Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަފްރަތުން ވެވުނު ލޯބި 20

Najdha Level 210 Stories100 Login
May 17, 2021 3 Mins Read
0 Comments

ބަނޑުގައި އެއްއަތުން ހިފަހައްޓައިގެން މިޝަލްގެ އަތުގައި އަނެއް އަތުން ހިފަހައްޓާލައިގެން އިނދެ މާޝާ “މަންމާ” އޭ ކިޔާ ރޮމުން ދިޔައެވެ. ފާރިޝް އަވަސްވެގަތީ އެންބިއުލާންސް އަށް ގުޅާލިއެވެ. މާޝާގެ ގިސްލުމުގެ އަޑު ކެނޑި މާޝާގެ ހަބަރު ހުސްވި އެވެ. މިޝަލް ހާސްވާ ގޮތްވިއެވެ. މޫނުމަތިން އޮއްދާ ހިތްލަން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

************************

އެންބިއުލާންސްގައި މާޝާ ހޮސްޕިޓަލަށް ގެންދެވުނެވެ. ހަމަ އެއާއިއެކު އަވަސް ފަރުވާދޭ ކޮޓަރިއަށް މާޝާ ވައްދާ ފަރުވާދޭންފެށިއެވެ. “އައިމް ސޮރީ މިޝަލް” ހާސް ވެފައި ހުރި ފާރިޝް މިޝަލް ގާތުން މަޢާފަން އެދުނެވެ. “އެ އޯކޭ ވާނެ އަހަރެންވެސް އެގަޑީ ސަކަރާތް ނުޖެހިނަމަކާ ނުވީސް ދޯ. ދެން އަޅާނުލާ ވީކަމެއް ވީ.” މިޝަލް ބެލީ މާޝާގެ ޑޮކްޓަރާއި ވާހަކަ ދެއްކޭތޯ އެވެ. އިރުކޮޅެއްގެ ތެރޭގައި ޑޮކްޓަރ ނުކުތެވެ. “ބޯތް އޮފް ދެން އާ ފައިން. ޝީ ވިލް ބީ އަންޑާ އަވަރ އޮބްޒަވޭޝަންފޯ އަ ޑޭ. ” މާޝާ ރަނގަޅު ކަމަށް ޑޮކްޓަރ ބުނުމުން މިޝަލް އާއި ފާރިޝް ހުރީ ނުހަނު ހިންހަމަ ޖެހިފައެވެ. މާޝާ އޮބްޒަވޭޝަނަށް ލީ ޕްރައިވެޓް ރޫމަކަށްށެވެ. އެހެންކަމުން މިޝަލް އަށް ވެސް މާޝާ އާއި އެކު ވަގުތު ހޭދަ ކޮށްލަން ފުރުސަތު ވަނީ ލިބިފައެވެ. މިޝަލް އަޒާން އަށް ގުޅާ ގުޅާ ފޯނު ނުނެގުމުން ގޮސް މާޝާ ބާއްވާފައި އޮތް އެނދު ކައިރީގައި އިށީނދެލިއެވެ. ފާރިޝް ގެއަށް ދިޔައީ އަދި ހެނދުނު ސައި ނުބޮއެ ހުރުމުން ވަރުބަލިވެގެން ނެވެ.

މާޝާއަށް ނިދިފައި އޮތުމުން މޫނުމައްޗަށް އެޅިފައިހުރި އިސްތަށިތައް އެއްފަރާތް ކޮށްލާފައި މިޝަލް ފޯނު ނަގައި ގޭމް ކުޅެންފެށިއެވެ. ގޭމް ކުޅުމުގެ އަވައިގައި ޖެހިފައި ހުއްޓާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދޭ އަޑު އިވުނެވެ. އަވަހަށް ފޯނު ޖީބަށް ލައިފައި ގޮސް ކާކުތޯ ބަލާލިއެވެ. އެއީ ހަސީނާކަން އެނގުމުން ދޮރު ހުޅުވާ ވަނުމަށް ތަން ދެއްކިއެވެ. “މަންމަ. ފާރިޝް ތައް ބުނީ މާޝާ ހޮސްޕިޓަލުގަ އޮތް ވާހަކަ” ހަސީނާއަށް މާޝާ ހޮސްޕިޓަލުގައި ބާއްވާފައި އޮތްކަން އެނގުނު ގޮތަކާއި މެދު ސުވާލު އުފެދިގެން ހަސީނާ ގާތު އެއްސެވެ. “ފާރިޝް މާ ހާސްވެފަ ހުރެ ވަދެގެން ގޮސް ކޮޓަރިއަށް ވަނީމަ މަންމަ އެހީ ފާރިޝް ވާތު ކޮންތާކުންހޭ ތިއައީ. ޖަވާބެއް ނުދިނީމަ މަންމަ އެހީ ކޮބައިހޭ ދަރިފުޅުމެން. ދެން މަންމަ ގާތު ބުނީ ވެގެން އުޅޭގޮތް” ހަސީނާ ގޮސް މާޝާ އަށް ގެނައި ހެނދުމަކާއި މޭވާތައް އެނދުގެ އެއްފަރާތުގައި ހުރި ކަނބަޑު މަތީގައި ބެހެއްޓިއެވެ. “މަންމަ ދޭބަލަ ގެއަށް ގޮސް އަރާމު ކޮށްބަލަ. ކަމެއް ބޭނުން ވެއްޖިއްޔާ އަހަރެން ގުޅާނަން.” މާޝާއާއި މެދު ވިސްނާ ފިކުރުކުރަން ހުންނަން ބޭނުން ނުވާތީ ހަސީނާ ގާތު އެހެންބުންޔެވެ. “ދަރިފުޅު މާޝާ ހޭލީމަ މަންމައަށް ގުޅާތި” ހުރި ހަމަ އެކަނި ދަރިފުޅު ގާތު މަޑު ކުރަން ބޭނުން ވިޔަސް އަމިއްލަ ވަކިވާކަށް ވިސްނާލައިފާ ހަސީނާ ގެއަށް ދިޔައެވެ. އާއެކެވެ. ހުރި ހަމަ އެކަނި ދަރިފުޅެވެ. ބަލި އެނދުގައި އޮންނަތަން ބަލަން ކެއްވާނީ ކޮން މަޔަކަށް ހެއްޔެވެ. އެންމެ ތުއްތު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ހަސީނާ އާއި މުހައްމަދު މާޝާ ބޭނުން ކަމެއް ކޮށްދިނެްް ކަމަކު ހެވާއި ނުބައި ވަނީ މާޝާއަށް ދަސްކޮށްދީފައެވެ. ހަމަ އެހެންމެ ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެ ކަން ވެސް ވަނީ ކައިވެނީގެ ކުރިން މާޝާއަށް ކިޔައިދީފައެވެ.

އަޒާން ސައިކަލު މަޑު ކޮށްލުމުން ނީޝާ ސައިކަލު ފަހަތުން ފޭނިއެވެ. އަދި އަޒާން ސައިކަލު ޕާކު ކުރަންދެން މަޑުކޮށްލައިގެން ހުއްޓެވެ. އަޒާން އައިސް ނީޝާ ގެ މޫނާއި މޫނު ޖެހޭހާއި ކައިރީގައި ގޮސް ހުއްޓުނެވެ. އެ މަސްތީ ބެލުމެވެ. ނީޝާ ގެ ހިތް ކަމަކަށް އެދި ގޮވާ ފަދައެވެ. ގޭގެ ދޮރު ހުޅުވާ އެތެރެއަށް ވަން އިރު ގޭގައި އެކަކުވެސް ނެތުމުން އަޒާންއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ތަޅުދަނޑިން ކޮޓަރި ދޮރު ހުޅުވާ ނީޝާ އެތެރެއަށް ވެއްދިއެވެ. އެހާ އަވަހަށް ދޮރުވެސް ތަޅުލިއެވެ. ހީވަނީ މީހަކަށް ފިލަން އުޅޭހެންނެވެ. އަޒާން އަޅާފައި ހުރި ޓައީ ބާލާ ސޯފާމައްޗައް ހުރުވާލިއެވެ. އަޒާންއަށް ނޭނގި ހުއްޓާ ނީޝާ ފަހަތުން އައިސް އަޒާންގެ ގައިގައި ބައްދާލިއެވެ. ކިތަމެ ދުރަށް ދާން ބޭނުންވިއަސް މާޝާގެ ވިސްނުމާއި ދުރުވާން ވެގެން މިޝާގެ ކޮންމެ އަމަލަކަށް އަޒާން ދިޔައީ ބޯލަނބަމުންނެވެ. އަޒާން ގެ އުޅުން ވަނި ކުރީގެ އުޅުމަށް ބަދަލު ވެފައެވެ. ހަފްތާ އަކު އަންހެން ކުއްޖަކު ގޮވައިގެން އަޒާން އުޅެން ފެށިއެވެ. “ބޭބީ” އަޒާންގެ ކަންފަތް ދޮށުގައި ނީޝާ ބުނެލިއެވެ. އެއްވެސް އަސަރެއް ނުވާ ހިނިތުން ވުމެއް ނީޝާއަށް ދިނެވެ. އަދި ލައިގެން ހުރި ގަމީހުގެ ގޮށްތައް ނެއްޓެމުންދިޔަކަން އަޒާން އަށް ނޭނގޭ ފަދައެވެ. ނީޝާ އަޒާން ލައިގެން ހުރި ގަމީސް ބާލުވާ އަޒާން އެނދުމައްޗަށް ވައްޓާލިއެވެ. އަޒާން އެކަމާ ތައްޔާރު ނެވެ ހުރުނުގެ ސަބަބުން ކުރާނެ ކަމެއް ނޭނގި ގޮތް ހުސްވެފައި ހުއްޓާ ނީޝާ ލައިގެން ހުރި ހެދުން ކޮޅު ބާލަން ފެށުމުން އަޒާން ގެ ދެލޯ ބޮޑުވިއެވެ. އެތަން ފެނުނީ ކަމެއް ނޭނގެއެވެ. ނީޝާ ހެނދުން ރަނގަޅު ކޮށްލާފައި އަޒާން ގެ ތުންފަތަށް ބޮސްދިނެވެ. އަޒާން އެކަމަށް ފެންބޮވައިގެންފައި ހުރި ފަދައެވެ. އަޒާން ގެ ގައިދަށަށް ވާ ގޮތަށް ނީޝާ ބާއްވާ ނީޝާ ތުންފަތަށް ބޮސްދެމުންގޮސް މާ މައްޗަށް ދިޔަ އިރު ވެސް އަޒާން އަށް ހަމަ ބިމަށް ނާދެވޭ ފަދައެވެ. ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށް އަޒާން ދިޔައީ ސިއްސައިގެންނެވެ.

ކައިރީގައި އޮތް ނީޝާ އޮތް ފޮތް ފެނުމުން އަވަހަށް ސޯޓު ކޮޅުލައިގެން ގޮސް ދޮރު ކުޑަކޮށް ހުޅުވާ ބަލާލިއެވެ. ދޮރު މަތީގައި ހުރި ފައިހާ ފެނުމުން ކީއްކުރަންތޯ ތެޅިގަނެފައި ސުވާލުކުރިއެވެ. “ކުޑަ ދޮން ހާދަ ހާސްވެފަ؟ ކަމެއްވީތަ؟ ކާން ގޮވަން މިއައީ” އަޒާން ތެޅިގަނެފައި އުޅުނު ގޮތުން ފައިހާ ވެސް ކޮށްލީ ސުވާލެކެވެ. “ބަނޑުހައެއްނޫން. ބަނޑުހައިވީމަ ކާނަން” ފައިހާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ދޮރު ލައްޕާ ތަޅުލިއެވެ. ކުރެވެނީ ރަނގަޅު ކަމެއްތޯ ހިތުގައި ސުވާލު އުފެދެނީ ފެށިއެވެ. އިޒާން ޑިއުޓީއަށް ދިޔައީމާ ފޫހިވެގެން ފައިހާ ދިޔައީ މާޝާމެންގެ ގެއަށެވެ. ނަމަވެސް ގޭގައި އެކަކުވެސް ނެތުމުން މާޝާއަށް ގުޅާލިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. އެހެން މަގުމަތީގައި އެނބުރެނިކޮށް އިޒާން ފައިހާއަށް ގުޅިއެވެ. “ފައިއްކޮ. މާޝާ އެބައޮތް އެޑްމިޓްކޮށްފަ” އިޒާން އަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ހީވާގި ޑޮކްޓަރެކެވެ. އިޒާންއަށް އެނގުނު ވަރަކުން ފައިހާއަށް މާޝާ އަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ. ކައިރި ހިސާބަކުން ޓެކްސީއެއް ނުލިބުމުން ގުޅީ އަޒާން އަށެވެ. “ކުޑަ ދޮން. އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން އާދެބަލަ. މިހުރީ އެއްކަލަ ލިއުޝާމެންގޭ ހިސާބު” އަޒާން އަށް ފައިހާގެ އަޑުން ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. ގަޔަށް ޓީޝާޓެއް މަހާލައިގެން އަޒާން ސައިކަލުގައި ފައިހާ ބަލާދާން ދުއްވާލިއެވެ.

ކަރުނަތައް ހިފަހައްޓާލައިގެން ހުރި ފައިހާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ. ކާކު ކަމެއް ނޭނގުނު ނަމަވެސް ވަޒީފާއަކަށް ލައިގެން އުޅޭތީ އެތަނުންކަމަށް ބަލާ އަވަހަށް ފޯނު ނެގި އެވެ. އެކޮޅުން ބުނި އެއްޗެއް ފައިހާގެ ކަންފަތް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.

– ނުނިމޭ –

= Amyra =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ހާފް ހިއުމަން -3

Next

އިމްހާ-1

Next
May 17, 2021

އިމްހާ-1

Previews
May 17, 2021

ހާފް ހިއުމަން -3



All Right Reserved!