Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ – 26

Baby Devil Level 610 Stories100 Stories
April 29, 2021 5 Mins Read
2 Comments

” ޕިސް.. މި ދެން ކޮން ކަމެއް… މަ ބޭނުމެއް ނޫނޭ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް… ބޮޑު އުނދަގުލެއް … ” ލީޝާ ހައިމަން އާއި ދިމާއަށް ބުންޏެވެ. އޭރު ހައިމަންގެ އަތުގައި އެއްމަސް ވެފައިވާ ތުއްތު ލީކާ ނިދާފައި އޮތެވެ.” ލީޝާ މޮޔަވީތަ… ލީޝާގެ ހިތް ހަމަ އެހާ ހަރީތަ.. މަންމައެއްގެ އިހުސާސް ވެސް ލީޝާ އަށް ނުކުރެވޭނީތަ.. ބަލަ މަގޭ މީ ލީކާގެ ބައްޕަ އޭ… މަށަށް ހިއެއް ނުވޭ މަށަށް ނުކުރެވޭ އިހުސާސް އެއް ވަކި ލީޝާ އަށް ކުރެވޭނެހެނެއް… ” ހައިމަން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.” ކަލޭ ނުން މޮޔަ ވީ… މަށަކީ ކުއްޖާގެ މަންމަ އަކަސް ކޮން ކަމެއް… ހައިމަން އަށް ރަނގަޅީ ނުކުޅެދޭ ގަމާރެއްތަ… ” ލީޝާ ރުޅި ގަދަވިއެވެ.” ހަމަޖެހިބަލަ.. މިކުއްޖާ ރީއްޗަށް ދުނިޔޭގަ އުޅުނަ ދީބަލަ.. އޭރުން ލީޝާ އަށް އޮތީ ކޮން ގެއްލުމެއް؟.. ” ހައިމަން ބެލީ ލީޝާ އަށް ވިސްނައި ދެވޭތޯއެވެ.” މަ އަނގައިން ނުކިޔަސް ބައިވަރު ގެއްލުން އަބޯތޭ… ” ލީޝާ ހަޅޭއްލަވައި ގަތެވެ. ހައިމަން ބޯ ހޫރާލީ ކިތަންމެ ވަރަކަށް ވިސްނައިދިނަސް ލީޝާ އަށް ނުވިސްނޭނެކަން އިނގޭތީއެވެ.

**26 ވަނަ ޕާޓު**

ފަތިސް ވަގުތުގައި އިލްޔާ ދަބަސް ތައްޔާރު ކުރަމުން ދިޔައީ މީދޫ އަށް ދާންށެވެ. މާއިން އާއި މަޔާންގެ އަންނައުނުތައް ޕެކް ކުރުމަށްފަހު ދަބަސްތައް މޭޒު މަތީގައި ބަހައްޓާފައި މާއިން ހޭލައްވަން އުޅެގަތެވެ. އެވަގުތު މަޔާން ފަތިސް ނަމާދު ކޮށްގެން މިސްކިތުން އައިސް ގެއަށް ވަނެވެ.” ހުރިހާ އެއްޗެއް ރެޑީ ކުރީ ދޯ… ހައެއް ޖަހާއިރު ލާންޗު އަންނާނެ…. ” މާއިން ނަގަމުން މަޔާން ބުންޏެވެ.” ހްމްމް… ކޮބާ ރާކިންމެން… އެމީހުން ރެޑީތަ؟ ” އިލްޔާ ޝޯލް އަޅަމުން އަހާލިއެވެ.” އެމީހުން ތިބީ ރެޑީގަ… ހިނގާ ޔަޒާން އަށް ގުޅާލަން.. ” މަޔާން ފޯނު ނެގުމުން އިލްޔާ މާއިން ފެންވަރުވަން ވަނެވެ.

” ކޮބާ ކިހިނެއް… ” ޔަޒާން ފޯނު ނެގުމުން މަޔާން ބުންޏެވެ.” ރަނގަޅު.. މަޔާން މެން ކިހިނެއްތަ… ކޮބާތަ މާއިން.. މީނީ ލާންޗެއްގަ… އޮފީސް ދަތުރެއްގައި މީދޫ އަށް ދާން… ” ޔަޒާން އަހާލިއެވެ.” އަހަރެމެން އިރާދަކުރެއްވީތީ ރަނގަޅު… އަހަރެމެން ވެސް މީދޫ އަށް ދާން ނައްޓާލަން މިއުޅެނީ.. ” މަޔާން ގޮނޑީގައި އިށީނެވެ.

އެންމެން ހަމަވުމުން މީދޫއަށް ދާން ލޯންޗް ނައްޓާލިއެވެ. ރާކިން އާއި މާއިން ގޮވައިގެން ރާއިލް އާއި މަޔާން އުޅުމުން އިލްޔާ އާއި ހިޝާ އޮލަ ވާހަކައިގައި އިނެވެ. ގިނައިން ދެކެވެމުން ދިޔައީ އެމީހުން ފެނުމުން ލުޔާ ވާނެ އުފަލެވެ. ލުޔާގެ ފަރާތުން އެނގިފައި ވަނީ ލުޔާ ބަނޑުވެސް ބޮޑު ކަމެވެ. ލުޔާ ދެކިލާހިތުން އިލްޔާ އަށް ކެތްވަނީކީ ނޫނެވެ.

” މިއޮށް އާދެވުނީ… އެހުރީ ޔަޒާން ވެސް… ” މީދޫ ފަސްގަނޑުގައި ފައި ޖައްސާލަމުން އޮފީހަށް ދާ ހެދުމުގައި ހުރި ޔަޒާން ދައްކާލިއެވެ. އެހެން ބުނުމުން މަޔާން އަތުގައި ހިފައިގެން އިލްޔާ ފުންމާލިއެވެ.” ވެލްކަމް އިނގޭ… މިގަޑީގަ މި އައީ ވެސް ތިމީހުން އަންނަ ވާހަކަ ބުނީމަ… ” ޔަޒާން އެންމެންނާ ސަލާމް ކޮށްލަމުން ހިނިތުންވިއެވެ. އިލްޔާ ފުރަތަަމަ ވެސް އައިހާ މެންގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

” އާހ.. އީތަން… ތަދުވެއޭ… ތިހެން ނުހަދާ… އާދޭސް ކުރަން.. ” އައިހާ މެންގެ އެތެރެއަށް ދެތިން ފިޔަވަޅު އެޅިތަނުން ލުޔާ ރޮމުން އާދޭސް ކުރާ އަޑު އިވުނެވެ. އިލްޔާ ތެޅި ތެޅި އޮތް ހިތަކާއި އެކު ގޭތެރެއަށް ވަނެވެ. އޭރު އީތަން ހޫނު އިސްތިރިއެއް ލުޔާ ގައިގައި ޖައްސައިގެން ހުއްޓެވެ.” ލޫ… ” އިލްޔާ ރޮއިގަތެވެ. އީތަން ތެޅިގަނެފައި އިސްތިރި އެއްލާލިއެވެ. މަޔާން ގޮސް އީތަން ގިރުވާނުގައި ހިފާފައި ކޮށްޕާލިއެވެ. މަޔާން ލުޔާ ދެކެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދައިން ލޯބި ވެއެވެ. އެހެން ހަދާތަން ބަލަން ކެތްވާނީ ކާކަށް ހެއްޔެވެ؟

ޔަޒާން ވަގުތުން ލުޔާ އާއި ދިމާއަށް ދިޔައެވެ. އިހްތިޔާރުން ބޭރުގައި ލުޔާ ޔަޒާންމޭގައި ބޮނޑިވެގަތީ ހިމާޔަތަށް ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. އޭރު ވެސް ހިޝާ އާއި އިލްޔާ ދިޔައީ ރޮމުންނެވެ. މާއިން އާއި ރާކިން ވެސް އެމީހުންގެ މައިންބަފައިން ރޯތަން ފެނުމުން ރޯން ފެށިއެވެ.

” ކަލޭ ހާ ގޮތްކުޑަ މީހެއް އަދި ނުދެކެން މަށެއް… އަމިއްލަ އަނބިމީހާ އަށް އެހެން ހަދާއިރު ރަހުމެއްވެސް ނެތީތަ ހަމަ… ކަލެއަށް އިލްޔާ ވަރަށް އިތުބާރު ކޮށްފައޭ ލޫ ހަވާލު ކުރީ… ހިއެއް ނުކުރަން މިހާ އަނިޔާވެރި ވާނެ ކަމަކަށް… ” މަޔާން އީތަން އާއި ދިމާއަށް ހަޅޭއްލަވަމުން ދިޔައެވެ. އޭރު އެ އަވަށުގެ މީހުންތައް އެގޭ ދޮށަށް ޖަމާވަމުން ދެއެވެ. ފަހީމާ އެތަނަށް އައުމުން ހިޝާ ރާކިން އާއި މާއިން ފަހީމާއާ ހަވާލު ކޮށްފައި އެކުދިން ހަމަ ޖައްސާލުމަށް ބުންޏެވެ.

” ޕޮލިހުންނަށް ވެސް އަންގަން ވީ…އެހެން ފަރާތް ތަކަށް ވެސް އަންގަންވެއްޖެ.. ” ރާއިލް ވެސް ހުރީ ރުޅި އައިސްގެން ގޮސް ފަޅައިގެންދާ ވަރު ވެފައެވެ. އޭރު ދެތިން ފިރިހެނަކު މަޔާން އާއި އީތަން ދުރުކުރުމަށް މަސައްކަތް ކުރަމުން ދިޔައެެވެ.” ކޮން މައްސަލައެއް މިތާ.. ” ޕޮލިހުންގެ ޔުނިފޯމް އަޅައިގެން ހުރި އޮފިސަރެއް މަޔާން އާއި ސުވާލު ކޮށްލިއެވެ. އެވަގުތު މަޔާން ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔާދިނެވެ.” އެއްވެސް ހެއްކެއް؟؟.. ” އެ އޮފިސަރ އަހާލިއެވެ. ރާއިލް ލުޔާ އާއި ދިމަ ބަލާލިއެވެ. ލުޔާގެ މޫނުގަ އާއި އަތުގައި އަނިޔާގެ ލަކުނުތައް ހުރަހެއްނެތި ފެންނަން ހުރުމުން އޮފިސަރ އަށް ވެސް ގަބޫލު ކުރެވުނެވެ. ވަގުތުން އެހެން ދެތިން މީހަކަށް ގުޅައިގެން އީތަން ބިޑި އަޅުވައިގެން އެގެއިން ނެރުނެވެ.

” އޭއި ލޫ… ހުއްޓާލަބަލަ…. ވީގޮތް ސާފުކޮށް ކިޔައިދީ ޕްލީޒް… ” އިލްޔާ ލުޔާގެ ގައިގައި ހިފަމުން ރޮއިގަތެވެ.” އިލޫ… އެހަށް މަޑު ކުރޭ… ލޫ ހަމަ އަކަށް އެޅުނީމަ ހުރިހާ ކަމެއް އޮޅުން ފިލުވާނީ.. ” ރާއިލް ހިޝާ އަތުގައި ހިފައިގެން ބުންޏެވެ. އޭރު ހިޝާ ވެސް ރޮއި ރޮއި ހުރީ ވަރުބަލި ވެފައެވެ.” އައިހާ..އިނގޭނެ އައިހާއަށް މި ހުރިހާ ކަމެއް ހިނގިއިރު ވެސް … ކީއްވެ އަންގާނުލީ.. ” އައިހާ އާއި މަޔާން ސުވާލު ކޮށްލިއެވެ.” ދޮންބެ ބިރު ދެއްކީ… އެންމެން ކުރިމަތީ އަހަރެން ބޭޒާރު ކޮށްލާނަމޯ… އަހަރެން ވަރަށް ޓަރައި ކުރިން ހިލްޔާ ކައިރީގައި ދޮންބެއާ މެރީ ނުކުރާށޭ ބުނަން ވެސް… ” އައިހާ ރޮމުން ކިޔާދިނެވެ. އޭރު އެހެން އޮފިސަރަކު ވެސް އައިހާގެ ވާހަަކަ އަޑު އަހަން ހުއްޓެވެ.” މީގަ ތިކުދިންގެ ކުށެއް ނެތް… މީގަ އޮތީ ދެންމެ އެ ގެންދިޔަ ކުއްޖާގެ ކުށް… ” އެ އޮފިސަރ ރާއިލް ކޮނޑުގައި ޖަހާލިއެވެ. ލުޔާ އެ އޮތް ގޮތަށް ޔަޒާންގެ މޭގައި ބޮނޑިވެގެން ރޯން އޮތެވެ.” ހިތްވަރު ކުރޭ… ކޮބާ ދަރިފުޅު.. ” އަންހެން އޮފިސަރެއް އައިސް ލުޔާ އާއި ސުވާލު ކޮށްލިއެވެ. ޖަވާބެއް ނުދީ ލުޔާ އިތުރަށް ރޯން ފެށީއެވެ.

” އަޅުގަނޑު މެންނަށް ފެންނަނީ އެހަށް ހަމައަކަށް އެޅުމުން ކަންތައް ހޯދަން އުޅެން…. މި ތިން އަހަރު ތެރޭ މިގޭތެރޭގަ ވާ ހަމަ އެއް ކަމެއް އެނގިފައެއް ނުވޭ… މީހުން ކުތިމަތީގަ އެހެން އަނިޔާކޮށް ހަދާތަނެއް ނުފެނޭ… އަޅުގަނޑު މެންނަށް ފެނުންނަމަ މައްސަލަ ބަލާނަން ވަގުތުން ވަގުތަށް.. ” އޮފިސަރ އެހެން ބުނެ ލުޔާ ބޮލުގައި ފިރުމާލާފައި ނުކުމެގެން ދިޔައެވެ.” ލޫ ހަމަޖެހިބަ… އައިހާ ފެންފޮދެއް ދީބަ.. ” ޔަޒާން ލުޔާ ގެނެސް ސޯފާގައި ބޭންދިއެވެ. ލުޔާ އަނގައިން ނުބުނުމުން އިލްޔާ އާއި ލުޔާ ހަވާލުކޮށްފައި އެހެން އެންމެން ގެއިން ނިކުތެވެ.

” ލޫ ކޭން ޔޫ ޓެލް މީ… ޕްލީޒް.. ” އިލްޔާ ލުޔާގެ އަތުގައި ހިފާލިއެވެ.” ވިހީތަ މިހާރު؟ ކޮބާ ދަރިފުޅު… އަންހެން ކުއްޖެއްތަ.. ؟.. އެކުއްޖާ ކިހިނެއްތަ.. ” އިލްޔާ ސުވާލުތައް ކުރަމުން ދިޔައެެވެ.” ނޭނގެ.. މި ވާހަކަ ބުނާނެ ގޮތެއްވެސް… ” ލުޔާ ނޭފަތް ދަމާލިއެވެ.” އެކަމް… އަހަރެންގެ ދަރިފުޅު ދުނިޔެއަށް ނޭވައެއް ނުލާ.. ” ލުޔާ އަށް އަނެއްކާވެސް ރޮވުނެވެ.” އީތަން އާ ހެދި އެ ދަރިފުޅު މަރުވީ.. އަހަރެންގެ ބަނޑުގަ އޮއްވަ.. ” ލުޔާ ރޮމުން ބުންޏެވެ.” އަހަރެން ހީކުރީ އީތަން އަކީ ވަރަށް ރަނގަޅު މީހެކޭ… މިރަށު މީހުން ކުތިމަތީގަ އީތަންވަރު މީހެއް ނުހުންނާނެ… ” ލުޔާ ކަރުނަތައް ފޮހެލިއެވެ. އިލްޔާ އަށް ވެސް ރޮވުނެވެ. ލުޔާ އަކަށް މާ ގިނައިރަކު ނީނދެވުނެވެ. އިލްޔާގެ އަތަށް ހޭނެތިގެން ވެއްޓުނެވެ. ހަމަ އެވަގުތު އެމްބިއުލެންސް އަށް އިލްޔާ ގުޅިއެވެ.

ރަށު އެންމެން ކުރިމަތީގައި އީތަންގެ އަގު ވެއްޓި އެންމެން އީތަންދެކެ ހިތްހަމަ ނުޖެހުނެވެ. އީތަން އަށް ޖެހުނީ ރަށު އެންމެން ކުރިމަތީގައި ލަދުގަންނާށެވެ. ހިތާއި ހިތުން މަޔާން މެންނަށް އީތަން ވަރަށް އެއްޗެހި ކިޔެވެ.

ލުޔާ ހޭއެރީރު އޮތީ ހޮސްޕިޓަލުގައެވެ. އެނދު ވަށައިގެން މަޔާން އާއި އިލްޔާމެން ތިބީ ލުޔާ ހޭ އަރާނެ އިރެއްގެ އިންތިޒާރުގައެވެ.” ކިހިނެއްތަ.. ” ލުޔާ ލޯ ހުޅުވާލުމާއެކު މަޔާން ކައިރިއަށް ޖެހިލިއެވެ.” ރަނގަޅު.. އެހުރީ އިލްޔާގެ ދަރިފުޅު ދޯ.. ” މިއިން ދުވަހަކު މާއިން ނުފެނިފައި ހުރި ލުޔާ އަހާލިއެވެ.” ޔެސް.. އެއީ އަހަރެމެންގެ ދަރިފުޅު.. ދެން އެހުރީ ހިޝާ މެންގެ ދަރިފުޅު.. ” މާއިން އާއި ރާކިން ލުޔާ ކައިރިއަށް ގެންނަމުން އިލްޔާ ބުންޏެވެ. އަނެއްކާވެސް ލުޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.” ލޫ .. ” އިލްޔާ އެމީހުންނަަށް ލުޔާގެ ވާހަކަ ކިޔާދީފައި އޮތުމުން ހިޝާ އިސްޖަހާލިއެވެ.” އެކަމާ އަޅާ ނުލާ… ” ލުޔާ ކަރުނަތައް ފޮހެލީ ޑޮކްޓަރ އެތަން ވަދުމުންނެވެ. ޑޮކްޓަރ އައިސް ބޭސް ސިޓީ ދީފައި އަރާމު ކުރުމަށް އެދުނެވެ.

އިިޝާ ނަމާދު ވަގުތެވެ. މަޔާން އާއި ރާއިލް އަދި ޔަޒާން މިސްކިތަށް ދިޔައީ ރާކިން އާއި މާއިން ފަހީމާ މެންގެއަށް ލާފައެވެ.” ލޫ… އަހަރުމެންނަށް ފެންނަ ހިޔާލެއް ދެންތަ.. ” ހިޝާ އަހާލިއެވެ.” އީތަން ދޫކޮށްލާފަ ޔަޒާން އާ ކައިވެނި ކުރުން ކިހިނެއް ވަނީ… މަޔާން މެންނާ ޑިސްކަސް ކޮށްފަ މިހެން މިބުނީ… ޔަޒާން ވެސް އަދި މީހަކާ ނީނދެ… އީތަން އާ އެއްކޮށް އުޅުމަށްވުރެ ރަނގަޅު ވާނެ.. ” ލުޔާ ބޯ ޖަހާލުމުން ހިޝާ ބުންޏެވެ.” އެކަމް ޔަޒާން ހިތަށް އަރާނީ ކީކޭ… ބުނާނެ ބޭނުންވީމަ އައިއްސަ އަނެއްކަ ދަނީއޭ… ” ލުޔާ އިސްޖަހާލިއެވެ.” ނޫނޭ.. އޭނަ އެހުރީ ލޫގެ އިންތިޒާރުގައޭ.. ” އިލްޔާ ބުންޏެވެ.” ތިމީހުންނަށް ފެންނަ ގޮތެއް… އެކަމް ދަރިއަށް ހަދާނީ ކިހިނެއް.. ” ލުޔާ ފެންކަޅިވުމުން އަނެއް ފަރާތަށް އެނބުރުނެވެ.” އެޑޮޕްޓް ކުރުން ކިހިނެއް… ޔަޒާން އަށް އެ ހިޔާލު އޯކޭ ވިއްޔާ އެޑޮޕްޓް ކުރަންވީ… ” އިލްޔާ ވިސްނާލާފައި ބުންޏެވެ. ލުޔާ އެއްބަސްވީ އެނޫން ގޮތެއް ނެތުމުންނެވެ.

” ސުވާލެއް އަހާލަންތަ.. ޔަޒާން ތެދަށް ޖަވާބު ދެއްޗޭ.. ” މިސްކިތުން ފައިބަމުން މަޔާން ބުންޏެވެ.” އަހާބަލަ.. ” ޔަޒާން ހޮސްޕިޓަލަށް ދާން ހިނގައިގަތެވެ.” ޔަޒާން އަދިވެސް ލޫ ދެކެ ލައިކް ވޭތަ… ” މަޔާން އެހެން އެހުމުން ޔަޒާން ދުރު ބަލާލިއެވެ.” ހްމް.. އަސްލު ކީއްކުރަން ތި ސުވާލު ކުރީ… ” ޔަޒާން އަހާލިއެވެ.” މިހާރު އެންމެން ކިޔައިފި ލޫ އާ ޔަޒާން އާ ކައިވެނި ކުރާށޭ… އީތަން މައްސަލަ ނިމުންހާ އަވަހަކަށް ރަށަށް ގޮއްސަ ވެޑިންގް ބާއްވާން މި ވިސްނަނީ… ” ރާއިލް ޖީބަށް އަތް ޖަހާލިއެވެ. ނޭނގި ނަމަވެސް އެވަގުތު ޔަޒާން ހިނިތުންވެލިއެވެ. ނަމަވެސް ލުޔާ ނޫނެކޭ ބުނެފާނެތީ ޔަޒާން ހިތް ތެޅިލިއެވެ.
– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

އެ ގޭތެރެއިން – 3

Next

ލޯބި…..އަށްވަނަބައި

Next
April 29, 2021

ލޯބި…..އަށްވަނަބައި

Previews
April 28, 2021

އެ ގޭތެރެއިން – 3

2 Comments!

  1. Rainberry says:
    April 29, 2021 at 2:01 pm

    Alhey. Haadha reecheey. When next part ❤️?

  2. Princess says:
    April 29, 2021 at 7:38 pm

    V avahah aneh part genesdheeba plx

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ – 27←


All Right Reserved!