Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާތިލް-14 (ފަހުބައި)

Ali Shimhaz Level 110 Stories100 Login
May 4, 2021 6 Mins Read
0 Comments

ވަލަށް ވަދެވުމުން ޔަޝްފާން އޭނަގެ ބައްޕައަށް ޝަޔާމާގެ ހަށިގަނޑުދެއްކިއެވެ.  ކަތީބު ވަލުތެރޭގައި ބޮޑުވަޅެއް ކޮނެ ޝަޔާމާގެ ހަށިގަނޑު ލައި ފަސް އަޅައި ފޮރުވިއެވެ. އެޔާއިއެކު ކަތީބަކަށްވެ ހުރެ އޭނަގެ ދަރީގެ އެ ނުބައި  އަމަލު ފޮރުވައި ފަސްއެޅިއެވެ.

ޝަޔާމާގެ ރޫޙް  އޭނަގެ  ވާހަކަ ކިޔައިދީ ނިމުނުއިރު ޔުމާނާގެ ދެ ކޯތާފަތް ހުރީ ކަރުނުން ފޯވެފައެވެ. އޭނަ ހުރީ ގަބުވެފައެވެ. ހުއްޓުން އަރައިފައެވެ.  އެއްޗެއް ބުނަން   އުޅުންހެން ހީވިއެވެ. ބުނެވޭގޮތެއް ނުވިއެވެ.

”އަ..އަ..އަހަ…ރެން..”   ޔުމާނާ ހުރީ ބިރުން ތުރުތުރު އަޅައެވެ. މި އިވުނު ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ.

”އަހަރެން ހިތަށްވެސް ނާރައި ޔަޝްފާން   ތިހައި ނުލަފާ ތިހާ އަނިޔާވެރި ރަޙްމްކުޑަ މީހަކަށް ވާނެޔޭ”

”ޔަޝްފާންގެ ބައްޕަވެސް ޔަޝްފާންގެ ކުށް ފޮރުވީ”

”ކޮންކަހަލަބައެއް”

”ޔަޝްފާން ޝަޔާމާގެ…”

”އަދި ޝަޔާމާ ބަލިވެ އިންދައި….ޤަތުލުކުރީ”

”އެއްފަހަރާ ކުށެއްނެތް މަޢުސޫމް ދެފުރާނަ އެ ދުއްވައިލީ” ޔުމާނާއަށް ވާހަކަދެއްކުނީ ރޮމުން ރޮމުންނެވެ.

”ދެ ފުރާނަ އެކަންޏެއްނޫން”  ޝަޔާމާ އެހެން ބުނުމުން ބުނި އެއްޗެއް ނޭނގިގެން ޝަޔާމާއަށް އިސްއުފުލައި ބަލައިލެވުނެވެ.

ހުސައިން އިނީ ކޮޓަރީގައި ޓީވީބަލައިށެވެ. ކައިރީގައި ހުސައިންގެ މަންމަވެސް އިނެވެ.

”އައްސަލާމްޢަލައިކުމް” ކޮންމެވެސް އަންހެންކުއްޖަކު ސަލާން ގޮވައިލިއެވެ.       މިއަޑަށް  ހުސައިންގެ މަންމަ އިންތަނުން ތެދުވެ ގޮސް  ސަލާންބަލައިގަތެވެ.

”އަހާނ ޝިފާ”  ހުސައިން ޝިފާއޭ ބުނިއަޑުއިވުމުން އެދިމައަށް ބަލައިލިއެވެ. ހުސައިން ހިތަށް އެރިއެވެ. މިއޮއް ހެނދުނު މިއޮއް ދުރަށް ޝިފާ އެއައީ ކީއްކުރަންބާވައެވެ. ކާކު ކައިރިއަށް ބާވައެވެ.

”ވަދޭ އެތެރެއަށް ” ހުސައިންގެމަންމަ އެދުނެވެ.  ޝިފާ ގޭތެރެއަށް ވަނެވެ. ޓީވީއާއި ދިމައަށް ބަލައިލިއެވެ. އަދީ ހީނލައިފައި ހުސައިންނަށް ބަލައިލައި ގޮވައިލިއެވެ. ހުސައިން އެއްވެސްއެއްޗެއް ނޭނގޭ މަޢުސުމް ޅަކުއްޖެއްފަދައިން ޝިފާގެ ދޮންމޫނަށް ބަލައިލިއެވެ.

”އިށީނދޭ” ހުސައިންގެ މަންމަ އިށީންނަން ތަންދެއްކިއެވެ.

”ކޮންޗެއް ގެނެސްދެންވީ” ހުސައިންގެ މަންމަ އެހިއެވެ.

”ޝިފާ ހިނގައި ހިނގައި ވަރުބަލިވެއްޖެ”

”ޝިފާ ބޭނުމީ  ހަމައެކަނީ ފެންތަށްޓެއް” ޝިފާ ބުނެދިނެވެ. ހުސައިންގެ މަންމަ ފެންތަށްޓެއް ގެންނަން ދިޔައެވެ.

”މިއޮއް ހެނދުނައި މިއޮއް ދުރަށް ފައިމަގުގައި ތިޔަ އިޢްޒަތްތެރި މަންޖެ ތިޔަ ދުރުވީ ކީއްކުރަން” ހުސައިން  ހުރީ ހިތްހަމަނުޖެހުފައެވެ. ޝިފާ އެއްޗެކޭ ނުބުނެ އިރުކޮޅެއްވިއެވެ.

” ޝިފާގެ ސައިކަލެއްވެސް ނެތްވިއްޔައި”

”ބޭބެ ނުދޭނެ ބޭބެ ސައިކަލު ދުއްވައިކަށް”

”ޝިފާގެ ނެތް ބައްޕަހެން ކާރެއްވެސް”

”ކާރު ދުއްވައިކަށް ބައްޕައެއް ނުދޭނެ”

”ބައިސްކަލުގަނޑެއްވެސް ނެތް ޝިފާގެ  އެހެންވީމައި ޝިފާއަށް ހިނގައިފައިއެއްނު އާދެވޭނީ” ޝިފާ ވާހަކަދެއްކީ ވަރަށް  އަނގަހަލުވިކޮށެވެ.

”ކީއްކުރަން ތިއައީ”  ހުސައިން ކުޑަކޮށް ރުޅިއައެވެ.  ޝިފާ ހުސައިން ގާތަށް ގޮސް ހުއްޓުނެވެ.

”ޝިފާ އައިމައި އުދަނގޫވީތަ”

” ޝިފާ މިއައީ މިރޭ ބޭބެގެ ބާތްޑޭ ޕާރޓިއަށް ދަޢުވަތުދޭން”ޝިފާ އެއައި ބޭނުން ބުނެދިނެވެ.  ޝިފާ ހުސައިންގެ ގާތު އިށީނދެއްޖެއެވެ.

”ޝިފާއަށް އެނގޭ ހުސައިން ބޭބެޔާއި ރުޅިކަން”

”އެކަމަކު ހުސައިން އައިސިއްޔާ ބޭބެ ވަރަށް އުފާވާނެ” ޝިފާ ބުނެދިނެވެ.

”އަހަރެން ނޫޅެން އޭނަ އުފާކޮށްދޭކަށް”ހުސައިން ގާތަށް އައީ ރުޅިއެވެ.

”ހުސައިން އައިސިއްޔާ ޝިފާ ވަރަށް އުފާވާނެ” ޝިފާ ހުސައިންގެ އަތުގައި ހިފިއެވެ.

ރޭގަނޑުގެ ވަގުތެވެ. ޕާރޓީއަށްދާ ގަޑި ޖެހެނީއެވެ. ޔުމާނާ ރީތި ރަތް ހެދުމެއް ލައިގެން ފުނާއަޅައިލައި ފުށްޖަހައި  ލޮލުގައި ކުލަ ޖައްސައި އައިލައިނާރ ބޭނުންކޮށްލައި ރަތް ލިޕްސްޓިކް ޖެއްސިއެވެ. އަދި ގަޔަށް ސެންޓު ބުރުވައިލިއެވެ .މި  ރަތް ހެދުމަކީ  ޔަޝްފާން ޝަޔާމާ ޤަތުލުކުރިއިރު ލައިގެން ހުރި ހެދުން ގޮތަށް ހުރި ހެދުމެކެވެ.

”ދަރިފުޅާ ހިނގާ ދާން” ބައްޕަ ގޮވައިލިއެވެ. ޔުމާނާ   ޔަޝްފާންއަށްވީ ހަދިޔާ ހިފައިގެން ކޮޓަރިންނިކުތެވެ. އަދި ބައްޕައާއިއެކު ޕާރޓީއަށް ދާން ހިނގައިގަތެވެ.

އާދަމްމަނިކުއާއި އާދަމްމަނިކުގެ ދަރިފުޅު ޕާރޓީއަށް ދިޔަ މަގުމަތީންވެސް  ޕާރޓީއަށްދާ ގިނަ މީހުންފެނުނެވެ.  ޕާރޓީއަށް އާދެވުމުންވެސް ޕާރޓީތެރެއިންވެސް ގިނަ މީހުން ފެނުނެވެ. ގިނަ އިއްޒަތްތެރިން ކުންފުނީގެމެނޭޖަރުން  މުއްސަނދީން މުއްސަނދިމީހުންގެ ދަރީންނާއި ޔަޝްފާންގެ ގިނަ އެކުވެރިންނެވެ.

”އޭއް އާދަމްމަނިކާ އައިސްބަލަ”އިބްރާހިމް އައިސް އާދަމްމަނިކު ގެންގޮސްފިއެވެ.  ޔުމާނާ ޔަޝްފާން ފެނޭތޯ އެކިދިމައަށް ނަޒަރުހިންގިއެވެ. ޔަޝްފާން ހުރީ ޔަޝްފާންގެ އެއްކަލަ އެކުވެރި ޖާވިދުއާއި ރިފާޢުއާއި ސާމީ ކައިރީގައި އަނގަތަޅައިށެވެ.

”ޔަޝްފާން” ޔުމާނާ ޔަޝްފާން ގާތަށް ގޮސް ހުއްޓި ގޮވައިލިއެވެ.  ޔަޝްފާން ޔުމާނާއާއި  ދިމައަށް ބަލައިލިއެވެ. ޔަޝްފާން ބިރުން ތުރުތުރު އެޅިއެވެ.

”ތީ..ތީ..ކޮން ހެދުމެއް” ޔަޝްފާންއަށް އަހައިލެވުނެވެ.

”ކިހިނެތްވީ ހަޑީތަ” ޔުމާނާ އެހިއެވެ.

”ނު..ނޫން” ޔަޝްފާން ޖަވާބުދިނެވެ.

”ޔަޝްފާން ބުނީމެއްނު މިމީހުންނެއް ނުދަންނަމޭ  ދެން މި މީހުންނާއި ކޮންވާހަކައެއް ތި ދައްކަނީ” ޔުމާނާ އެހިއެވެ.

”އާނ ކުރިން ނޭނގުނީއްޔޭ”

”މިއީ އަހަރެންނާއިއެކު ކިޔެވި ބައެއް”

”އެހައި ޒަމާންވީމައި ނޭނގޭނެއްނު” ޔަޝްފާން ބުނެދިނެވެ.

”މިހާރު އައްމަޑޭމެންގެ ޤާތިލް އެނގިއްޖެތަ” ޔަޝްފާން ބިރުންހުރެ އެހިއެވެ.

”ދެން މިރޭ  ތިވާހަކަ ނުދައްކައި މިއީ ޔަޝްފާންއަށް ޙާއްސަރެއެއް” ޔުމާނާ ޔަޝްފާންގެ ކޮނޑުގައި ހިފިއެވެ. ޔުމާނާގެ އުޅުން ތަފާތުކަން  ޔަޝްފާންއަށް ފާހަގަކުރެވިއްޖެއެވެ.

”ތިއީ އަހަރެންނަށްތަ” ޔަޝްފާން ޔުމާނާގެ އަތުގައި އޮތް ޕާރުސަލަށް އިޝާރާތްކޮށް އެހިއެވެ.

”އާނ ހިފާ”ޔުމާނާ ޔަޝްފާނަށްވީ ޕާރުސަލް އޭނަޔަށް ދިނެވެ.

”ކަނޑައިބަލަ” ޔުމާނާއެދުނެވެ.

”ފަހުންނެއްނު ކަނޑަންވާނީ އެހެންމީހުންގެ ޕާރުސަލް ކަނޑައިއިރަކުން” ޔަޝްފާން ކަނޑައިކަށް ނޫޅުނެވެ.

”އަހަރެން މިއީ އެހެންމީހުންނެއްނޫނެއްނު”ޔުމާނާ ހިތްހަމަނުޖެހުނެވެ.

”އެކަމު މިތާ ކެނޑީމައި މިތަނަށް ކުނި އެޅޭނެއްނު” ޔަޝްފާން ބުނެދިނެވެ.

”ހިނގާ ޔަޝްފާން ކޮޓަރިއަށް”ޔުމާނާ ޙިޔާލްދިނެވެ. ޔުމާނާ މިހެން ބުނުމުން ޔަޝްފާން އޭނަގެ އެކުވެރިންނަށް ބަލައިލައި ލާނެތްގޮތަކަށް ހީނލިއެވެ.

ޔަޝްފާން ޔުމާނާ ގޮވައިގެން  ކޮޓަރިއަށް ހިނގައްޖެއެވެ. ޔުމާނާ އެ ކޮޓަރިތެރެއަށް ނަޒަރުހިންގައިލިއެވެ. ޔަޝްފާން ޔުމާނާއާއި ކައިރިވާން ބެނުންވިއެވެ. އެކަމަކު ލައިގެން ހުރި ހެދުމަކުން ކައިރިވާކަށް ނުކެރުނެވެ.  ޔަޝްފާން އެނދުގައި އިށީނދެ ޕާރުސަލު ކަނޑަން ފެށިއެވެ.ޔުމާނާ ޔަޝްފާން ގާތު އިށީނދެއްޖެއެވެ. ޔަޝްފާނައަށް ޔުމާނާއާއި ދިމަ ބަލައިލައިކަށްވެސް ނުކެރުނެވެ.    ޕާރުސަލު ކެނޑިއްޖެއެވެ. އެތެރޭގައި އޮތީ ޔުމާނަ ކުރެހި ޝަޔާމަގެ ތަސްވީރު ފުރޭމްކޮށް ލައިފައެވެ. ޔަޝްފާންއަށް އެ ކުރެހުން ފެނުމުން ދެލޯ ބޮޑުވިއެވެ. ބިރުން އެ ތަސްވީރު އަތުން ދޫވެ ވެއްޓި ތެޅިއްޖެއެވެ.

”ބޭބޭ” ޝިފާ އައިސް ގޮވައިލިއެވެ. ޔަޝްފާން ދިޔައީ ސިއްސައިގެންނެވެ.

”މިތާ ކީއްކުރަނީ”

”ހުސައިން އައިސްފި” ޝިފާ މިހެން ބުނުމުން އަވަހަށް ކޮޓަރިން ނިކުމެ ހިނގައްޖެއެވެ. ޔުމަނާވެސް ހިނގައްޖެއެވެ.

ޝިފާގެ ދެލޮލުގައި އެ ތަސްވިރު އަޅައިގަތެވެ.

”ވަރަށް އުފާވެއްޖެ ހުސައިން އައިމައި” ޔަޝްފާން ހުސައިންގެ ގައިގައި ބައްދައިލިއެވެ.

”އހަރެން މިއައީ ޝިފާބުނެގެން” ހުސައިން ހުރީ ރުޅިއައިސްފައެވެ. ޔަޝްފާން ހުސައިން ގަޔާއި ދުރުކޮށްލިއެވެ.

ކަތީބުވެސް ޔުމާނާގެ ހެދުން ފެނިފައި ވަރަސް ބިރުގަތެވެ.

”ޔުމާނާގެ ހެދުން ވަރަށް ރީތިދޯ” ޝާދިޔާ ކަތީބުކުރެން އެހިއެވެ.

”ކޮބާ ޝިފާ”ހުސައިންއެހިއެވެ.

”ޔުމާނާ މިއީ ޔުމާނާގެ ތަސްވީރެއްތަ” ޝިފާ އައީ އެ ތަސްވީރު ހިފައިގެންނެވެ.

”ތިއީ ޝިފާބޭބެއަށް ދިން އެއްޗެއް” ޔުމާނަ ޖަވާބުދިނެވެ.

”އެކަމު  މިތެޅިފައި މިއޮތީ ކީއްވެ”

”ކާކުގެ ތަސްވީރެއް މިއީ ކުރަހައިފައި” ޝިފާ  އެކުރެހުން ދައްކައިލިއެވެ.

”ތިއީ މޮނަލީޒާ” ސާމީ ދޮގުހެދިއެވެ.

”ޝިފާއަށްވެސް އެނގޭ މިހެން މޮނަލީޒާ ނުހުންނާނެކަން”

”ބައިދަވޭ ތިއީ ކާކު” ޝިފާ އެހިއެވެ.

”މިއީ ބޭބެގެ ކުލާސްމޭޓެއް” ޔަޝްފާން ބުނެދިނެވެ.

”އަދީ މި ތަސްވީރުގައި މިވަނީ އަހަރެންގެ ކުރީގެ ގާތް އެކުވެރިއެއް” ޔުމާނާ އެ ފޮޓޯގަނޑު އަތުލައި ދޮގުހެދިއެވެ.

”އެހެން ކިހިނެތް ވާނީ”

” ޝަޔާމާ އުޅުންއިރު ޔުމާނާ ދުނިޔެއަކަށްވެސް ނާންނާނެ” ޔަޝްފާންއަށް ބުނެވުނެވެ.

”އެހެންވީމައި ދަންނަންދޯ މީނަ” ޔުމާނާ އެހިއެވެ. ޔަޝްފާންއަސް ހިންދިރުވައިލެވުނެވެ.

”އަހަރެން ކުލާހުގައި އުލުން ކުއްޖެއް އެއީ”

”އަމިއްލައަށް މަރުވީ އޭނަ” ޔަޝްފާން ދެރަވެފައިކަމަށް ހަދައި ދޮގުހެދިއެވެ.

”ދޮގު”

”ކަލޭ ޝަޔާމާ މަރައިލީ  އޭނަ ކަލޭގެ ދަރިޔަކަށް ބަނޑުބޮޑުވެ އިނީމައި” ޔުމާނާ ހަޅޭއްލަވައިގަތެވެ.

”ކީކޭތަ ތިކިޔަނީ ”

”ކާކު ދެއްކި ވާހަކައެއްތީ”

”ޝަޔާމާ މަރުވީއަމިއްލައަށް” ކަތީބު ހަޅޭއްލަވައިގަތެވެ.

”އަމިއްލައަކަށްނޫން”

”ޔަޝްފާން މަރައިލީ”

”އަދި ކަތީބު އޭނަގެ ހަށިގަނޑު ވަލުތެރޭގައި ވަޅުލައި ފޮރުވީ”

”ސަކީނާގެ ދަރިންވެސް މެރީ ވެސް ޔަޝްފާން”

”ކަތީބަށް އެނގޭނެ ހުރިހާކަމެއް” ޔުމާނާ ހަޅޭއްލެވިއެވެ.

”ހުއްޓާލާ” ޝާދިޔާ ހަޅޭއްލަވައިގަތެވެ.

”އިލްޒާމަކަށްފަހު އިލްޒާމެއް އަހަރެންގެ ދަރިފުޅާއި ފިރިމީހާގެ ބޮލުގައި ތިއަޅުވަނީ  ކޮބާ ތީގެ ހެއްކެއް” ޝާދިޔާ ވަރަށް ރުޅިއައެވެ. ކުއްލިއަކަށް އެތަނުން  ކަރަންޓު ހިނގައްޖެއެވެ.

”ކިހިނެތް އެވީ” ޝާދިޔާއަށް ބުނެވުނެވެ.  ކަތީބު އެކަން ހައްލުކުރިއެވެ.  ކަރަންޓުއައިސްފިއެވެ.    އެންމެން ހަޅޭއްލަވައިގަތެވެ. އެ އެންމެންތަކުތެރޭ އެހެރީ ޝަޔާމާއެވެ.

”ހެކިދޭނީ އަހަރެން”ޝަޔާމާ ވާހަކަދެއްކިއެވެ.

”އެ..އެ..އެއީ ޝަޔާމައެއްނޫން”

”އެއީ އޭނަޔާއި ވައްތަރު އެހެން ކުއްޖެއް”  ޔަޝްފާން ވަރަށް ބިރުގަތެވެ.

”އަހަރެންނަކީ ޝަޔާމާ”

”މި ޔަޝްފާން އަހަރެން މަރައިލީ”ޝަޔާމާ އެންމެން ކުރިމަތީ ހާމަކުރިއެވެ.

”އެހެންވީއިރު ދިރި ތިހިރީ ކިހިނެތް” ޔަޝްފާން އެހިއެވެ. ޝަޔާމާގެ ރޫޙް ގޮސް ޔަޝްފާންގެ ގައިތެރެއަށް ވަދެފައި ނިކުތެވެ.   ޔަޝްފާން ބިރުން ފިތް ކަނޑައިގެންދިޔައެވެ.

”އަހަރެންނަކީ ޝަޔާމާގެ ރޫޙް” ޝަޔާމާގެ ރޫޙް ބުނެދިނެވެ.

”ދެންވެސް ކުށް ޤަބޫލުކޮށްބަލަ” ޔުމާނާ ޔަޝްފާންއާއި ދިމައަށް ހަޅޭއްލަވައިގަތެވެ.

”އާނ  އަހަރެން ޝަޔާމާ މަރައިލީ”

”އަހަރެން އައްމަޑޭއާއި އިއްބެއާއި އިއްސެވެސް މަރައިލީ”

”އަހަރެންނަކީ އެ އެންމެންގެވެސް ޤާތިލް”

”ޝަޔާމާއަކީ   އަހަރެންގެ އިސްކޫލުގައި ކިޔަވަން އުޅުން ކުއްޖެއް”

”އަހަރެން އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރުމުން އޭނަ ލަދުގަތުމުން އަހަންނަށް އެއީ ކޮންކަހަލަ ކުއްޖެއްކަން އެނގުނު”

”އެހެންވެ އަހަރެން އޭނަޔާއި އެކުވެރިވިން”

”ރަގަޅު މީހަކަށް ހެދުނިން”

”ޝަޔާމާ ދެކެ ލޯބިވާކަމަށް ހެދުނިން”

”އަހަރެން ބޭނުންވީ   ޝިކާރަކުރަން”

”އެހެންވެ އަހަރެންގެ އުފަންދުވަހުގެ ޕާރޓީއަށް ކިޔައި  ޝަޔާމާ މަސްތުކޮށް  ޝިކާރަކުރީ”

”އެކަމުގެ ސަބަބުން އޭނަ ބަލިވެ އިނީ”

”މަށާއި އިންނަން އެހީ”

”އަހަރެން ދެކޮޅުހެދުމުން އަހަންނަށް އިންޒާރު ދިނީ އަހަރެންގެ މައިންބަފައިން ގާތު ހުރިހާ ވާހަކައެއް ކިޔައިދޭނެކަމަށް ބުނެ”

”އަހަރެންގެ އާއިލާގެ އަބުރު ގެއްލިދާނެތީ އަހަރެން  ވަލުތެރޭ ހުރި ފޭރާއަކަށް  އޭނަ ކޮއްޕައިލައި އޭނަގެ ބާބު ނިންމައިލީ”

”އަހަރެން ބައްޕައަށް މި ވާހަކަތައް ކިޔައިދިނިން”

”ބައްޕަ ވަލުގައި ބޮޑު ވަޅެއް ކޮނެ ޝަޔާމާގެ ހަށިގަނޑު ފޮރުވީ”

”އަހަރެން ފުރަތަމަ ޔުމާނާ ދެކުނީ ފާތުންނާއިއެކު ޕާރޓީއަކުން”

”އެދެމީހުން ތިބީ ވަރަށް ދުރުގައި”

”އަހަރެން ޔުމާނާއަކީ ކޮންކަހަލަ ކުއްޖެއްތޯ އާއި ހުރިހާ މަޢުލޫމާތެއް ހޯދިން”

”އަހަރެންނަށް އެނގުނު މިފަހަރުވެސް ޖެހޭނި ޑުރާމާއެއް ކުޅެންކަން”

”އަހަރެން ޔުމާނާ އިމްޕްރެސްކުރަން އައްމަޑޭމެންނަށް ފައިސާދީގެން ޔުމާނާއާއި ދިމާކުރުވިން”

”އަހަރެން އައިސް އެމީހުންނާއި ތަޅަން އެއްބަސްވުމުގެ މަތިން”

”ޔުމާނާގެ ނަޒަރުގައި އަހަރެން ބަތަލަކަށްވުމަށްޓަކައި”

”ކުރިންފަހަރުހެން ރަގަޅުމީހަކަށް ހެދި ލޯބިވާކަމަށް ހެދި ކުރިން ކުޅުނު ޑުރާމާގެ ޑައިލޮގްތައް ކިއިން”

”އަހަރެންގެ މަޤްސަދު އައްމަޑޭމެންނަށް އެނގުނު”

”އެމީހުން ޔުމާނާއަށް އެވާހަކަ ކިޔައިދޭން އުޅުނު ”

”އަހަރެން އެމީހުންނަށް މަރުގެ އިންޒާރުދިނިން”

”އެމީހުން އެ މަހަށް ދިޔަރޭ އަހަރެން އެމީހުން ގާތަށް ގޮސް ކޮންމެ މީހަކު ވަކިން ހިފަހައްޓައި މެޔަށް ޙަންޖަރުހަރައި ކަނޑަށް ވައްޓައިލިން” ޔަޝްފާން ހުރިހާ ވާހަކައެއް ކިޔައިދިނެވެ.  އެންމެންވެސް  ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.  ޝާދިޔާ ޔަޝްފާންގެ ކަންކަށިމަތީ އެތިފަހަރެއް އެޅިއެވެ.

”ތިއީތަ މަންމަ ޔަޝްފާނަށް ދިން ތަރުބިއްޔަތަކީ”

”އިސްކޫލުން ދަސްކުރި އެއްޗަކީ”

”އަންހެންކުދިންގެ އަބުރާއި އިއްފަތްފޭރިގަތުން”

”މީހުން މެރުން” ޝާދިޔާ ޔަޝްފާންއާއި ދިމައަށް އެއްޗިހި ކިޔެވެ. ޝާދިޔާ ހުރީ ރުޅިވެސް އައިސްފައެވެ. އަދި ދެރަވެސްވެފައެވެ.

”އަދި ކަލޭ މުހައްމަދު ސަލީމް”

”ތިއީ ކަތީބެއްނު”

”އެކަމަކު ދަރިފުޅުގެ ކުށްފޮރުވައިގެން ކަލޭވެސް ތިހިރީ ބޮޑު ކުށްވެރިއަކަށްވެފައި” ޝާދިޔާ އޭނަގެ ފިރިމީހާއާއި ދިމައަށް ފުރަތަމަފަހަރަށް ހަޅޭއްލެވިއެވެ.

”އާނ އަހަރެން ޝަޔާމާގެ ހަށިގަނޑު ފޮރުވިން”

”އަހަންނަށް އެނގުނު އައްމަޑޭމެންވެސް ޤަތުލުކުރީ އޭނަކަން”

”އެކަންވެސް  ފޮރުވިން”

”އެހެން ނުހަދައި  އަމިއަލަ ދަރިޔަކަށް އަދަބުދީ އާއިލާގެ އަބުރާއި ޢިއްޒަތް ވެއްޔާއި މޮޑުނައި ދޭންވީތަ” ކަތީބު ރުޅިއައިސް ޝާދިޔާއާއި ދިމާލަށް ބުންޏެވެ.  ޝާދިޔާ އޭނަގެ ފިރިމީހާގެ ކަންކަށީމަތީވެސް އެތިފަހަރެއްއެޅިއެވެ.

”ކަލޭ އަހަރެންގެ ކުދީން މެރީ”

”ކަލޭ ދަންޖައްސާނަން” ސަކީނާ ޔަޝްފާންގެ ގަމީހު ގިރުވާނުގައި ހިފިއެވެ.

”ދޫކުރޭ މުސްކުޅި ދައިތަގަނޑާ” ޔަޝްފާން  ސަކީނާ ކޮއްޕައި ވައްޓައިލިއެވެ. ފާތުން ސަކީނާ ނެގިއެވެ.

”ޔަޝްފާން” ޔުމާނާ ޔަޝްފާންގެ ކަންކަށިމަތީ އެތިފަހަރެއްއެޅީއެވެ.

”ޝިފާގެ ބޭބެ..ޤާތިލެއް”ޝިފާއަށް ރޮވުނެވެ. ޔުމާނާއީ ފާތުންނަށްވެސް ހުރީ ރޮވިފައެވެ.   ޝިފާ ރޯތަންފެނިފައި ހުސައިން ވަރަށް ދެރަވިއެވެ.

”އަހަންނަކަށް ހުރިހާ ކަމެއް ނޭނގެ”

”އެކަމަކު ޝިފާ ޔަޝްފާން ޔުމާނާއާއި ރައްޓެހިވެގެންއުޅޭ ވާހަކަބުނި ދުވަހު އަހަރެން  ޔަޝްފާންގެ ގެޔަށް ދިޔައިން”

”އަހަރެންގެ ކަންފަތްދޮށުގައި އޭނަބުނި”

”އަހަރެން ޔުމާނާދެކެ ލޯތްބެއްނުވޭ”

”އަހަރެން އެހެން ބައްޕަގާތު ބުނީ ބައްޕަގެ ރައްޓެހި ކާސީމްބެގެ ދަރިޔާއި ނީންނަންވެގެން”

”އަހަރެން ބޭނުންވަނީ އޭނަ ޝިކާރަކުރަން”

”އެދުވަހުންފެށިގެން އަހަރެން ޔަޝްފާންއާއި ރުޅިވިން” ހުސައިން ކިޔައިދިނެވެ.

”ހުސައިންނަށް ޔަޝްފާން އަހަންނަށް ހަދަން އުޅުން ގޮތް އެނގުނީމައިވެސް ސިއްރުކުރީތަ” ޔުމާނާ ދެރަވިއެވެ.

” ޔުމާނައަށް އެފަދަ ގޮތަކަށް ކަންތައްވާން އުޅުމުންވެސް ޔުމާނާއަށް އެކަން ފޮރުވީތަ” ހުސައިން އެހެން ހެދުމުން ޝިފާވެސް ވަރަށް ދެރަވިއެވެ.

”އަހަރެން ބުނަން ބޭނުންވި”

”ނުކެރުނީ ބުނަން”

”ބުންޏަސް ޔުމާނާ ޤަބޫލެއްނުކުރާނެ”

”މާބޮޑަށް ޔުމާނާ ޔަޝްފާންއަށް އިތުބާރުކުރޭ” ހުސައިން ބުނެދިނެވެ.

”ހުސައިން އަހަރެންގާތު ބުނިނަމަ އަހަރެން ޔުމާނާ ޔަޝްފާންގެ ކިބައިން ސަލާމަތްކުރީމުވެސް’

”ޝިފާ ގާތު ބުނިނަމަ ޝިފާ ޔުމާނާއަށް ނަސޭހަތްދިނީމުވެސް” ދެމައިން ވާހަކަދެއްކިއެވެ.

”ޔަޝްފާންގެ މަންމަ ޔުމާނާއަށް ކުޑައިރުކޮޅެއްކުރިން ހަޅޭއްލެވީ”

”ޝިފާތިއީ ބޭބެދެކެ މާ ލޯބިވާ ކުއްޖެއް”

”ޝިފާ އެހެން ބުނެފިނަމަ އަހަރެންދެކެ ޝިފާ ރުޅިއަންނާނީ”

”އަހަރެންނަކަށް ޝިފާގެ ރުޅިވެރިކަން ބަރުދާސްތެއް ނުކުރެވޭނެ”

”އަހަރެން ޝިފާދެކެ ވަރަށް ލޯބިވޭ” ހުސައިން އެންމެންގެ ކުރިމަތީ އޭނަގެ ހިތުގެސިއްރު ފާޅުކުރިއެވެ. ޝިފާ ހުސައިންނާއި ދިމައަށް ބަލަން ހުރެފައި އެކޮޅު މިކޮޅު ބަލައިލެވުނެވެ. އިސްޖެހުނެވެ. ލަދުގަނެވުނެވެ.

ޔުމާނަ ޔަޝްފާނަށާއި އޭނަގެ ބައްޕަ ކަތީބު މުހައްމަދު ސަލީމްއަށް ޙައްގު އަދަބުދިނެވެ. އަދި ޔަޝްފާންގެ އެކުވެރި ޖާވިދުއާއި ރިފާޢު އަދި ސާމީއަށްވެސްމެއެވެ.  ގިނަބަޔަކު ޔުމާނާ ކަތީބުގެ މަޤާމުގައި ހުރުމަށް އެދުނެވެ. އެކަމަކު ޔުމާނާ މި ޝަރަފާއި ދެކޮޅުހެދިއެވެ.

ޝިފާ ހުސައިންނާއި ކައިވެނިވިއެވެ.

މިރެއަކީ މިއީ ކައިވެނީގެ ޕާރޓީގެ ރެއެވެ. ޔުމާނާއާއި ފާތުން  އަދި ޔުމާނާގެ ބައްޕަ އާދަމްމަނިކާއި ފާތުންގެ ބައްޕަ ނަސީރުއާއި އެންމެން އެއްކޮށް އެދަނީ އެ ޕާރޓީއަށެވެ. ޔުމާނާއާއި ފާތުންގެ އަތުގައި ޕާރުސަލެއްއޮތެވެ. ގިނަ ބަޔަކު އެ ޕާރޓީއަށް ދިޔައެވެ. ހަދިޔާދީ ދެމަފިރިންނާއި ސަލާންކޮށް  އެކުގައި ފޮޓޯތައް  ނަގަމުންދެއެވެ.  ޔުމާނާއާއި ފާތުންވެސް އަދީ ޔުމާނާގެ ބައްޕައާއި ފާތުންގެ ބައްޕަވެސް ސަލާންކޮށް މަރުޙަބާ ކިޔައި  ފޮޓޯއަކަށް ހުއްޓުނެވެ. ފޮޓޯނަގައިމީހާ ޔުމާނާއާއި ފާތުން ކައިރީ ހިނިތުންވާށޭ ކިޔައި ކިޔައި އެކަމެއް އެމީހުންނަކަށް ނުވިއެވެ. މި އުފާވެރި ރޭ އެ ދެއެކުވެރިންގެ މޫނު އެވަނީ މިލައިފައެވެ.

ފޮޓޯނެގުމަށްފަހު އެމީހުން ކާއެއްޗިހި ތަށްޓަށް އަޅަން ދިޔައެވެ. ކާން ހުރީ ފުރައިޑް ނޫޑުލިހާއި ޕާސްޓާއި ނާސިގޮރެންއާއި ސްޕެގެޓީއެވެ. ބޯންހުރީ އާފަލުފަންޏެވެ. ދުފާ އެއްޗިހިވެސް ހުއްޓެވެ. ފެންތަށިތައް ހުއްޓެވެ. ޔުމާނާއާއި ފާތުން އެޅީ ޕާސްޓާއެވެ.އާދަމްމަނިކު އެޅީ ސްޕެގެޓީއެވެ. ނަސީރު އެޅީ  ނާސިގޮރެންނެވެ. ކާތަށްޓަކާއި އާފަލުފަނިތަށްޓެއް ހިފައިގެން އެންމެން އިށީންނަން މޭޒެއް ފެނޭތޯ ބެލިއެވެ.   ކައިރީގައި ހަތަރު  ގޮނޑިއިންމޭޒެއް ފެނިއްޖެއެވެ. އެންމެން އެތާނގައި އިށީނދެއްޖެއެވެ. އާދަމްމަނިކުއާއި ނަސިރު ބިސްމިކިޔައި ކާންފެށިއެވެ. ޔުމާނާއާއި ފާތުން އުލުން ތަށްޓާއި ކުޅެލައި ކުޅެލައި އިނީއްޔެވެ.

”ދަރިފުޅާ” ނަސީރު ފާތުންގެ ކޮނޑުގައި ހިފިއެވެ.

”ޔުމާނާ” އާދަމްމަނިކު ޔުމާނަގެ ކޮނޑުގައި އަތްޖައްސައިލިއެވެ. ޔުމާނާ ފެށީ ރޯށެވެ.

”ދަރިފުޅާ ހިތްވަރުކުރޭ”

”ބައްޕައަށްވެސް އެނގޭ ދަރިފުޅު ދެރަވާނެވަރު”

”ދެން ޔަޝްފާންމަތިން ހަނދާންނައްތައިލައި ކޮންމެވެސް އެހެން މީހަކު ހޯދާ” އާދަމްމަނިކު ނަސޭޙަތްދިނެވެ.

”ނޫން ބައްޕާ   ތިކަމެއް ނުވާނެ”

”ނޭނގެ ދެންވެސް ދިމާވާނީ  ހުތުރު މޫނެއްމަތީ ރީތި މޫނުމައްޗެއް އަޅައިގެން އުޅޭ އެކަހަލަ ޔަޝްފާންއަކާއި ނޫންކަމެއް”

”އަހަރެންނަކަށް ދެން ފިރިހެނުންނަކަށް އިތުބާރެއް ނުކުރެވޭނެ”

”އަހަރެން ބިރުގަނޭ މިހާރު ފިރިހެނުންދެކެ” ޔުމާނާއަށް ވަނީ ވެދިޔަކަންތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. ފާތުން   މިވާހަކަތައް އަހައިފައި ރޮވިފައި އިންތަނުން ތެދުވެ ދުވެފައި ހިނގައްޖެއެވެ. ޕާރޓީއިން  ބޭރަށް ނުކުމެ ފާތުން އެކަނިމާއެކަނި ހުރެގެން ރޮނީއެވެ.

”ދަރިފުޅާ”ނަސީރު އައިސް  ފުރަގަހުން އޭނަގެ ދަރިފުޅުގެ ކޮނޑުގައި އަތްޖައްސައިލިއެވެ. ފާތުން އޭނަގެ ބައްޕަގެ ގައިގައި ބައްދައިލިއެވެ.

މީހަކާއި ރައްޓެހިވުމުގެ ކުރިން އެމީހެއްގެ ހަގީގަތް ރަގަޅަށް ހޯދައި ބަލައިށެވެ.  މި ދުނިޔޭގައި މޫނުމަތީގައި މޫނުމަތި އަޅައިގެން އުޅޭ މީހުންވެސް އުޅޭނެއެވެ.

ނިމުނީ

 

 

 

 

 

Share Article

Follow Me Written By

Ali Shimhaz

Level 110 Stories100 Login

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 13

Next

ލޯބި…..ނުވަވަނަބައި

Next
May 4, 2021

ލޯބި…..ނުވަވަނަބައި

Previews
May 4, 2021

ނަފްރަތުން ވެވުނު ލޯބި 13



All Right Reserved!