Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-58

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
May 8, 2021 5 Mins Read
4 Comments

މޯޅިއަކަަށް ދެމިލަމުން ދެބަދޭތެރޭގައި އައިވިން އެނދުގެ މަގަތައް އަތް ދަމާލިއެވެ. ހުސް އެނދުގައި އަތް ޖެހުމާއެކު އައިވިންގެ ނިދި ކުއްލިއަކަށް ފިލައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލަމުން އައިވިން ބޯހިއްލާލަމުން ރަނގަޅަށް އެނދަށް ނަޒަރު ހިންގާލިއެވެ. މޭތެރޭގައި ހިތް ބާރަަށް ތެޅެމުންދިޔައިރު ރޭގައިވީ ހުރިހާ ކަމަކީ ހުވެފެނެއް ކަމަށްވެސް އައިވިން އަށް ޤަބޫލު ކުރެވެން އުޅުނެވެ. އެހެނަސް އެއިން ކޮންމެ މަންޒަރެއް ސިކުނޑީގައި ކުލަވަމުން ދިޔައީ ހުވަފެނަކަށް ވުމަށް ދެކޮޅުހަދަމުންނެވެ.

ހެޑްބޯޑުގައި ބޮލުގެ ފުއްކިބަ ޖައްސާލަމުން އައިވިން ދެލޯ މަރާލިއެވެ. ދެވަނަ ސިކުންތުގައި އައިވިން ކުއްލިއަކަށް އެސްފިޔަތައް ހުޅުވާލިއެވެ. އަވަސް އަވަހަށް އެނދުން ތެދުވެ ވެއްޓިފައި އޮތް ރޮބް ހަށިގަނޑަށް މަހާލާ ބަންދު އަސްލަމުން އައިވިން ސިޓިންގް ރޫމާ ދިމާއަށް އަވަސް ފިޔަވަޅުތަކުގައި ހިނގައިގަތެވެ.

މަރުފަދަ ހަމަހިމޭންކަމެއްގައި އޮތް ސިޓިންގް ރޫމް ފެނުމާއެކު އައިވިންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ކަނާއަތުން ބޮލުގެ އިސްތަށިގަނޑު ހާވާލަމުން އައިވިން ފުންނޭވާއެއް ދޫކޮށްލިއެވެ. ޒޯޔާ ނުގޮސް އޭނާގެ ކައިރީ ހުރެފާނެކަމަށް ހީކުރެވުމީ އޭނާގެ މޮޔަކަން ކަމުގައި އައިވިން އަށް ވިސްނުނެވެ. އަނބުރާ ކޮޓަރިއަށް ވަދެ އައިވިން ފޯނު ކޯލެއް ކޮށްލިއެވެ. ފަތިސްވެފައި ވުމުން ނިދަން އޮވުމުގެ ޚިޔާލު ދޫކޮށްލަމުން އައިވިން ފާޚާނާއަށް ވަނެވެ.

ސިކުނޑި ފުރެމުންދިޔަ ޚިޔާލުތަކުން އައިވިންއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ރޭގައި އެގޮތަށް އަމިއްލަ ނަފްސުގެ ހިފެހެއްޓުން ދޫކޮށްލެވުނު ކަމުގެ މައްޗަށް އައިވިންގެ އަމިއްލަ ނަފްސު އަޑުލަމުން ދިޔައެވެ. ރޭގައި ވީ ކަންތަކަށްފަހު ޒޯޔާ އޭނާ ދެކެ އިތުރަށް ރުޅިއައިސްފިއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ޒޯޔާ އޭނާއާ އިތުރަށް ދުރުވާން މަސައްކަތް ކޮށްފާނެކަމުގެ ޚިޔާލާއެކު އައިވިންގެ ހިތް ގެނބިގެން ދިޔައެވެ. އެހެނަސް ހިތުގެ ކަނަކުން އައިވިން އަށް ތަފާތު ވާހަަކައެއް ކިޔައިދޭން މަސައްކަތް ކުރަމުންދިޔައެވެ. އައިވިންގެ އެއްވެސް ޢަމަލެއް ރޭގައި ޒޯޔާ ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ. އެކަމުގެ ސަބަބުން އައިވިންގެ ހިތުގައި އުންމީދު އާލާވަމުން ދިޔުމުން އެކަމުގެ މައްޗަށްވެސް އައިވިން ޖެހިލުން ވަމުން ދިޔައެވެ. ހަޤީޤަތެއްް ނެތް އުންމީދު ތަކެއް ކޮށްގެން އޭނާގެ ހިތަށް އިތުރު ވޭންތަކެއް ދޭކަން އައިވިން ބޭނުމެއް ނުވެއެވެ. އެހެނަސް ޒޯޔާގެ ދެލޮލުން އޭނާއަށް ކަރުނައިގެ އަސަރު ފެނުންހެން ހީވީ ކީއްވެހެއްޔެވެ؟ އެއީ އޭނާއަށް ހީވި ގޮތަކީ ހެއްޔެވެ؟
*******

ޖަވާބެއް ނެތް އެތަކެއް ސުވާލުތަކުން އައިވިންގެ ބޯ ހާސްވަމުން ދިޔައެވެ. ދޮރުގައި ބެލް އަޅާ އަޑަށް ހޭވެރިކަންވީ އައިވިން އަވަސް އަވަހަށް ފާޚާނާއިން ނިކުމެ ބާތް ރޮބްގައި އައިސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި އޭނާގެ ބޮޑީގަރޑް ދިއްކުރި އެއްޗިހީގައި ހިފަމުން އައިވިން ޝުކުރު އަދާކުރިއެވެ. އޭނާގެ ފޯނު ކޯލުގައި ބުނި ހުރިހާ އެއްޗެއް ބޮޑީގަރޑް ހަމަޔަށް ގެނެސް ދީފައި ހުއްޓެވެ.

ޕްލެއިން ޓީޝާޓެއް ލުމަށްފަހު އާދައިގެ ޖިންސެއްގައިި އައިވިން ލުއި ގޮތަކަށް ތައްޔާރުވެލިއެވެ. ހޮޓެލުން ނިކުމެ އައިވިން މިސްރާބު ޖެހީ ފަތިސް ނަމާދު ކުރުމަށް މިސްކިތަށެވެ. ނަމާދުން ލިބުނު ހިތްހަމަޖެހުމާއެކު އައިވިން ދުވަސް ފެށިއެވެ. މިސްކިތުން ފައިބައިގެން މާ ދުރަށް ނުދެވެނީސް އައިވިންގެ ފޯނު ރިންގް ވާން ފެށިއެވެ. ބެންޖަމިންގެ ނަން އަރާފައިވާ ފޯނުގެ ސްކްރީން ފެނުމުން އައިވިން ފޯނު ނެގިއެވެ. ފޯނު ނެގުމާއެކު ބެންޖަމިން އައިވިން ކުރާ ކަމަކާމެދު ސުވާލު ކުރިއެވެ. އައިވިން ހުރީ މަސައްކަތެއްގައި ނޫންކަން އެނގުމާއެކު ބެންޖަމިން އެދުނީ އޭނާއާއެކު ކޮފީ އަކަށް ދިޔުމަށެވެ. ހޮޓެލުގެ ކައިރިން ދިމާވުމަށް އެއްބަސް ވަމުން އައިވިން ފޯނު ކުރުކޮށްލިއެވެ.

ބެންޖަމިން އާ ބައްދަކުކުރަން އައި މަގުމަތީ އައިވިން ނަޖުމާ އަށް ގުޅާލިއެވެ. އިވާންގެ ކަންކަން އޮޅުން ފިލުވުމަށްފަހު އައިވިން ފޯނު ކުރުކޮށްލިއެވެ. ޖޫންގެ ވާހަކަ ނާހާ އައިވިން ގަސްތުގައި އަޅާނުލާ ދޫކޮށްލީ އޭނާ އަމިއްލައަށް ޖޫން އާ ކުރިމަތި ލުމުގެ ވިސްނުމުގައެވެ.

އައިވިން ހޮޓެލް ކައިރިއަށް އައިތާ މާގިނަ އިރެއް ނުވެ ބެންޖަމިން އެދިމާއަށް އަންނަތަން އައިވިން އަށް ފެނުނެވެ. ހުޑީ އަކާއި ސްވެޓްޕޭންޓްސްގައި ހުރި ބެންޖަމިންގެ ކަންފަތުގައި އަޅުވާފައި ހުރި ހެޑްފޯނު ކަރުގައި އަޅުވާލަމުން ދުވެފައި އައިވިން އާ ދިމާއަށް އައެވެ. ކުޑަކޮށް ދާހިތްލާފައި ހުރި ބެންޖަމިން އެއައީ ދުވަން ގޮސްފައިކަން އައިވިން އަށް ވިސްނުނެވެ. ދެ އެކުވެެރިން އެކުގައި ހިނގައިގަތީ ކައިރި ހިސާބެއްގައި ހުރި މަޝްހޫރު ކޮފީ ޝޮޕަކަށެވެ.

ހެނދުނު ކުރީކޮޅު ކަމުން ތަނުގައި މާގިނަ ކަސްޓަމަރުންނެތް ނެތެވެ. ދެމީހުންގެ ޖާގައިގެ މޭޒެއްގައި އައިވިން އާ ބެންޖަމިން ހަމަޖެހިލިއެވެ. ދެމީހުންވެސް އަމިއްލަ ވާހަކަ ތަކުގައި ކޮފީއަށް އިންސާފު ކުރަމުން ދިޔައެވެ. ބެންޖަމިން މިރޭގެ ވަޤުތެއްގައި ފުރާނެ ކަމަށް އައިވިން ގެ ކައިރީ ހާމަކުރިއެވެ. ދެން ފަހަރަކުން އޭނާއާ ބައްދަލުކުރުމަށް ލަންޑަން އަށް އައުމަށް ބެންޖަމިން އައިވިންގެ ކިބައިން އެދުނެވެ.

ކޮފީ ހުސްވުމާއެކު ފައިސާ ދެއްކުމަށްފަހު އައިވިން އާ މެންޖަމިން ގޮނޑިން ތެދުވިއެވެ. ކޮފީ ޝޮޕްގެ ދޮރާ ފުރަގަސްދީގެން އިން އައިވިން ކުރިމައްޗަށް އެނބުރުނު ވަޤުތު ހުއްޓުން އެެރިއެވެ. މުޅި މީހާ ގަނޑުވެގެން ދިޔައިރު ހަރަކާތް ކުރަންވެސް ކުޑަ ހިނދުކޮޅަކަށް އައިވިން ހަނދާން ނެތުނެވެ. އައިވިން އަށް ވީގޮތް ނޭނގިހުރި ބެންޖަމިން އައިވިން ކޮނޑަށް އަތްވައްޓާލިއެވެ. ހުވަފެނަކުން ނިކުމެވުނުހެން އައިވިން އެސްފިޔަތައް ތަޅުވާލިއެވެ. ދެތިން ފަހަރަކު ނޭވާލަމުން ހަމަޖެހިލަން މަސައްކަތް ކުރަމުން ބެންޖަމިން އާއެކު އައިވިން ވެސް ނިކުންނަން ހިނގައިގަތެވެ. ބޭރު ދޮރުން ނިކުމެވުމާއެކު އައިވިން އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ.

ކުރަން ޖެހޭ ކުޑަ ކަމެއް އޮތް ކަމަށް ބުނަމުން އައިވިން ދެމީހުންގެ ބައްދަލުވުން އެހިސާބުން ކުރުކޮށްލިއެވެ. ފުރުމުގެ ކުރިން އޭނާ އަށް ގުޅުމަށް ބެންޖަމިންގެ ފަރާތުން އައިވިން އެދުނެވެ. ވަޤުތު ތަންދޭނަމަ ބެންޖަމިން ފުރުވަން އަންނާނަން ކަމަށް އައިވިން ވަޢުދުވިއެވެ. ބެންޖަމިން އެކުވެެރިޔާގެ އެދުމަށް ރުހެމުން ދެ އެކުވެެރިން އެހިސާބުން ވަކިވިއެވެ.

ބެންޖަމިން ލޮލު ކޮޅަށް ގެއްލުމާއެކު އައިވިން ފުންނޭވާއެއް ދޫކޮށްލިއެވެ. ދެއަތް މުށްކަވާލަމުން ކަމަކަށް ނަފްސު ތައްޔާރު ކުރާ ބީދައިން އައިވިން ދެލޯ މަރާލިއެވެ. އެއަށްފަހު އައިވިން އަނބުރާ ހިނގައިގަތީ ކޮފީ ޝޮޕްގެ ތެރެއަށެވެ.
******

އައިވިން އެތެރެއަށް ވަދެގެން އައިސް ދެމީހުންގެ ޖާގައިގެ މޭޒެއްގެ ހުހަށް އިން ގޮނޑީގައި އިށީނެވެ. އެ މޭޒުގައި އޭނާއާ ކުރިމަތިވާހެން އިން މީހާގެ މޫނު އެވަޤުތު އައިވިން އަށް ރީއްޗަށް ފެނިގެން ދިޔައެވެ. އާއެކެވެ. އައިވިން އަށް ހީކުރެވުނީ ރަނގަޅަށެވެ. ބޮލުގެ އިސްތަށިގަނޑާއި ތުބުޅީގެ ބައެއް އިސްތަށި ނުރަވެ ލޯކައިރީގައިވާ ކުދި ރޫތަކާއެކުވެސް އައިވިންގެ އަމިއްލަ ތަސްވީރާއި އެ ފިރިހެން މީހާގެ މާބޮޑު ތަފާތެއް ނެތެވެ. ފެންނަ ކޮންމެ މީހަކަށްވެސް އޭނާއަކީ އައިވިންއާއި ގުޅުން ހުރި މީހެއްކަން ހަމައެކަނި މޫނަށް ބަލާލުމުން ވެސް އެނގޭވަރު ވާނެއެވެ.

ތުނބުގައި ޖައްސާލެވުނު ކޮފީތަށި ކުއްލިއަކަށް ވަތުތަށީގައި އެފިރިހެން މީހާއަށް ބެހެެއްޓުނު އިރު އޭނާގެ މޫނުމަތިން ސިހުން ފާޅުވަމުން ދިޔައެވެ. އެ ސިހުމުގަައި އެއްވެސް ރުޅިވެރިކަމެއް ނުވެއެވެ. އެއާ ޚިލާފަށް އައިވިން އަށް އޭނާގެ ލޮލުން ފެނިގެން ދިޔައީ ތަފާތު ޝުއޫރެކެވެ. އެތަށް ދުވަހެއްގެ އިންތިޒާރެވެ.

“އައިވިން..” އެ ފިރިހެން މީހާގެ ތުންފަތް މަޑު މަޑުން ހަރަކާތް ކޮށްލިއިރު އެދެލޮލުގައިވާ ފިނިކަން ފެނުނު އައިވިން އަށް ހިންދިރުވާލެވުނެވެ.
******

“އައިވިން ބައްޕައާ ބައްދަލު ކުރަން މަސައްކަތް ކުރިންތަ…؟” ސްޓަޑީ ރޫމުގައި ބައިންދާފައި އިން އޭނާގެ އާއިލާ ފޮޓޯ ފެނިގެން ޒޯޔާ ކުރި ސުވާލު އައިވިންގެ ހަނދާނަށް ވެރިވެގެން ދިޔައެވެ.

”ނޫން.. ބައްޕަ އަހަންނާ ބައްދަލު ކުރަން ނުކުރި މަސައްކަތެއް ކީއްކުރަން އަހަރެން ކުރަނީ.. މަންމަ އާ ޑިވޯސް ވުމަށްފަހު އެއްފަހަރުވެސް ބައްޕަ އަހަރެން ހޯދާކަށް މަސައްކަތެއް ނުކުރެ.. އެއީ ބައްޕައަށް އަހަރެން މުހިންމު ނުވީމައެންނު..” އައިވިން ފަރުވާ ކުޑަ ގޮތަކަށް ޖަވާބު ދިނެވެ. ބައްޕައާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އޭނާއަށް އަބަދުވެސް އުނދަގޫ ކަމެކެވެ. އެއީ އޭނާ އަބަދުވެސް ދުރުގައި ހުންނަން އިޚްތިޔާރު ކުރާ މަޢުޟޫއެކެވެ.

”އެކަމަކު.. ފަހަރެއްގަ ވެދާނެއެންނު އައިވިންގެ ބައްޕަ އެގޮތަށް ކަންތައް ކުރުމުގެ ފަހަތުގައި ސަބަބެއް އޮތީކަމަށް…”ފޮޓޯއަށް ގެއްލިފައި އިން ޒޯޔާ ބުންޏެވެ. އައިވިން ދެލޮލާއި އެ ހިނިތުންވުން ވާރުތަވީ ކިހިނެއްކަން ޒޯޔާއަށް އެ ފޮޓޯއަށް ބަލާލުމުންވެސް އެނގިގެން ދިޔައެވެ. ފޮޓޯއިން ފެންނަމުންދިޔަ އައިވިން ބައްޕަގެ ހިތް ހެޔޮ ހިނިތުންވުމާއި އައިވިން އުރާލައިގެން ހުރިގޮތް ފެނުމުން އެއީ އައިވިން ޤަބޫލު ކުރާފަދަ ގޯސް މީހަކަށް ވެދާނެކަން ޤަބޫލު ކުރަން ޒޯޔާއަށް ދަތިވިއެވެ.

“ޒޯ.. ލެޓްސް ލީވް އިޓް.. މިހުރިހާ ދުވަހުވެސް އަަހަރެން މިއުޅުނީ ބައްޕައަކާ ނުލައެންނު.. އެ ހުސްކަން މިހާރު އިޙްސާސެއް ނުކުރެވޭ..” އައިވިން އޭނާގެ އަމިއްލަ ނަފްސަށް އޮޅުވާލަން މަސައްކަތް ކުރަމުން ބުންޏެވެ. ޒޯޔާގެ އަތުގައި އިން ފޮޓޯގަނޑު މޭޒުގައި ބައިންދަމުން ބަނޑުހައުވެއްޖެކަމަށް ބުނެ އުޒުރެއް ދައްކަމުން އައިވިން ޒޯޔާ ގޮވައިގެން އެތަނުން ނިކުތެވެ. ޒޯޔާވެސް އިތުރަށް އެމަޢުޟޫއަށް ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ.

*********

ދެމީހުންގެ ދެމެދަށް ވެެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން އައިވިންގެ ތުންފަތް ހަރަކާތް ކޮށްލިއެވެ.

“ކީއްވެ…؟” އައިވިންގެ އަޑުގައިވީ ޝަކުވާގެ އަސަރު އެންމެ ލަފްޒަކުންވެސް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ހިތުގައި ފޮރުވައިގެން އުޅުން ނަމަވެސް އެއީ އޭނާ އަބަދުވެސް ބައްޕައާ ކުރަން ބޭނުންވީ ސުވާލެކެވެ. އައިވިން އަށް ބައްޕައެއްގެ ލޯބި ދިނުމުން އޭނާގެ ބައްޕަ އުޒުރުވެރިވި ސަބަބު އައިވިން އިނގެން ބޭނުންވިއެވެ. އަމިއްލަ އަށް ބައްޕައެއްގެ އިޙްސާސް ކުރެވުމަށްފަހު އެފަދައިން އޭނާގެ ބައްޕައަށް ކަންތައް ކުރަން ކެރުނު ކަމާމެދު އައިވިން ހައިރާން ވިއެވެ.

“ބައްޕަ ޤަބޫލު ކުރަން ބައްޕައަށް ކަންތައް ކުރެވުނު ގޮތަށް އުޒުރެއް ދައްކައިގެން އެއްވެސް ކަމެއް ބަދަލު ނުވާނެކަން.. އަދި އެއީ ބައްޕައަށް މަޢާފް ހައްޤުވާނެކަމެއް ނޫންކަންވެސް އިނގޭ..” ހަސަން އިސްޖަހާލަމުން ބުނެލިއެވެ. ދަރިފުޅުގެ ކުރިމަތީގައި އޭނާގެ އަގެއްނެތްކަން އަމިއްލަ އަށްވެސް އޭނާއަށް އިޙްސާސްކުރެވެއެވެ. އަދި އެހުރިހާ ކަމަކަށް ޒިންމާވާން ޖެހޭނީ ހުދު އޭނާ ކަމުގައިވެސް ހަސަން ޤަބޫލު ކުރެއެވެ.

“އެކަމަކު.. ބައްޕަަ ދުވަހަކުވެސް ހިޔެއް ނުކުރަން ދަރިފުޅު އިސްވެ ބައްޕައާ ބައްދަކު ކުރާނެކަމަކަށް…”ހަސަން އިސްއުފުލާލަމުން އައިވިން އަށް ބަލާލިލިއިރު އެދެލޮލުން އުންމީދުގެ އަސަރު ފާޅުވަމުން ދިޔައެވެ. އައިވިން އާ ބައްދަލުކުރަން ހަސަން ކިތަންމެ ފަހަރަކު ބޭނުންވިއެވެ. އައިވިން ފުރާވަރަށް އެޅުމަށްފަހު އެފުރުސަތު ލިބުމުންވެސް ހަސަން އަށް ފަސްޖެހެވުނީ އައިވިން އޭނާއާ ބައްދަލުކުރަން ބޭނުންނުވާނެކަމަށް ޔަޤީން ކުރަމުންނެވެ. ބައްޕައެއްގެ ލޯތްބަށް އެންމެ ބޭނުންވިއިރު އެކަހެރި ކޮށްލެވުނު ދަރިފުޅު ބޮޑުވުމުން ވަކިން އޭނާގެ މޫނު ދެކެން ބޭނުންވާނެ ހެއްޔެވެ؟

“އަދިވެސް އަހަރެންގެ ސުވާލަކަށް ބައްޕައަކަށް ޖަވާބެއް ނުދެވެއެންނު.. އަހަރެން ބޭނުމެއް ނޫން ތި އަމިއްލަ ނަފްސު ކުށްވެެރިކޮށް ދައްކާ ވާހަކަތައް އަޑު އަހާކަށް..” ބައްޕަގެ ވާހަކަތަކާ މެދު ހިތްހަމަނުޖެހި އައިވިން ކެތްތެރިކަން ކުޑަ ގޮތަކަށް ބުންޏެވެ. ޚުދު އައިވިންވެސް އޭނާގެ ބައްޕައާ ބައްދަކު ކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އެހެނަސް ޒޯޔާ ބުނި ވާހަކަ އޭނާގެ ސިކުނޑިން ބޭރުކޮށްލެވޭ ގޮތެއް ނުވިއެވެ. އޭނާގެ ބައްޕަ ކޮފީ ޝޮޕުން ފެނުމަށްފަހު އޭނާގެ ނަފްސުގެ ހަމަޖެހުން ގެއްލުނީ އެހެންވެއެވެ. ބައްޕަ އާ ބައްދަލުނުކޮށް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން އައިވިން އަށް އެނގެއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

މިތުރާއޭ ފުރުސަތެއް ލޯބީގައި ކަލާ ދޭނުހޭ

Next

ލައިލާ 1

Next
May 8, 2021

ލައިލާ 1

Previews
May 7, 2021

މިތުރާއޭ ފުރުސަތެއް ލޯބީގައި ކަލާ ދޭނުހޭ

4 Comments!

  1. imkko says:
    May 8, 2021 at 9:59 am

    Maasha allah … mi baives v reethi .. and omggg aivin ge bappa dhimaaveee .. story is getting more curious now ? … curiously gonna wait for next part ??

    1. Wonder says:
      May 8, 2021 at 12:35 pm

      Thank u so much imkko. V ufaavejje mi bai ves kamudhiyaeema. Yess! Finally they meet dhw.. In sha Allah avahah next part up kohlan masahkaih kuraanan. B safe?❤️

    2. ?Zai? says:
      May 8, 2021 at 5:15 pm

      Nice ???

  2. ReeshA CoronA ReeshA CoronA says:
    May 9, 2021 at 10:38 am

    Wowwwwwwwww… Aivin Daddy aa vx bahdhalu v thr ????E Aivin manma nulafaa kamun kanneynge Aivin Bahppa Aivin dhookohlaafa dhiyaee… ????Alhey Dhen othy enme last part thr dhoonigandaaaaa????mi vaahakaiga mi ulhey January akee dhw Azey ?Azey mathin V miss ngey wonder dhoonii ??Koba Dhen e Zaraafaa gandu nufennaane thr… ?rangalhee vx eyhchaku naihyyaa… Btw zoa Aivin dhookohllaafa dhiya sababeh neyngeythee ey dhera vegen mi ulhenee mi koe??
    Mivaahaka vx nimenee dhw ????fahu part ah kohllaanan Lahkka dhigu cmnt eh ngey… Vaashey mashaa ekee ah kuri hen ?bye bye… Ta taa.. Vv lwbi vey ngey wonder dhooniii… Kithah roadha hifihjje thr dhangnaa.. Miadhu roadha thr???

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-59←


All Right Reserved!