Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަފްރަތުން ވެވުނު ލޯބި 19

Najdha Level 210 Stories100 Login
May 16, 2021 3 Mins Read
2 Comments

“މާޝް ލުކް އެޓް މީ. ޔޫ ޑޯންޓް ނީޑް ޓު ގޯ ވިތް ހިމް އައިވިލް ގޯ ވިތް ހިމް. ޔޫ ޖަސްޓް ރެސްޓް ދިސް 9 މަަންތަސް” ކަރުނަތަށް ފޮހެލާފައި އަޒާން މާޝާ އަށް ވިސްނަދިނެވެ. އަޒާންގެ ނިންމުމަށް މާޝާ ޝުކުރު އަދާކޮށްދިނެވެ. މާޝާ ވެސް ދުވަސްކޮޅެއްގެ ތެރޭގައި ހަމައަކަށް އެޅުނެވެ. ނަމަވެސް މާޝާ އެއްވެސް ކަމެއް ކުރިއަކަ ހަސީނާ ނުދެއެވެ. މާޝާ ބަލިވެ އިންކަން އެނގުނު ފަހުން މިޝަލް ވެސް މާޝާ އަށް ވަގުތު ދޭ ވަރު އިތުރު ވިއެވެ. އަޒާން ވެސް މޭވާއާއި ތަރުކާރީ ހިފައިގެން މާޝާ އާއި ބައްދަލު ކުރަން އަންނަ އަދަދު ދިޔައީ ގިނަވަމުންނެވެ. ދެމީހުންގެ މެދުގައި އުފެދިފައިވާ ނަފްރަތުގެ ހުޅުކޮޅު ވަނީ ކުޑަވެފައެވެ.

 

************************

 

ފާރިޝް މާލެ އައިސް ހުރީ މާޝާ މެންގެ ގޭގައެވެ. “ކޮބާ ފަހަރި” ފާރިޝްގެ ކޮނޑުގައި އަތުން ޖަހާލަމުން ގޮސް ފާރިޝްގެ ކޮޓަރި ފާރިޝްއަށް ދެއްކިއެވެ. “ކަލޯ. މަ ބުނި މާދަމާއޭ އަންނަނީ. އެމަންޖެ އަށް ސަޕްރައިޒް އެއް ދޭންވެގެން މާ ބުނީ އެހެން.” ކޮނޑުގައި އަޅުވާފައި އިން ދަބަސް ނަގައި އެނދުމައްޗަށް ވެއްޓިގަތެވެ. “ކަލޭ އާން ރަނގަޅު. އެމަންޖެ އެބައިން މާޝް ކައިރީ” ފާރިޝް ކުއްލިއަކަށް އެނދުން ފުންމައިގެން ތެދުވި އެވެ. ގެސްޓް ރޫމް ތެރެއިން ދެމީހެއްގެ ގުނުމުގެ އަޑު މާޝާގެ ކަންފަތުގައި ޖެހުމުން ފައިހާ ގާތު ހިނގާށޭ ބުނެ ދެމީހުން އެކީ ކޮޓަރިން ނުކުމެގެން ގެސްޓް ރޫމް އަށް ދާން ހިނގައިގަތެވެ. “ހާދަ އަޑު ގަދައޭ ” ދޮރުގައި ޓަކި ޖަހާލާފައި މާޝާ މަޑު ކުރީ އެތެރެއިން ޖަވާބެއް ލިބޭނެ އިރަކަށެވެ. އެތެރެއިން އެއްވެސް އަޑެއް ނީވުމުން މާޝާ އެނބުރި ދާން ހިނގައިގަތެވެ. މަޑު ޖެހެވުނީ މިޝަލް ގެ ފައިވާން ހުރިހެން ހީވުމުންނެވެ. “މިޝަލް” މާޝާ އަށް ވައި އަޑުން ބުނެލެވުނެވެ.

 

ނަމަވެސް ބަނޑަށް އެރި ތަދެއްގެ ސަބަބުން އިތުރަށް ކޮޅަށް ނުހުރެ ގޮސް ސޯފާގައި ދެފައިދަމައިގެން ހަމަޖެހިލިއެވެ. ފައިހާ ބަދިގެއަށް ވަނީ މާޝާއަށް ޖޫސްތައްޓެއް ތައްޔާރު ކުރާށެވެ. ފާރިޝް ކޮޓަރިން ނުކުތީ ބަނޑުހައިވެގެން މިޝަލް ހަޅޭލަވާ ވަރުންނެވެ. ބަދިގެއަށް ވަންއިރު ދޮރާއި ފުރަގަސްދީގެން ހުރި ފައިހާ ފާރިޝްއަށް އޮޅިގެނެއް ނުދިއައެވެ. މަޑު މަޑުން ގޮސް ފައިހާގެ ލޯ މަތީގައި އަތް އަޅުވާލިއެވެ. ފައިހާ ސިއްސައިގެން ދިޔަ ނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއް ނުދިނީ އެއީ މިޝަލްގެ ކަމަކަށް ހީ ކޮށެވެ. “ފައި ވެސް ހޫ އިޒް ބިހައިންޑް ޔޫ” ތަންކޮޅެއް ދުރުން މިޝަލް އެހެން ބުނި އަޑު ފައިހާގެ ކަންފަތުގައި ޖެހުނެވެ. ” ޑޯންޓް ޖޯކް އެރައުންޑް އިޓްސް ކުޑަ ދޮން” ފާރިޝްގެ އަތުގައި މަޑު މަޑުން އަތް ހިންގާލިއެވެ. ކާކުކަން ނޭނގުމުން ތުން އޫ ކޮށްލާފައި ދެފައި ތަޅާލިއެވެ. ” ޔޫ ކުންޑުންޓް ރެކޮގޮނައިޒް ޔުއާ ބޯއިފްރެބްޑް ސޯސޭޑް” ދެރަވާ ކަމަށް ހަދާލައިފައި މިޝަލްގެ ފަހަތުން ފާރިޝް ބަދިގެ އިން ނުކުމެގެން ގޮސް ސޯފާގައި ހަމަޖެހިލިއެވެ. ވާނުވާ ނޭނގިފައި އިރުކޮޅަކު ހުރެވުނީ އެއީ ހަމަ ފާރިޝްބާއޭ ހިތަށް އަރާފައެވެ. ޖޫސްތަށި ހިފައިގެން ގޮސް މާޝާ ގެ އަތަށް ޖޫސްތަށި ކައިދިނެވެ. ކަޅި ޖަހާނުލައި ފައިހާއަށް ބެލެނީ ފާރިޝްއާއި ދިމާއަށެވެ. ނަމަވެސް ފާރިޝްއަށް އެތާ ފައިހާ އިންހެން އިސް ހީނުވެއެވެ.

 

“ޖައިލަމް. ލީޝާގެ ފެންފުޅި ގެނެސް ދީބަލަ” ސިފައިގައި އޮތް ޖައިލަމް ފުއްމައިގެން ތެދުވެ ގޮސް ލީޝާގެ ފެންފުޅި ލިއުޝާއަތަށް ދިނެވެ. “ބައްޕަގެ ދޫނީ. ހާދަ ވަރަކަށް ރޮވެނި” ކުޑަ އެނދުނަތީ ރޮއެ ރޮއެ އޮތް ލީޝާ ނަގާ އުރާލަމުން ލީޝާ ލޮއްސަން މަސައްކަތް ކުރިއެވެ. އިހުނަށްވުރެ ބާރަށް ލީޝާ ރޯންފެށުމުން އަވަހަށް ގެންގޮސް ލިއުޝާ ގާތު ބޭއްވީ އެއުޅެނީ ބަނޑުހައިވެގެންކަން އިނގުނުމުންނެވެ. ޖައިލަމް އުޅުނު ގޮތް ފެނިފައި ލިއުޝާ ގާތަށް ހިނި ވެސް އައެވެ. ލީޝާ އަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިދުނެވެ. ލީޝާ ލިބުނު ފަހުން ލިއުޝާގެ އުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރީގަ ރޭގަނޑު ޕާޓީކޮަށް އުޅޭ ލިއުޝާ މިހާރު ފަސް ވަގުތު ނަމާދުވެސް ކުރެއެވެ. ޖައިލަމް އާއި ދޭތެރޭ ކަން ކުރެވުނު ގޮތުން އެކަމާ ދެރަވެ ހިތާމަ ވެސް ކުރެއެވެ. ކުރެވުނު ކުށަށް ތައުބާވެ އާ ފެށުމަކުން ލިއުޝާ ވަނި ދިރިއުޅުން ފަށާފައެވެ. ބިހާއި ގަދަވުމުން ޖައިލަމް ގާތު ލޯބިވާ ވާހަކަ ހިއްސާ ކުރަން ލިއުޝާ ހުރީ ނިންމައިގެނެވެ. ނަމަވެސް ޖެހިލުންވާ ސަބަބަކީ ޖައިލަމް އަދިވެސް ފައިހާ ދެކެ ލޯބި ވެދާނެތިންނެވެ. ވިސްނުމުގެ ތެރޭގައި އޮއްވާ ކައިރީގައި އޮތް ލީޝާ ރޯންފެށިއެވެ. ލީޝާ އުރާލައިގެން ބޭރަށް ނުކުމެލީ ދަރިފުޅު ހުއްޓާލާނޭ ކަމަށް ހީކޮށެވެ. ދެ މަހަށް ދާ ލީޝާ އަތް މަތީ ބާއްވައިގެން ލިއުޝާ ބޭރަށް ނުކުމެލީ ހެނދުނުގެ އަވީގައި ދަރިފުޅު ޖައްސާލަން ށެވެ. ނުކުމެ ލިއެވެ. ލިއުޝާގެ ލޮލުގައި އަޅައިގަތީ މެރޫން ކުލައިގެ ގަމީސް ކަޅި ކުލައިގެ ޖިންސާއި ލައި ބެގީ ކޮށްލައިގެން ފިރިހެންވަންތަ ހިނގުމެއްގައި ހިނގާލައިގައި ލިއުޝާގެ ލޮލު ކުރިމަތިން ހުރަސްކޮށްލި އަޒާން އެވެ. އަޒާން އަށް ގޮވާ މާފައް އެދެން އަނގަ ހުޅުވާލިގަޑީ ދެން ލިއުޝާގެ ލޮލުގައި އަޅައިގަތީ ހުދުކުލައިގެ އުނަގަނޑާއި ހިސާ ބަޒް އަރާ ހެދުމަކާއި ކަޅު ޖިންސެއް ލައިގެން އިސްތަށިގަނޑުގައި ބަންޕެއް ޖަހައިގެން ހުރި އަންހެން ކުއްޖާއެވެ. އަޒާގެ އަތް އެ އަންހެންކުއްޖާ ގެ އުނަގަނޑުގައި އަޅުވާލެވިފައި ވީ އިރު އެ އަންހެންކުއްޖާ ހުރީ އަޒާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ތުއްތު ލީޝާ ނިދި ޖެހުމުން އެތެރެއަށް ވަދެ ލީޝާ ކުޑަ އެނދުގައި ބޭއްވިއެވެ. “އަޒާން މާޝާ އާއި ހެދީ މޮޔަ ވީ އިރު މިހާރު ދެން އެއުޅެނީ ކޮން އަންހެނެއް ގޮވައިގެން” ލިއުޝާގެ ދެބުމަ ގޮށްޖެހުނެވެ. އެގޮތަށް އެތަށް އެއްޗެއް ހިތަށް އެރުމުން ލީޝާ ނިދާފައި އޮއްވައި އަވަހަށް ވަނީ ފެންވަރާލަންށެވެ.

 

” ގުޑްމޯނިން ލަވް ” މާޝާގެ ތިންމަހަށް ދާ ބަނޑުގައި ހިފަހައްޓާލައިގެން ނުކުތުމުން މިޝަލް ތެދުވެގެން ގޮސް މާޝާއަްޑ އެހީވެދިނީ އިށީނުމަށެވެ. ” މޯނިން ލަވް ބާޑްސް” ފާރިޝް ގަޔަށް ޓީޝާޓެއް މަހާލަމުން ކޮޓަރިން ނުކުމެގެން އައިސް މާޝާމެންގެ ގާތު ސޯފާގައި އިށީނެވެ. ” ކައެ ކޮން އިރަކުން އެކޮޅަށް ފުރަނީ މިހާރު ދެމަސްވީ މިކޮޅަށް އައި ފަހުން ވެސް” ސޯފާގެ އެއް އަރިއެއްގައި އޮތް ކުޑަ ބާލިސް ފާރިޝް އާއި ދިމާއަށް އެއްލިއެވެ. ” މިއަދު އަދި ފަނަރަ. ވިހީގަ އެކޮޅަށް ފުރަނީ. ކޫލަ ޑައުން މޭން” ފާރިޝްވެސް އަތުގައި އޮތް ބާލިސް އަތަށް ހެޔޮވަރުކޮށްލާފައު މިޝަލް އާއި ދިމާއަށް އެއްލިއެވެ ނަމަވެސް ބާލިސް ގޮސް ޖެހުނީ މާޝާގެ ބަނޑުގައެވެ. “ސޮރީ” މާޝާއަށް ވީ ގޮތް ފެނި ފާރިޝްއަށް އަވަސް އަވަހަށް ބުނެލެވުނެވެ. ގޭތެރޭގައި ދެން ގުގުމާލި މާޝާގެ މަޑު ގިސްލުމުގެ އަޑެވެ. ބަނޑުގައި އެއްއަތުން ހިފަހައްޓައިގެން މިޝަލްގެ އަތުގައި އަނެއް އަތުން ހިފަހައްޓާލައިގެން އިނދެ މާޝާ “މަންމާ” އޭ ކިޔާ ރޮމުން ދިޔައެވެ. ފާރިޝް އަވަސްވެގަތީ އެންބިއުލާންސް އަށް ގުޅާލިއެވެ. މާޝާގެ ގިސްލުމުގެ އަޑު ކެނޑި މާޝާގެ ހަބަރު ހުސްވި އެވެ. މިޝަލް ހާސްވާ ގޮތްވިއެވެ. މޫނުމަތިން އޮއްދާ ހިތްލަން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

– ނުނިމޭ –

= Amyra =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ހިތް ބޭނުމޭ ދުލުން 3

Next

ކޮމެޑީ ލޭންޑް 8

Next
May 17, 2021

ކޮމެޑީ ލޭންޑް 8

Previews
May 16, 2021

ހިތް ބޭނުމޭ ދުލުން 3

2 Comments!

  1. Qu EeN says:
    May 16, 2021 at 9:08 pm

    Alhey faarish faihaa dhookohly thr edhemeehun dhuru nukuraahchey plz?

  2. shark_shaya says:
    May 17, 2021 at 12:18 am

    Omg what is going to happen???…. Hope Masha and her child will be fine…. So curious?… This part is also really nice? love❤? it

Comments are closed.

Next Episodeނަފްރަތުން ވެވުނު ލޯބި 20←


All Right Reserved!