Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާ

ލައިލާ 2

Unknown girls Level 210 Stories
May 20, 2021 3 Mins Read
1 Comment

ކޮންމެ ދުވަހެއް ވެސް އަމާން އޮމާން ކަމާއެކު ދެއެވެ. ނަމަވެސް މިކަން މިގޮތަށް އޮންނާނީ ކޮން ދުވަހަކާއި ހަމައަށް ކަމެއް ނޭނގެއެވެ. ދުނިޔެ އަކީ ވަރަށް ފާޑެއްގެ ތަނެކެވެ. ގަދަޔަށް އަވި ދީފައި ހުރި ދުވަހަކު ވަރަށް ބޯ ކޮށް ވާރޭ ވެހިގަނެއެވެ. ދެން ވާނެ ގޮތެއް ނޭނގޭނެއެވެ.

އެއް ރެއެއްގެ ފުރަ މެންދަމުގެ ވަގުތެވެ. ލައިލާ ސިއްސައިގެން ހޭލެވުނީ މީހަކު ކެއްސާ އަޑަށެވެ. ނިތްކުރީގައި ހުރި ދާތިކިތަށް ފުހެލުމަށް ފަހު ހަށިގަނޑު ސީދާ ކޮށްލިއެވެ. ލައިލާ ފުން ނޭވާއެއް ލައިފައި ބޮޑު އެނދާއި ދިމާލަށް މޫނު އަނބުރާ ލިއެވެ. އޭނާ ދިޔައީ އެއްލިގެންނެވެ. އެނދުގައި އޮތީ ބައްޕަ އެކަންޏެވެ. މަތީ އެނދުގައި ދައްތަ އޮތެވެ. އޭރުވެސް ފާޚާނާއިން ކެއްސާ އަޑު އިވެމުން ދިޔައެވެ. މަޑުމަޑުން އޭނާ އެނދުން ތެދުވިއެވެ. ލައިލާ މަޑު ހިނގުމެއްގައި ގޮސް ފާޚާނާ އާއި ދިމާއަށް ބޯ ދިއްކޮށްލިއެވެ. އޭނާގެ ދެލޯބޮޑުވިއެވެ. މޫނު ދޮންނަ ތަށްޓާއި ދިމާއަށް ގުދުވެ،ކެއްސަމުން އެދަނީ އޭނާގެ ލޯބިވާ މަންމަ އެވެ. ސާލިމާ ކެއްސަމުން ދިޔައިރު އަނގައިން ލޭ އަންނަމުން ދިޔައެވެ. އޭނާ އަށް މޭގައި އަތް އަޅާލެވެނީ ކެއްސާ ވަގުތު މެޔަށް ތޫނު ތަދެއް އަރާތީ އެވެ. ލައިލާ އެ މަންޒަރު ބަލަން ކެތް ނުވެގެން ފާޚާނާއަށް ވަނެވެ. ފާޚާނާ ތެރޭގައި ހުރި ސާލިމާ އަށް ލިބުނީ ކުއްލި ސިހުމެކެވެ.

” މަންމާ ކިހިނެއް ވީ.  ކޮން ލެޔެއް ” ލައިލާ ބުނެލިއެވެ. ސާލިމާ ހުރީ ހަދާނެ ގޮތް ހުސްވެ ފައެވެ. އޭނާ މިކަން ސިއްރު ކުރަމުން މިދަނީ އޭނާގެ ދަރިންނަށް ޓަކައެވެ. އޭނާ ދާހިއްލަން ފެށިއެވެ. މެޔަށް އަނެއްކާވެސް ތަދެއް އެރިއެވެ. މިފަހަރު އެރި ތަދުން ވަރު ދޫވެގެން ބިންމައްޗަށް ވެއްޓުނު ގޮތަކުން ހޭނެތުނެވެ. “މަންމާ” ލައިލާ ބާރަށް ގޮވިއެވެ. ނިދީގެ ފޮނި މީރުކަން ހޯދަމުން ދިޔަ ލިޔާން އަށް ހޭލެވުނެވެ. އޭނާ ދުވެފައި ގޮސް ފާހަނައަށް ވަނެވެ. ފެނިގެން ދިޔަ މަންޒަރުން އޭނާ ގަބު ވިއެވެ. ލައިލާ މަންމަ ކައިރީ އިށީނެވެ. އޭނާގެ ގޮވުމަށް ސުހޭލް ހޭލައިގެން އައިސް މަންމަ ފެނުމުން ފޯނުން އެމްބިއުލާންސް އަށް ގުޅިއެވެ. އެމްބިއުލާންސްގެ އަޑަށް ގަބުވެ ހުއްޓުން އަރާފައި ހުރި ލިޔާން ވެސް ސާލިމާ އާއި ދިމާއަށް ދިޔައެވެ. ސުހޭލް އާއި އެކު އޭނާ ސާލިމާ އެމްބިއުލާންސަށް އެރުވިއެވެ. ލައިލާ ވެސް ރޮމުން ރޮމުން އެއަށް އަރައިގެން ހޮސްޕިޓަލްއަށް ދިޔައެވެ. ދަންވަރު ހަމަ ހިމޭން ކޮށް އޮތް ހޮސްޕިޓަލްތެރެ ހަލަބޮލި ވެގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ސާލިމާ ވެއްދީ އައިސީޔޫ އަށެވެ. ޑޮކްޓަރުންނާއި ނަރުހުން އެތެރޭގައި ހަރަކާތްތެރި ވަމުން ދިޔައެވެ. ލިޔާން ގޮނޑިއަކަށް ތަރަ ވެފައި ހުރި އިރު ސުހޭލް ހުރި އައިސީޔޫ ކުރިމަތީ ހިނގާލަ ހިނގާލައެވެ. ލައިލާ ހުރީ ޖެހި ބުދެއް ހެން ގަނޑު ވެފައެވެ.  އެމީހުން ހާސްވެފައި ހުރި ވަރުން އެހެން މީހަކަށް އަންގަން ހަނދާނެއް ނެތެވެ. ޑޮކްޓަރު ނިކުތެވެ. ސުހޭލް ދުވެފައި ޑަކުޓަރު ގާތަށް ދިޔައެވެ.

”  ކިހިނެއް ތޯ ވީ ” ސުހޭލް ބުނެލީ ހަމަޖެހިލަމުންނެވެ.” ކުރިން ވެސް ބުނިން ލޭގެ ކެންސަރު ޖެހިފައި ހުރި ވާހަކަ. ތިންވަނަ ސްޓޭޖަށް ދިއުމުން އަޅުގަނޑުމެން ނަކަށް ޕޭޝެންޓު ސަލާމަތެއް ނުކުރެވުނު. ސޮރީ” ޑޮކްޓަރު ދިން ހަބަރު ކިތަންމެ ހިތްޗަސް ނުރޮއި ކެތްކުރީ އާއިލާ އަށް ޓަކައެވެ. އޭނާ ރޮއި ފިއްޔާ އެހެންމީހުންގެ ހިތް ވަރު އެލޭނެކަން އެނގުމުން ސުހޭލް ތުން ފިއްތާލައިގެން ހުރެ އައިސީޔޫ އަށް ވަނެވެ. ސުހޭލް އާއި އެކު ލައިލާގެ އިތުރުން ލިޔާން ވެސް ވަނެވެ. ލައިލާ މަންމަގެ މޫނު ފެނުމުން ބަޑި ފަޅައިގެން ދިޔައެވެ.  ”  މަންމާ! ހެޔޮ ނުވާނެ އަހަރެން ދޫކޮށްލާފައި ނުދޭ. މަންމަގެ މީރު މަސްހުނި ވެސް ކާކަށް ދެނެއް ނުލިބޭނެ” ލައިލާ ސާލިމާގެ މޫނުގައި ބޮސްދީ ހަދައި މަންމައަށް ގޮވަމުން ދިޔައީ މޮޔައެއް ފަދައިންނެވެ.  އޭނާ ހޭނެތިގެން ވެއްޓުނެވެ. ލައިލާ ގޮވައިގެން ނަރުސް ކުދިން ވޯޑަށް ގެންގޮސް ހޭއެރުވުމުގެ މަސައްކަތް ފެށިއެވެ. ސުހޭލް އާއިލާ މީހުންނަށް އަންގަން ހަނދާންވީ ދެނެވެ.

ސާލިމާގެ މަރަށް ދެގަޑިއެއްހައިއިރު ވުމުން ލައިލާ ހޭއެރިއެވެ. ނަމަވެސް ނިދާ އިންޖެކްޝަނެއް ޖަހައި ނިންދަވަން ޖެހުނީ ހާލަތު ހުރި ގޮތުންނެވެ. ސާލިމާގެ ހުރި ހަމައެކަނި ދައްތަ އައުމުން ހިނަވައި ކަފުންކޮށް ނިންމިއެވެ. ގަބުރުސްތާނަށް ސާލިމާގެ ހަށިގަނޑު ގެންދެވުނެވެ. މޫނު ބަލަން މީހުން އަންނަން ފެށި އެވެ. ސާލިމާގެ އެއްފަރާތުގައި ލިޔާން ހުރީ ރޯން ވެސް ނޭނގިފައެވެ. ސުހޭލް ލިޔާން ކައިރީގައި ހުއްޓެވެ. އެ އާއިލާގެ މީހަކަށް ހުރީ ދެން ސާލިމާގެ ކޮއްކޮ އެވެ. ސަލްމާ އޭނާގެ ދައްތަގެ މޫނަށް ބަލަން ހުރީ ޝަކުވާގެ ނަޒަރަކުންނެވެ. ސާލިމާގެ މޫނު ބެލުމުގެ ކަންތައް ނިމުމުން މޫނު އެޅުމަށް ފޮތިގަނޑުގައި ހިފީ އަވަށްޓެރިއެކެވެ. ” އޭ މަގޭ ދައްތަ މަރު ނުވަނީސް ވަޅުލަނީ ތިކީއްވެ؟ ދައްތަ އެއޮތީ ނިދާފައެއްނު” ސަލްމާ ފޮތިގަނޑުގައި ހިފިއެވެ. ލިޔާން އާއި ސުހޭލްވެގެން ސަލްމާ ދުރުކުރަން އުޅުނެވެ. ސަލްމާ ދުރުކުރުމުން މޫނު އަޅައިފައި ކަށުކަމާކެމީގެ ކަންތައް ކުރިއަށް ދިޔައެވެ. ސަލްމާ ވަޅުލައި ނިމުމުން ލިޔާންމެން ދިޔައީ ހޮސްޕިޓަލްއަށެވެ.

ލައިލާއަށް ހޭލެވުނީ ސާލިމާ ވަޅުލައިގެން އައި ފަހުންނެވެ. އޭނާ އޭރު ހުރީ ހަމައަކަށް އެޅިފައެވެ. ދަންވަރު ވަގުތު ކަމުން އޭނާގެ އެކުވެރިންނަށް ނާންގައެވެ. ” މަންމަ ކޮބާ ތަ ؟” ލައިލާގެ މި ސުވާލުން ސުހޭލް ހުއްޓުން އެރިއެވެ. ” މަންމަ ވަޅުލައިފި” ސުހޭލް އިސްޖަހާލިއެވެ. ” އަހަރެންނަށް މަންމަގެ މޫނު ފަހު ވަގުތު ކޮޅު ބަލާލުމުގެ ފުރުސަތު ވެސް ނުލިބުނެވެ ” ލައިލާ ހިތަށް އެރި އެވެ. ލައިލާގެ އެހެން މައްސަލައެއް ނެތުމުން ގެއަށް އައެވެ. ގޭތެރެ އޮތީ ހިމޭން ކޮށެވެ. ލައިލާ ކޮޓަރިއަށް ވަނެވެ. ފަހަތުން ލިޔާން ވެސް ވަނެވެ. އޭރު ދެ އަހަރުގެ ލީލާ ނިދައިފާ އޮތެވެ. ލީލާ އަކީ ރޭގަނޑު ނިދިގަދަ ކުއްޖެއް ކަމުން ހުރިހާ އިރު ވެސް ނުހޭލައެވެ. އޭރު ގަޑިން ހަތަރެއް ޖަހަނީ އެވެ. ލިޔާން ގޮސް އެނދުގައި އޮށޯވެ ވިސްނަން ފެށިއެވެ. ލީލާ ބަލާނެ ގޮތަކާއި މެދުއެވެ. ހަދަންވީ ގޮތް އެނގުމުން އޭނާ ދެލޯ މަރާލިއެވެ. އިރުކޮޅެއް ނުވަނީސް ފަތިސް ނަމާދުގެ ބަންގި ގޮވަން ފަށައިފިއެވެ.

ހަފްތާއެއް ފަސް

ލައިލާ ސުކޫލުން ގެއަށް އައިސް ޔުނީފޯމް ބަދަލު ކޮށްގެން ފާޚާނައިން ނިކުތް އިރު ލިޔާން އެނދުގައި އިށީނދެ އިނެވެ. ” ދަރިފުޅާ އާދެބަލަ. ބައްޕަ ވާހަކައެއް ބުނަން އެބޮތް ” ލިޔާން ލައިލާ އަށް ގޮވިއެވެ. ލައިލާ ހަމަޖެހިލައިގެން އައިސް އެނދުގައި އިށީނެވެ. ސާލިމާގެ މަރަށް ފަހު ކަންކަން މިހާރު ވަނީ ހަމަޔަކަށް އެޅިފައެވެ. ” ބައްޕަ މިއުޅެނީ މިއަންނަ ހަފްތާ…..” ލިޔާން ބުނެލި ޖުމްލައިން ލައިލާ ހުއްޓުނެވެ.

ލިޔާން ބުނީ ކީކޭ ބާ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ހިރާސް 29

Next

ނަފްރަތުން ވެވުނު ލޯބި 22

Next
May 20, 2021

ނަފްރަތުން ވެވުނު ލޯބި 22

Previews
May 20, 2021

ހިރާސް 29

One Comment

  1. Princess says:
    May 21, 2021 at 12:33 pm

    Meehakaa Inna vaahaka ?
    V reethi mi part vex ki irakun aneh part☺️

Comments are closed.

Next Episodeލައިލާ 3←


All Right Reserved!