސް (7)

Previews
July 15, 2015

ރަހީނު… 11 ވަނަ ބައި.

58 Comments!

  1. lovely says:
    July 15, 2015 at 8:16 pm

    First dhw…. story v salhi♡♡

  2. aai says:
    July 15, 2015 at 8:18 pm

    nice …..<3 🙂

  3. shabee says:
    July 15, 2015 at 8:23 pm

    yay mi first.. 🙂 mi baivexx v v salhi… but maa kuru.. tommorrow evening ga dhw nxt prt??? 😀

  4. nukko says:
    July 15, 2015 at 8:24 pm

    V salhi avahah aneh baii up kohdhdhyy

  5. Mal says:
    July 15, 2015 at 8:26 pm

    V nice

  6. lovely says:
    July 15, 2015 at 8:27 pm

    Zai kn iraku next part up kuraanii.. waiting waiting

  7. shabee says:
    July 15, 2015 at 8:28 pm

    ey lovely dhw first… oooooooopppppssss… kudakh delay v aslu post vaan.. dhen ehnviyas heyo m thiird… mi vaahaka salhi v ma nimunee… 😀

  8. Ruhu says:
    July 15, 2015 at 8:30 pm

    Varah salhi waiting next parf

  9. Ruhu says:
    July 15, 2015 at 8:30 pm

    Part****

  10. Lali says:
    July 15, 2015 at 8:35 pm

    Wow mi part vx v salhi…nxt part vx avahah up kohlahchey

  11. Crazi says:
    July 15, 2015 at 8:48 pm

    Veh shalhi

  12. Maasha says:
    July 15, 2015 at 8:49 pm

    This part is awesome….. Waiting 4 next part…. Zai u r the best…☺

  13. finni says:
    July 15, 2015 at 8:50 pm

    nice

  14. Naju says:
    July 15, 2015 at 8:51 pm

    Ey sali mi part ves alley e xeryn ah ladheh dheeba e xeryn bast aruvaala ba

  15. Nym says:
    July 15, 2015 at 9:03 pm

    Varah hiyy gaimu story eh…… abdhu mi story kiyaa hiyy vany.. thanks for uploading fastly darling.. <3

  16. mixu says:
    July 15, 2015 at 9:16 pm

    Waiting 4 nxt prt.

  17. lully says:
    July 15, 2015 at 9:17 pm

    Nice try…

  18. nihaa says:
    July 15, 2015 at 9:21 pm

    Habeyss story eh…. Thanks 4 updating day to day…

  19. MadhY says:
    July 15, 2015 at 9:50 pm

    vaahaka varah salhi. maadhamaa mornin ga nxt part kiyaalan libeynenema. inthizaaru maadhiguvany… ehenve sad….

  20. nazi says:
    July 15, 2015 at 10:05 pm

    dhen koniraku next p up kuranee vvvvv reethi mi hama ey va na

  21. Meesh says:
    July 15, 2015 at 10:08 pm

    Vvvv reethi mibaives

  22. Inaa says:
    July 15, 2015 at 10:10 pm

    Hy xai u r late today… I was waiting. .. I love this story. ..

  23. Een says:
    July 15, 2015 at 10:11 pm

    V salhi mi part ves…

  24. liu says:
    July 15, 2015 at 10:27 pm

    haadha kureyy..anywaxx varah rytii,,,,eid mubaarik

  25. samaa says:
    July 15, 2015 at 10:31 pm

    v salhi Microsoft part ves…:-)

  26. nuhaa says:
    July 15, 2015 at 10:45 pm

    zai. could you do me a favour? aneh vaahaka poast kuraa goi kiyaa dheeba. dhahtha vaahaka eh liyefa othee.. dhen poast kuran neygigen eba ulhey ehen ve.. plz plz

    1. zaisha says:
      July 15, 2015 at 11:06 pm

      you have to click the login button above.ethanuga inaane sign up vaan. so u can creat a new profile and click new post.

  27. kitty says:
    July 15, 2015 at 10:59 pm

    Miulhey zereengandeh ves dhw haadha fooseh veyey by the way story v v v nice waiting for the next part zai.

  28. Xuu says:
    July 15, 2015 at 11:01 pm

    <3 <3 <3

  29. niyasa says:
    July 15, 2015 at 11:18 pm

    Please zereen ah kaamiyaabu nudheythi v v v foohi vaane eyrun

  30. Me says:
    July 15, 2015 at 11:31 pm

    V nice

  31. anee says:
    July 15, 2015 at 11:37 pm

    Nice

  32. aish says:
    July 15, 2015 at 11:45 pm

    Varah reethi

  33. dark princess says:
    July 15, 2015 at 11:49 pm

    alhey zai kihineh tha mivany….. konmes gothakun maakin ah angabala zeryn ge kanthah…. e anhenaa ulhey vahtharun v foohivey… inaaara fakyruves hithaama koh koh halaakuvany… raahil aa dheytherey negetive koh inaaraa nuvisnaifiyya kithenme haaves rangalhu.. v nice story eh.. abadhu kiyaahithun kehmadhuvefa mihunnany,,,, u r the best.. I LOVE YOU ZAI…. keep it up

  34. jui says:
    July 16, 2015 at 1:44 am

    hahahhahahaahhaha.. raahil thihen ney vaany.. hehehe. malak e varah buneema vex………. hehehe, anyways zai vaahaka varah nice.. 🙂 btw e zeryn funuvaalaba. eyna ehllaala. .maakin ge kon secrets eh tha e leptop ga v? and plus inaara and maakin…. raahin and malak. e sidey ah vex konmmevex gotheh hadhaa.. 🙂 sidey ah ingunyma hunnane vareh… hahhahahhahahhahahahahahahhahaha

  35. Shaa says:
    July 16, 2015 at 1:47 am

    Varah salhi mi part ves.

  36. suha says:
    July 16, 2015 at 4:12 am

    Hama ekani hoodyge vaahakathah ekanyeh nun reethe. Zaige mi vaahaka vx v v v reethi.

  37. Azki says:
    July 16, 2015 at 9:23 am

    varah varah reethi 🙂

  38. Xinaan says:
    July 16, 2015 at 1:11 pm

    Vrh salhi… Awsme…

  39. Nuzha says:
    July 16, 2015 at 1:33 pm

    thanx zai.. v v v bodah thanx kiyaa dhineema

  40. liu says:
    July 16, 2015 at 4:32 pm

    kobaatha?haadha lasvanyyy,,,,,,

  41. Aaliyaa says:
    July 16, 2015 at 4:43 pm

    kobaa

  42. sahyn says:
    July 16, 2015 at 4:45 pm

    23rd part kobaa.. Zai ge habareh vx nuvey… waiting eagerly.. avaskohba plx..:-)

  43. nazi says:
    July 16, 2015 at 4:48 pm

    zai kobaa vaahaka haadha lahey kiyaahithun key va nee kee noon vvv foohi unmeedhukuran avaha up kolla dheynekama

  44. kanbulo says:
    July 16, 2015 at 4:54 pm

    Inthizaarey mi kurany hiy edheythy

  45. Aaliyaa says:
    July 16, 2015 at 5:07 pm

    alhe xai kobaa next prt ,

  46. Aaliyaa says:
    July 16, 2015 at 5:10 pm

    xaishaaaaaa

  47. rai says:
    July 16, 2015 at 5:21 pm

    alhe knirakutha nxt part haveeru veesure balabala mihunnany vaahaka kiyaahithun alhe zaisha avaskohdheeba pls pls pls

  48. sheenaa says:
    July 16, 2015 at 5:24 pm

    kobaaa next part xaiiii…

  49. Shabee says:
    July 16, 2015 at 5:26 pm

    Rai hama thedheh thibuneee… shabee vexx iru iru kolhaa eba balan… emme fahun Adhivexx up nuvaathee mi prt ge comment thah mibelee zai liyefa inthoa mireyey up vaanee… but neh… alhey zaii plx mak it faster… 🙂

  50. MadhY says:
    July 16, 2015 at 5:27 pm

    avas kohdhybala plx.. plx.. inthizaaruga up kureytho balabalaa myny. plx plx avas kohdhyfaanantha

  51. MadhY says:
    July 16, 2015 at 5:31 pm

    me ah feney konme dhuvahaku dhe part up kuran noony thi liyaa part thah dhigukon liyedhyfaanantha. hurihaa kudhin mivarah aadheys kuraa iru avas kohdheynama….

  52. flower says:
    July 16, 2015 at 5:32 pm

    Alhe adhivess up nuveytha…mendhurun suren iru iru kolhaa eba bele up vefa inthw…plz avahah up kohdhyba

  53. zaisha says:
    July 16, 2015 at 5:39 pm

    hey guyz sorry for late reply. new part tonight. hope u guyz would understand

  54. mae says:
    July 16, 2015 at 5:41 pm

    ofcourse v r ur lwly readers

  55. MadhY says:
    July 16, 2015 at 6:10 pm

    mirey kon irakun.. alhe time bunedhyfaanantha????

  56. zaisha says:
    July 16, 2015 at 6:16 pm

    before 10 insha allah.

  57. sahyn says:
    July 16, 2015 at 8:02 pm

    Xai thikuraa hiyyvarah saabas
    Thanks xaisha
    I will check at 10.. thanks 4 ur lovely story.

Comments are closed.

Next Episodeހިތް ވިންދާނުލައި… (23)←


All Right Reserved!