Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް ބޭނުމޭ ދުލުން 4

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
May 20, 2021 5 Mins Read
16 Comments

މިޝްޔާ ބަލާލިއިރު ކާރުގެ ދޮރުހުޅުވައިލައިގެން ހިނިތުންވެލައިގެން ހުރި އަންހެން މީހާ ފެނި ރައްދުގައި މިޝްޔާ ވެސް ހިނިތުންވުމެއް ދިނެވެ. “މިޝްޔާ އާދެ އަވަހަށް ކާރުން ފައިބަން” އެ މީހާ މިޝްޔާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އެހެން ބުނެލުމަށްފަހު މިޝްޔާ ފޭބުމަށް ކާރުގެ ދޮރު ބޮޑަށް ހުޅުވާލަދިނެވެ. މިޝްޔާ ކާރުން ފޭބުމާއި އެކު އެ މީހާ ސަލާމަށް އަތް ދިއްކޮށްލިއެވެ. “މީ ޒިޔާނާ ދައްތަ.. މިޝްޔާ އަށް މިގޭގައި ހުރުމަށް އެއްވެސް ދައްޗެއް ނުވާނެ.. ކަމެއް ބޭނުން ވިޔަސް އައިސް ދައްތަ ކައިރީގަ ބުނާތި އިނގޭ” ޒިޔާނާ ހިތްހެޔޮ ކަމާއެކު މިޝްޔާއަށް ކަންތައްތައް އޮޅުންފިލުވައިދިނެވެ. މިޝްޔާ ބޯ ޖަހާލުމަށްފަހު ޒިޔާނާގެ ފަހަތުން އެތެރެއަށް ވަންނަން ދާން ހިނގައިގަތެވެ. 

ވޯޓަރ ކްރިސްޓަލް ގޭގެ ތެރެއަށް ވަދެގެން އައި މިޝްޔާއަށް ދެފަރާތަށް ބެލެމުން ދިޔައީ ގޭގެ ފުރިހަމަ ކަމުންނެވެ. އެ ހިތްގައިމު މާހައުލު ފެނި މިޝްޔާގެ ނުތަނަވަސް ވަމުން ދިޔަ ހިތަށް ކުޑަ ލުޔެއް ލިބުނެވެ. ޒިޔާނާ މިޝްޔާ ގޮވައިގެން ގޮސް ގޭތެރޭގައި ބަހައްޓާފައި ހުރި ސޯފާގައި މިޝްޔާ ބޭންދުމަށް ފަހު މިޝްޔާގެ ކިޔެވުމާ އަދިވެސް އެހެން ކަންތައްތައް މިޝްޔާއަށް އޮޅުންފިލުވައިދިނެވެ. އެއަށްފަހު މިޝްޔާ ގޮވައިގެން ގޮސް މިޝްޔާގެ ކޮޓަރި ދައްކާ އަރާމު ކޮށްލުމަށް ބުނެ ޒިޔާނާ މިޝްޔާއަށް ވަގުތު ދިނުމަށްފަހު ނުކުމެގެން ދިޔައެވެ. 

ކޮޓަރިތެރެއަށް ވަން މިޝްޔާ ހުރީ އާޝޯހުވެފައެވެ. އެހާވެސް ފުރިހަމަ ކަމާއި އެކު އެތަން ޒީނަތްތެރި ކޮށްފައި ހުއްޓެވެ. ފާރުތަކުގައި މަޑު ފިޔާތޮށި ކުލައެއް ލާފައި ހުރިއިރު، އެއްބިތުގެ މެދުގައި ބަހައްޓާފައި ހުރި ކުއީން ސައިޒުގެ އެނދުން ކޮޓަރި އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. އޭގެއިތުރުން ހެދުން އަޅުވާ ބޮޑު ކްލޯޒެޓަކާއި ޑްރެސިން ޓޭބަލް އެއްވެސް ހުއްޓެވެ. އެނދާ ދިމާ ފާރުގައި ކުރަހާފައި ހުރި ފިޔާތޮށި ކުލައަކަށް ދާ މާތައް ފެނި މިޝްޔާގެ ހިތް އުފަލުން ނަށާލިއެވެ. 

ދެން މިޝްޔާގެ ނަޒަރު ހުއްޓުނީ އެއްބިތް އެއްކޮން ދަމާފައި ހުރި ފިޔާތޮށި ކުލައިގެ ފަރުދާ އާއި ދިމާއަށެވެ. ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ގޮސް މިޝްޔާ ފަރުދާތައް ކަހާލިއެވެ. އެއާއެކު އޮއްސެމުން ދިޔަ އިރުގެ ރަން ދޯދިތައް މިޝްޔާ ގެ ދޮން މޫނަށް އެޅުނެވެ. މިޝްޔާ ގެ ނަޒަރު ދެން ހުއްޓުނީ ކަހާލެވޭގޮތަށް ހުރި ބޮޑު ބިއްލޫރި ދޮރާ ދިމާލަށެވެ. މިޝްޔާ މަޑުމަޑުން ބިއްލޫރި ދޮރުފަތް ކުޑަކުޑަކޮން ކަހާލިއެވެ. އެއާއެކު މިޝްޔާގެ ދެލޯ ބޮޑުވެގެން ދިޔައީ އެތަނުގެ ފުރިހަމަ ކަމުންނެވެ. ފެހިކުލައިގެ ކާޕެޓް އިން މާރބްލްސްތައް ފޮރުވާލެވިފައި ވީއިރު  އިންދާފައި ހުރި އެކި ކުލަ ކުލައިގެ މާ ގަސްތަކުން ތަނުގެ ރީތިކަން އިތުރަށް ފުރިހަމަ ވެފައިވެއެވެ. މިޝްޔާ އަނެއް ފަރާތަށް އެނބުރުނު އިރު މިޝްޔާ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރީގެ ބެލްކަނި ހުރީ އެއްބެލްކަނިން އަނެއް ބެލްކަންޏަށް ފުންމާލެވޭހާ ކައިރީގައެވެ. މިޝްޔާ ކޮޓަރީގެ ބެލްކަނިހާ އެތަން ވެސް ފުރިހަމަ އެވެ. ބެލްކަނީގައި ހުރެފައި ތިރިއަށް ބަލާލިއިރު ފެންނަނީ ވޯޓާރ ކްރިސްޓަލް ގެ ހިތްގައިމު ބަގީޗާއެވެ. އެތަނުގެ ހިތްގައިމު ކަމާމެދު ވިސްނަން އިރުކޮޅަކު މިޝްޔާއަށް ހުރެވުނެވެ. އެހެންނަމަވެސް ފެންވަރާ ތާޒާ ވެލުމަށް މިޝްޔާ އަވަސްވެ ގަތެވެ. 

********

ކުރީ ދުވަހު ގުޅި ނުދަންނަ ނަމްބަރުން ރީޝަމް ގެ ފޯނަށް ގުޅާތާ މިހާރު ދެދުވަސް ވަނީއެވެ. އެހެންނަމަވެސް ރީޝަމް ފޯނު ނަގާ ހިޔާލެއް ނުކުރެއެވެ. 

ރީޝަމް ފާހަނާއިން ނިކުތީ ފެންވަރާލައިގެންނެވެ. ގަދަ ނޫކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ލެގިންސްއެއް ލުމަށްފަހު ރީޝަމް ބެލްކަންޏަށް ނުކުމެލިއެވެ. ރޭގަނޑުގެ ވަގުތަށް ވުމާއިއެކު އެތަނަށް ވެރިވެފައި ވަނީ އަނދިރިކަމެވެ. އެހެން ކަމުން ބޮކިތައް ދިއްލާލުމަށްފަހު ރީޝަމް ގޮސް ބެލްކަނީގައި ހުރި އުނދޯލީގައި އިށީންދެލިއެވެ. ރީޝަމް އަށް އުނދޯލީގައި ރަނގަޅަށް ހަމަޖެހި ނުލެވެނީސް ފޯނު ރިންގުވާ އަޑު އިވުނެވެ. އެވަގުތު ރީޝަމްގެ މޫނުމައްޗަށް ވެރިވި ފޫހިކަމާއެކު ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮތް ފޯނު ނެގިއެވެ. ގުޅަނީ އެއްކަލަ ނުދަންނަ ނަމްބަރުން ކަމުން ބޮޑު ކަމަކޭ ރީޝަމްގެ ހިތަށް އެރިއެވެ. އެކަމަކު މިފަހަރު ނަގާނީއޭ ހިތާ ފޯނު ނެގިއެވެ.

“ހަލޯ” ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އެކޮޅުން އިވުނު އަޑެއްގެ ސަބަބުން ރީޝަމްގެ ދެލޯ ބޮޑުވިއެވެ. ނަމަވެސް ކާކުކަން ޔަޤީން ކޮށްލުމަށްޓަކައި ކާކުތޯ ސުވާލުކޮށްލިއެވެ. “އައިޒަން. ނޭނގުނު ތަ؟” އައިޒަން އޭ ބުނުމުން ރީޝަމްގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. މި ހުރިހާ ދުވަހު އޭނާއަށް ގުޅީ މީނަ ހެއްޔެވެ؟ “ނޫން އެނގިއްޖެ.. މްމްމް.. ކިހިނެއް ވީ” ލަދުވެތިކަމާއިއެކު ރީޝަމް ސުވާލުކޮށްލިއެވެ. “ކަމެއް ނުވޭ.. ރީޝަމް ދޯ.. ރީޝަމް އެއްނު ބުނީ ފްރެންޑްސް އޭ ސޯ” ކުޑަކޮށް ހީލަމުން އައިޒަން ބުނެލިއެވެ. “ޔާ ސޮރީ ފޯނު ނުނެގުނީމަ” ރީޝަމް މިހެން ބުނެލުމާއިއެކު އައިޒަންގެ ލުއި ހީލުމުގެ އަޑު އިވުނެވެ. “އޯކޭ ބަޓް ފޮގިވް ކުރާނީ މިރޭ މަށާ އެއްކޮން ދުއްވާލަން ދާން އެއްބަސް ވާ މަތިން” ލާނެތް ކަމާއިއެކު އައިޒަން އެހެން ބުނެލުމުން ރީޝަމްގެ ލޯ ބޮޑުވިއެވެ. އެހެންނަމަވެސް އެއްބަސް ވެލީ އައިޒަން ދެކެލާ ހިތްވެފައި ހުރިލޭ ބޮޑުކަމުންނެވެ. ރެޑީ ވުމަށް ބުނެ އައިޒަން ފޯނު ކަނޑާލަން އުޅުމުން ރީޝަމް އައިޒަން އަަށް ގޮވާލައެވެ. “ކިހިނެއްވީ؟” އައިޒަން ހިނިތުންވެލައިގެން ހުރެ ރީޝަމް ގާތުން ސުވާލުކޮށްލިއެވެ. “ކަމެއް ނުވޭ.. ހަމަ ގޮވާލީ” ރީޝަމް މިހެން ބުނެ ފޯނު ކަނޑާލިއެވެ. 

މިއޮއް ހުރިހާ އިރު އައިޒަން ވާހަކަ ދެއްކީ ފޯނު ސްޕީކަރަށް ލައިގެން ހުރެގެންނެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހަން އައިދަން ހުއްޓެވެ. އައިޒަން ފޯނު ބޭވުމަށް ފަހު ފަހަތަށް އެނބުރުނުއިރު ދޮރުގައި ލެނގިލައިގެން ހުރި އައިދަން ފެނި ދިޔައީ ސިއްސައިގެންނެވެ. އައިދަންގެ މޫނުމަތީގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރު ތަކެކެވެ. 

“ކިހިނެއްވީ” އައިޒަން ޔަގީން ކޮށްލަން ބޭނުންވީ ރީޝަމްއާ ދެއްކި ވާހަކަ އައިދަން އަށް އަޑުއިވުނުތޯއެވެ. “ކިހިނެއްހޯ ވީ.. މަށަށް އަޑުއިވުނޭ ދޮންބެ މިއޮއް ހުރިހާ އިރު ދެއްކި ވާހަކަ. ކާކާ އެއްކޮން ރައިޑަށް ދަނީއޭ” ލާނެތް ފާޑަކަށް ޖެހިފައި ހުރެ އައިދަން ބުނެލިއެވެ. “ނޫން އެއީ ފްރެންޑެއް” ބޯ ޖަހާލަމުން އައިޒަން ބުނެލިއެވެ. “ފްރެންޑް އެކޯ.. މަށަށް އެނގޭ ފަހަރިކަން.. ދެން ރީއްޗަށް ކިޔާދޭންވީނު.. އެހެން ނޫނީ މާއިން އާއި ޝިމާން ކައިރީ ބުނާނަން” އައިދަން އެހެން ބުނެލުމުން އައިޒަން އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވާލިއެވެ. “އޯކޭ ނުބުނާނަން.. އެކަމް އެއީ ދޮންބެގެ ގާރލް ދޯ” އައިޒަން ކައިރިއަށް ޖެހިލަމުން އައިދަން ބުނެލިއެވެ. އެންމެފަހުން އައިޒަން އެއްބަސްވިއެވެ. “އޭ އެކަމު ބުނަން އެއްވެސް މީހަކު ކައިރީ ބުނެގެން ނުވާނެ.. އަދި މިއުޅެނީ ޕްރޮޕޯސް ވެސް ނުކޮށް.. ވީއާރ ޖަސްޓް ފްރެންޑްސް” އައިދަން ގެ ކޮނޑަށް އަތް ވައްޓާލަމުން އައިޒަން ބުނެލިއެވެ. “އޯކޭ ނުބުނާނަން އެންޑް ގުޑް ލަކް ބްރޯ” ހިނިތުންވެލަމުން އައިދަން ބުނެލިއެވެ. 

*******

ވެފައި ހުރި ވަރުބަލި ފިލުވާލަން ޖައްސާލި މިޝްޔާއަށް ހޭލެވުނީ ރޭގަނޑުވި ފަހުންނެވެ. މިޝްޔާ އަވަސްއަވަހަށް ތެދުވެ ފެންވަރައިގެން ނަމާދު ކޮށްލިއެވެ. އެއަށްފަހު ބޭރަށް ނުކުމެލީ ބަނޑުހައި ވެފައި ހުރިލޭ ބޮޑުކަމުންނެވެ. 

މިޝްޔާ ނުކުތް އިރު ސިޓިންރޫމުގައި ޒިޔާނާ އާއި ސާޖިދު އިނެވެ. “މިޝްޔާ ދޭ އަވަހަށް ކާން.. ހުންނާނެ ކާން ހަނދާފަ.. އަދި އައި ގޮތަށް އެއްވެސް އެއްޗެއް ނުވެސް ކައެއްނު ތިހުރީ.. ޒަރާ އާދެބަލަ” ޒިޔާނާ ގޮވާލި އަޑަށް ޒަރާ ދުވެފައި އައެވެ. “މީ މިޝްޔާ..އަހަރެންގެ ވަރަށް ގާތް ރަހްމަތްތެރިއެއްގެ ދަރިފުޅު. މިޝްޔާ މީ ޒަރާ.. މި ގޭގައި ގެންގުޅޭ މީހެއް.. މިގޭގެ ހުރިހާ މަސައްކަތެއް ވެސް ބަލަހައްޓާނީ ޒަރާ” ލުއި ހީލުމަކާއިއެކު ޒިޔާނާ މިޝްޔާ އާއި ޒަރާ ތައާރަފް ކޮށްދިނެވެ. ދެ މީހުން ވެސް އެކުވެރިވާން ނޭނގީ މަދު ސިކުންތުކޮޅެކެވެ. 

އެކި ވާހަކަ ތަކުގައި އިނދެ ދެ މީހުންވެސް ކައި ނިންމާލިއެވެ. އެއަށްފަހު މިޝްޔާ މިސްރާބު ޖެހީ ބަގީޗާ އާއި ދިމާލަށެވެ. އެވަގުތު ޖެހިލި ފިނި ވައިރޯޅިން މިޝްޔާގެ ހިތަށް ހަމަ ޖެހުން ގެނެސް ދިނެވެ. މިޝްޔާ ހިނގާލާފައި ގޮސް ކައިރީގައި ހުރި ބެންޗެއްގައި އިށީދެ އޭނާގެ މަންމައަށް ގުޅާލިއެވެ. 

******

ރީޝަމް ދިޔައީ އައިޒަން އާއެކު ދުއްވާލަން ދާން ތައްޔާރު ވަމުންނެވެ. ރަތް ކުލައިގެ ކަކުލާ ހަމައަށް އަރާ އަތްދިގު ހެދުމާ އެއްކޮން އަޅާފައި ހުރި ކަޅުކުލައިގެ ޝޯލްއިން ރީޝަމް ވަރަށް ވެސް ރީއްޗެވެ. ރީޝަމް ގެ ރީތިކަން ފެނި ފިރިހެން ކުދިން ފިދާވާނެކަން ގައިމެވެ. ހެދުމުގެ މޭމަތީގައި ކަޅުކުލައިގެ އެސްތަކެއް ޖަހާފައި ހުރިއިރު ވަރަށްވެސް ފުރިހަމައެވެ. ރީތިވެ ނިމުމާއެކުން އެންމެފަހު ކަމަކަށް ގަޔަށް ސެންޓްކޮޅެއް ޖެހުމަށްފަހު ރީޝަމް ގެއިން ނިކުތެވެ. ގެއިން ނިކުތް ރީޝަމް ސިއްސާގެން ދިޔައީ ދޮރުމަތީގައި ހުރި އައިޒަން ފެނިފައެވެ. ދެވަނަ ސިކުންތުގައި ރީޝަމްގެ މޫނުމައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިިވިއެވެ. އައިޒަން އެހާ އަވަހަށް އަންނާނެ ކަމަކަށް ރީޝަމް ހިޔެއް ނުކުރެއެވެ. 

އަނެއްކޮޅުން ރީޝަމްގެ ރީތިކަން ފެނި ހުއްޓުން އަރާފައި ހުރި އައިޒަން ހުރީ އާޝޯހުވެފައެވެ. އައިޒަންއަށް ހަމަބިމަށް އާދެވުނީ ރީޝަމް ވާހަކަ ދައްކަން ފެށުމުންނެވެ. އަވަސް އަވަހަށް މޫނުމަތީގައި އަތް ހާކާލުމަށްފަހު ސައިކަލަށް އަރަން ބުންޏެވެ. ރީޝަމް ސައިކަލަށް އެރުމުން އައިޒަން ސައިކަލު ދުއްވާލިއެވެ. އައިޒަން ސައިކަލު ދުއްވާލީ ވަރަށް ބާރަށް ކަމުން ރީޝަމް ގޮސް ޖެހުނީ އައިޒަންގެ ގައިގައެވެ. އެ ވަގުތު އައިޒަންގެ ގައިން ދުވި ލުއި ލުއި ސެންޓުގެ މީރުވަހުން ރީޝަމްގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އޭނާ ސިހުނީ އައިޒަން ގޮވާލުމުންނެވެ. “ބާރަށް ހިފަހައްޓައިގެން އިންނައްޗޭ” އެއާއެކު އިވުނީ އައިޒަންގެ ލުއި ހީލުމުގެ އަޑެވެ. ރީޝަމް ވެސް ހީލުމަށްފަހު އައިޒަން ގައިގައި މަޑުމަޑުން ހިފާލިއެވެ. 

*******

ޝިމާން ސޯފާގައި އިށީނދެލައިގެން އިނީ ލަވައެއް އަޑުއަހާށެވެ. ކަންފަތަށް ހެޑްސެޓް ޖަހާފައި ހުރުމުން އެއްވެސް އަޑެއް ޝިމާން އަކަށް ނީވެއެވެ. ޝައިމާ ޝިމާން އަށް ގޮވަގޮވާ ވެސް އަނގައިން ނުބުނުމުން ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ގޮސް ޝިމާންގެ ކަންފަތުގައި ޝައިމާ ހިފާލިއެވެ. ވީ ތަދުން ޝިމާން އަށް ބާރަކަށް ހަޅޭލަވާ ގަނެވުނެވެ. އެއަޑަށް ކޮޓަރިތެރޭގައި ހުރި ޝައިމާ ގެ ފިރިމީހާވެސް އައެވެ. ޝައިމާ ޝިމާންގެ ކަންފަތުން ދޫކޮށްލީ ޝިމާން ދޮންތާ އޭ ކިޔާ ހަޅޭލަވާ ގަތުމުންނެވެ. 

“ދޮންތަ ކޮންއިރެއް ޝިމާންއަށް ގޮވާތާ.. ދޭބަލަ ފިހާރައަށް ގޮސް ޓޮމާޓޯ ކޮޅެއް ގަނެގެން އަންނަން.. ސްޕެގެޓީ ހަދައިދޭށޭ ކިޔާފަ މީނަ މިއިންނަނީ ލަވަ އަޅުވައިގެން ލަވަޖަހަން.. ކިހާ ދެރަކަމެއް” އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރެ ޝައިމާ އެހެން ބުނެލުމުން ޝިމާން ގާތަށް ހިނިއައެވެ. އަވަސްއަވަހަށް ފޯނު ޖީބަށް ލުމަށްފަހު ގެއިން ނުކުތީ ޝައިމާ ދެވަނަ ފަހަރަށް އައިސް ކަންފަތުގައި ހިފާފާނެތީއެވެ. 

އަބަދުވެސް ދުއްވާއެއްޗެއްގައި ނޫނީ ތަނަކަށް ނުދާ ޝިމާން މިފަހަރު ހިޔާރުކުރީ ހިނގާފައި ދާންށެވެ. މަޑު ހިނގުމެއްގައި ހުރެ، ކައިރީގައި ހުރި ފިހާރައަކުން ޓޮމާޓޯ ގަނެގެން އައި ޝިމާން ހުއްޓުން އެރީ ކައިރީގައި ހުރި ރެސްޓޯރެންޓަށް އަންހެން ކުއްޖަކު ގޮވައިގެން ވެން އައިޒަން ފެނިފައެވެ. ދުވަހަކު ވެސް އަންހެން ކުއްޖަކާ އެއްކޮން ފެނިފައި ނުވާ އައިޒަން އަންހެން ކުއްޖެއް ގޮވައިގެން ހުއްޓާ ފެނުމުން، ހައިރާންވީ ވަރުން ޝިމާންގެ އަގަ ހުޅުވުނެވެ. 

*******

އެއްޗަކަށް އޯޑަރު ދިނުމަށްފަހު އައިޒަން އިނީ ރީޝަމް އާއި ކުޑަކޮން ވާހަކަ ދައްކާލުމަށެވެ. އެއްލިކަޅިއަކުން ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ކައިރީގައި ހުރި މީހާ ފެނި އައިޒަން އަށް ކޮޅަށް ތެދުވެވުނެވެ. 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 22

Next

ދޫކޮށްނުލާނަމޭ ކަލާ 2 – ޓްރެއިލާރ

Next
May 20, 2021

ދޫކޮށްނުލާނަމޭ ކަލާ 2 – ޓްރެއިލާރ

Previews
May 20, 2021

ނަފްރަތުން ވެވުނު ލޯބި 22

16 Comments!

  1. Rainberry says:
    May 20, 2021 at 10:14 pm

    Wow. Vvvv reethi. Curiously waiting for the next beautiful part

    1. 🌻LamHaa🌻 LamHaa says:
      May 21, 2021 at 11:31 am

      Thank u Rainberry ?????

  2. zahuu says:
    May 21, 2021 at 10:32 am

    Wow….. vvvvv reethi ? curiously waiting 4 another part ?

    1. 🌻LamHaa🌻 LamHaa says:
      May 21, 2021 at 2:44 pm

      Thank u zahuu???

  3. ?Ril? says:
    May 21, 2021 at 11:22 am

    Helllo lam ❤️❤️❤️
    Masha Allah vrh reethi mi part vxxx❤️❤️❤️
    Keep it up dear ❤️❤️❤️❤️❤️
    Reesham aa aizan guleyne duvaheh dureh noon dhw hehehhe❤️❤️❤️❤️??❤️❤️
    Yageeney aizan ah e fenuny shimaan eyy❤️❤️?? ehn vethaa maa hairaan vaany hehehe❤️❤️❤️❤️❤️??????❤️❤️❤️❤️❤️
    Mihaaru mishayaa aa shimaan vxx ❤️❤️dhimaavaane dhw avaha❤️❤️❤️
    Dhn in part ah waiting ingeyyy❤️❤️❤️
    Stay safe❤️❤️❤️ and tvgc❤️❤️
    Love u soo much ❤️❤️

  4. Princess says:
    May 21, 2021 at 12:43 pm

    V v v reethi mi baives♥️♥️♥️ kon irakuntha aneh next part I am waiting for the next part

    1. 🌻LamHaa🌻 LamHaa says:
      May 21, 2021 at 2:45 pm

      Thank u princess?? ISA Sunday ga?

  5. 🌻LamHaa🌻 LamHaa says:
    May 21, 2021 at 2:49 pm

    Thank u rilooooo?
    Maadhureh noon dhw.. v avahah vaane kaneyge??vedhaane shimaan ah vx.. Mishya aa shimaan vx dhimaa vedhaane v avahah nooney v lahun vx.. ?
    Stay safe and Tc
    Lyyyyyyssmm n Myyysssmmm ???♥️??

  6. Nayaa Nayaa says:
    May 22, 2021 at 7:42 am

    hello magey lwbi lwbi lamputiii… kihinehthr??
    eyy vvvvv salhi ingey mi prt vx… hama obi.. and vrh bodah sorryy kurii prt ah cmnt nukrevuniima… shif kairivx bunin sorry ey.. lam kairi bunaashey bxy kamunney cmnt nukurevenii… ebai vx hama vrh riithi ingey…
    klw mi dhif kiyaa ehchakun ma hama hiihii halaaku.. ma bunii ma mi ulhenii biteh setu kuran vgnney,, ma magey rashakun seteh nukuraanamey… e goyye bunanii ma kairi thi rashunnoa setu kuraaniii… eyrun manje mn kairi ureveyne noon heyyoa.. adhi bunanii ekkala N akuru khinehhoa vaanii.. magey gaathah hini ai ingey.. adhi mi ril aa xeen aa dhemiihun kiyanee emiihunge rashounnoa hoadhan vaanii… hama huvaa magey hithah araa ma biteh setu kuran ulhey irah mi miihunge fulah baaru kuranii kiivvebaaey.. huvaa..ma lolun bolun salaan dhen firihenunnah… haha lol…
    lam & shif vvvvvvvvvvv loabivey ingey…
    keep it up…
    vvvvvvvvv miss vey…
    thikolah vrh salaam… liyam kairi buney mashaa dhimaalah kattekey goviima dheneh salaameh nubunaanamey… ekamu e srou anhenunnashaa dharin fahchah saalam..
    ma kadaalii ey dhen..
    byeee

    1. 🌻LamHaa🌻 LamHaa says:
      May 22, 2021 at 1:39 pm

      Rangalhu vaanu dhn.. Naayoo kihinehtha.. saabahey.. konme kamakah vx sry bunaane.. ey dhn sry bunaa varu kameh vx noonehnu.. aan hama seedhaa mi rashun set kohdheynee.. dhn manje ulhega 4 firihenunnaa innan.. ey N akuraa innan ulhebala.. set kohdhen tha.. Naayoo beynumihyaa avahah buney
      Maaa bodah lobivey Naayoo dheke???Lilly ah salaam ingey
      Haha liyam bunee hevo salaam nubunyas
      Myyysssmmm
      Stay safe and Tc loabi kolhoo????

    2. Nayaa Nayaa says:
      May 22, 2021 at 2:09 pm

      haha ok dhen sorry nubunaanan.. haha aan thi rashun hama ma eynumii… thi rashun noonii inguraidhoo in libijjeyyaa ok hama mashah… N akuru dhw… aish ah dhookohlaanii mifaharu 😉 hahaha… manje ulhey geyaa thankolheh kairin hoadhaa.. eyrun hama o mashah… hahaha… eyrunnennu lam mn kairi hureveynii dhw… aan 4 keehkuran 10 miihunnaa vx innan V hama… ahahaha lol.. ma maaaa bodah lwbi vey… hmm bunaanan… lam, shif luhoo ah vx vvvvv salaam… dhen liyam ah vx salaam. nukereynu dhw salaamuge list kiyaa iru baakii kohlaakah… hahaha…
      same to u dhooniiiiiiiiiiiiii

  7. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 22, 2021 at 10:37 am

    Ey brw??! ????
    Mishya balailu iru kaaruge dhoru hulhuvaigen huree anhenekey??? Ma goyya beleeru huree firiheneh ???
    Klw gayaa Aizan bust vvvvvg????????????????????saabahey kohkkoaaaa…. Shimaan beyah bust vvvv????????koba enmen ulhey bondibai kahkkan ?????????????️?️?????️?️????
    Koya Eyyy koba thr ehkala soru ???salaan vahttaalahcheyyy… Esoru govaigen huregen miadhu gulhahcheyyy… Manjey avas reply eh miah dheythi…
    Aan ey koya Ahul ah fonuvin Reesh ge kuda iruge pic thakeh ???ey nepee buri photo firehenun nah nudhahkahcheyy ?????

  8. 🌻LamHaa🌻 LamHaa says:
    May 22, 2021 at 1:44 pm

    Aslu vx tha Reesh.. firihenekey.. manje mihaaru Malay ah vx dhiyaeetha.. Ulheba bodu bai kahkan.. e soru naannaane miadhaku.. test thah nimuneema gulhaanan ingey e soru govaigen.. haha dhahkaanan Reesh thihen buneema???
    Lyyyyyyssmm n Myyysssmmm ??????
    Stay safe

  9. ahul says:
    May 22, 2021 at 5:52 pm

    Wow Masha Allah this part is so beautiful
    Aizan eyoh varah filaigen ulhenikon falhaa eree yey dhw ?
    Srry ingey hurihaa part thakah cmmnt eh kohnuleveythee but i read this stry
    Vrh vrh reethi previous part thah
    And vrh support libeyne ingey lam ah mi stry nimendhen vx
    Btw curiously waiting for next part
    Lyssmmmmm
    Stay safe n tc

  10. 🌻LamHaa🌻 LamHaa says:
    May 22, 2021 at 6:23 pm

    Thank u my loabi loabi ahul fhri??????
    Dhn ey sry bunaa varu kameh noonehnu.. ehnoonas thee enme best..
    Lyyyyyyssmm fhri ?

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 22, 2021 at 7:55 pm

      Aaiinnn ahul fahri eyyy???????laaaaa ahul vx??? ???manje ge fahari eh ahul vxxx???. Kaakuge ??
      A an manjey esoru govaigen gulhaathi… Ohoooooo nudhhakkaathi photo

Comments are closed.

Next Episodeހިތް ބޭނުމޭ ދުލުން 5←


All Right Reserved!