Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާ

ލައިލާ 3

Unknown girls Level 210 Stories
May 27, 2021 4 Mins Read
0 Comments

ހަފްތާއެއް ފަސް

ލައިލާ ސުކޫލުން ގެއަށް އައިސް ޔުނީފޯމް ބަދަލު ކޮށްގެން ފާޚާނައިން ނިކުތް އިރު ލިޔާން އެނދުގައި އިށީނދެ އިނެވެ. ” ދަރިފުޅާ އާދެބަލަ. ބައްޕަ ވާހަކައެއް ބުނަން އެބޮތް ” ލިޔާން ލައިލާ އަށް ގޮވިއެވެ. ލައިލާ ހަމަޖެހިލައިގެން އައިސް އެނދުގައި އިށީނެވެ. ސާލިމާގެ މަރަށް ފަހު ކަންކަން މިހާރު ވަނީ ހަމަޔަކަށް އެޅިފައެވެ. ” ބައްޕަ މިއުޅެނީ މިއަންނަ ހަފްތާ މީހަކާއި އިންނަން”  ލިޔާން ބުނެލި ޖުމްލައިން ލައިލާ ހުއްޓުނެވެ. ” ބަ ބައް ބައްޕަ އެހާ އަވަހަށް މަންމަ މަތިން ހަނދާން ނެތުނީތަ؟ކީއްވެ އަޅުގަނޑަށް އަންގާ ވެސް ނުލާ ހުރީ؟” ލައިލާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. އޭނާ ލިޔާން އަށް ބަލަމުން ދިޔައީ ޝަކުވާގެ ނަޒަރަކުންނެވެ. ” ބައްޕައަށް އިނގޭ މި ކައިވެންޏަށް ދަރިފުޅު ދެކޮޅު ހަދާނެ ކަން. އެހެންވެ ނުބުނީވެސް. ދަރިފުޅުގެ ކޮއްކޮ ލީލާ ބަލަމުން ސްކޫލަށް ދާނީ ކިހިނެއް؟” ލިޔާން ސަބަބު ބަޔާންކުރުމުން ލައިލާ އިސްޖަހާލިއެވެ. ތުންފަތުގައި ދަތްއަޅާލި އަޅާލީނުން ތުންފަތަށް ލޭކުލައަރާލިއެވެ. ފުން ނޭވާއެއް ލައިފައި އޭނާ ބަދިގެއަށް ދިޔައީ މެންދުރަށް ކައްކާށެވެ. ދެތިން ފިޔާ ނަގައި ތޮށި ނޮޅަން ފެށިއެވެ. 

” އައްސަލާމު ޢަލައިކުމް ” ބޭރުން ސަލާން ގޮވާލި އަޑަށް ލައިލާ ފިޔާ ބާއްވައިފައި ބަދިގެއިން ނިކުތެވެ. ” ލައި މިއަދު ހަވީރު އަންނާތި ލީން ގެއަށް. އެގޭގައި ކުޑަ ޕާޓީއެއް ބާއްވާތީ. ފަހެއް ޖަހާއިރު ފެށޭނެ. ގަޑިއަށް އަންނަން ހަނދާން ކުރާތި. އަންނަން ޖެހޭނެ އިނގޭ ލޮނުމިރުސް ” ޔަނާލް ގަސްތުގައި ލައިލާ ރުޅި އަރުވާލިއެވެ. ލައިލާ ކުއްލިއަކަށް ޔަނާލްގެ ފޯނު ޖަހައިގަތެވެ. ” އޭތް ގެނޭ ފޯނު ” ޔަނާލްގެ ކަންބޮޑުވީ އޭނާގެ ރޭވުން ފަޅާއަރައި ފާނެތީއެވެ. ޔަނާލް ދޫނުކޮށްގެން އެންމެ ފަހުން ލައިލާ ފޯނު ދިނެވެ. “ދެން ވެސް އަހަންނަށް ލޮނުމިރުސް ނުކިޔާތި ޔޫން ގަނޑާ”

ލައިލާ އަނބުރާ ބަދިގެއަށް ވަދެ ދެން އޮތް ފިޔާ ސާފު ކޮށްލިއެވެ. އިސްކޫރުން ފިޔާތައް ދޮވެލައިފައި ހަނޑޫ ެޮދޮވެ ބަތްކައްކަން އުދިއެވެ. ދެން ތެލިނަގައި ފިޔާ ކޮށަން ފެށިއެވެ. ފިޔާ އާއި އެކު މިރުހާއި ހިކަނދިފަތް ކޮށާލުމަށް ފަހު މަސްދަޅު ކެނޑި އެވެ. މަސްދަޅުގެ ތެޔޮ ތެއްޔަށް އަޅާލިއެވެ. ލޮނާއި އެހެން ރަހަމީރުކުރަން އަޅާ ހަވާދު އަޅާލަމުން ލައިލާ އުނދުން މައްޗަށް ތެލި އުދިއެވެ. ބަތް ތެލި ހިނދުމުން ބަތްކޮޅު ހާކާލައިފައި އުނދުން ނިއްވާލިއެވެ. ފިޔާ ރަތް ވުމުން ޓޮމާޓޯ އާއި ސޯސް އަޅައިފައި ފިޔާތައް ހާކާލިއެވެ. މަސްދަޅު އަޅަން އެނބުރުނު ތަނާހެން ލީލާ ދުވަމުން އައިތަން ލައިލާ އަށް ފެނުނެވެ. ” ދޮންނީ ކޮކީ އަށް ވަރަށް މީރު ވަހެއް ދުވާތީ މި އައީ. ދީބަ ކޮކީ އަށް ރަހަ ބަލާލަން” ލީލާގެ ލައިލާގެ ހެދުމުގައި ހިފިއެވެ. ” ދޮންނީ މިހަދައި ނިމުމުން ދޭނަމޭ ” ލައިލާ ލީލާ ގޮނޑީގައި ބައިންދަމުން ބުނެލިއެވެ. އެއަށްފަހު މަސްދަޅު އަޅައިފާ އުނދުން ނިއްވާލިއެވެ. ލީލާ ގޮނޑިން ފައިބުމަށް ފަހު ބަދިގެ ތެރޭ ދުވަން ފެށި އެވެ. ލައިލާ ތެއްޔަށް ބަތް އަޅައިފައި ހާކާލިއެވެ.

ލީލާ ގޮވައިގެން ބަދިގެއިން ނިކުމެ ލީލާ ފެންވެރުވިއެވެ. އަލަމާރިން މަޑު ފިޔާތޮށި ކުލައިގެ މައްޗަކާއި މެރޫން ކުލައިގެ ޓައިޓެއް ނެގިއެވެ. ލީލާ ރީތި ކުރުމަށް ފަހު ލީލާގެ އެނދަށް ލައިފައި ފެންވަރަން ވަނެވެ. އޭނާ ހީޓަރު ފިނި ކޮށްލައިފައި މާގަނޑު ދޫކޮށްލިއެވެ. މޫނުގައި ޖޭހެމުންދާ ފެންތިކި ތަކުން ލައިލާގެ ތުންފަތް ތުރުތުރު އަޅަމުން ދެއެވެ. ފެންވަރައި ނިމުމުން ފާޚާނާ ތެރެއިން ދެވޭ ޗޭންޖިން ރޫމަށް ވަނެވެ. އެތަނުގައި ހެދުން އަޅުވާ ދޮރުފަތް ނެތް އަލަމާރިން ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ހަރުވާޅެއް ލައިލާ ނެގިއެވެ. ކައިރީގައި ހުރި ގޮނޑި މަތީގައި ބާއްވާފައި ލޯޝަން ގައިގައި އުނގުޅާއިފައި އަންނައުނު ލިއެވެ. ލައިލާ ކަޅުވަށް ބުރުގަލެއް އަޅައިފައި ފާހަނައިން ނިކުތެވެ. ލައިލާ އަށް ޕިސް ތަޅާލެވުނީ ބަންގި ގޮވާ އަޑު އިވުމުންނެވެ. އަނެއްކާ އޭނާ ފާޚާނާ އަށް ވަދެ ވުޟޫ ކޮށްގެން ނިކުތެވެ. އޭރު ލީލާ އަތަށް އޭނާގެ ކުޑަ ބެއާ ލައިގެން ބާލީސް މަތީގައި ނިދިފައި އޮތެވެ. ނަމާދުކޮށް ނިމުމުން ބަދިގެއަށް ކާން ހަދަން ލައިލާ ވަނެވެ. ޖޫސް ގިރައިފައި ބިއްލޫރި ދެއްތައްޓަށް އަޅައިފައި ލީލާއަށް ހޮޅިން ބޯ ފުޅިއަށް އެޅިއެވެ.

ލިޔާން މިސްކިތުން ނިކުމެފައި ސައިކަލް އިސްޓާޓު ކޮށްލިއެވެ. ސައިކަލަށް އެރުމަށް ފަހު ސައިކަލް ދުއްވާލިއެވެ. ސައިކަލް ރޯޒް ވިލާގޭގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ސައިކަލުން ތަޅުދަނޑި ނަގައިފައި ދޮރުން އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. ލިޔާން ހިނގައިފައި ގޮސް ބަދިގެއަށް ވަނެވެ. އޭރު ލައިލާ ކަހަނބަށް ބަތް އަޅައިގެން ގެންނަނީއެވެ. ލިޔާން ބަދިގެއަށް ވަދެ ގޮނޑި ދަމާލައިފައި އިށީނެވެ. ލައިލާ ވެސް ގޮނޑީގައި އިށީނދެ ތައްޓަށް ބަތް އެޅިއެވެ. ބިސްމި ކިޔައިފައި ސަމުސަލެއް ނަގައިފައި ކާން ފެށިއެވެ. ލިޔާން ވެސް ކާން ފެށި އެވެ. ލައިލާ ސަމްސަލަކަށް ފަހު ސަމުސަލެއްގެ ބަތް ކަމުން ދިޔައެވެ. ލިޔާން ބަތް ކައި ނިމުމުން ޖޫސް ތަށި ބޯލިއެވެ. ފެންތަށި ބޯލައިފައި ސިންކު ކައިރިއަށް ގޮސް ތުންދޮވެގެން ލިޔާން ބަދިގެއިން ނިކުތެވެ.

ލައިލާ ކައި ނިމިގެން ތަށިތައް ހިފައިގެން ސިންކު ކައިރިއަށް ދިޔައެވެ. ސްޕޮންޖުގައި މާމާ ފުޅިން މާމާ ކޮޅެއް ހާކާލުމަށް ފަހު ތަށިތައް ސާފުކޮށް ދޮވުނެވެ. އައިސް އަލަމާރި ހުޅުވައިފައި އޭގެން ފެންފުޅި އެއް ނަގައިފައި ފެން ބުޔެވެ. ބަދިގެ އިން ނިކުމެފައި ކޮޓަރިއަށް ވަދެ އޭނާގެ އެނދުގައި ޖައްސާލިއެވެ. އޮށޯވެ އިރުކޮޅެއް ނުވަނީސް އޭނާއަށް ނިދުނެވެ. ބޮޑު އެނދުގައި ލިޔާން އޮތީ ނިއްކުރީގައި އަތްބާއްވާލައިގެންނެވެ. ހީވަނީ ކަމަކާއި ވިސްނާ ހެންނެވެ. ލީލާ ވެސް ނިދުނު ގޮތަށް އޮތީ އެވެ.

ލައިލާއަށް ހޭލެވުނީ އަސުރަށް ބަންގިގޮވަނި ކޮށެވެ. އޭނާ މޯޅިއަކަށް ދެމިލުމަށް ފަހު އެނދުން ތެދުވެ ފާޚާނާއަށް ވަނެވެ. މޫނުދޮވެ ދަތްއުނގުޅާ ލުމަށްފަހު ލައިލާ ވުޟޫ ކުރިއެވެ. ވުޟޫ ކޮށްލައިގެން ނިކުމެފައި ނަމާދު ކުރަން މުސައްލަ އަޅައިފައި އިސްޓާކީނަށް އެރިއެވެ. ދޮޅި އަޅައިފައި ނަމާދު ކުރަން ފެށިއެވެ. ނަމާދުގެ މެދުތެރެއިން ލީލާއަށް ހޭލެވުނެވެ. އޭނާއަށް ދޮންތަ ނަމާދު ކުރަން އިނުމުން އެނދުގައި އިށީނދެ އިނެވެ.

ލީލާ އަކީ އެހެން ކުދިންނާއި ޚިލާފަށް ބަސްއަހާ ހަލަނި އަދި ނިދި ގަދަ ކުއްޖެކެވެ. ލައިލާ އާއި ހިލާފަށް ލީލާއާއި ސުހޭލް ދޮނެވެ. ނަމަވެސް ސާލިމާގެ ފަން ފަން އިސްތަށިގަނޑު ލިބިފައިވަނީ ލައިލާ އަށެވެ. ލައިލާ ނަމާދު ކޮށް ނިމިގެން ޒިކުރު ކުރަން ފެށީ ލީލާ ހޭލިކަން ނޭނގޭތީއެވެ.

” ދޮންނީ ބަނޑުހައި ވެއްޖެ. ” ލީލާގެ އަޑު އިވުމުން ލައިލާ ދޮޅި އާއި އިސްޓާކީނު މުސައްލައަށް ލައި އޮޅާލީއެވެ. އަދި ލީލާ އުރާލައިގެން ފާހަނައަށް ވަދެ ލީލާގެ މޫނު ދޮއްވިއެވެ. ތުވާލިން ލީލާގެ މޫނު ހިއްކާލައިފައި ލައިލާ ކޮޓަރިން ނިކުތެވެ. ބަދިގެއަށް ވަދެ ލީލާއަށް ބަތް އަޅައިފައި ކާންދޭން ފެށީއެވެ. ލީލާ ކައި ނިމުމުން އޭނާގެ ޖޫސްފުޅި ދިނެވެ. ލައިލާ ތަށި ދޮވެލައިފައި ލީލާ ކައިރިއަށް އައެވެ. ފުޅި ހުސްވުމުން ފުޅި ދޮވެފައި ލައިލާ ބަދިގެއިން ނިކުތެވެ. އޭރު ޔަނާލް އާދެއެވެ.

” ލައި ދޭ ފެންވަރަން އަހަރެން ލީލާ ގެންގޮސް ފާނަން. ” ޔަނާލް ލައިލާ އަތުން ލީލާ އަތުލިއެވެ. ” މިދަނީ އޭ. ކީއްވެގެން ބާއްވާ ޕާޓީއެއްތަ ޔޫން ” ލައިލާ ކީއްވެ ބާއްވާ ޕާޓީއެއް ކަން ނޭނގޭތީ އެހިއެވެ.” އަނގަގަދަ މިތުރާ ދޭބަލަ ދެން ވެސް ވާހަކަ ނުދައްކާ ފެންވަރަން ” ޔަނާލް އެއީ ކޮން ޕާޓީއެއް ކަން ނުބުންޏެވެ. ޔަނާލް ނުބުނާނެ ކަން އެނގޭތީ ލައިލާ ކޮޓަރިއަށް ވަދެ ހެދުމެއް ނެގިއެވެ.

ލައިލާ ހެދުން އިސްތިރިކޮށްފައި ފެންވަރައިގެން ނިކުމެ ހެދުން ލިއެވެ. ދެން ފުށްޖަހައިފައި ތުންފަތުގައި ލިޕްބާމް ކޮޅެއް އުނގުޅާފައި ޝޯލް އަޅަން ފެށިއެވެ. ޝޯވް އަޅައި ނިމުމުން ސެންޓު ކޮޅެއް ޖަހާލުމަށް ފަހު ކޮޓަރިން ނިކުތެވެ. ދޮރުތަޅުލައިފައި ގެއިން ނިކުތްއިރު ފަހެއް ޖަހަން ފަސް މިނެޓެވެ. އައިލީން މެން ގެއަށް ވަތް އިރު ޕާޓީއެއް ބާއްވަން ރީތި ވެސް ކޮށްފައެއް ނެތެވެ. އޭނާ އައިލީންގެ ކޮޓަރި މަތީގައި ހުންނާތީ ސިޑި އާއި ދިމާއަށް ދިޔައެވެ. ލައިލާ ސިޑިން މައްޗަށް ދާ ވަރަކަށް އަނދިރިވަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ހިރާސް 30

Next

އަންނަންދެން ހުންނާނަން ލޯބިން 43

Next
May 27, 2021

އަންނަންދެން ހުންނާނަން ލޯބިން 43

Previews
May 27, 2021

ހިރާސް 30



All Right Reserved!