ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ހަވަނަ ބައި)
“އޯ މައި ގޯޑް! ޖުވެންޓަސް ވާސަސް ބާރސިލޯނާ ފުޓްބޯލް މެޗް!! އައިމް ސަޕޯރޓިން ބާރސިލޯނާ. ޔަޤީން ޖަޝޫ ސަޕޯރޓްކުރާނީ އެގުއި ޖުވެންޓަސްއަށް ކަން.“ ޖީޒާން ބުންޏެވެ.
“ހެކް ޔެއަހް… ޖުވެންޓަސް އިޒް މައި ފޭވް.. އެންޑް ރޮނާލްޑޯ.. އާހ.. ހީ އިޒް ސޯ ސޯ ސޯ ހޭންޑްސަމް. އައި ވިޝް އައ ކުޑް ބީ ހިޒް ގާރލް ފްރެންޑް.“ ޖަޝަމް ހުވަފެނީ ގޮތަކަށް ބުންޏެވެ.
“ޕިސް ޕިސް.. އަދިވެސް؟ ހީ ހޭޒް އަ ވައިފް. އޭނަ އުޅެނީ މެރީކޮށްގެނޭ. އޭނާގެ ދަރިއެއްވެސް ހުރެޔޭ.“ ޖީޒާން މަލާމާތްކޮށްލިއެވެ.
“އައި ނޯވް ރައިޓް؟ އައި ހޭޓް ހާރ..“ ޖަޝަމް އެހެން ބުނެލިގޮތުން ޖީޒާންއަށް ހެވުނެވެ.
“އަޅޭ! އެއޮތް ޖުވެންޓަސްއިން ގޯލް ޖެހީ.. ޔޭސް!!! ދެންވެސް ބުނޭ ގުއި ޖުވެންޓަސްއޭ.“ ޖަޝަމް ކުޑަކޮށް ފުންމައިލަމުން ބުންޏެވެ.
“ދެން އެ އެންމެ ގޯލްއެއް ދޯ އަދި ޖެހީ. ކުރިއަށް އޮތް ތާނގަ ބާރސިލޯނާ ގޯލް ޖަހާނީ.“ ޖީޒާން ޖަޝަމްއަށް ލޯ އަޅައިލަމުން ބުންޏެވެ.
“ވީލް ސީ..“ ޖަޝަމް ފަޚުރުވެރިވެފައި ބުނެލިއެވެ.
އެއް ހަފްތާ ފާއިތުވެގެން ދިޔައިރު ޒަޖާއަކަށް ޖީޒާންގެ އުނދަގުލެއް ނުޖެއެވެ. އެހެންކަމުން އޭނާ ހުންނަނީ އެކަމާއި ވަރަށް ހިތްހަމަޖެހިފައެވެ. އާދައިގެ މަތިން މިއަދުވެސް ސިޓިންރޫމްގައި ޒަޖާ އިނީ ޖަޝަމްއަށް އުނދަގޫ މާއްދާއެއްކަމަށްވާ ހިސާބު މާއްދާގެ ފޮމިއުލާރއެއް ހަދައިދޭނޭ ގޮތް އޮޅުން ފިލުވަދޭށެވެ. އެދެމީހުން ތިބި ސޯފާގެ ވާތް ފަރާތަށްހުރި ސޯފާގައި އިށީނދެއިން ޖީޒާން އިނީ ލެޕްޓޮޕުން އޮފީސް މަސައްކަތެއް ކުރާށެވެ. ތިން މީހުން ސިހުނީ ސުލައިމާން ޒަޖާމެން ތިބި ސޯފާގެ ފަހަތުން ވާހަކަ ދައްކަން ފެށި އަޑަށެވެ.
“ދަރިފުޅުމެން ގާތުގައި ބައްޕަ ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.” ސުލައިމާން ގޮސް އިށީނީ ޖީޒާން ކައިރީގައެވެ.
“ކޮން ވާހަކައެއް ބައްޕާ؟” ޖީޒާން ލެޕްޓޮޕް ލައްޕައިލަމުން ދެބުމަ ކައިރިކޮށްލުމަށްފަހު އެއްސެވެ.
“ބައްޕައާ މަންމަ މާދަމާ މެންދުރު މިއުޅެނީ ބިޒްނަސްގެ ކަމަކު ޔޫ.އެސްއަށް ދާން ޖެހިގެން. އެހެންވެ ޖީޒާންއަށް ބައްޕަމެން އަންނަން ދެން އޮފީސް ހަވާލުކޮށްފަ ދާނީ. ޖީޒާން އޮފީސް ބަލަހައްޓަދޭނެކަމުގެ ފުރިހަަމަ ޔަޤީންކަން ބައްޕަގެ ހިތުގައި އެބަ އޮތް. ދެން ޖަޝޫ… ބައްޕަ ދިޔަޔަސް ޖަޝޫއަށް ސްކޫލަކަށް އެކަންޏެއް ނުދެވޭނެ. އެއީ ޖަޝޫއަށް އަދިވީ 15 އަހަރު. އެހެންވީމާ ސްކޫލަށް ދަންޏާ ދާނީ ތޫ ނޫނީ ދޮންބެ އާއިއެކު. ދެން ޒަޖާ ބޭބެމެން ދިޔަޔަސް މިއީ ހަަމަ އަމިއްލަ ގެ ކަމުގައި ބަލައިގެން އުޅޭތި. މިއީވެސް ހަމަ ދަރިފުޅުގެ ގެ. މި ހުރިހާ ކަމަކަށް ހުރިހާ ކުދިންވެސް އެއްބަސްތަ؟” ސުލައިމާން އެންމެންގެ މޫނުތަކަށް ވަކިވަކިން ބަލައިލަމުން ބުންޏެވެ.
“ލައްބަ!” އެތިން ކުދިން އެއްފަހަރާ އެހެން ބުނުމާއިއެކު ‘އެންމެ ރަނގަޅު’ އޭ ބުނެ ހިނިތުންވެލަމުން ސުލައިމާން ސޯފާއިން ތެދުވެގެން ދިޔައެވެ. އެއްވަރަކަށް މިނެޓުފަހުން ދެން ފެނުނީ ސުލައިމާން އާއި ޖުމްނާ ގެއިން ނިކުމެގެން ދިޔަ ތަނެވެ.
“ސީރިއަސްލީ؟ ދެން ކޮންމެ ދުވަހަކު ބޭރަށް ދިއުން އެއީ މަންމައާ ބައްޕައަށް ވާޖިބު ކުރައްވައިފައިވާ ކަމެއްތަ؟” އެދެމީހުން ދިއުމާއިއެކު ޖަޝަމް ޕިސް ޕިސް ލައްވައިލިއެވެ. ޖަޝަމް ތުން ދަމައިލައިފައި މިހެން ބުނި ގޮތުން ޒަޖާ އާއި ޖީޒާންއަށް އެއްފަހަރާ ގޮތަކަށް ހެވުނެވެ.
“ދެން ޖަޝޫވެސް ދޯ؟ މަންމަ އާއި ބައްޕަގެ ކަންކަމާއި ނުބެހެބަލަ.” ޖީޒާން ހެމުން ހެމުން ބުންޏެވެ.
“ނުބެހިއެއް ނުހުރެވޭނެ ދޯ ކޮންމެ ދުވަހަކު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަންށޭ ކިޔައިފަ ރެސްޓޯރެންޓަށް އެބަ ދޭ. ދެން ގޮސް ގެއަށް އަންނާނީ ހަގަޑި ބައިވާ ފަހުން.” ޖަޝަމް ބުނެލިއެވެ.
ހަމަ އެވަގުތު ތޫލި އަޑަކުން ‘ޒާން’ އޭ ބުނެލި އަޑަށް އެތިން މީހުން ދޮރާއި ދިމާއަށް ބަލައިލިއެވެ. އެތެރެއަށް ވަދެގެން އައީ ގާތްގަނޑަކަށް ޒަޖާއާއި އެއްވަރުގެ ކުއްޖެކެވެ. އިސްކޮޅުން ދިގު ދޮން ޅޫފަތި ހަށިގަނޑެއްގެ ވެރި ކުއްޖެކެވެ. ޤުދުރަތުން ކޮނޑާއި ހިސާބަށް އަރާވަރުގެ ކަޅުކަން ގަދަ ފަންފަން އިސްތަށިގަނޑެއް ލިބިފައިވީއިރު ތުނި މަޑު ފިޔައިތޮށި ކުލައިގެ ތުންފަތްވެސް ނުހަނު ރީއްޗެވެ. ލައިގެންހުރި އެއްޗެހިން ބޮޑަށް ވައްތަރީ ބޭރު ކުއްޖަކާއެވެ. އެ ކުއްޖާ ލައިގެންހުރީ އަތްކެނޑި ކިރިޔާ ބަނޑު ފޮރުވޭ ޓޮޕަކާއި ކަކުލާއި ހަމައަށް އަންނަ ޖިންސް ފޮތީގެ ސޯޓުކޮޅެކެވެ.
“ލުޔޫން! ފައިންލީ ޔޫ އާރ ހިޔާރ.. އައި ވޯޒް ވެއިޓިން ފޯރ ޔޫ..” ޖީޒާން މިހެން ބުނެލުމާއިއެކު ލުޔޫން ބޮޑާ ގޮތަކަށް ހިނިތުންވެލުމަށްފަހު ޖީޒާން ކައިރިއަށްގޮސް ބައްދައިލިއެވެ. މި މަންޒަރު ބަލަންހުރި ޒަޖާ އާއި ޖަޝަމް ތިބީ ދެބުމަ ކައިރިކޮށްލައިގެންނެވެ.
“ޒާން. މިއީތަ ޒާން މެރީ ކުރަން އުޅޭ ކުއްޖާގަނޑަކީ؟” ލުޔޫން ޖީޒާންއާއި ދުރުވެލުމަށްފަހު މޫނަށް ގޮތެއް ހަދައިލަމުން ޒަޖާ އާއި ދިމާއަށް އިނގިލި ދިގުކޮށްލަމުން އެއްސެވެ.
“ހޫމް.. އެއީ.. ޒަޖާ އެކޯ ކިޔަނީ.” ޖީޒާން ފޫހި ގޮތަކަށް ޒަޖާއަށް ބަލައިލަމުން ބުންޏެވެ.
“އަހަރެން ހަަމަ ހައިރާންވެއްޖެ ޒާން މިކަހަލަ ކުއްޖަކާއި މެރީކުރަން ޖެހޭތީވެސް. ބަލަ މީނަ ހުރި ވައްތަރު؟ ފާޑެއްގެ ދޫ ހެނދުންގަނޑެއް ލައިގެން އަދި އެނުވާތާކަށް އިސްތަށިގަނޑުގައި ހުޅިއެއްވެސް ޖަހައިގެން… ކުޑަމިނުން މޭކަޕްވެސް ކޮށްނުލައޭ އަދި.. އިއު.. އަހަރެން ނަމަ އޭނާ އާއި މެރީ ކުރަން އެއްބަސްވެސް ނުވީސް.” ލުޔޫން މިހެން ބުނުމާއިއެކު އިސްޖަހައިގެން އިން ޒަޖާގެ ކެތްތެރިކަން ކޮޅުންލިއެވެ. ޒަޖާ ކުއްލިއަކަށް ކޮޅަށް ތެދުވުމާއިއެކު ލުޔޫން ދިޔައީ ސިއްސައިގެންނެވެ.
“މައިންޑް ޔުއަރ އޯވްން ބިޒްނާސް ލުޔޫން.” ޒަޖާ ރުޅިއައިއްސަ ހުރި ނަމަވެސް މަޑުމައިތިރިކަމާއިއެކު ވާހަަކަ ދައްކަން މަސައްކަތްކުރިއެވެ.
“ޒާންސް ބިޒްނަސް އިޒް މައި ބިޒްނަސް. ޔޫ ކޭންޓް ސޭ ދެޓް ޓު މީ.. ” ލުޔޫން ހަރަމް ބަނެލަމުން ބުންޏެވެ.
“އަ…އަހަރެން އެބަ އަންނަން..” ޖަޝަމްއަށް އެތާ ހުންނަން ނުކެރިގެން ކޮޓަރި އާއި ދިމާއަށްގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
“ހެހެހެ.. ލޫ އެބުނީ ރަނގަޅަށް. މައި ބިޒްނަސް އިޒް ހާރ ބިޒްނަސް.” ޖީޒާން މަލާމާތުން ފުރިގެންވާ ބެލުމަކުން ޒަޖާއަށް ބަލައިލުމަށްފަހު ހިތި ހިނިތުންވުމަކާއިއެކު ބުންޏެވެ.
“އެކްސްކިއުޒް..” ޖީޒާން ފޯނު ރިންގްވާން ފެށުުމުން ފޯނު ހިފައިގެން މައްޗަށް އެރިއެވެ.
“އެހެންވިއްޔާ އަހަރެން ހެދުން އަޅާ ގޮތް ޖަޖް ކުރުމަކީ ވެސް ތިދެމީހުންގެ ބިޒްނަސްއެއްތަ؟” ޒަޖާ ސޯފާގައި އަލުން އިށީންނަމުން އަހައިލިއެވެ.
“އާނ! އައި އޯލްވޭސް ޖަޖް. އެންޑް ބައި ދަ ވޭ…. އަަހަރެންގެ ޒާން އާއި ދުރަށް ދޭ! އެހެންނޫނީ ދެން ވާ ގޮތް މާކަ ރީއްޗެއް ނުވާނެ.” ލުޔޫން ޒަޖާ އާއި ދިމާއަށް އިނގިލި ދިގުކޮށްލުމަށްފަހު އަމުރުކޮށްލިއެވެ.
“ހޫ އާރ ޔޫ ޓު ސޭ ދެޓް؟ އަހަރެންނަށް އިނގޭނީ އަހަރެން ކުރަންވީ ކަންކަމާ ނުކުރަންވީ ކަންކަމާ. އެކަމާ ލުޔޫން އާ ބެހޭ ކަމެއް ނޫން. އައި އޭމް ނޮޓް ސްކެއާރޑް އޮފް ޔޫ ލުޔޫން.” ޒަޖާ އަނެއްކާވެސް ސޯފާއިން ތެދުވަމުން އެހެން ބުނުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
ނަމަވެސް ލުޔޫން ހުށިޔާރުކަމާއިއެކު ޒަޖާ ލައިގެންހުރި ހެދުމުގެ އަތުގައި ހިފައި ދަމައިގަަތެވެ. ލުޔޫން އެތާ ހިފައި ދަމައިލިލެއް ބާރުކަމުން ހެދުމުގެ އަތް ކޮނޑާއި ހިސާބުން ވީދި ޒަޖާ ވެއްޓިގޮސް ޖެހުނީ ތަޅަން މަތީގައެވެ. އޭނާގެ ދޮން އެއަތް އޮތީ ހާމައަށެވެ. ތަޅަން މަތީގައި އެންމެ ފުރަތަމަވެސް ޖެހުނީ ބޮލެވެ. އެހެންކަމުން އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އޭނާ ބޮލުގައި އަތް އަޅައިލަމުން ވޭނީ ނަޒަރަކުން ކައިރީގައި ކޮޅަށްހުރި ލުޔޫންއަށް ބަލައިލިއެވެ.
“ޑޯންޓް މެސް ވިތް މީ ޑިއަރ.. އަހަރެން މީ ލުޔޫން. އަހަރެންނާއި ނުބެހެވޭ ކަމެއް ނޯންނާނެ އެނގިއްޖޭ؟؟؟ ދެންވެސް ޒާން އާއި ކައިރިނުވާތި. އެހެންނޫނީ އަދި މިއަށްވުރެ ތަދުވާނެ.” ލުޔޫން ރުޅިވެރިކަމާއިއެކު މިހެން ބުނަމުން ލުޔޫންގެ އަތުގައި އޮތް ޒަޖާގެ ހެދުމުގެ ކޮނޑު ވައްޓައިލައިފައި އެގެއިން ނިކުމެގެން ދިޔައެވެ. އެވަގުތަކީ ޖީޒާން ފޯނު ކޯލް ނިންމައިފައި ތިރިއަށް ފޭބި ގަޑިއެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ތިރީގައި ގުޅައަކަށް ޖެހިފައި އޮތް ޒަޖާއެވެ.
“އާހް…!” ޒަޖާ ބޮލުގައި ހިފަހައްޓައިގެން ތެދުވަން އުޅެނިކޮށް އެނބުރުން އަރައިގެން ވެއްޓުނެވެ.
ލުޔޫން ޒަޖާއަށް މިވަރު ކޮށްފާނެ ކަމަކަށް ޖީޒާން ހަމަ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. ޖީޒާން އަވަހަށްގޮސް ޒަޖާގެ ލުއި ހަށިގަނޑު ފަސޭހަކަމާއިއެކު އަތްދަނޑި މައްޗަށް އުފުއްލައިލައިގެން ސިޑިން މައްޗަށް އަރަން ދިޔައެވެ. ކުރީގައި ޒަޖާދެކެ އައި ރުޅި އަނެއްކާ ދިޔައީ ކޮންތާކަަށް ބާވައެވެ؟ ޖީޒާން ޒަޖާގެ ކޮޓަރި ހުޅުވައިލުމަށްފަހު ގެންގޮސް އެނދުގައި ބާއްވައިލިއެވެ. އެއާއިއެކު ޒަޖާގެ ހެދުން ކޮނޑާއި ހިސާބުން ވީދިފައިވާތަން ފެނުނެވެ. ޒީޒާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކޮޓަރިން ނިކުމެ މަޑުމަޑުން ދޮރު ޖަހައިފައި ދިޔައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


????? so sad kon I rakun aneh part ? Stay safe☺️
Insha allah asap… u too stay safe ❤❤❤
?
?