Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (3)

maasham Level 110 Stories
July 11, 2015 4 Mins Read
19 Comments

“ހޫން. ސާބަހޭ. އެއީ މަގޭ ސިސް އޭ. ޔިވާމްއަކާ ނުވެސް ގުޅޭނެ.” ލިއުޒާ ހޭންފެއްޓިއެވެ. އަދި ޔިވާމްގެ އަތުގައި ހިފައިގެން ފެންޑާއާއި ދިމާލަށް ނިކުތެވެ.

“އަހަންނާ ގުޅޭނެ އެންމެންވެސް” ގޯތި ތެރޭގައި އިން ޖޯލީގައި އިށީންނަމުން ޔިވާމް ބުންޏެވެ.

“ތިޔޭ މައްސަލައަކީ… އޭ ގިވް މީ ފައިވް މިނިޓްސް، މިއަންނަނީ ރެޑީ ވެލައިގެން” ލިއުޒާ އެނބުރި އަނެއްކާ އޭނާ އައި ފަރާތަށް މިސްރާބުޖެހިއެވެ.

“އޭތް، އެ މަންޖެ ގާތު ބުނެބަލަ އަހަރެންގެ ފަޅު ފިލުވާލަދޭން އައިސްބަލާށޭ” ޔިވާމް މިހެން ބުނީ ވަރަށް ބާރަށެވެ. ގަސްތުގައި ލުޔާއަށް އިއްވާށެވެ. ނަމަވެސް ލުޔާ އަކަށް އެ އަޑެއް ނީވެއެވެ. އޭނާގެ ފަސްދީފައި ލިއުޒާ ދިޔައިރުވެސް އޭނާ އިނީ ޓީ.ވީއަށް ގެއްލިފައެވެ.

ބަރާބަރު ފަސް މިނިޓު ވީ އިރު ލިއުޒާ ހުރީ ޔިވާމްގެ ކުރިމަތީގައެވެ. ދެމީހުން އެކުގައި ގެއިން ނިކުމެގެންގޮސް އެރީ ޔިވާމްގެ ސައިކަލަށެވެ. ގާތްގަނޑަކަށް ފަނަރަވަރަކަށް މިނިޓުގެ ދުއްވުމަކަށް ފަހު ޔިވާމްގެ ސައިކަލު މަޑުކޮށްލީ ޖޭޒްކެފޭ ކުރިމައްޗަށެވެ. މިއީ ލިއުޒާމެން އެންމެ އާންމުކޮށް އައިސް އުޅޭ ތަނެވެ. ހަފްތާއަކު މަދުވެގެން އެއްރޭ އެތަނުގައި އެމީހުން ހޭދަކުރެއެވެ. ސައިކަލުން ފައިބައިގެން ދެމީހުން ކެފޭއަށް ވަނެވެ. އެއިރު އަރީފުއާއި އަހުނަފް ވަނީ ކާއެއްޗިއްސަށް އޯޑަރ ކޮއްފައެވެ.

“އޭ އަރީ، މަށަށް ވަރަށް ބޮޑު ކަމެއް…. ޕްލީޒް..” އެމީހުން އާންމުކޮށްވެސް އިންނަ މޭޒު ދޮށުގައި އިށީންނަމުން ޔިވާމް ވާހަކަދެއްކިއެވެ.

“ސޮރީ މޭން. މަ ހަމަ ބިކާރީވެފަ.. މަހުގެ ފަހުކޮޅެއްނު..” އަރީފު ޔިވާމްއަށް ޖަވާބުދިނީ އޭނާ އަހަން އުޅުނީ ކީކޭތޯވެސް ނުބަލައެވެ. އޭރު ލިއުޒާ އައިސް އަރީފުގާތުގައި އިށީނެވެ.

“ޑޫޑް، ލާރީގެ ވާހަކައެއްނޫނޭ. އެހެންނޫނަސް މިރޭ މީ މަގޭ ޓްރީޓެއްނު. އެއަށްވުރެ ބޮޑުކަމެކޭ.. ލިއު ގާތު އާދޭސް ކޮށް ކޮށް އެއްބަހެއްނުވި….” މިހާހިސާބަށް ވާހަކަ ދިޔައިރު ލިއުޒާ ހޭން ފެއްޓިއެވެ. އަރީފު އިނީ ވާނުވާ ނޭނގިފައެވެ.

“މަށަށް ކުއްޖަކު ސެޓުކޮށްދޭން ހެލްޕް ވެދީބަ.. ތީއެއްނު މިތަނުން އެންމެ ކާމިޔާބު މީހަކީ” ޔިވާމް މިހެން ބުނަމުން ލިއުޒާއާ ދިމާލަށް އެއްލޯ މަރާލިއެވެ. ތެދެކެވެ. އޭނާ އާއި ލިއުޒާ ލޯބީގެ ގޮތުން ރައްޓެހިވިތާ އަހަރެއް ވަނީއެވެ. ނަމަވެސް އެ ދެމީހުންނަކީ މަތީ ސާނަވީ ކިޔަވަން އެސް.އެސް.ސީއަށް ދިޔައިރުންފެށިގެންވެސް ވަރަށް ގާތް ރަހުމަތްތެރިންނެވެ. ސްކޫލުދައުރު ނިމުނުފަހުންވެސް އެމީހުންގެ ރަހުމަތްތެރިކަމަކަށް ކުޑަވެސް އުނިކަމެށް ނާދެއެވެ. ނަމަވެސް އޭރު ލިއުޒާއަށް ނޭނގޭ ކަމަކީ އަރީފު ލިއުޒާއާއި މެދު ރަހުމަތްތެރިކަމަށްވުރެ ގާތްގޮތަކަށް ދެކޭ ކަމެވެ. އަރީފުގެ އެންމެ ގާތް ދެ ރަހުމަތްތެރިން ކަމަށްވާ ޔިވާމް އާއި އަހުނަފް ވެސް ލިއުޒާގެ ލޯބި ކާމިޔާބު ކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ކުޅިފަސް ލިބުނީ އަރީފަށެވެ.

“އޯ ވާއު، ޔިވާމްގެ ހިތް ކަތިލާފަދަ ކުއްޖަކާ ދިމާވީތަ” އަރީފު ވާހަކަ ދެއްކީ އެއްވެސް ސީރިއަސް ކަމެއް ނެތިއެވެ. ސަބަބަކީ އޭނާއަށް ޔިވާމްގެ ގޮތް އެނގޭތީއެވެ. އެއީ ދުވާލަކު އަންހެން ކުއްޖެއް ސައިކަލު ފަހަތަށް ލައިގެން އުޅޭ މީހެކެވެ. އޭނާއަށް ހިތްކިޔާ އަންހެން ކުދިންގެ ލިސްޓު ކޮޅުންނުލައެވެ. ވާނީވެސް އެހެންތާއެވެ. ޖިންސުއްލަތީފުންގެ ހިތްތައް ކަތިލާފަދަ ރީތިކަމެއް އޭނާއަށް ދެއްވަވާފައިވެއެވެ.

“އެއުޅެނީ ޔާއްކޮ ފެނިގެން މޮޔަވެގެން.” ޗޮސް ކަނޑާލަމުން އަރީފުގެ ސުވާލަށް ޖަވާބުދިނީ ލިއުޒާއެވެ.

“ޔާއްކޮއޭ؟! ނުވާނެ ތިކަމެއް!” ހިނިގަނޑެއް ޖަހާލަމުން އަރީފު ބުންޏެވެ.

“ތިހެނޭ މަވެސް ބުނީ” ލިއުޒާ ވެސް ފެށީ ހޭށެވެ.

“އޭ ދެން ތިހެން ނުބުނޭ.. މަ ވަރަށް ސީރިއަސް ކޮށޭ މިބުނީ. ދެން ލިއުގެ ކޮއްކޮއަކަށް ދެރަ ގޮތެއް ނަހަދާނަމެންނު.. ޝީ ހޭޒް ކޮންކުއާރޑް މައި ހާރޓް..” ޔިވާމް ވާހަކަ ދައްކަމުން ދިޔައީ ދީވާނާވެފައިވާ މީހެއްފަދައިންނެވެ.

“ދެން އެސޮރު އެހާ އާދޭސް ކުރަންޏާ އެކަން ކޮއްދޭން ވީނު” ލިއުޒާމެން އެތަނަށް އައިފަހުން ފުރަތަމަފަހަރަށް އަހުނަފް އަނގަ ހުޅުވާލިއެވެ.

****

ލިއުޒާ އާއި ލުޔާ ތިބީ ކާމޭޒު ދޮށުގައެވެ. އެކަކު ފޯނަށް ގެއްލިފައި ހުރިއިރު އަނެކަކު ހުރީ ވާހަކައިގެ ދުނިޔޭގައެވެ. މޭޒުމަތީގައި މަދުނުވާ ޒާތްޒާތުގެ ކާނާ ހުއްޓެވެ. ދެކުންދިންގެ ތަށި ފުރެންދެން ކާނާ އަޅާފައި ވީ ނަމަވެސް އެކަކުވެސް ކެއުމާއިގެނެއް ނޫޅެއެވެ.

“ސާބަހޭ ކަލޭމެން ދެކުދިންނަށް. މިހާރު ކައިގެން ތެދުވާހާ އިރު ވެއްޖެ އެންނު ދޯ.. މިތަނަށް ފޯނާ ފޮތް ވެއްދުން މަނާވާނެ މީގެ ފަހުން” ކާގެއަށް ވަންނަމުން ހައުފާ ވާހަކަ ދެއްކިއެވެ.

“ސޮރީ މަންމާ” ލިއުޒާ އާއި ލުޔާގެ ޖަވާބު އައީ އެއްފަރާއެވެ. އަދި ފޮތާއި ފޯނު ބޭއްވުމަށްފަހު ކެއުމާއިގެން އުޅުނެވެ.

“ޔާއްކޮ، ކުރީދުވަހު ޔިވާމްއާ ދިމާވި ދޯ؟” ލިއުޒާ ބަތްސުވާ އަނގަޔަށް ލަމުން ވާހަކަ ދެއްކިއެވެ؟”

“ކޮން ޔިވާމެއް؟”

“އެއްކަލަ ދުވަހު ދޮންތައަށް ގޮވީމެއްނު… ޔިވާމް އައިސްގެން..”

“ހްމމމ” ލުޔާގެ ވާހަކައިގައި މާބޮޑު ޝައުގުވެރިކަމެއް ނެތެވެ.

“ހީ ލައިކްސް ޔޫ..” ލިއުޒާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އޯ، ދެން ކީއްކޮއްދޭންވީ؟” ލުޔާ މިފަހަރު ވާހަކަދެއްކީ ކުޑަކޮށް ހެވިފައެވެ.

“އޫ… ޔޫ ލައިކް ހިމް ޓޫ؟” ލިއުޒާ އޭނާގެ ކޮއްކޮއާ ދިމާ ކޮއްލިއެވެ.

“އުހުން، އެހެނެއްނޫން. ބަޓް ހީޒް ނޮޓް ސޯ ބޭޑް ޓު ލުކް އެޓް ދޯ؟” ލުޔާ ނިތް އަރުވާލަމުން ބުންޏެވެ.

“އާނ ދޯ.. ދޮންތަގެ ސްކޫލްދައުރުގެ ކްރަޝްއެކޭ..” ލުޔާއާއި އެއްބައި ވެލަމުން ލިއުޒާ ވާހަކަދެއްކިއެވެ.

“ސޯ، މިރޭ ޑިނާރއަށް ދާނަން ދޯ؟” ވަރަށް އުންމީދުގައި ލިއުޒާ އެއްސެވެ. ލުޔާއަކީ އެއްގޮތަކަށްވެސް ބޭރަށް ދާހިތްވާ ކުއްޖެއް ނޫންކަން ލިއުޒާއަށް އެނގެއެވެ.

“ދެން ނޫން… ދޮންތަ ދޭ” ލުޔާ ޗޮސް ކަނޑާލިއެވެ.

“ޕްލީޒް.. އަހުނަފްވެސް މިރޭ ނުދާނޭ… އެހެންނޫނީ ޔިވާމް ވާނީ ތާރޑްވީލަކަށްނު… ޕްލީޒް” ލިއުޒާގެ ވާހަކަ މިހިސާބަށް ދިޔައިރު ހައުފާ އައިސް އެކުދިންނާ އަރާ ހަމަވީއެވެ.

“ކޮންކަމަކާތަ މާވަރަކަށް އާދޭސް ތިކުރަނީ؟” ހައުފާ އެއްސެވެ.

“ޔާއްކޮ ގޮވައިގެން ބޭރަށް ދާން ވެގެން. މާލެ އައި ފަހުން އަދި މިގޭން ނުނިކުމޭ ކަންނޭނގެ. އަޅެ، މަންމަ ބުނެބާ… އަހަރުމެންނާއެކު މިރޭ ކާން ދާށޭ..” ލިއުޒާ ހައުފާއާއި ވާހަކަ ދެއްކިއިރު ލުޔާ ހުރީ އޭނާއާ ދިމާލަށް ލޯ އަޅައިގެންނެވެ.

“ތެދެއް ދަރިފުޅާ… މިރޭ މަންމަވެސް ނޫޅޭނަން.. މަލީކާވެސް ދާނެ އަށެއްޖަހާ ހާއިރު.. ދަރިފުޅު އެކަންޏެއް ނުވެސް ހުރެވޭނެއްނު..” ހައުފާވެސް ވާހަކަ ދެއްކީ ލިއުޒާއާއި އެއްބައިވެފައެވެ. ލުޔާއަކީ ދުވަހަކުވެސް އޭނާގެ މަންމައާ ދެކޮޅުހަދާ ކުއްޖެއް ނޫނެވެ. އެހެންކަމުން އޭނާ ބޯޖަހާލީ ކޮންމެހެން ދާހިތްވެގެންނެއް ނޫނެވެ.

****

“ދެން އަޅެ އެއީ އެހާ ބޮޑު ކަމެއްތަ؟” ލިއުޒާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. އޭނާގެ ރާގު ހުރިގޮތުން ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ވާކަން އެނގެއެވެ.

“ހީޒް މައި ބެސްޓް ފްރެންޑް.. އެކަމަކު ތެދެއްވާނީ ތެދަކަށް ދޯ.. އެހެންމީހަކަށްވުރެ ބޮޑަށް ލިއު އަށް އެނގޭނެ އޭނަގެ ގޮތް..” އަނެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ އަރީފެވެ.

“އާނ.. އެނގޭ… އެހެންވެ އެނގެނީ އޭނަ އަހަރެންގެ ކޮއްކޮއަށް ދެރަ ގޮތެއް ނަހަދާނެކަން!”

“ދެން އެކަމު ޔާއްކޮ ދާން ބޭނުމެއްވެސް ނުވެއެއްނު….”

“އަޅެފަހެ އަހަރެން އެދެމީހުން ދެވަނީކީ ނޫނެއްނު.. އިޓްސް ޖަސްޓް ޑިނާރ.. ދެން މިދައްކަނީ ނުދަންނަ މީހެއްގެ ވާހަކައެއް ނޫނެއްނު.. ލައިކް ޔޫ ސެއިޑް، ހީޒް ޔުއަރ ބެސްޓް ފްރެނޑް…” ލުޔާގެ އަޑުގައި ވަނީ ނުރުހުމުގެ އަސަރެވެ.

“އޯކޭ…. ލިއު ގެ ކޮއްކޮއަކަށް ދެރަގޮތެއްވާން ނޭދޭތީވެ… ސެވެން ތާރޓީގަ ދާނަން ލިއު ބަލައި.” އަރީފު ލިއުޒާއަށް ދޫކުރިއެވެ. މިއީ އަބަދުވެސް އެދެމީހުންގެ އާދައެވެ. ދެބަސް ވެއްޖެއްޔާ ދޫކުރާނީ އަރީފެވެ. ތަބީއަތުގައި ލިއުޒާއަކީ ގޮތް ދޫ ނުކުރާ ކުއްޖެކެވެ. މިކަން އަރީފު ދަނެއެވެ. އެހެންކަމުން މާބޮޑު އަރައިރުންގަނޑަކަށް ދިޔުމުގެ ކުރިން އަބަދުވެސް އޭނާ ޒުވާބު ނިންމައެވެ.

“އަހަރުމެން ދާނަން ކާރުގަ… ޔާއްކޮ ބޭނުމެއް ނުވޭ ޔިވާމްއާއެކު ސައިކުގަ ދާކަށް..” މިފަހަރު ލިއުޒާ ޖަވާބުދިނީ ހަމަޖެހިފައެވެ.

****

“ރެޑީ؟” ޓަކި ޖަހާލުމަށްފަހު ލުޔާގެ ކޮޓަރިއަށް ވަންނަމުން ލިއުޒާ އަހާއލިއެވެ.

“އޯލްމޯސްޓް..” ފާހަނައިން ނިކުންނަމުން ލުޔާ ޖަވާބުދިނެވެ. ކަޅުކުލައިގެ ފިޓް ޖީންސާއެކު ލައިގެން ހުރި ރަތް ކުލައިގެ ކުރުތާ އޭނާގެ ހަށިގަނޑަށް ތައުރީފު ކުރާކަހަލައެވެ. މޫނުމަތީގައި މާބޮޑު މޭކަޕެއް ކޮއްފައި ނެތަސް ރީތިކަން އިންތިހާއެވެ. ކަޅުކަންގަދަ ކަޅިއާއި އެސްފިޔަ، އެ ދޮން މޫނުގައި ކުރަހާފައިވާ ކުރެހުމެއްފަދައެވެ. އަދި ހަމައެހެންމެ ތުންފަތުގައިވާ މަޑު ފިޔާތޮށިކުލައިން އޭނާގެ މައުސޫމުކަން ދައްކުވައިދެއެވެ. އިސްތަށިގަނޑު ވަނީ އެއްފަރާތަކަށް ވައްޓާލެވިފައެވެ. އުނަގަނޑާ ހަމައަށް ފޯރާ އެ ދިގު އިސްތަށިގަނޑަކީ ފަން އިސްތަށިގަނޑެކޭ ނުވަތަ ބުޅި އިސްތަށިގަނޑެކޭވެސް ނުބުނެވޭނެއެވެ. އަވަސް ފިޔަވަޅުތަކަކާއެކު އޭނާގޮސް އުސް ފައިވާނެއް ނެގިއެވެ. ފައިވާނަށް އަރައި ހިނގާލުމުން އެ ރީތިކަން ފުރިހަމަވިކަހަލައެވެ.

“އޯކޭ، މިހާރު ރެޑީ” ކޮޓަރިން ނިކުންނަމުން ލުޔާ ބުނިއަޑު ލިއުޒާއަށް އިވުނެވެ.

“އޯ ވާއު… ޔިވާމް މިރޭ މޮޔަވެދާނެ….” ލިއުޒާ އޭނާގެ ކޮއްކޮއަށް ތަޢުރީފުކުރަމުން ބުންޏެވެ.

“ދޮންތަ ފެނިފަ އަރީފެއް ނޫންތަ މޮޔަވާނީކީ… ތިހިރީ ވިއްޔަ ތި ތުންފަތުގަ ހުރި ކުލަ… ލޭބޯ ޖިންނިއެއްހެން ހީވަނީ..” ލުޔާ އޭނާގެ ދޮންތައަށް ރައްދުދިނެވެ.

ދެބެއިން ކާރުގައި ގޮސް މަޑުކުރީ ޝެލްބީންސް ރެސްޓޯރެންޓުގެ ކުރިމައްޗަށެވެ. ކާރުން ނިކުތްއިރު ޔިވާމް އޭނާގެ ސައިކަލް މަތީގައި ހުއްޓެވެ. މިއަދުވެސް އޭނާ ހުރީ ގަމީހާއި ފަޓުލޫނުގައެވެ. ނަމަވެސް ޓައީއެއްނެތެވެ. ގަމީހުގެ ފުރަތަމަ ދެ ގޮށް ނައްޓާލެވިފައިވާއިރު އޭނާގެ ފިރިހެންވަންތަ މޭމަތި ފެނެއެވެ. އެމީހުންފެނުމާއެކު ޔިވާމް ތެދުވެގެންގޮސް ދޮރުހުޅުވައިދިނެވެ. އޭނާގެ ގާތުންލާފައި ލިއުޒާއާއި ލުޔާވަނެވެ. އެވަގުތު ލުޔާގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން “ހަމަ ހޫރުޕަރީއެއްފަދަ” އޭ ބުނެލިއެވެ. ޖަވާބުގައި ލުޔާ އިސްޖަހާލިއެވެ.

ތިންމީހުން މޭޒުދޮށުގައި އިށީނެވެ. އޭރު އަރީފުވެސް ރެސްޓޯރެންޓަށް ވަންނަނީއެވެ. މޭޒާ ދިމާލަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާއަށް ކުޑަ ހުއްޓުމެއްއައެވެ. އަރީފުގެ ކަޅި އަމާޒުވެފައިވަނީ ލިއުޒާއާއި ވާހަކަ ދައްކަމުންދިޔަ ލުޔާއަށެވެ. އޭނާ ލިއުޒާގާތަށް ދާއިރު ލުޔާ ކިތަންމެހާވެސް ގިނައިން ފެނެއެވެ. ނަމަވެސް އެއީ އަބަދުވެސް ޓީޝާޓާއި ހަރުވާޅުގައެވެ. އެ ދިގު އިސްތަށިގަނޑުވެސް އޮންނާނީ ހުޅިޖަހައި ބޯމައްޗައް ނަގާފައެވެ. އަބަދުވެސް ފޮތެއްގެ ތެރެއަށް ވަދެ އިންނައިރު އެ ރީތި ލޯ ވަނީ ބޮޑު އައިނެއްގެ ފުރަގައްލާ ފޮރުވާފައެވެ. އައީފުއަށް އެއީ ހަމަ ލުޔާކަން ގަބުލެއްނުކުރެވުނެވެ. އެއީ ހަމަ އެގެއަށް ދާ ކޮންމެ ދުވަހަކު ކޮންމެވެސް ގޮތަކުން ޖެއްސުންކުރާ ޔާއްކޮ ހެއްޔެވެ؟ މިޚިޔާލުތަކުން އޭނާ ހަމަބިމަށްއައީ ލުޔާ އޭނާއަށް ހަނާ އެޅުމުންނެވެ. އޭރުވެސް ލިއުޒާއަކަށް އަރީފެއް ނުފެނެއެވެ.

.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 24

Next

ރަހީނު… 10 ވަނަ ބައި

Next
July 11, 2015

ރަހީނު… 10 ވަނަ ބައި

Previews
July 10, 2015

ހިތަކުން ނުފިލާނެ 24

19 Comments!

  1. ummi says:
    July 11, 2015 at 4:14 am

    🙂 🙂 🙂 🙂

  2. nihaa says:
    July 11, 2015 at 4:26 am

    Nice… Waiting 4 next part…

  3. neha says:
    July 11, 2015 at 5:02 am

    V reeeeeethi

  4. haufa says:
    July 11, 2015 at 9:48 am

    Habeys

  5. brogunda says:
    July 11, 2015 at 10:40 am

    Nameh nai upvaaleh haadha lahey. Mivaahaka reethi

    1. maasham says:
      July 11, 2015 at 2:53 pm

      Sorry. dhigukuran ulhegen lasvany.. But iraadhakureviyyaa daily koh up kohdheynan

  6. kivi says:
    July 11, 2015 at 10:43 am

    Hoody ge vaahaka eh nu me…ekam my first story yo…

    1. maasham says:
      July 11, 2015 at 2:58 pm

      It is my first story. Hoody is an amazing writer, but this isn’t a copy of any of his story. Im sorry if it has any resemblance to a story by Hoody.

  7. liu says:
    July 11, 2015 at 12:10 pm

    mi vaahaka liuny hoody eh noon..vaahaka liuny maasham

  8. nathoo says:
    July 11, 2015 at 1:15 pm

    Areef luya aa alhai gathee dhw v foohi…….

  9. naj says:
    July 11, 2015 at 2:42 pm

    Salhi..love triangle eh hadhan tho this visnaney … 🙂

  10. finni says:
    July 11, 2015 at 3:26 pm

    Haadha bunaabahuge ithubaarey noveye. . . . . . well mi store kihine baa vaany. …

  11. Shabee says:
    July 11, 2015 at 4:11 pm

    V reethi…naj buni gothah love triangle eh hadhan dhw maasham thiulheny… 😛 ….but v happy daily kh up khdjeytheeve… thankx maasham… 😀

  12. Hoody says:
    July 11, 2015 at 5:27 pm

    Kon kujjeh bunee mee hoody ge story ekey! Mee maasham ge story eh nu! BTW, story is awesome maasham! alhugandah heevanee kudhinnah olhunee hen! FB ah link eh leethanaa mi story ge cover araafa ineema, ehnve kanneynge olhunee!! sorry for that! 🙂

    1. maasham says:
      July 11, 2015 at 11:41 pm

      oh, its okay.. 🙂 and thanks… and i love your writings.. Anyways, thankyou for clearing everything… 😀 Cheers

  13. Crazi says:
    July 11, 2015 at 7:32 pm

    Gud but vrh kiyaa hinvey this story ves

  14. dhonthi says:
    July 11, 2015 at 9:29 pm

    i also thought hoodyge story eh kamah…hoody fb in share kohfa inyyma…ehenve mikiyaalee..anyways nice story

  15. kivi says:
    July 12, 2015 at 5:17 am

    Sorry maasham…hoody e buni hen fb ga egothah fennan othyma olhuny…BTW v salhi mi vaahaka. .. v inthizaaru kurevey…update soon ingey…☺

    1. maasham says:
      July 12, 2015 at 5:53 am

      Its okay. Honest mistake dho.. hehe.. hope you like the new partas well! 😀 Cheers

Comments are closed.

Next Episodeހަތަރު އުދަރެސް (4)←


All Right Reserved!