Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (20)

zaisha Level 210 Stories
July 13, 2015 6 Mins Read
38 Comments

ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް އިނާރާ އުޅުނީ މާކިންއާއި ދުރުންނެވެ. މިއަދަކީ ޒެރީން އެގެއަށް ގެންނަ ދުވަހެވެ. ނަމަވެސް އިނާރާ ހެނދުނު ހޭލީންސުރެ އުޅެނީ ކޮޓަރީގައެވެ. އޭނާ ބޭރަށް ނިކުންނަ ހިތްނުވެފައި ޒެރީންގެ މޫނު ފެންނަ ހިސާބައްވެސް ދާކަށް ބޭނުމެއް ނޫނެވެ. ހަވީރު ވީއިރު އާޝިޔާ އިނީ ސިޓިން ރޫމުގައި ޓީވީ ބަލާށެވެ. ނާޒިމް ގޭގައި ނޫޅޭވަގުތެއް ބަލައި މާކިންވީ ޒެރީން ބަލާގޮހެވެ.

ގޭގެ ބެލްޖެހި އަޑަށް އާޝިޔާ ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒެރީންފެނި އޭނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ލައިގެން ހުރި ކުރު ހެދުންކޮޅުން އެފައި ހާމައަށް އޮތްއިރު ހެދުމުގެ އަތްވެސް އެހައި ކުރެވެ. ޒެރީން ހުރިގޮތް ފެނިފައި އާޝީޔާ ފުރަތަމަވެސް ވީ ފޫއްސެވެ. “ވަދޭ އެތެރެއަށް..” އާޝިޔާ މިހެން ބުނުމުން މާކިންގެ ފަހަތުން ޒެރީން އެތެރެއަށް ވަނެވެ.

ގޭގެތެރޭގައި ހުރި ބޮޑު ސޯފާއާއި ބޮޑެތި ކުޑަދޮރުތަކާއި ބެލްކަނި ފެނިފައި އޭނާ ހުރީ އާޝޯހުވެފައެވެ. އެންމެފަހުގެ ފަރުނިޗަރާއި ތަނުގެ ބޮޑުކަންފެނިފައި ޒެރީންގެ ތުންފަތަށް ބޮޑު ހިނިތުންވުމެއް ފާޅު ވެގެން ދިޔައެވެ. އާޝިޔާއާއި އެކީ ގޮސް ސޯފާގައި އިށީދެލަމުން ޒެރީން ކުޑަކޮން ހީލިއެވެ. އެވަގުތު މަލަކް ސިޓިން ރޫމަށް ނިކުންއިރު ޒެރީން އިންތަން ފެނިގެން އައިސް ސޯފާގައި އިށީދެލިއެވެ.

“މިއީތަ ޒެރީންއަކީ… ވާއޮ.” ޒެރީންގެ ރީތިކަމަށް މަލަކް ތަޢާރަފްކުރިއެވެ. އޭރު މާކިން އިނީ އެތަނަށް އިނާރާ ނުނިކުމެގެންނެވެ. “ކޮބާ އިނާރާ؟” އިނާރާ ފެންނަން ނެތުމުން މާކިން ސުވާލު ކޮއްލިއެވެ. “އަމިއްލަ ފިރިމީހާގެ އިންނަން އުޅޭ ދެވަނަ އަތްބާއި ބައްދަލުކުރަން ބޭނުން ވާނެހެން މާކިންއަށް ހީވޭތަ؟” އާޝީޔާ ނުރުހުންވެ އިނދެ ސުވާލުކުރިއެވެ. އާޝިޔާގެ މި ޖަވާބުން މާކިން އިތުރަށް އެއްޗެކޭ ބުނަން ފަސްޖެހުނެވެ.

“އެކަމަކު އަޅުގަނޑު ބޭނުން ބައްދަލު ކޮއްލަން.” ޒެރީން އޭނާގެ އެދުން ފާޅުކުރިއެވެ. “މަލަކް ދޭ އިނާރާއަށް ގޮވަން.” އާޝިޔާ ފޫހިވެފައި އިނދެ ބުނެލިއެވެ. މަލަކް ނުދާން އިނދެފައިވެސް ތެދުވިއެވެ. “މަންމަ ބުނީ އާދެބަލަށޯ..” އިނާރާ ކޮޓަރި ދޮރު ހުޅުވާލުމުން މަލަކް މިހެން ބުނެފައި ދިޔައެވެ. އިނާރާއަށް ވަގުތުން އެއީ ޒެރީން އައިސްފައި އިނުމުންކަން އިނގުނެވެ. ނަމަވެސް އާޝިޔާގެ އެދުމަށް ދެކޮޅު ނަހަދާން އޭނާ ސިޓިން ރޫމަށް ނިކުތެވެ. އޭރު މާކިންގެ ކައިރީގައި އިން ޒެރީންފެނި އޭނާގެ ހިތް ކުދިކުދިވިއެވެ. އެ ދެމީހުން އެކުގައި ތިބޭތަން ދެކޭކަށް އޭނާއަށް ކެތެއް ނުވާނެއެވެ.

އިނާރާ އައުމުން ޒެރީން ތެދުވެފައި ސަލާމް ކުރަން އަތްދިއްކޮއްލިއެވެ. “ޒެރީން.” ޒެރީން ހިނިތުންވެލަމުން މިހެން ބުނިއިރު އެއީ ހުސް ދެއްކުންތެރިކަމެވެ. “އިނާރާ..” އިނާރާ މިހެން ބުނި ނަމަވެސް ސަލާމެއް ނުކުރިއެވެ. މި ހެންވެ ޒެރީން އަތް ތިރިކޮއްލިއިރު އެ މޫނުން ހިތާމަ ފާޅުކުރިއެވެ.

“އިނގޭ އިނާރާއަށް އުނދަގޫ ވާނެކަން. އެކަމަކު އަހަރެން ބޭނުން އިނާރާއާއި ރަނގަޅު ގުޅުމެއް ބާއްވަން. މާޒީގައި ވީ ކަމެއް ވީ. އެކަމާއި އަހަރެންވެސް ހިތާމަ ކުރަން.” ޒެރީންގެ ވާހަކައިން އޭނާގެ ހުރި ނުބައި ނުލަފާކަން އެކަކަށްވެސް ނޭނގޭނެއެވެ. އިނާރާގެ ހިތުގައި ނަފްރަތުގެ އަލިފާން ރޯވަމުން ދިޔައިރު ޒެރީންއަށް އެވާހަކަ ދައްކަން ކެރުނީތީވެސް އޭނާ ހުރީ ހައިރާންވެފައެވެ.

“އަހަރެން ވަރަށް ސާފުކޮން ކަންތަން އޮންނާނެ ގޮތް ކިޔާދީފާނަން. މި ދެމެދުގައި އެއްވެސް ގުޅުމެއް ނޯންނާނެ. އަހަރެން ބޭނުމެއްނޫން ޒެރީންއާއި އެއްވެސް ގުޅުމެއް ބަދަހިކުރާކަށް. ތިއީ ހަމައެކަނި އަހަރެން ފިރިމީހާގެ ދެވަނަ އަނބި. އަހަރެންނަށް ރަނގަޅީ ޒެރީން އަހަރެން ފެންނަ ހިސާބަށްވެސް ނައިއްޔާ.” އިނާރާ ޖެހިލުމެއްނެތި ވާހަކަދެއްކިއެވެ.

“މާކިން..” ޒެރީން މާކިންގެ ފަރާތުން ޖަވާބެއް ލިބޭތޯ އޭނާއަށް ގޮވާލިއެވެ. ނަމަވެސް މާކިން އެއްވެސް އެއްޗެކޭ ނުބުނެ ހަމަހިމޭކަން އިޚުތިޔާރު ކުރިއެވެ. އިނާރާ އެތަނުގައި އިތުރަށް ހުންނަން ކެތް ނުކުރެވިގެން ދިޔައެވެ. “ބުނަން ރަނގަޅު ވާހަކައެއް ޒެރީން. މިގޭގައި އެއްވެސް މީހަކާއި މާ ގާތްވާން އުޅޭނެ ކަމެއްނެތް. ހާއްސަކޮން މާކިންގެ ބައްޕައާއި. ނާޒިމްއާއި އޮޅިގެންވެސް ވާހަކަ ނުދައްކާތި. އެހެންނޫނީ މައްސަލަ މާ ގޯސްވެދާނެ.” އާޝީޔާ މިހެން ބުނުމުން ޒެރީން ހިތްހަމަ ނުޖެހުނަސް އިތުރަށް އެއްޗެކޭ ނުބުންޏެވެ.

އާޝިޔާ ދާން ހިނގައިގަތުމުން މަލަކް އައިސް ޒެރީން ކައިރީގައި އިށީދެލިއެވެ. “އަޅާނުލައި.. ޔޫ ކެން ޓޯކް ޓު މީ. މަލަކް.. މާކިންގެ ކޮއްކޮ.” މަލަކް ހިނިތުން ވެލަމުން ވާހަކަދެއްކިއެވެ. މި މަންޒަރު ބަލަންއިން މާކިން އިތުރަށް ފޫހިވިއެވެ. “ހިނގާދާން.. މާ ގިނައިރު މަޑެއް ކުރެވޭނެ.” މާކިން މިހެން ބުނެފައި ތެދުވުމުން ޒެރީން މަލަކްއަށް ހިނިތުން ވެލަމުން ދާން ތެދުވިއެވެ. މިގޭގައި އޭނާއަށް މަލަކްގެ ފަރާތުން ވަރަށް ފައިދާ ކުރާނެކަން ޒެރީންއަށް އިނގުނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެނީގެ ދުވަސް އައިސް ޖެހިއްޖެއެވެ. ކައިވެނި ކުރުމަށް ކޯޓަށް ހާޒިރުވީއިރު އެތަނަށް ބައްސާމް ވެސް ދިޔައެވެ. އެތަނުގައި އިނާރާއާއި ނާޒިމްގެ އިތުރުން އިނާރާގެ މައިބަފައިންވެސް ނެތެވެ. ނަމަވެސް އާޝިޔާ އެތަނަށް ދިޔައީ ހަމައެކަނި މާކިންއަށްޓަކައެވެ. ކޯޓު ބޭރުގައި ޒެރީން މަޑުކޮއްލައިގެން ހުއްޓައި ބައްސާމް ގޮސް މީހުން މަދު ވަގުތު ބަލާފައި އޭނައާއި ކައިރިވެލިއެވެ.

“ހަނދާން ކުރާތި.. ތި ގެއަށް ތިދަނީ އަހަރެންގެ ބޭނުން ފުރިހަމަ ކުރަން. އެކަން ކުރުމުން އެ ނިމުނީ. އިޓްސް އަ ހެޕިލީ އެވާ އާފްޓާ.” ބައްސާމް މިހެން ބުނަމުން އަމިއްލަ ކާމިޔާބީއަށް އުފާކުރިއެވެ. “ހާސް ނުވޭ އަހަރެން އެންމެ ފުރަތަމްވެސް އުޅޭނީ ތިކަމާއި.” ޒެރީން ހިނިތުން ވެލަމުން ކޯޓަށް ވަނެވެ.

އެނދުގައި އޮށޯވެގެން އޮތް އިނާރާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ. މާކިން މިހާރު ޒެރީންއާއި އިންނާނެއެވެ. އޭނާ އެކަން ހުއްޓުވަން ބޭނުންވި ނަމަވެސް ނުވާނެއެވެ. އެހެން އޮތް އިރު އޭނާގެ ނަޒަރު އަތުގައި އިން ލަކުނަށް ހުއްޓުނެވެ. މިކަންތައް ފެށުނީ މިލަކުނުންނެވެ. މާކިން އޭނާއަށް މި ސަޒާ ދެނީ އޭނާއަށް ވިސްނާނުލައި ކުރެވުނު އެ ކުށުގެ ސަބަބުން ކަން ކަށަވަރެވެ. ނަމަވެސް އެކަމުގެ އަދަބު މުޅި އުމުރަށް ލިބިންގަންނަން ޖެހޭހެއްޔެވެ؟ އޭނާ މިކައިވެނި ކުރީ ކިހާ ފޮނި އުއްމީދުތަކާއި އެކުހެއްޔެވެ؟ އިނާރާ މި ޚިޔާލުތަކުގައި އޮއްވައި ފުން ނިއްޖަކަށް ގެނބުނެވެ.

ކޯޓުން ނިކުމެގެން އައި މާކިންގެ ފަހަތުން ޒެރީން އާދެއެވެ. އޭރު ދުރުގައި ހުރި ރާހިލްގެ ނަޒަރު ހުއްޓިފައި ހުރީ މަލަކްއަށްށެވެ. މަލަކް ގާތު އޭނާ ލޯބިވާ ވާހަކަ ބުނި ދުވަހައްފަހު މިއަދާއި ހަމައަށް އޭނާ މިއުޅުނީ ދުރުންނެވެ. މަލަކް ފެންނަ ހިސާބަށްވެސް ނުގޮސް ވޭތޯ ބެލިއިރު ފޯނުން ނުގުޅަން ވެސް މަސައްކަތް ކުރިއެވެ.

ނަމަވެސް ކުރިމަތިން ފެނުމުން ނުބަލައި ނުހުރެވުނެވެ. ރާހިލްގެ ބެލުންތައް އަމާޒުވާކަން އިނގުމުން މަލަކް ކުޑަކޮން ރަކިވިއެވެ. އެންމެންގެ ތެރޭގައި އެގޮތަށް ބެލުމުން ރާހިލްގެ ސިއްރުތައް ބޭޒާރު ވާނެކަން ކަށަވަރެވެ. މަލަކް ކައިރީގައި ހުރި އާޝިޔާ ރާހިލްއަށް ގޮވާލުމުން މަލަކް ސިހުނެވެ.

އޭނާ އެތަނުން ދާން އުޅުން ނަމަވެސް އާޝީޔާ ހުރީ އޭނާގެ އަތުގައި ހިފައްޓައިގެންނެވެ. “ރާހިލް ކިހިނެތް މިހާރު.” އާޝިޔާ އާދައިގެ ގޮތަކަށް ވާހަކަދެއްކިއެވެ. “މިހާރު ބަރާބަރު.. އެކަމަކު އަދިވެސް އެކަން ކުރީ ކޮންބައެއް ކަމެއް ނޭނގެ. އެކަން އިނގޭ ދުވަހަކުން ނިމުނީ ދެން.” ރާހިލްގެ ވާހަކަތައް އަޑުއިވި މަލަކްގެ ގައިން ހީބިހި ނަގުވާލިއެވެ.

ރާހިލްއަށް އެހަމަލާ ދިނީ ސިޑޭކަން އިނގިއްޖެނަމަ އޭނާގެ ސިއްރުތައް ވެސް ބޭޒާރުވާނެއެވެ. “ރާހިލް އަލުން ޝެޝަންތައް ފަށަން ވީއެއްނުން.” އާޝިޔާ ބޭނުންވީ މެދުކެނޑިފައިވާ ޝެޝަންތައް އަލުން ފެށުމައްށެވެ. ނަމަވެސް ރާހިލް ހުރީ ދެ ޚިޔާލެއްގައެވެ. މިހާރު ހާލަތު ހުރިގޮތުން އޭނާއަށް ޝެޝަން ކުރިއަށް ގެންދެވިދާނެ ކަމާއިމެދު ޝައްކެވެ.

 “މާދަމައިން ފެށިގެން ފައްޓަންވީއެއްނުން. މަލަކްއަށް ފުދޭވަރަކަށް އަސަރުކޮއްފައި ހުއްޓައި ތިކަމެއް ދިމާވީ.. އެހެންވީމަ އަހަރެން ބޭނުން އިތުރަށް މިކަން ކުރިއަށް ގެންދަން.” އާޝީޔާ މިހެން ބުނުމުން ރާހިލްއަށް އެކަމާއި ދެކޮޅުހަދާކަށް ނުކެރުނެވެ. “އޯކޭ.. އާޝީޔާއްތަ ބޭނުން ވާނަމަ މާދަން ފަށާނަން.” ރާހިލް މިހެން ބުނިއިރު މަލަކްގެ ނަޒަރު ހުރީ އޭނާއަށް އަމާޒުވެފައެވެ. މަލަކް ޖެހިލުންވި ނަމަވެސް އެހިތް ސިއްރުން އުފާކުރިއެވެ. މަލަކް އިތުރަށް އެއްޗެކޭ ނުބުނި ނަމަވެސް ހިނިތުންވެލިއެވެ.

އެނދުގައި އިށީދެލައިގެން އިން ޒެރީން އިނީ މާކިންގެ އިންތިޒާރުގައެވެ. ލައިގެން ހުރި ގަމީސް ބާލަމުން ކޮޓަރިއަށް ވައިން މާކިންގެ ނަޒަރު ހުއްޓުނީ އެނދުގައި އިން ޒެރީންއަށްށެވެ. އޭނާއަށް ހަނދާންވީ އިނާރާއާއި ކައިވެނި ކޮއްގެން ގެއަށް އައި ރޭމަތިންނެވެ. އެރޭ އެއްވެސް ރަހުމެތް ނެތި އިނާރާއަށް އަނިޔާ ކުރި މަންޒަރު ލޯކުރިމަތިން ފެންނަމުން ދިޔަހެން ހީވިއެވެ. އެރޭ އޭނާ ރުއި ރުއުމުގެ އަޑު އަދިވެސް އެ ކޮޓަރިން އިވޭ ކަހަލައެވެ.

މިޚިޔާލުތަކުން އުނދަގޫވާން ފެށުމުން މާކިން ތުވާލި ނަގައިގެން ފާޚާނާއަށް ވަނެވެ. ފާޚަނާއިން ނިކުންއިރު ޒެރީން ކުރިންވެސް އިންތާގައި ފޯނާއި ކުޅެން އިނެވެ. މާކިން ވާހަކަދެއްކުމެއް ނެތި އަލަމާރި ހުޅުވާލިއެވެ. އެތަނުގައި ހުރި އިނާރާގެ ބައެއް ހެދުންތައް ފެނުމުން އޭނާ އޭގައި އަތް ބީއްސާލިއެވެ. މި ހެދުންތައް ފެނުމުން އޭނާ އިތުރަށް އިނާރާގެ މަތިން ހަނދާން ވާންފެށިއެވެ.

 މާކިން އިރުކޮޅަކު އިނާރާގެ ހެދުންތަކަށް ބަލަން ހުރެފައި ޓީޝާޓެއް ނަގައިގެން އެ ގަޔަށް މަހާލުމަށްފަހު އެނދުން ދެތިން ބާލިސް ނެގިއެވެ. ޒެރީން މި މަންޒަރުފެނި ކުޑަކޮން ހައިރާންވިއެވެ. “މާކިން ކީތްތިކުރަނީ؟” ޒެރީން އެނދުން ތެދުވެލަމުން ބުނެލިއެވެ. “އަހަރެން ނިދާނީ ބޭރު ސޯފާގައި. ޒެރީން އޮވޭ ކޮޓަރީގައި.” މާކިން މިހެން ބުނެފައި އަލަމާރިން ބެޑްޝީޓެއް ހިފައިގެން ނިކުންނަން ދިޔައެވެ.

ނަމަވެސް ޒެރީން އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ. “އެކަމަކު އެކީއްވެ. އާދެބަ މިތާ އެނދުގައި އަހަރެން ކައިރީގައި އޮންނަން.” ޒެރީން ބުނެލިއެވެ. “އަހަރެން ކުރިން ވެސް ބުނިން މި ދެމެދުގައި އިތުރު ގުޅުމެއް ނޯންނާނެއޭ. އެހެންވީމަ އަހަރެން ބޭނުމެއް ނޫން ޒެރީން ކައިރީގައި ނިދާކަށް. އިތުރަށް ޝަކުވާ ކުރަން ނޫޅެ ނިދަން ދޭ.” މަކީން މިހެން ބުނެފައި ކޮޓަރިން ނިކުތެވެ.

ފުދޭވަރަކަށް ބޮޑު ސޯފާގައި އޮށޯވެލަމުން މާކިން ނިތްކުރީގައި އަތްބާއްވާލިއެވެ. އޭނާ ހަޤީޤަތުގައި ކޮޓަރީގައި ނުއޮތީ އިނާރާއާއި އެކީ ނިދި އެނދެއްގައި އެހެން އަންހެނެއްގެ ކައިރީ އޮންނަން ބޭނުން ނުވާތީއެވެ. އޭނާއަށް އެކަމެއް ނުވާނެއެވެ. އިނާރާގެ ބަދަލުގައި ޒެރީން އެތަނުގައި އޮންނަތަން ދެކޭކަށް އެ ހިތަކަށް ކެތެއްނުވާނެއެވެ. އެކަނި އޮވެ އިނާރާއާއި މެދު ޚިޔާލު ކުރަމުން ދިޔައިރު އޭނާވެސް އެކަނި ކޮޓަރީގައި އޮންނާނެކަން އިނގެއެވެ. ނިދަނީކަމެއް ނުވަތަ އޭނަވެސް އެގޮތަށް މާކިންގެ ޚިޔާލުގައި އޮންނާނީ ބާއޭ އޭނާ ހިތަށް އެރިއެވެ. ލޮލުގެ ހިމަ ކޮޅުން ފުރޮޅެލި ކަރުނަތިކި ކަންފަތަށް ވެއްޓުނުއިރު އެލޯ މެރުނެވެ.

ހެދުން ބަދަލު ކޮއްލައިގެން އެނދަށް އެރި ޒެރީން ކައިރީގައި ހުރި ކުޑަ ކަބަޑު ތެރޭގައި އޮތް ފޮޓޯ އަލްބަމް ނެގިއެވެ. އޭގައި ހުރި ފޮޓޯތައް ބަލަމުން ދިޔައިރު ގިނައީ މާކިންއާއި އިނާރާގެ ކައިވެނީގެ ފޮޓޯތަކެވެ. އެތަނުން އެއްފޮޓޯ ނަގައި ޒެރީން އެއަށް ރަނގަޅަށް ބަލައިލިއެވެ.

ދެމީހުން އެކުގައި ހެވިފައި ތިބިއިރު އެއަށް ވުރެން ގުޅޭ ޖޯޑެއް ނުވާނެއެވެ. ޒެރީން އެ ފޮޓޯގަނޑު މެދުން އިރާލިއެވެ. އަދި އިނާރާ ވަކިން އިން ގަނޑު ނަގައި އެއަތުގެ ތެރެއަށް ބޮނޑިކޮއްލިއެވެ. “ޕުއާ އިނާރާ.. ސޮރީ.” ޒެރީން ވިހަ ގޮތަކަށް ހީލަމުން ބުނެލިއެވެ.

އަރައިގެން އައި އިރުގެ އަލިން ކޮޓަރި އަލި ކޮއްލިއިރު ފާޚާނާއިން ނިކުން އިނާރާ ތުވާލި ހަރުގަނޑުގައި އަޅުވާލިއެވެ. ލޯގަނޑު ކައިރީގައި ހުއްޓިލަމުން އަމިއްލަ ނަފްސާއި ދިމާއަށް ބަލަން އިން އިނާރާގެ ޚީޔާލުގައި އެނބުރެމުން ދިޔައީ މާކިންއެވެ. މިހާރު ޒެރީން ހުންނާނީ މާކިންގެ އަންބަކަށް ވެފައެވެ.

ދެލޮލުން ކަރުނަ ނިރާލި ނަމަވެސް އިނާރާ އެކަރުނަތަށް ހިންދާލަމުން މޫން ފޮހެލިއެވެ. އަދި ފުންނޭވާއެއް ލުމަށްފަހު މިކަމާއި ކުރިމަތި ލުމަށް ނިންމިއެވެ. ކިތަންމެ ވަރަކަށް އެހިތަށް އަސަރު ކުރިޔަސް މޫނުމަތިން އެކަން ހާމަވިޔަ ނުދީ އޭނާ ގޮތުގައި ހުރުމަށް ނިންމިއެވެ. އޭނާ މިފަހަރު ހިތްވަރު އެލުވައެއް ނުލާނެއެވެ. އިނާރާ އަލަމާރި ހަވާލިއިރު ލާނެ ގިނަ ހެދުންތައް އަދިވެސް ހުރީ މާކިންގެ އަލަމާރީގައެވެ. އެހެން ކަމުން އޭނާ އެ އެއްޗެހި ބަލައި މައްޗަށް ދިއުމަށް ނިންމިއެވެ.

ސޯފާގައި ނިދިފައި އޮތް މާކިން ސިހުނީ ގޭގެ ބެލް ޖެހުނު އަޑައްށެވެ. އޭރު އިރުގެ އަލި ސޯފާއަށް އެޅިފައިވުމުން އޭނާއަށް ހޫނު އިހުސާސް ކުރެވުނެވެ. މާކިން ތެދުވެ ލައިގެން ހުރި ޓީޝާޓު ބޭލުމަށްފަހު ދޮރު ހުޅުވަން ދިޔައެވެ. ދޮރުގައި ލޯޖަހާތަނުން ބަލައިލި އިރު އިނާރާ ހުރިތަން ފެނުމުން އޭނާއަށް ފަހަތައްޖެހެވުނެވެ.

 އޭނާގެ ނަޒަރު ހުއްޓުނީ ސޮފާއަށްށެވެ. މާކިން ނިދަނީ ޒެރީން ކައިރީގައި ނޫންކަން އިނާރާއަށް އިނގޭކަށް އޭނާ ބޭނުމެއްނޫނެވެ. އަވަހަށް ސޯފާގައި ހުރި ބާލިސްތަކާއި ބެޑްޝީޓް ހިފައިގެން ކޮޓަރިއަށް ވައިންއިރު ޒެރީން އޭނަގެ އެނދުގައި ފުން ނިންޖަކުން ނިދާފައި އޮތެވެ. މާކިން އަވަހަށް ބާލިސްތައް އެނދުގެ ބޯލާ ކޮޅުގައި ބޭއްވުމަށްފަހު ދަމުން ޓީޝާޓު އެނދައް ހޫރާލިތަނާއި އެ ވެއްޓުނީ ބިންމައްޗަށްށެވެ.

މާކިން އަވަސް ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުސް ގަޔާއި ހުރި މާކިން ފެނި އިނާރާގެ ހިތުގައި ރިއްސާލިއެވެ. “މިއައީ އަހަރެންގެ ހެދުންތައް ބަލައި.” އިނާރާ މިހެން ބުނުމުން މާކިން އޭނާ ވަނުމަށް ތަންދެއްކިއެވެ. އިނާރާ މަޑު ހިނގުމެއްގައި ކޮޓަރިއާއި ދިމާއަށް ދިޔައިރު މާކިން އޭނާގެ ފަހަތުން އާދެއެވެ.

ކޮޓަރީގެ އެނދުގައި ނިދިފައި އޮތް ޒެރީންފެނި އޭނާ ހުއްޓުނެވެ. ލައިގެން އޮތް ކުރު ހެދުން ކޮޅުފެނުމުން ކުޑަކޮން އުނދަގޫވިއެވެ. އެނދުގައި ބާލިސްތައް ހުރިގޮތާއި ޓައިލްސް ތަކުގެ މަތީގައި އޮތް މާކިންގެ ޓީޝާޓު ފެނުމުން ރޭގައި އެމީހުން ނިދީ އެކުގައިކަން ނަގައިގަންނާކަށް އިނާރާއަށް އުނދަގުލެއްނުވިއެވެ. މާކިން އިނަރާއާއި އެކު ނިދި އެނދުގައި މިހާރު އެހެން އަންހެނެއް އޮތުމުން ހިތްދަތިވިއެވެ. އޭނާއަށް މާގިނައިރު މި މަންޒަރު ބަލާކަށް ކެތެއްނުވާނެއެވެ.

އިނާރާ އަވަހަށް ގޮސް އަލަމާރިން އޭނާގެ ހެދުންތައް ނެގުމަށްފަހު އެކޮޓަރިން ނިކުތެވެ. އޭރު މާކިން އޭނާގެ ފަހަތުން އާދެއެވެ. “ބަމްބީ..” މާކިން މިހެން ބުމުން އިނާރާގެ ފިޔަވަޅުތައް ހުއްޓުނެވެ. މާކިން އައިސް އިނާރާގެ ކައިރީގައި ހުއްޓެލިއެވެ. “އަހަރެން ނޫޅެން އަތްލާކަށް.. އެކަމަކު ތިހެން ވާހަކަ ނުދައްކައި ނުހުރޭ..” މާކިން ދެރަވެފައި ހުރެ ބުނެލިއެވެ.

“މިވަގުތު އަހަރެން ދައްކާނެ އިތުރު ވާހަކައެއްނެތް..” އިނާރާ މިހެން ބުނެފައި މާކިންއަށް ފަސްދެމުން އެތަނުން ނިކުންނަން ދިޔައެވެ. އޭރު މާކިން އިނާރާ ދާތަން ބަލަން ހުރިއިރު އޭނާ ހުއްޓުވަން ބޭނުންވި ނަމަވެސް މިއަދު އެ ހައްޤެއް ނެތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ހަތަރު އުދަރެސް (5)

Next

ހިތަކުން ނުފިލާނެ 28

Next
July 13, 2015

ހިތަކުން ނުފިލާނެ 28

Previews
July 13, 2015

ހަތަރު އުދަރެސް (5)

38 Comments!

  1. zaisha says:
    July 13, 2015 at 4:54 pm

    next part tmrw evening insha allah. and i hope this part is long. i tried. enjoy 🙂

  2. shyn says:
    July 13, 2015 at 4:55 pm

    Nice… U r the best zai… n me first..

  3. ihthu says:
    July 13, 2015 at 4:56 pm

    v reethi…

  4. Suma says:
    July 13, 2015 at 5:03 pm

    Vvvv reethi.. waiting 4 next part 🙂 🙂 🙂

    1. cute says:
      July 14, 2015 at 1:09 pm

      kihineh thr happy face aruvany?

  5. maash says:
    July 13, 2015 at 5:04 pm

    hama rovijje , plx inaa ah thihen nahadhaa zai , plzz , vr rythi story ekamu

  6. naj says:
    July 13, 2015 at 5:04 pm

    V salhi 🙂

  7. akmal says:
    July 13, 2015 at 5:10 pm

    vvv salhi

  8. Shara. .... says:
    July 13, 2015 at 5:10 pm

    V v v nice.. waiting 4 nxt part…

  9. flower says:
    July 13, 2015 at 5:13 pm

    Nice mi part vesss… waiting for de next part

  10. shafu says:
    July 13, 2015 at 5:17 pm

    Alhe inaaraa haadha dhera vaaney

  11. shin says:
    July 13, 2015 at 5:23 pm

    Bahsaamuge magusadhakee kobaabaa??????? V nice.. keep it up 🙂

  12. Shabee says:
    July 13, 2015 at 5:25 pm

    Mi prt vexx v v reethi… zai thi hama ehvana… thivareh neh hama… 😀 ekam inaa ah thihen nuhadhaa… anekka e zeryn eulhenee keekuranbaa?? Aslu dhen bahssaam kiyaa meeha maraalan v ….eyrun zeryn hatharu udhares fenujehunee…ehkolhunvex loabi nulibunee…. dhen zai ah dhw ingeynee…. 😛

    1. cute says:
      July 14, 2015 at 1:10 pm

      shabee kihineh thr happy face aruvany?

  13. Lwvispink says:
    July 13, 2015 at 5:28 pm

    Vrh reethi.. u r di bst
    .. jelous vaa kudin negetive cmnt kuraniy.. eiy vaahaka kiyan neygey miyhun kannryge dw..

  14. Anonymous says:
    July 13, 2015 at 5:31 pm

    alhey..so sad..maakin nd inaara gulhuvaba…

  15. yaan says:
    July 13, 2015 at 5:39 pm

    Evves kujaku koment nukuraa duvaheh tha.v v v nice

  16. Azki says:
    July 13, 2015 at 5:40 pm

    vrah reethi 🙂

  17. naaxy says:
    July 13, 2015 at 5:41 pm

    V habys

  18. Lali says:
    July 13, 2015 at 5:43 pm

    Vvvv nice u r the best ingey…..

  19. Jam says:
    July 13, 2015 at 5:55 pm

    Wooooow…..v v v v nice waiting 4 next part.

  20. mixu says:
    July 13, 2015 at 5:55 pm

    Ur da great writer. Waiting for nxt prt

  21. zee says:
    July 13, 2015 at 6:11 pm

    Vv rythi. Haadha foosseh vey mi zeryngandu dheke

  22. Imattey says:
    July 13, 2015 at 6:52 pm

    Zai v salhi igey miyadhuge part ves
    keep uploadin this story

  23. nathoo says:
    July 13, 2015 at 7:05 pm

    Keep it up

  24. nukko says:
    July 13, 2015 at 7:27 pm

    Mashaallah V reethi. I hate that zeryn

  25. dhi says:
    July 13, 2015 at 7:34 pm

    V nice. Waiting 4 the next part.

  26. jooly says:
    July 13, 2015 at 8:38 pm

    Inaaraa furathama dhuvahu egein nikun nan vegen fottah echehi elhi. Ekam hurihaa hedhun thah nugendhanee dhoa…

  27. Meesh says:
    July 13, 2015 at 10:54 pm

    Vvvv reethi…

  28. inayaa says:
    July 13, 2015 at 11:00 pm

    Zaishaa mivaahaka kiyaahitun dhuvaalaku 2 faharu misaitah vadhevey thankx zai.plx zeryn falhaa aruvaalaathi maakin zeryn aa kaarikohgen nuvaane. Adhi basaamuah varugadha ladeh dheythi.

  29. shiaa says:
    July 13, 2015 at 11:31 pm

    zai haadha molhey , vr vr rythi , inaa dhen markin aa dhah kan onnaany konvaahaka eh dw mihaaru , xeryn hedhi gothun , plx e xeryn falhaa aruvaalaba , n bahsaamu kyve tha markin dheke ehaa rulhi annany ? m confused

  30. Shaila says:
    July 14, 2015 at 12:05 am

    Maasha Allah u r the best…. Mi part ves v v v reethi.. Waiting 4 next part☺

  31. ZOYA says:
    July 14, 2015 at 12:56 am

    V V REETHI …..

  32. shifa says:
    July 14, 2015 at 10:32 am

    varah reethi

  33. shaff says:
    July 14, 2015 at 12:20 pm

    wow!! outstanding!! great work Zai!! waiting for the next part 🙂

  34. sweet, marvelous says:
    July 14, 2015 at 1:11 pm

    perfect

  35. Aaliyaa says:
    July 14, 2015 at 4:19 pm

    kobaa next prt zai

  36. Flower says:
    July 15, 2015 at 12:50 am

    Alhe dheravaneee… Roeveneee mihaaaru vaahaka kiyaaafa… V v salhi..

Comments are closed.

Next Episodeހިތް ވިންދާނުލައި… (21)←


All Right Reserved!