އަންނަންދެން ހުންނާނަން ލޯބިން 41
ތާރާ ކޮޓަރިން ނުކުތް އިރުވެސް ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާ އަށް އަދިވެސް ވިސްނެނީއެވެ. އޭނާގެ ސިކުނޑިއަށް އެ ހިތި މާޒީ ސިފަވަނީއެވެ. ނާއިލް ކުރި އަނިޔާ ތަކެވެ. ނާއިލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތަކެވެ. ތާރާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ގޮތެވެ. ތާރާގެ ކިބައިން އޭނާގެ އުފާވެރި ދިރިއުޅުން ފޭރިގަތް ގޮތެވެ. އޭނާގެ އާއިލާ އޭނާ ދެކެ ނަފްރަތު ކުރުވަން ކުރި ކަންތަކެވެ. ތާރާގެ ލޯބިވެރިޔާގެ ދުވަސް ދުއްވާލަން ކުރި ކަންތައް ތަކެވެ. ކިޔާން ތާރާ އަކީ ބޭވަފާތެރިއެއްގެ ގޮތުގައި ދެކެމަށް މެދުވެރިވި ސަބަބެވެ.
އެ ހުރިހާ ހިޔާލެއް ތާރާގެ ސިކުނޑި ބާރު ކުރަމުން ދިޔައެވެ. ތާރާއަށް ނޭނގުނު ނަމަވެސް ތާރާގެ ދެލޯ ކަރުނުން ފުރި ކޯތާފަތް މައްޗަށް ބަންޑުންވަމުން ދިޔައެވެ. މަޑުމަޑުން ގިސްލެވެމުން ދިޔައެވެ. އޭނާގެ ސިކުނޑިއަށް ރަނގަޅަކަށް ނުވިސްނެއެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގާދާނެ ހެންނެވެ. އޭނާ ކުރިއަށް ދިޔައިރު އޭނާ އަކަށް ރަނގަޅަކަށް ނުފެނެއެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތަކުގެ ސަބަބުންނެވެ.
“އަޅުގަނޑު ބޭނުން މިކަން ވީ އެންމެ އަވަހަކަށް ނިންމާލަން. އޭނާގެ ހުރިހާ ލިޔެކިޔުންތަކެއް އަޅުގަނޑުގެ އަތުގައި އެބަހުރި. އެ ތަކެތި ތިޔަ ފަރާތާ ހަވާލު ކޮށްދޭނަން ވީ އެންމެ އަވަހަކަށް.” ކިޔާން އޭނާގެ ކުރިމަތީގައި އިށީނދެގެން އިން ފުލުސް އޮފިސަރާއި ވާހަކަ ދެއްކިއެވެ.
އޭނާ ނިމިގެން ތެދުވެލި ވަގުތު އެއްލި ކަޅިއަކުން އެއްކަލަ ކޮޓަރިން ތާރާ ނިކުތް ތަން ފެނުނެވެ. ތާރާ ހުރީ ހިޔާލަކަށް ގެއްލިފައިކަން އެނގުނެވެ. އެހެންނަމަވެސް އޭނާގެ ލޮލުން އޮހިގެން ކަރުނަތައް ފެނިފައި ކިޔާން ހައިރާންވިއެވެ. މަޑުމަޑުން މޭގައި އަތް އަޅާލައިގެން ހުރެ ތާރާ ގިސްލަމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސް ފާރުގައި އަތް އަޅުވާލީ އިތުރަށް ކުރިއަށް ދާނެ ހިތްވަރު ނެތުމުން ކަންނޭނގެއެވެ.
ދެން ފެނުނީ ތާރާ ފުންކޮށް ނޭވާ ލެވޭތޯ މަސައްކަތް ކުރަން ފެށި މަންޒަރެވެ. ނަމަވެސް ކޮންމެ ފަހަރަކު އޭނާ ނޭވާލާން އުޅޭއިރަށް ރޮވެނީއެވެ. ތާރާއަށް ވަމުން ދިޔަ ގޮތް ފެނިފައި ކިޔާނަށް އެދިމާއަށް ހިނގައި ގަނެވުނެވެ. އޭނާގެ ހިތް އެކަމަށް ބާރު އެޅުމުންނެވެ. ތާރާ އެ ޙާލުގައި ހުއްޓާ ފެނުމުން ހިތަށް ކެތްނުވީއެވެ.
ނަމަވެސް ކިޔާން ހުއްޓުނީ ތާރާ ނިކުތް ކޮޓަރި ދޮރު ހުޅުވާލާފައި ޒުވާނަކު ނިކުމެ ތާރާ މަސަލަސް ކުރެވޭތޯ އުޅެން ފެށުމުންނެވެ. އެމީހާ ތާރާ އާއި ވަރަށް ގިނަ ވާހަކަ ދެއްކުމުން ތާރާ ކަރުނަތައް ފޮހެލައި ބޯ ޖަހާލިތަން ފެނުނެވެ. އެމީހާ ތާރާގެ ކޮނޑުގައި އަތް އަޅުވާލާފައި އެއްޗެއް އެއްސެވެ. ތާރާ ނޫނެކޭ ބުނަން ބޯހޫރާ ލިއެވެ. އެއްކަލަ ކޮޓަރިން އިތުރު މީހަކު ނިކުތެވެ. ބޭރު ވައްތަރު ޖަހާ މީހެކެވެ. ފަހުން އައި މީހާ ވެސް ތާރާ އާއި ވާހަކަ ދެއްކިއެވެ. އެމީހުން އުޅުން ގޮތުން ހީވަނީ ތާރާއަށް ކަމެއް ވިސްނާދޭން އުޅުން ހެނެވެ. އެންމެފަހުން ތާރާ ބޯ ޖަހާލިއެވެ.
އެހެންކަމުން ކުރިން އައި ޒުވާނާ ތާރާގެ ކޮނޑުގައި އަތް އަޅުވައިގެން ހުރެ ގޮސް އެތަނުން ނުކުތެވެ. ތާރާ ބަސްއަހާ ކުޑަކުއްޖަކު ފަދައިން އޭނާ އާއި އެކު ދިޔައެވެ. އެމީހުންގެ ފަހަތުން ހޮސް ކިޔާން ނިކުތެވެ. އަދި އޭނާގެ ކާރަށް އަރައި ބަލަހައްޓައިގެން އިނެވެ. ފެނުނީ ތާރާ އެ ޒުވާނާ އާއި އެކު ސައިކަލަކަށް އަރައިގެން ދިޔަ މަންޒަރެވެ.
ކިޔާން ގޮށްމުށުން އޭނާގެ ކާރުގައި ތަޅައިގަތެވެ. އަދި ދަތްކުނޑި ވިކާލަމުން ދެލޯ މަރާލިއެވެ. ތާރާ ފެނުމުން އަދިވެސް އޭނާއަށް އެހެން ވާތީ ކިޔާން ރުޅިއައެވެ. ތާރާއަށް މިހާރު ކިޔާންގެ ހިތާއި ކުޅެވިގެން ނުވާނެ ނޫން ހެއްޔެވެ؟ ކުޅެވި ދެވިގެން ވެސް ނުވާނެ ނޫން ހެއްޔެވެ؟
ކިޔާން ލޯ ހުޅުވައިލީ އޭނާގެ ފޯނު ރިންގްވާ އަޑަށެވެ. ފޯނުގެ ސްކްރީނަށް ‘ޒީ❤️’ އަރާފައި އިނެވެ. ވަގުތުން ކިޔާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ހަލޯ.” ކިޔާން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. “ޔާން! ހާދަ ލަހެކޭ ތިވަނީ ދިޔަ ތާކު! ކޮން އިރަކުތަ އަންނަނީ؟ މަންމަ ވެސް އެބައުޅޭ ޔާން ނައިސްގެން.” ޒީނާ ވާހަކަ ދެއްކިއެވެ. “މި ދަނީ މިހާރު، ޒީ. އަސްލު މާބޮޑަށް މިސްވީދޯ މަ މަތިން؟” ކިޔާން ހީލިއެވެ.
“ހުމްމްމް. މައްސަލައެއްތަ އެއީ؟” ޒީނާ ބުނެލިއެވެ. “ހަހަ. އެހެނެއް ނޫނޭ ދޯ. ކޮބާތަ ބޭބީ އޯކޭތަ؟” ކިޔާން އެއްސެވެ. “ޔާ. ޒާޔާ ބޭބީ އިޒް އޯކޭ. ހޭ، ޔާން. އަންނަމުން އާދެބަ މޭބިސްކަދުރު ކޮޅެއް ގަނެގެން. އޮހް އެން ފެހި އާފަލު ވެސް.” ޒީނާ ބުންޏެވެ. “އޯކޭ. މިދަނީ ބާޒާރަށް މިހާރު. ކައިފިންތަ؟” ކިޔާން އެއްސެވެ.
“ނޫނޭ. އަދި ނުކަން. ޔާން އައީމަ ކާނީ.”
“ޒީ.. ނުކައި ހުންނާކަށް ނުވާނެ. ހެނދުނު ހެނދުނާ ކޭ ގޮތަށޭ ތިއުޅެނީ!” ކިޔާން ހިތްހަމަނުޖެހިފައި ބުންޏެވެ. “ނޫނޭ. ނުވަގަނޑިއަށް މަންމަ ގިރާދިން ޖޫސް ތަށްޓެއް ބޮއެގެން މިހިރީ. އެކަމު މި ގަޑީގައި މޭބިސްކަދުރޭ ކާހިތްވަނީ!” ޒީނާ ރައްދު ދިނެވެ. “އޯކޭ. އޯކޭ. އަވަހަށް މިދަނީ ބާޒާރަށް. ޒީ ނުކައި ގިނަ އިރު ހުންނާނަކަށް ޔާން ބޭނުމެއް ނޫން.” ކިޔާން ބުންޏެވެ. “ހުމް ހުމްމްމް. ދެން ބާއްވަނީ. ސީ ޔޫ އެން ލަވް ޔޫ.” ޒީނާ ބުންޏެވެ. “ލަވް ޔޫ ޓޫ.” ކިޔާން ފޯނު ބޭއްވިއެވެ.
“ތާރާ އާއި މެދު އެވަރަށް ވިިސްނާކަށް ނުވަނެ މިހާރު. ފޯކަސް އޮން ޒީ. އޮންލީ ޒީ އެން ޒާ ބޭބީ.” ކިޔާން އޭނާގެ ހިތަށް ވިސްނާދިނެވެ. ޙަޤީޤަތުގައި ވެސް ކިޔާން ޒީނާ ދެކެ ލޯބިވެއެވެ. ވަރަށް ވެސް ލޯބިވެއެވެ.
……………
“ތެންކިޔޫ.” ސައިކަލުން ފައިބަމުން ތާރާ ރީހަންއަށް ބުންޏެވެ. “ޑޯންޓް މެންޝަން އިޓް ތާ. ތާ އެހާލުގަ އަހަރެން ތާ އެކަނި ގެއަށް ދިޔަކަ ނުދޭނަން. އެއީ އަހަންނަށް ވާނެ ކަމެއް ނޫން. މާބޮޑަށް ކަންކަމާ ނުވިސްނައްޗޭ އިނގޭ. އެވްރީތިން ވިލް ބީ އޯލްރައިޓް. އޯކޭ؟ ވީ ވިލް ޓްރައި އަވާ ބެސްޓް އެޓް ދިސް.” ރީހަން ތާރާގެ ބޮލުގައި ފިރުމައިލިއެވެ. އެއީ އޭނާ ތާރާއާއި މެދު ދެކެނީ ދައްތައެއްގެ ގޮތުގައެވެ. ތާރާ ރީހަންއަށް ވުރެ 4 ވަރަކަށް މަސް ދޮށީވާނެއެވެ.
“ދެން ދޭ ގެއަށް އަވަހަށް. މިހާރު ވެސް ތިހިރީ ސަކަރާތް ވެފައި. ގޮސް ދެން ނިދާލާ އިނގޭ؟” ރީހަން ބުންޏެވެ. ތާރާ ބޯ ޖަހާލިއެވެ. “ދަނީ. ސީ ޔޫ ސޫން.” ކުރެވިފައިވާ އަޑަކުން ތާރާ ބުންޏެވެ. އަދި ގޮސް ގެއަށް ވަނެވެ. ތާރާ ވަނުމުން ރީހަން ސައިކަލް ދުއްވާލިއެވެ.
ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތުމުން ތާރާ ދުވެފައި ގޮސް ވަނީ ބޮޑު ކޮޓަރިއަށެވެ. އަދި އޭނާގެ ފަހަތުން ދޮރު ލައްޕާލުމަށް ފަހު އެތާ ހުރި ޕްރިންސެސް އެނދުގައި އޮށޯވެލިއެވެ.
…………………
“ތުއްތީ؟ ތުއްތީ؟ ސިސް؟” ތާރާ އަށް ހޭލެވުނީ ލޫތު ތާރާ އަށް ގޮވާ އަޑަށެވެ. “ހޭ. ލޫއްކޮ. މިގޭގަ؟” ތާރާ އަހާލިއެވެ. “ޔެޕް. މަންމި މެނާ އެއްކޮށް އައީމި. އައި ވޯޒް އެކްސްޕްލޯރިން. އެން ސޯ ސިސް މިތާ އޮށްވަ. ވާ ޔޫ ކްރައިން؟ ތުއްތިގެ އައި ރެޑް ވެފަ ހުރީ.” ލޫތު ބުންޏެވެ. “ނޫނޭ. އެއީ މާގިނައިން ނިދީމަ. އެބަ އަންނަން ތުއްތި މޫނު ދޮވެލައިގެން.” ތާރާ ފާޚާނާ އަށް ވަދެ މޫނު ދޮވެލިއެވެ. އަދި ލޫތާއި އެކު އެ ކޮޓަރިން ނުކުތެވެ. އެއަށްފަހު އޭނާ އެކޮޓަރިން ފެނުނުކަން އެއްވެސް މީހެއްގާތު ނުބުނުމަށް އެދުނެވެ. ލޫތު އެކަމަށް އެއްބަސްވުމުން ދެމީހުން އެކުގައި ސިޓިންރޫމަށް ދިޔައެވެ.
އެންމެން އެއްކޮށް ސަކަރާތް ޖަހާ މަޖަލުގައި މުޅި ދުވަސް ހޭދަކުރަމުން ދިޔައެވެ. އެކަމުން ތާރާގެ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
………………
އެންމެން އެކުގައި ހޭދަކުރާ ވަގުތުތަކުގެ ތެރޭގައި ކިޔާނާއި ތާރާ އެކަކު އަނެކަކާ ދުރުދުރުން އުޅޭގޮތް ޒީނާއަށް ވެސް ފާހަގަ ކުރެވެންފެށިއެވެ. އެދެމީހުންގެ ދެމެދުގައި ކޮންމެވެސް އިރެއްގައި ގުޅުމެއް ވި ކަމަށް ވެސް ގަބޫލު ކުރެވުނެވެ. އެހެންކަމުން އެދެމީހުންގެ އުޅުމަށް ބޮޑަށް ސަމާލުކަމެއް ދޭން ފެށިއެވެ.
އަބަދުވެސް ތާރާގެ ލޮލުގައި ވާ ވޭން ޒީނާއަށް ދެނެގަނެވުނެވެ. ހަމަ އެފަދައިން ކިޔާންގެ ލޮލުގައި ވެސް އެ އިޙްސާސްތައް ވާކަން ފާހަގަ ކުރެވުނެވެ. އެދެމީހުންގެ ދެމެދުގައި އެވާ ސިއްރު އެނގެން ޒީނާ ބޭނުންވިއެވެ. ގައިމުވެސް މީގެ ކުރިން ތާރާގެ ވާހަކައެއް އޭނާގާތު ކިޔާނެއް ނުބުނެއެވެ. އެހެންކަމުން ޙަޤީޤަތް އެނގެން ބޭނުންވެ އެކަމަށް ކާމިޔާބު ކުރުމަށް ޢަޒުމު ކަނޑައެޅިއެވެ.
މަހަކަށް ފަހު މަހެއް ފާއިތުވަމުން ގޮސް އެންމެފަހުން ޒީނާ ވިހާ ދުވަސްވެސް ގާތްވަމުން ދިޔައެވެ. އެހެންކަމުން ކިޔާން ޒީނާއަށް އިތުރު ސަމާލުކަމެއް ދޭން ފެށިއެވެ. ކިރިޔާ ވެސް ކަމެއް ވާއިރަށް އަބަދު ހުންނަނީ ހާސްވެފައެވެ.
ތާރާ ވެސް އަމިއްލަ ހިތުގައި ވި ވޭނަށް ކެތް ކުރަމުން ކިޔާނަށާއި ޒީނާއަށް ޓަކައި އުފާވެސްކުރިއެވެ. ކިޔާނަށް އުފާވެރި ދިރިއުޅުމެއް ލިބުނީތީއެވެ. އެ ދިރިއުޅުމުގައި ތާރާ ނުވިޔަސް ކިޔާންގެ މޫނުމަތިން ފެންނަ އުފާވެރިކަމުން ތާރާގެ ހިތްވެސް އުފާވެއެވެ. ތާރާގެ ހިތުގައި ކިތަންމެ ވޭނެއް އެޅިޔަސް ކިތަންމެ ޝަކުވާއެއް ވިޔަސް ކިޔާން އުފަލުގައި އުޅޭނަމަ އޭނާއަށް އެންމެ ރަނގަޅެވެ.
“ވާވް. ޔޫ ހޭވް ގޮޓެން ފެޓަ… އައި މީން ޗަބިއާ.” ސަނަމް ޔުކްތާއަށް ބުންޏެވެ. “ޔޫ ސެއިޑް ފެޓާ.” ޔުކްތާ ސަނަމާއި ދިމާއަށް ބާލީސް އެއްލިއެވެ. ތެދެކެވެ. ޔުކްތާއަށް އަދިވީ އެންމެ 6 މަހެވެ. އޭނާ ބަލިވެއިންކަން އެނގުން އިރު 2 މަހެވެ. އޭގެ ފަހުން މިހާރު 4 މަސްވީއެވެ. އެހެންކަމުން އޭނާގެ ގައިގައި ފުދޭވަރަކަށް މަސްޖަހާފައި ހުއްޓެވެ. ނަމަވެސް އޭނާގެ ރީތިކަމަށް ކުޑަވެސް ބަދަލެއް އަދި ނާދެއެވެ.
“ވެލް ސަނީ އެބުނީ ދޮގެއް ނޫނޭ، ޔުކް. ޔޫ ލުކް ލައިކް އެ ވޭލް.” ތާރާ ޒީނާ އާއި ޔުކްތާ އާއި ދެމެދު އިށީނދެލިއެވެ. “އަމައްޔާތް! މިހިރަ މީހެއް ދޯ؟ ހުރެބަލަ މަންޖެ ބަނޑުބޮޑުވާ ދުވަހަކުން މަ ކިޔާލާނަމޭ އެއްޗެކޭ.” ޔުކްތާ ތާރާ އާއި ދިމާއަށް ލޯ އަޅާލިއެވެ. އެވަގުތުވީ ހުރިހާ ފިރިހެނުން ވެސް ގެއަށް ވަން ވަގުތަށެވެ.
ޔުކްތާ ބުނި އަޑު އިވިފައި ކިޔާންގެ ފިޔަވަޅުތަކަށް މަޑު ޖެހުމެއް އައެވެ. ވަގުތުން މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. ކިޔާންގެ މަލާމާތުގެ ނަޒަރު ތާރާއަށް އަމާޒުވިއެވެ. އޭނާގެ ހިތް އަލުން ހަލާކުވި ކަހަލައެވެ. ޒީނާއަށް އެކަން ފާހަގަ ކުރެވުނެވެ. “އަމްމް.. ވަޓްސް ރޯންގް؟”
“އަޅާނުލާ. ކަމެއް ނުވެ.” ތާރާ ބުންޏެވެ. “ކަމެއް އަސްލުވެސް ނުވެތަ؟” ކިޔާން އައިސް އެތަނުން ސޯފާއެއްގައި އިށީނެވެ. އޭނާ ކައިރީގައި ދެންތިބި ފިރިހެންވެސް އިށީނެވެ.
“ކިޔާން. ބުރޯ. ޑޯންޓް.” ޖައިލަމް ކިޔާނަށް ބުންޏެވެ. “ވައި ނޮޓް؟” ކިޔާން ހީލިއެވެ.
“ޑޯންޓް ސްޓާޓް ދިސް ކިޔާން.” ތާރާ ބަލައިލީ ސީދާ ކިޔާންގެ ލޮލަށެވެ. “ވައި ނޮޓް، ތާރާ؟” ކިޔާން އަނެއްކާވެސް ސުވާލު ކުރިއެވެ. މިފަހަރު އެ ދެލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ނަފްރަތެވެ.
“އެއީ ތިމީހުނަށް ޙަޤީގަތް ނޭނގޭތީ.” ތާރާ އިންތަނުން ތެދުވިއެވެ. “އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ޙަޤީގަތް.” ކިޔާން ވެސް ތެދުވިއެވެ. ޒީނާގެ މޭބޮޑުވަމުން ދިޔައެވެ. “ނޭނގެ. ކިޔާނަކަށް ނޭނގޭނެ. އަޑު އިވިއްޖެ؟ ދުވަހަކުވެސް ނޭނގޭނެ! ސޯ ސްޓޮޕް ދިސް!” ތާރާ އައި ރުޅީގައި އެތަނުން ނިކުމެގެން ދިޔައެވެ. ކިޔާން ވެސް ދާން ތެދުވިއެވެ.
ނަމަވެސް ޒީނާގެ ވޭނީ ހަޅޭކުގެ އަޑު އިވިފައި އޭނާގެ ފައިގައި ކަސްތޮޅު އެޅުވުނު ކަހަލައެވެ. ވަގުތުން ޒީނާ އާއި ދިމާއަށް ދުވެފައި ދިޔައެވެ. ޒީނާ ބަނޑުގައި އަތް އަޅައިގެން އިދެ ރޮމުން ދިޔައެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލި ތާރާއަށް ވެސް އެ އަޑު އިވުނެވެ. އެހެންކަމުން ދުވެފައި އައެވެ.
“ޝިޓް. އަވަސް! ކާރަކަށް އޭނަ އަރުވާ!” ތާރާ ހަޅޭއްލަވައިގަތެވެ. އެންމެން އޭނާ ކިޔާންގެ ކާރަށް އަރުވިއެވެ. “އިންނު! ތާ ގޮވައިގެން ސައިކަލުގަ ހޮސްޕިޓަލަށް ގެންދެބަ. އޭރުން ޒީން މި ކޮޅަށް ގެންނަން ވާއިރަށް ތާއަށް ހުރިހާ ކަމެއް ރެޑީ ކުރެވޭނީ!” ތާރާ އީމާން ގާތު ބުނުމުން ތާރާ އޭނާގެ ސައިކަލަށް އެރުވިއެވެ.
…………………
ޒީނާ ވެއްދިތާ މިހާރު ވަރަށް އިރުވެއްޖެއެވެ. ކިޔާންގެ އާއިލާ ވެސް އެތަނަށް މީހާރު އަތުވެއްޖެއެވެ. އެންމެން ވެސް ތިބީ ހާސްކަމެއްގެ ތެރޭގައެވެ. ޒީނާ ވެއްދިއްސުރެ ކިޔާން ތަނެއްގައި އިށީނދެ ނުލައެވެ.
އޭގެ 15 ވަރަކަށް މިނެޓް ފަހެވެ. ވިއްސާ ކޮޓަރި ދޮރު ހުޅުވާލާފައި ނިކުމެގެން އައީ ނަރުސް ކުއްޖެކެވެ. އޭނާގެ އަތުގައި ފިޔާތޮށި ކުލައިގެ ފޮތިގަނޑެއްގެ ތެރޭގައި އޮތީ ތުއްތު ތުއްތު އަންހެން ކުއްޖެކެވެ. “ކޮންގްރެޖުލޭޝަނަސް. ބޮތު ދި ޕޭޝަންޓް އެން ދި ބޭބީ އިޒް ސޭފް. ޔޫ ވިލް ބީ އޭބަލް ޓު ވިޒިޓް ހާ ސޫން.” ނަރުސް ކުއްޖާ ކިޔާންގެ އަތަށް އެ ތުއްތު ކުއްޖާ ދިނެވެ. ކިޔާން ވަރަށް ލޯބިން ނިދާފައި އޮތް އެ ކުއްޖާގެ ކޮލުގައި ފިރުމާލިއެވެ.
“ވަރަށް ލޯބި.” ނިއުމާ ކިޔާންގެ ގާތު ހުއްޓިލަމުން ބުންޏެވެ. “އާނ. ހީވަނީ ހަމަ ޒީ ހެން.” ކިޔާން މަޑުމަޑުން ބުންޏެވެ.
ޒީނާ ޕްރައިވޭޓް ރޫމަކަށް ބަދަލު ކުރެވުނެވެ. “ޕޭޝަންޓް އާއި ވިޒިޓް ކުރެވޭނެ މިހާރު.” ނަރުސް ނިކުމެލާފައި ބުނުމުން ކިޔާނާއި ނިއުމާ އަދި ޣަފޫރު ވަނެވެ. އޭރު ވެސް ކޮޓަރިތެރޭގައި އެކި ކަންކަމުގައި ތާރާ ހަރަކާތްތެރިވެ އުޅެއެވެ. އެ މީހުން ވަނުމުން ތާރާ އެތަނުން ނިކުތީ ނިއުމާއަށް ފެނިދާނެތީއެވެ.
❤️❤️❤️❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.





Wow. I am Sooooooooo happy that you upload it soon now. Keep it up. N the story is outstanding. Love it. Hope you upload the next part soon dear.
Stay safe ❤️❤️?