Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 37

darkangel Level 210 Stories
July 12, 2015 5 Mins Read
38 Comments

ޖެހިގެންއައި ދުވަހު އެންމެންވެސް އުޅުނީ އެރޭއޮންނަ ރަންކިޔުމުގެ ހަފްލާއަށް ތައްޔާރުވުމުގައެވެ. ރަންކިޔުމާ ގުޅިގެން ކުޑަހަފްލާއެއްބާއްވަން ދެފަރާތުގެ އާއިލާއިންވެސް ބޭނުންވުމުންނެވެ. އެދުވަހުގެ މެންދުރު ވަގުތެއްގައި ރާއިންވެސް އައިސްފިއެވެ. ނަމަވެސް ނޫރާފަހަތުން އުޅުމުން ޒާޔާއަށް އޮތީ އެކަން ނޭނގިފައެވެ. ޒަޔާންވެސް ޒާޔާ ބޭރަށް ނުކުމެ ނޫޅެފާނެތީ އެކަން އެހަށް ސިއްރުކޮށްފައި ބޭއްވީއެވެ. ރަންކިޔުން އޮތީ 8 ޖަހާއިރުކަމުން ފިރިހެން ކުއްޖާގެ އާއިލާމީހުން އެހާއިރުވާންވާއިރު އެގެއަށް އައިސްފިއެވެ. އެމީހުންގެ އިސްތިގުބާލުގައި އޭރު އާއިލާގެ ހުރިހާއެންމެންހެންވެސް ގޭގެ ބޮޑުހޯލުގައި ތިއްބެވެ. ޒާޔާއާއި ޔާނާ އަދި ނޫރާގެ ދައްތަ ނާޔާ އޭރުވެސް ތިބީ ނޫރާގާތުގައި އެކޮޓަރީގައެވެ.

ނޫރާގެ ވާންއުޅޭ ފިރިމީހާވީ އާޔަންވީ ރާއިން ކޮލެޖުގައި ކިޔަވަން އުޅުނުއިރުގެ އެންމެ ގާތްއެކުވެރިންގެ ތެރެއިން އެކުވެރިއަކަށެވެ. ދެމީހުންވެސް ގިނަދުވަސްތަކަކަށްފަހު ދިމާވުމުން އެކަކު އަނެކަކުގެ ހާލުއަހާ އޮޅުންފިލުވިއެވެ. ރާއިންއާއި އާޔަންގެ މިއެކުވެރިކަން ފެނިފައި ދެންތިބިމީހުންވެސް ތިބީ ނުހަނު ހިތްހަމަޖެހިފައެވެ.

“ސަނާ ދާންވީނު ނޫރާމެންގާތުގައި ތިރިއަށްފައިބަން ބުނަން، މިހާރު މާލަސްވަނީ…”ޔަޝްރާ ސަނާގާތުގައި އެހެންބުނި އަޑަށް ޒަޔާން މަންމައާއި ދިމާ ބަލާލިއެވެ. އަދި އޭނަގެ މަންމަ ކައިރިއަށް ޖެހިލާފައި އެމީހުންނަށް ގޮވަންދާނީ އޭނަކަމުގައި ބުނެ މައްޗަށް ހިނގައިގަތެވެ. ޔަޝްރާހުރީ ޒަޔާންގެ މިއަމަލުން ކޮންމެވެސް ވަރަކަށް ހައިރާންވެފައެވެ. ޒާޔާ ތިރިއަށް ނުފައިބަން އުޅެފާނެއޭ ހިތާ ދިޔައީކަމަށް ހީކުރަމުން އެހެން މީހުންނާއި ވާހަކަ ދައްކަންފެށިއެވެ.

“އެވްރިވަން އިޒް ވެއިޓިންގ….” ނޫރާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލާފައި ހުޅުވާލަމުން ޒަޔާން ބުނެލިއެވެ. ޒަޔާން އެހެންބުނުމުން ޒާޔާ ތެދުވެފައި ނޫރާގާތުގައި އވަހަށް ތިރިއަށް ދާން ބުނަމުން ހިނގައިގަތެވެ. އެމީހުން ފަހަތުން ޒަޔާންމެންވެސް އެމީހުންފަހަތުން ހިނގައިގަތެވެ. ސިޑިއާއި ހަމައަށްގޮސްފައި ޒާޔާއަށް ހުއްޓެވުނީ އެންމެންގެ ތެރެއިންވެސް އެންމެމޫނެއް ފާހަގަ ކުރެވުމުންނެވެ. ޝާންގާތުގައި މަޑުކޮށްލައިގެން ހުރި ރާއިން ފެނުމުންނެވެ. ދެޖީބަށް އަތްޖަހައިލައިގެން ހުރިއިރު އޭނަގެ ލޯވަނީ ޒާޔާއާއި ސީދާވެފައެވެ. ކުއްލިއަކަށް މިގޮތަށް ރާއިންފެނުމުން އޭނަ ހާސްވިއެވެ. ކުރިއަށް އެންމެފިޔަވަޅެއްވެސް ނުނެގުނެވެ. މީހާ ހާސްވެ ދާހިތްލަން ފެށިއެވެ. ފުންކޮށް ނޭވާލެވެން ފެށުނެވެ. ރާއިންގެ ހާލަކީތޯއެވެ. ހިތްފުރެންދެން ޒާޔާގެ މޫނަށްބަލަން ބޭނުންވެފައި ހުރި މީހަކުހެން އޭނަހުރީ ޒާޔާއަށް ބަލަހައްޓައިގެނެވެ. އެކަކު އަނެކަކަށް މިފެނުނީ ގާތްގަނޑަކަށް ހަމަސްދުވަސް ވާން ކައިރިވެފައިވަނިކޮށެވެ. ޒާޔާއަށްވެސް ރާއިންއަށް އައިސްފައި ހުރި ބަދަލު ފާހަގަ ކުރެވުނެވެ. ކުރިއާ ހިލާފަށް މިހާރުވަނީ އިސްތަށިގަނޑުވެސް ދިގުކޮށްލާފައެވެ. އަބަދުވެސް ސްމާރޓްކޮށް ހުންނަމީހާހުރީ ތުނބުޅިވެސް ނުބާލައެވެ. އެއްވެސް ތާޒާކަމެއް އެމޫނުމަތިން ނުފެނެއެވެ.

“އެމް ސޯސޮރީ، ހުރިހާ ކަމެއްވެސް އޯކޭވާނެ އައިވިލް ކީޕް ހިމް އަވޭ ފްރޮމް ޔޫ، ޕްލީޒް ކަމް…” ޒާޔާކައިރިއަށް އައިސް މަޑުމަޑުން ޒަޔާން ކިޔާލިއެވެ. މާކުރިން އެކަމަށް ތައްޔާރުވެފައިހުރި މީހެއްހެނެވެ. ކުއްލިއަކަށް ރާއިން ފެނުމުން ޒާޔާއަށް ވާނެގޮތް ވިސްނުނީކަންނޭނގެއެވެ. ޒަޔާންއާއި ދިމާލަށްބަލައިލަމުން އިސްޖަހާލާފައި ނޫރާއާއި އެއްކޮށް ހިނގައިގަތެވެ. އޭރު ނޫރާވެސް ހުރީ ޒާޔާއަށް ވެފައި ހުރިގޮތުން ދެރަވެފައެވެ. ޒާޔާ ކައިރިވަމުން އައިއިރު ރާއިންއަށް ޒާޔާއަށް އައިސްފައިވާ ބަދަލު ފާހަގަވެ އިތުރަށް ދެރަވިއެވެ. ކުރިއަށްވުރެ ކިތަންމެ ތަނެއް ހިކިފައިހުރިއިރު އެމޫނުމަތީގައި އެއްވެސް ތާޒާކަމެއް ނެތްކަން އޭނައަށް ފާހަގަވިއެވެ. އިސްޖެހިގޮތަށް ޒާޔާހުރީ އިސްނުނަގަން ހުވާކޮށްގެންކަހަލައެވެ. ތުންފަތުގައި ކުޑަކޮށް ދަތްއަޅާލައިގެން އިސްޖަހައިގެން ހުރިއިރުވެސް ރާއިން ބަލާކަށް އޭނައަށް އިހުސާސްވެއެވެ. ރާއިން އެންމެ ހިނދުކޮޅަކަށްވެސް އެހެންތަނަކަށް ނަޒަރު ހުއްޓައި ނުލައެވެ.

އެންމެން ތރިއަށް ފޭބިއިރު އާޔަންގެ ނަޒަރު ހުއްޓިފައިހުރީ ނޫރާކައިރީގައި ހުރެގެން ތިރިއަށް ފައިބަމުންއައި ޒާޔާއަށެވެ. ކޮންމެވެސް ތަނަކުން ފެނުނުހަނދާނެއް ވެގެނެވެ. ނަމަވެސް ސިކުނޑިއަށް ބާރުލީނަމަވެސް އެވަގުތު ހަނދާނަކަށްނައެވެ. ހިތުގައި އުފެދުނު ޝައްކަކުން ރާއިންފެނޭތޯ ބަލާލިއެވެ. ނަމަވެސް އެވަގުތު އޭނއަށްފެނުނީ ރާއިން ފޯނުކަންފަތުގައި ޖަހާލައިގެން ހުރެ މީހުންނާއި ކުޑަކޮށްދުރަށް ދަނިކޮށެވެ. ހިތުގައި އުފެދުނު ސުވާލަށް ޖަވާބެއް ނުލިބެނިސް އެކަން އެއްފަރާތަކަށް ޖައްސާލަން މަޖުބޫރުވީ ވަގުތުގެގޮތުންނެވެ. ނޫރާ ފެނުމުން ކޮންމެމީހަކުވެސް ތައުރީފުގެ ބަހެއް ބުނެލިއެވެ. ރަންކިޔުމުގެ ހަފްލާ ކުޑައިރުކޮޅެއްގެ ތެރޭގައި ފެށުމުން އެންމެގެ މޫނުތަކަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ރަންކިޔާނިމުމުން އެރެއަށް ހާއްސަކުރެވުނު ކެއުން ކުރިއަށް ފެށިއްޖެއެވެ.

ހުރިހާވަގުތެއްގައިހެން ޒަޔާން ހުރީ ޒާޔާގާތުގައެވެ. އޭނަ ޒާޔާގާތުން މަޢާފަށްއެދުނެވެ. ކުރިން ރާއިން އައިވާހަކަ ނުބުނެހުރީމައެކަމަށެވެ. ނަމަވެސް ޒަޔާން އެހެން ކަންތައްކުރީ ކީއްވެގެންކަން ޙުދު ޒާޔާއަށްވެސް އެނގެއެވެ. ކުޑައިރުކޮޅަކަށްނަމަވެސް ހާސްކަން ޒާޔާގެ ކިބައިން ދުރުކުރުމަށެވެ. ޒަޔާންދެކެ ހިތްހަމަ ނުޖެހިފައި ނުހުވުނީވެސް އެސަބަބާހުރެއެވެ. އޭނައަށް ހިތްވަރުލައިދިނުމުގައި ހުރިހާވަގުތެއް ޒަޔާން ހޭދަކުރަމުން ދިޔުމުން ޒަޔާން އަބަދުވެސް އޭނައާއެކުވާނެކަން އޭނައަށް ވިސްނުނެވެ.

“ދޮންބެ ދައްތައަށް ކަމެއް ފާހަގައެއްނުވޭތަ؟” ސޯފާގައި އިށިއިދެގެން އިން ނާޔާ ވާހަކަދެއްކީ ސަނާއާއެވެ. ޔާނާއަށް އިޝާރާތް ކުރަމުންނެވެ. “ކޮންކަމެއް…” ޔާނާއަށް ބަލައިލަމުން ނޭނގިފައި އިނދެ ސަނާޖަވާބުދިނެވެ.

“ޒަޔާންއަށް ޔާނާ މާވަރަކަށް ބަލާކަން، ޒަޔާން ފެނުމުން ޔާނާއުފާވާކަން… މޭބީ ޝީލައިކްސް ހާރ… އެކަމް ޒަޔާންއަށް ކިހިނެތް އެކަން ފާހަގަވާނީ، އޭނަގެ ލޯއެހެރީ ޒާޔާގެ ލޯބީގަ ކަނުވެފަވިއްޔަ؟ އަނެއްކޮޅުން ރާއިންއާއި ޒާޔާ، ހިތަށްއަރާ ކޮންދުވަހަކުންބާއޭ މިކަންތައް ހައްލުވާނީ، އެމް ޝުއަރ ޒާޔާއަށް ރާއިން ނުލިބޭހާހިނދަކު ޒަޔާން އެކަހަލަ ކަމަކާ ދެން ވިސްނާވެސް ނުލާނެކަން، އޭގެފަހުންވެސް ނޭނގެ ވިސްނާނެކަމެއް، ދެން ރާއިންއާ ޒާޔާ ގުޅޭނެކަމެއް ނުގުޅޭނެކަމެއްވެސް އެނގެނީކީނޫން….” ނާޔާވާހަކަދެއްކީ ދެރަވެފައި އިދެއެވެ. އޭނައަށްވެސް މިހާރު އެހަގީގަތް އެނގެއެވެ. އެންމެންނަށް އެނގޭ ބޮޑުސިއްރަކަށް މިހާރުވަނީ އެކަންތައް ވެފައެވެ. ނަމަވެސް އެމީހުންނަށް ހަގީގަތް އެނގިފައި އޮތްކަން ވަންހަނާވެފައި އޮތީ ޒާޔާއަށާއި ރާއިންއަށެވެ. އެވާހަކަ ދެއްކުންވެސް އޮތީ ޒަޔާން މަނާކޮށްފައެވެ.

“މީހަކަށް އަޑުއިވިދާނެ، އަދި މަޑުކުރޭ ހަގީގަތް އެނގޭދުވަހަކުން ދައްތައަށްވެސް މަޖުބޫރުވާނެ އެކަން ބަލައިގަންނަން، މިހުރިހާ މައްސަލައެއް ހައްލުވާނީވެސް އޭރުން….” ސަނާ ދެފަރާތްބަލާލީ ނާޔާ ދެއްކިވާހަކަ އިތުރު މީހަކަށް އަޑުއިވުނުތޯއެވެ.

“އަހަންނަކަށް ނުހުރެވޭނެ ދެން އެކަން ނުބަލައެއް….” ޔާނާއާއި ދިމާބަލާލަމުން ނާޔާ ބުނެލިއެވެ. “މޮޔަކަމެއް ނުކުރާތި….” ނާޔާ ހިނގައިގަންނަން އެނބުރުނުހިނދު ސަނާބުނެލިއެވެެ.

“މީޓް އަހަރެންގެ ވާންއުޅޭ ހަސްބެންޑް އާޔަން، އާޔަން މީޓްމައި ބެސްޓް ފްރެންޑް ޒާޔާ، އެންމެންވެސް ކިޔާނީ އެކަމް ޒާ….” ޒާޔާގެ އަތުގައި ހިފައިގެންގޮސް އާޔަން ކުރިމަތީގައި ހުއްޓެމުން ނޫރާ ބުނެލިއެވެ. ޒާޔާގެ ނަންކިޔާލުމުން އާޔަންއަށް ނޫރާގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ގަބޫލު ނުކުރެވޭފަދަ ގޮތަކަށެވެ. އޭނަގެ ޝައްކު ޔަގީނަކަށްވީހެއްޔެވެ؟ ހިޔާލުތަށް އެއްފަރާތް ކޮށްލާފައި އާޔަންވެސް ތައާރަފްވެލަމުން ސަލާމަށް އަތްދިއްކޮށްލިއެވެ.

“ޔޫ ލައިކް ހިމް ރައިޓް…..” ޒަކްވާންއަށް ފޯނުން ކޮންމެވެސް އެއްޗެއް ދައްކަންހުރި ޒަޔާންއަށް ތަނބެއްގައި ލެނގިލައިގެން ބަލަންހުރި ޔާނާގެ ފަހަތުގައި ހުރެފައި ނާޔާ ސުވާލުކޮށްލިއެވެ. އެވަގުތު އިހުތިޔާރަކާނުލައި ޔާނާއަށް އާއެކޭ ބުނެވުނެވެ.

“ނޫން…..” ބުނެވުނީ ކިހާވަރެއްގެ އެއްޗެއްކަން އިހުސާސްވުމުން ތެޅިގަނެފައި އަވަސްއަވަހަށް ޔާނާ ބުނެލިއެވެ. ކައިރީގައި ހުރި ނާޔާފެނިފައި ތުންފަތުގައި ދަތްއަޅާލެވުނީ އޭނަ ބޭޒާރުވެއްޖެކަން ޔަގީން ވުމުންނެވެ. މޫނުމައްޗަށް ލަދުވެރިކަން ވެރިވެގަތްހިނދު އިސްޖަހާލިއެވެ.

“އައި ނިއު އިޓް، އެކަމް އެކަކުވެސް ގަބޫލެއް ނުކުރާނެ، ސޯބުނެބަ ޑޫޔޫ ރިއެލީ ލައިކް ހިމް، ކުރިން އަސްލުހީކުރީ ޔާނާވެސް ލޯބިވަނީ ރާއިންދެކެކަމަށް، ބަޓް އެމީހުންގެ ހަގީގަތް އެނގުނުފަހުން، އެން މިވީދުވަސްތަކުތެރޭގައި ޔާނާއަށް ޒަޔާން ފެނުމުން ވާގޮތްތަށް ފެނިފައި ޔަގީންވި ޔޫލައިކް ހިމްކަން….” ނާޔާގެ ވާހަކައިން ޔާނާގެ މޫނުމައްޗަށް މާޔޫސްކަން ވެރިވެގެންދިޔައެވެ. “އަހަރެން އެއްވެސް މީހެއްގެ ގާތުގައި ނުބުނާނަމޭ” ޔާނާވާހަކަ ނުދެއްކުމުން އަނެއްކާވެސް ނާޔާ ބުނެލިއެވެ. މަޑުމަޑުން ބޯޖަހާލީ އެސުވާލުގެ ޖަވާބެއްގެ ގޮތުންނެވެ.

“އެކަމް ޔޫ ހެވެންޓް ނޯޓިސް ދެޓް، ހީއިޒް ސޯމަޗް އިން ލަވް ވިތް ޒާޔާ، ތެދެއް، 3މަސް ކުރިން ޒަޔާން ފުރަތަމަ މިޕްލޭން ކުރަންވެގެން އަހަރެން މިތަނަށް އައި ދުވަހުއްސުރެ އަހަރެން އޭނައާ ގަޔާވި، ޒާޔާދެކެ އޭނަ ވާލޯބިފެނިފައި އިތުރަށް ގަޔާވެވުނީ، އެނގޭ ދުވަހެއްގެ ކޮޅުންވެސް ޒަޔާންގެ ލޯބި ހާސިލް ނުވާނެކަންވެސް، އެކަމް އެކަން ބަދަލެއް ނުކުރެވުނު، ލޯބިވެވުނީ ކޮންއިރަކު ކަމެއް ނޭނގެ، އެނގޭހާވެސް އެއްޗަކީ މިހިތުގައި މިވީހާތަނަށް މީހަކަށް މިހާގަދަރެއް ނުދެވޭކަން، ޒަޔާންވިފަދަ ތެދުވެރި ލޯތްބެއް އަދި ނުދެކެން، ރާއިން ޒާޔާދެކެ ވާލޯބިވެސް އެންމެ ކައިރިން ދުށްމީހަކީ އަހަރެން، އަހަރެންގެ ކައިރީގައި އިނދެގެން އޭނަ ކުރާހައި ޝަކުވާއެއް ކުރަނީ، އެތަށްފަހަރަކު ބުނިން މަންމައަށް ހަގީގަތް ކިޔާދޭން، އެކަމް އޭނަ އެކަމެއް ނުކުރި، ބައެއްފަހަރު ހިތަށްއަރާ އެއީ ރާއިން އެހާވަރަށް ޒާޔާދެކެ ލޯބިނުވާތިއޭ، އޭނަގެ އަމިއްލަ އެދުން ބޮޑުކަމުންނޭ، ޒަޔާން ޒާޔާދެކެ ވީލޯބިވެސް އަހަންނަށް ފެނިއްޖެ، ޒަޔާން އެމަސައްކަތް ކުރަނީ ޒާޔާއަށް އޭނަގެ ލޯބި ހޯދަދެވޭތޯ، އަނެއްކޮޅުން ޒާޔާ، ރާއިން ލޯބިވާކަން އެނގިހުރެވެސް އެކަން ނޭނގޭކަމަށް ހަދައިގެން އެހުންނަނީ ރާއިންވާ ގުރުބާނީގެ އެއްކޮޅުގައި ހިފައިގެން، ދެން އަހަރެން ކިހިނެތް އަހަރެންގެ ލޯބި ހާމަކުރަނީ، މީހުންބުނެއެއްނު ދެލޯބިވެރިން ބައްދަލު ކުރުވައިފިއްޔާ ތިމާއަށް ތިމާގެ ލޯބިވާ މީހާ ލިބޭނެއޭ…. އެކަމް އައި ނޯ ޒަޔާންގެ ހިތުން ދުވަހަކުވެސް އެހެން ކުއްޖަކަށް ޖާގައެއް ނުދޭނެކަން…. އެހެންވެ އެކަމަކަށް އުންމީދެއްވެސް ނުކުރަން، މަސައްކަތެއްވެސް ނުކުރަން، ބަޓް މިޕްލޭންގައި އަހަރެން ބައިވެރިވީ ބައިވެރިވާހިތުން، ޒަޔާންއާއި އެއްކޮޅުގައި ހުންނަންވެގެން، ރާއިންއާއި ޒާޔާގެ އިންތިޒާރަށް ނިމުންގެނެވޭތޯ” ފަނޑު ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރަމުން ޔާނާ ކިޔައިދިނެވެ. އޭރު އެދެލޮލުގައި ކަރުނައިގެ އަސަރުވިކަން ކިތަންމެ ރީއްޗަކަށްވެސް ނާޔާއަށް ފެނުނެވެ. އޭނަ ހައިރާންވީ އެހުރިހާކަމެއް ހިތުގައި ފޮރުވައިގެން މިހުރިހާދުވަހު އޭނަ ހުރީމައެވެ. ގޮށްޖެހިފައިވާ ވަފަށަށް އަނެއްކާ އަނެއްގޮށް އިތުރުވީއޭ އޭނަ ހިތަށް އެރިއެވެ.

“އިންޝާﷲ ޒަޔާންގެ ހިތުގައި އަދި ޔާނާއަށް ޖާގައެއް އުފެދޭނެ، ހީ ރިއަލީ ޑިޒާވްސް ޓްބީ ލަވްޑް ދިސްމަޗް….” ޔާނާގެ އަތުގައި ހިފާލަމުން އޭނަ ބުނެލިއެވެ. ހަގީގަތުގައިވެސް އޭނަ ބޭނުންވަނީ ޒަޔާންދެކެ އެވަރަށް ލޯބިވާނެފަރާތެކެވެ. ޒާޔާގެ ލޯބިން އެހިތް މިންޖުކުރެވޭނީ އޭރުންނެވެ.

ކެއުން ނިމިގެން އާޔަންމެންގެ އާއިލާއެގެއިން ނުކުތްވަގުތު ޒަޔާން ހުރީ ޒާޔާއާއި ވާހަކަ ދައްކަން ތައްޔާރުވެގެނެވެ. މީހުންތަކާ ތަންކޮޅެއް ދުރުގައި ހުރި ޒާޔާގާތަށްގޮސް ވާހަކަ ދައްކާލަން ބޭނުންވާކަމަށް ބުނެލިއެވެ.

“އެމް ސޯސޮރީ، ރާއިން………..”

“އިޓްސް އޯކޭ، އެނގޭ ކީއްވެގެންކަން އެކަން ސިއްރުކުރީ، ރުޅިއައިސްފައެއް ނޫނޭ މިހުރީ، އެމް ފައިން…” ޒަޔާންގެ ވާހަކަ މެދުކަނޑާލަމުން ޒާޔާ އަވަސްއަވަހަށް ބުނެލިއެވެ. އޭނަ އިތުރަށް އެކަމާގުޅުވައިގެން އެންމެ އެއްޗެކޭވެސް އަޑުއަހަން ބޭނުންނުވެއެވެ. ޒަޔާންގާތުގައި އެވަގުތު ގިނައިރު ހުންނަންވެއްޖެނަމަ މިހުރިހާއިރު ކޮށްގެން ހުރި ހިތްވަރު ފެނަށްވެގެން ގޮސްފާނެތީ ވާހަކަ ކުރުކޮށްލާފައި އެހެންމީހުންގެ ގާތަށް ޒާޔާ ހިނގައިގަތެވެ. ޒަޔާންއަށް އެހިތުގެ ހާލު އެނގޭހިނދު އެކަން އޭނައަށް ސިއްރު ނުކުރެވޭނެކަން އެނގޭތީއެވެ. ދުރުގައި ބަލަހައްޓައިގެން ހުރި ރާއިންވެސް އޭނައަށް ފެނުނީ އެވަގުތުއެވެ. އޭނައަށްވެގެންވާނަމަ މިހާރު އެތަނުން ގޮސްފީހެވެ. ނަމަވެސް ކެތްކޮށްލައިގެން ހުރީ މެހެމާނުންތައް ދަންދެކަށެވެ.

“ހަހް، ދެޓް ވެންޓް ވެލް…” ސޯފާގައި އިށިއިންނަމުން ޔަޝްރާ ބުނެލިއެވެ. އޭރު އެތާގައި އަބްދުﷲގެ އާއިލާގެ ހުރިހާ މެންބްރުންހެން ތިއްބެވެ. ކައިވެނީގެ އެހެނިހެން ތައްޔާރީތަކުގެ ވާހަކަ ދައްކަން އެމީހުން ތިއްބެވެ. “ރާއިން ކޮބާ…” ބަލްގިސް އިނދެފައި ކޮށްލި ސުވާލުން އެންމެންނަށްވެސް ވަށައިގެން ހޯދާލެވުނެވެ. ރާއިން އެތަނުން ދިޔައިރުވެސް އެމީހުންނަށް އިހުސާސް ނުވިއެވެ. އަބްދުﷲ އެންމެ ހިތްހަމަނުޖެހުނީ އެންމެން މަޑުކޮށްގެންތިބި ގަޑިއެއްގައި ރާއިން އެގޮތަށް ކަންތައް ކުރުމުންނެވެ. އަދި އިތުރު ތަނަކަށް ދިއުމުގެ ކުރިން ބުނެވެސް ނުލާ ދިޔައީމައެވެ. ޔާސިރުވެސް އިނީ އެކަމާ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔާނާއަށާއި ޒަޔާންއަށް އެއްފަހަރާ ބަލާލެވުނީ ޒާޔާއަށެވެ. ޒާޔާއަށް އެވަގުތު އިހުސާސް ކުރެވޭނެއެއްޗެއް އެމީހުންނަށް އެނގުނީކަންނޭނގެއެވެ.

ޖެހިގެންއައި ދުވަހު ރާއިންއާއި ޝާން ކުއްލިގޮތަކަށް މާލެ ދާންޖެހުނީ ކާކުގެ ނަސީބަކަށް ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް އެކަމުގެ ސަބަބުން ޒާޔާއަށް އެހެންމީހުންގެ ކުރިމަތީގައި އެހެންކުލަވަރެއް ދައްކަން ފަސޭހަވިއެވެ. ނަމަވެސް އެއާއެއްވަރަށް ދެރަވެސް ވިއެވެ. ރާއިން އޭނައާއި ދުރުގައި ހުރުމަށް ކޮށްފައި ނުކުރާނީ ކޮންކަމެއްބާއޭ ހިތަށްއެރިއެވެ.

ނޫރާއަށް އަދިވެސް ވިސްނެނީއެވެ. ރޭގައި އާޔަންއަށް ގުޅައިގެން ވާހަކަ ދެއްކިއިރު ޒާޔާގެ ވާހަކަ ކިޔައިދިނުމަށް އެދުމުންނެވެ. ކުރުކޮށް ކިޔާދިނުމުންވެސް އަނެއްކާ ސުވާލުކޮށްގެން ހުރިހާ އެއްޗެއް އެހީމައެވެ. ފަހުން ދިމާވެފައި އެކަމާއަދި ވާހަކަ ދައްކަން ބޭނުންވާކަމަށް ބުނީމައެވެ. ރާއިންއާ ބެހޭގޮތުންވެސް ސުވާލު ކުރުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 25

Next

ހަތަރު އުދަރެސް (4)

Next
July 12, 2015

ހަތަރު އުދަރެސް (4)

Previews
July 11, 2015

ހިތަކުން ނުފިލާނެ 25

38 Comments!

  1. sadh says:
    July 12, 2015 at 12:29 am

    Mi vaahaka ah ‘Inthizaaru’ kiyaathy kanneynge miha inthizaaru kuran kiyuntherin ves mi jeheyny. Alhe heyo nuvaane darkangel thankolheh avahah next part up koddhybala. Please. Mi roadha mahu huriha kiyuntheringe heyo dhua ves libeyne eyrun.
    Vaahaka rythi kammune mihaa varah aadheys mi kureveny. Please.

    1. sadh says:
      July 12, 2015 at 12:30 am

      Angle*

  2. neha says:
    July 12, 2015 at 12:56 am

    Husme haasaru! Evvves kolhegga nujeheyne mivaahaka dhuvahakuves

  3. mixu says:
    July 12, 2015 at 1:22 am

    Too nice. Kyhve haadha lahakun up kurani.

  4. Jam says:
    July 12, 2015 at 1:45 am

    mi story v v v reethi..keep it up.

  5. reader says:
    July 12, 2015 at 2:24 am

    im on saadh’s side…story is awesome but previous part hadhaan nethey fahun thi up kurany….

  6. black says:
    July 12, 2015 at 4:46 am

    Saadh ge vahaka ah thaaeedh kuran…mihaar mi vahaka.ehaa reeche ves noon…..

  7. Xuu says:
    July 12, 2015 at 4:54 am

    The best story on this site right now but haaaaadha slow ey.

  8. nishy says:
    July 12, 2015 at 6:25 am

    Vaaahaka kithahmehaaa ves reeethi… ekam kuran mi jehey inthizaaaru dhigu kamun kamunudhaneee… plx avahah up kohdheeeba…

  9. swyty girl.. says:
    July 12, 2015 at 8:43 am

    Wow vvv rythi.. But maa lahy up kuraaleh… Whn next part upload…. Mi story vv habeyxx

  10. charu says:
    July 12, 2015 at 10:03 am

    vvvvvvvvvvv inthixaaru ki eh kamak ehaa ginain inthixaaru nukuruva ba…………….darkangle ur the best keep it up darling

  11. Thahoo says:
    July 12, 2015 at 12:54 pm

    Vvvvvvvv salhi inthizaar haada inthizaareh kuruvaifi ey

  12. rif says:
    July 12, 2015 at 1:18 pm

    wow………. masha allah v v v v v reethi

  13. naj says:
    July 12, 2015 at 1:21 pm

    Nice 🙂

  14. marsha says:
    July 12, 2015 at 1:37 pm

    Nice, but thankolheh avahah up nukureveynetha? And next part up vaane dhuvas buneladhey nama… i hope zaaya n raain dhen avahah konmes gotheh hadhaafa ekuvaane kamah. N u know what, Aayan is my son, he is not ready to marry yet, cos he is only two years, hehehe.. waiting, but dark angle, plz dont make uds wait so long

  15. darkangel says:
    July 12, 2015 at 1:46 pm

    Wednesday ga upload kuraanan in sha allah.. 🙂 N marsha sorry inge.. 😉

  16. my says:
    July 12, 2015 at 2:49 pm

    beynumee emme suvaaleh kollan,,,, mihaa eh goi name thakeh laigen thiulleny kiyaane nameh neyngigen hey… vahaka kiyamun dhiya iru v olhunu… v v undhagu kiyan… zaya and zayan ves heevany namun dheben hen…

  17. Hot says:
    July 12, 2015 at 3:24 pm

    My thibuny dhogeh nun

  18. semei says:
    July 12, 2015 at 6:48 pm

    vaaanuvaa neyge mi vaahakige mihaaru….

  19. girl says:
    July 12, 2015 at 8:37 pm

    Mi vaahaka kiyan mihaaru foohi vaan fashaifi.. up vaaleh ehaa las aneh kolhun name thah ehaa ehgoiy.. dhen ginain hama ehkameh thakuraaru koh vaneee..

  20. shazu says:
    July 12, 2015 at 9:27 pm

    foohi mihaaru mi vaahaka.. lahun upload kohdheythyy vaa gotheh ves neyge.. name thah ehgoiyy vy ma varah undhagoo… so boring

  21. sheryn says:
    July 13, 2015 at 7:13 pm

    Ehaa lahun up vanyyaa dhn 2or3 part liyefa mi vaahaka nimmaalabaa… eyrun mihaa gina dhuvas vandhekah intizaaru kuraakah nujeheyne… btw this story is awesome… keep it up ☺

  22. samaa says:
    July 15, 2015 at 10:26 pm

    haadha lahey up vaaleh. v v v reethi vaahaka 🙂

  23. marsha says:
    July 16, 2015 at 12:57 am

    Koba vaahaka? Mihaaru wed nimi thurs feshuny… plz plz plz, upload soooonnnn darkangle, inthizaaring……

  24. fathun says:
    July 16, 2015 at 5:18 am

    Wednesday mi nimuny den kon irakun. kiyun therein thihavarah inthizaaru nukuruvaba.kiyuntherin naky xaa eh nooney do.

  25. swyty girl.. says:
    July 16, 2015 at 8:46 am

    Kba miharu Wednesday nimi Thursday feshunyma bt thihaa inthixaaru knme faharaku kuruvaakah nuvaane n adhi ehaa rythi vaahakaeh….. Hope u will write a little more than before n upload soon as u can….. Nw vx inthixaaring……………………………………….✌:-) :-*

  26. meesh says:
    July 16, 2015 at 9:11 pm

    Eid hadhiyaa eh ge gothuga next part thankolheh dhigu koh up koh dhineema readers will be really happy
    & thankful to u dear.. so …….

  27. swyty girl.. says:
    July 17, 2015 at 8:16 pm

    Alhey kba thr story miharu kithah dhuvas vejje thr.. Miadhu mee Friday ashivx up nuve. Thankolheh boduvaru dhw thy…. 🙂

  28. shain says:
    July 18, 2015 at 10:53 am

    darkangle kyhtha thi kurany? kobaatha story kn irakuntha up vaany… inthixaar kiyas thy boduvaru dhw hehehe 🙂

  29. Sam says:
    July 18, 2015 at 11:14 am

    kobatha next part..

  30. sahyn says:
    July 18, 2015 at 11:41 pm

    Darrrkangellllll……?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????…..

  31. sanfa says:
    July 19, 2015 at 12:06 pm

    Vaahaka kithanme haa ves reethi .. ekM week aku ehfaharu ves up nuvaathy dhw kada ee.. mi vaahaka aslu ves vrh reethi..

  32. zaha says:
    July 19, 2015 at 9:25 pm

    adhi ves upload nuvetha. mihaaru mikuraa inthizaara nimume genan veje e nun dhw. vara inthizaaruves kurevije mihaaru

  33. u says:
    July 20, 2015 at 2:16 pm

    Darkangl ..vaahaka upnukurevenya vaahaka liyun Huttaalanvynu..miihaaru kn dhuvaheh inthizaaru kuraathaa.. adhives thibuna wednesday eh naannanytha..vaahaka mathin mulhin foohivaavaru vejje miharu

  34. swyty girl.. says:
    July 20, 2015 at 9:47 pm

    Darkangel?????????? Where a u.?? Kba vaahaka….. Miharu kn dhuvaheh dhw…….. Plxxxxxx avas khdhybala…….. B t anywayxx vvvvvvvv rythi.. Luv this story….♥♥♥… Alhey dhn avas khba.. Ebunaa Wednesday eh naadhey dhuvahakuvx..

  35. aileen says:
    July 22, 2015 at 12:29 pm

    Vaahakaaga vaa goi ves handhaan netheyne thihaa lahun vaahaka up kuranya. V foohi. Kiyuntherin ehves trust eh nukuraane thihen vanyakaa I get

  36. shafu says:
    July 22, 2015 at 1:27 pm

    Mi vaahaka ves nunimmanytha….???
    :/

  37. swyt says:
    July 22, 2015 at 4:27 pm

    haadha inthizaareh kurevijeyey
    darkangle avaha next part up koh dheeba

Comments are closed.

Next Episodeއިންތިޒާރު 38←


All Right Reserved!